ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އަޅާ އިމާރާތެއްގެ މަސައްކަތް ކުރަނީ
04 ނޮވެމްބަރ 2018 - 23:26
ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރުން އިއުލާނުކުރި 7000 ފްލެޓަށް ކުރިމަތި މީހުންގެ ތެރެއިން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު މިރޭ ހައުސިން މިނިސްޓްރީން އިއުލާންކޮށްފި އެވެ.
މި ލިސްޓުތައް ހައުސިން މިނިސްޓްރީގެ ވެބްސައިޓާއި ގެޒެޓުގައި ވަނީ އާންމުކޮށްފަ އެވެ. ދާއިމީ ލިސްޓު އިއުލާނުކޮށްފައި މި ވަނީ ވަގުތީ ލިސްޓާ ގުޅިގެން ހުށަހެޅި ޝަކުވާތައް ބެލުމަށްފަހުގަ އެވެ.
ހުޅުމާލޭގެ އިތުރުން އެކި ރަށްރަށުގައި އަޅާފައިވާ ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓު ވެސް މިރޭ ވަނީ އިއުލާނުކޮށްފަ އެވެ.
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭން ފްލެޓް ހޯދުމަށް 22،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވެ އެވެ.
މީގެ ކުރިން ފްލެޓު ލިބުނު މީހުންގެ ވަގުތީ ލިސްޓު އާއްމު ކުރިއިރު ނުހައްގުން ފްލެޓް ދީފައިވާ ކަމަށް ތުހުމަތުކޮށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ.
އާންމުންގެ އެންމެ ބޮޑު ޝަކުވާ އަކީ އާއްމުކުރި މިންގަނޑާ އެއްގޮތަށް ޕޮއިންޓް ނުދިނުމެވެ. އެ މިންގަނޑުގައި ކަނޑައަޅާފައިވާ އަދަދަށް ވުރެން މަދުން މާކްސް ދީފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ ކުރި އެވެ.
ފްލެޓްތައް، ކެޓަަގަރީތަކަކަށް ބަހާލުމަށް ފަހު އާއްމުކުރި ފޯމުގައި ޕޮއިންޓް ދިނުމުގައި ބަލާނެ މިންގަނޑު ވެސް އޮތީ ހާމަކޮށްފަ އެވެ. އެ މިންގަނޑުގައި އޮތީ މާލޭގައި ހޭދަވީ މުއްދަތާއި ވަޒީފާ އަދާކުރާ މުއްދަތާއި ދަރިން ތިިބި އަދަދާއި ދިރިއުޅުމުގެ ހާލަތަށް ބަލައިގެން ދޭނެ ޕޮއިންޓުގެ އަދަދު ކަނޑައަޅައިފަ އެވެ.
މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހި ކަމުގެ މަޝްރޫއުން މަތިން މާކްސް ލިބި، ފްލެޓް ނުލިބި ތިބި މީހުންނަށް މި މަޝްރޫއުގައި ލިބުނު ޕޮއިންޓްގެ އަދަދު ކުރިއަށް ވުރެ މަދުވި ސަބަބާ މެދު ވެސް ގިނަބަޔަކު ސުވާލު އުފައްދަ އެވެ. ދިރިއުޅުމުގެ ހާލަތު ބަދަލުވެ، ދަރިންގެ އަދަދު އިތުރުވި މީހުންނަށް ވެސް ކުރިން ލިބުނު ޕޮއިންޓަށް ވުރެން މަދުން މި ބުރުގައި ޕޮއިންޓް ދިނުމަކީ މައްސަލައެއްގެ ގޮތުގައި ޝަކުވާ ކޮށްފައިވެ އެވެ. މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހި ކަމުގެ މަޝްރޫއުން ފްލެޓް ދޫކުރިއިރު ވެސް ގިނަ ބައެއްގެ ހިތްހަމަނުޖެހުން އަމާޒުވި އެވެ. އެ މަޝްރޫއުގެ ދަށުން އިމާރާތް ކުރާ ފްލެޓްތަކަށް 15،000 މީހުން ކުރިމަތިލިއިރު އޭގެ ތެރެއިން، 704 ފްލެޓް ލިބުނު މީހުން ކަނޑައެޅި ގޮތާ މެދު އުފެދުނު ޝަކުވާތައް އަދިވެސް ނުނިމެ އެވެ. މަތިން މާކްސް ލިބުނު މީހުން ތިއްބައި ފްލެޓް "ބަހާލީ" ބޭނުން ބަޔަކަށް ކަމަށް ތުހުމަތު ކުރެ އެވެ. އެކަމަކު އެ ތުހުމަތުތައް ހައުސިން މިނިސްޓްރީން ދޮގު ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެއިން
05 November 2018
ލިސްޓް ބެލިއިރު 11000 އަށްވުރެ ގިނަމީހުން ލިސްޓްގަ އެބަ ހިމެނޭ. 7000 ފްލެޓް 11000 މީހުންނަށް ދޭނެގޮތާ ދޭތެރޭ ވިސްނާ ވިސްނާ މަގޭ ސިކުނޑި ގޮވައިފި.
ތާބެ
06 November 2018
ހިސާބުހެދީ އަދުރޭ ކިޔާމީހަކު ކަމަށްވަނީ
ފްލެޓްބްރޯ
05 November 2018
ފުލެޓު ލިބޭ މީހުންގެ އައިޑީ ކާޑު ނުވަތަ ނަން ނުޖެހުމުގެ ބޭނުމެއް އަހަންނަކަށް ނުވިސްނުނު. އެއީ ހަމަ އެހާވެސް ސިއްރުކުރަންޖެހޭ މައުލޫމާތެއްތަ؟ ހައްގު ގޮތުގައި އޮންނަނަމަ ސިއްރުކުރަންޖެހޭތަ؟
މިރުޝާ
05 November 2018
ކޮންމެހެން މުއިއްޒު އެކަނި ގޯސްކުރުމުގެ ބޭނުމެއް ނެތް. ފިރިމީހައަށް ޕޮލިސް/އެމްއެންޑީއެފް ހުޅުމަލެ ފްލެޓް ލިބިފައި ހުއްޓާ، ހިޔާ މަޝްރޫޢަށް ލައިގެން ފްލެޓް ދަމައިގަތް އަނބިން އެބަތިބި. އޭގެ ތެރޭގައި ޓީޗަރުންވެސް ހިމެނޭ. ނިކަމެތި ކަމުން ދެރަ ނިކަމެތިކަމުގައި ތިބި ޢާއިލަތަކުގެ ޙައްޤު މިފަދައިން ފޭރިގަންނަން ފޯމު ލީ މީހުންގެ ދަހިވެތިކަމާއި އަމިއްލަ އެދުން ބޮޑު ކަމާމެދު އަހުރެން ލަދުވެތިވަން!
ޚޮނމެސ މޔހެ
06 November 2018
ފިރިންނަކީ މާދަމާވެސް ކަލޭ ގެޔަށްދާށޭ ބުނާނެ ބައެއް... ދެން ދަރިންނާ އަންހެނުން ވަންނާނީ ކޮންތަނަކަށް
މޫމިނާއްތަ
05 November 2018
ވައްކަމަށް ވަނީ އަދީބު ދިން ފައިސާގަ ހިފީމަ އެކަންޏެއްނޫން. ޕީޕީއެމް ކުދިންނަށް ނުގަވާޢިދުން އެދޭފުލެޓު ބަލައިގަތުމަކީވެސް ވައްކަމު ބައިވެރިވުން. މުއިއްޒު ފުލެޓު ދެނީ ރަނގަޅަށްތޯ ބެލުމަކީ ކޮންމެ މީހެއްގެ ޒިންމާއެއް. ތިމާގެ ނަން ލިސްޓުއޮންނަމީހުން ހެމުން ގެއަށްދާންވީކީ ނޫން.
ފްލެޓް ދޮންބެ
05 November 2018
ކޮންމެ ސަރުކާރަކުންވެސް ނުހައްގުން ފްލެޓް ދެނީ.ހުސް ޕާޓީ ގަ އިސްކޮށް އުޅޭމީހުންނަށާ އެމީހުންގެ އާއިލާ އަށް ދެނީ
ޝޮކްތެރަޕީ
05 November 2018
މިކަމުގާ ހުންނާނެ ފުލެޓްލިބޭމީހުންނާ ނުލިބޭމީހުން. ށަކުވާކުރުމުގެ ބޭނުމެއްނެ.
ލިއު
05 November 2018
މުއީޒު ފްލެޓްތަށް ދިނީ ނުހައްޤުން...ދުވަހަކުވެސް މާފެއްނުކުރެވޭނެ...ދެ ފަހަރުވެސް ހެދީ މަކަރު...އަހަރެންނަށް ފުރަތަމަ ފަހަރު 83 ޕޮއިޓް ލިބުނު..އެކަމް ފްލެޓެއް ނުލިބުނު...މިފަހަރު 47 ކަށް ދަށްވީ ސަބަބެއް ނޭނގުނު...މާލެ ރަށްވެއްސަކަށްވެ ހުރެ އެއްކޮޓަރީގައި 2 ކުދިންނާއި އެކު ދިރިއުޅޭތަން މުއީޒަށް ނުފެނުނު...ބޭއިންސާފުގެ ސަރުކާރަށް ވަރަށް ސަލާން...އިރާދަކުރެއްވިއްޔާ ރައީސް އިބޫ އިންސާފުވެރި ވާނެ...ފްލެޓް ދޮންބެ އެހެރީ އައިސް ފްލެޓް ދޭން.
އަންވަރު
05 November 2018
ތިމުއިއްޒު އިންސާުގެ ކަންފުޅެއްނެތި ދޫކުރާ ފުލެޓުން އެއްޗެއް ބޭނުމެއްނޫން. ފުލެޓް ދޮންބެ އިރާދަކުރެއްވިއްޔާ މިކަމަށް ހައްލު ހޯދަދޭނެ. ނުގަވާޢިދުން ދޫކުރާ ފުލެޓުތައް އަތުލުމަށް ގޮވާލަން.
ދޮށިކޮއި ޢަލީގެ މުޙައްމަދު
05 November 2018
ލިއު 83 ޕޮއިންޓް ލިބުނީމަވެސް ޝުކުރުކޮށް ބަލަ ތިބުނީ މާލޭ އަމިއްލަ ގޭގައި ކުއްޔަކާއި ނުލާ ދެކުދިން ގޮވައިގެން އުޅޭ ވާހަކަ އަހަރެމެން މިއުޅެނީ ލިބޭ މުސާރަ އެއްކޮށް ކުއްޔަށް ދައްކާފައި ނުކައި ނުބޮއި ޝުކުރުކޮށްބަލަ
ދޮށީކޮއި ޢަލީގެ މުޙައްމަދު
06 November 2018
މުއީޒަކީ ވަރަށް ވެސް ރަނގަޅު މަޑުމައި ތިރި ތެދުވެރި މީހެއް އެކަމަކު ފުލެޓް ދިނުމުގައި މުޢީޒްވެސް ބޭނުންކުޜީ ނަޝިދު ދުވަސްވަރު ހަދާފައި އޮތް ޤަވާއިދު ކުއްޔަށް ދިރިއުޅޭ ދިވެހިރައްޔިތުންނާއި މާލޭގައި ގެދޮރު ހުރެ ކުއްޔަކާއި ނުލާ ދިރިއުޅޭ މީހުންނާއި 25 އަހަރު ކުލިދައްކައިގެން އުޅޭ މީހުންނާއި އެއް ކެޓަގަރީގައި ހިމަނައިގެން ފުލެޓް ދޫކުރުމެވެ މިހެން ހެދުމުން ކުލިދައްކައިގެން އުޅޭމީހުން އުޅޭތަން ފެވަރު ރަނގަޅެވެ. އެހެން ކަމުން މާލޭ ބޭފުޅުންނަށް ލިބެނީ
12234
05 November 2018
މިއޮތީ ލިސްޓް ގެ ލިންކް. http://www.gazette.gov.mv/iulaan/download-attachment/9928
ސައީދު ޢަބޫބަކުރު
05 November 2018
ތިރަގަޅެއްނޫން މުޅިންކަރެޕުސަން މިކެންސަލްކުރޭ މިލިބޭމީހުންނަކީކޮންބަޔެއްކަން އެގެންޖެހޭ ކެންޕޭނުގައުޅުނުމީހުނައްދެނީ
ކުޑަމަނިކު
05 November 2018
މާ ފުރިހަމަވީސް މިހާރުން ފެށިގެން ރާއްޖޭގައި އަޅާ ހުރިހާ ފްލެޓްއަކީވެސް ރައީސް ޔާމީން އަޅާދޭ ފްލެޓޭ ބުނިއްޔާ!