މާލެ: 4 ޖޫން 2016، އިސްލާމީ މަރުކަޒު ސަރަހައްދުގައި މާބްލް ޖަހަނީ:ރޯދަ މަސް ފެށުމުގެ ކުރިން 4،200 އަކަމީޓަރުގެ ސަރަހައްދެއްގައި މާބްލް ޖަހައި ނިންމާނެ ކަމައް ހައުސިންގް މިނިސްޓަރު ވިދާޅުވި. -- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
05 ނޮވެމްބަރ 2018 - 16:03
މާލޭގެ މަގުތަކާ ގުޅޭ ގޮތުން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ޚާއްސަ ބައްދަލުވުމެއް އާންމުންނާ އެކު ބާއްވަވާ އިރު، މިހާރުގެ ސަރުކާރުން ބަންދުކުރި އަމީރު އަހުމަދު މަގާއި މެދު ޒިޔާރާތް މަގު ހުޅުވަން ޖެހޭ ކަމަށް، ބައެއް ޑްރައިވަރުން މިއަދު ބުނެފި އެވެ.
އެކި މައްސަލަތަކާ މެދު އާންމުންގެ ހިޔާލު ހޯއްދަވަން އިބޫ އިސްނަންގަވައިގެން "ޖަޒީރާ ހޮޅުއަށީ"ގެ ނަމުގައި ފަށާ ބައްދަލުވުންތަކުގެ ފުރަތަމަ ބައްދަލުވުން ޚާއްސަކޮށްފައި ވަނީ މާލޭގެ މަގުތަކުގެ މައްސަލައަށެވެ.
ވެރިރަށުގެ މަގުތަކުގައި ޓްރެފިކް ތޮއްޖެހުމާއި މަގުތައް ހަލާކުވުމާއި ވިއްސާރައިގައި ފެން ބޮޑުވުން ފަދަ އެތައް މައްސަލައެއް ވަނީ ކުރިމަތިވެފަ އެވެ.
މާލޭގެ އެންމެ ކާރުބާރު ބޮޑު ސަރަހައްދު ކަމަށްވާ އިސްލާމީ މަރުކަޒުގެ ވަށައިގެންވާ ސަރަހައްދަށް ބޮޑު މައްސަލައެއް ކުރިމަތިވީ މި ސަރުކާރުން، އަމީރު އަހުމަދު މަގު (ބަންޑާރަކޮށީގެ ކުރިމަތިން އޮންނަ މަގު) އާއި މެދު ޒިޔާރަތް މަގު، {ސަލްޓަން ޕާކް ކުރިމަތި) ބަންދުކުރުމުންނެވެ. އެއާ އެކު އެ ހިސާބުގެ ޓްރެފިކް ހަރަކާތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، ކައިރި އެހެން މަގުތަކާއި ގޯޅިތަކަށް ބާރު ބޮޑުވި އެވެ.
އިސްލާމިކް މަރުކަޒުގެ ދެ ފަރާތުން ދެ މަގު ބަންދުކުރީ އިސްލާމީ މަރުކަޒުގެ ސަރަހައްދު ބޮޑުކުރުމުގެ ނަމުގަ އެވެ. އެކަމަކު ބައެއް މީހުން ބުނާ ގޮތުގައި އޭގެ މައިގަނޑު ސަބަބަކީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބެހެއްޓި ޖުމްހޫރީ ބިނާ، ނަގާ އެއްލައިލުމެވެ.
މިރޭގެ ބައްދަލުވުމަށް ދާ އިރު ޑްރިވަރުންގެ ގިނަ ހިޔާލުތަކެއް އެބަ ހުއްޓެވެ. އޭގެ ތެރެއިން އެއް ހިޔާލަކީ އަމީރު އަހުމަދު މަގާއި މެދު ޒިޔާރަތް މަގުގެ ބަންދުކުރި ބައި އަލުން ހުޅުވާލުމެވެ.
"އެ ދެ މަގު ހުޅުވުން އެއީ ވަރަށް މުހިއްމު ކަމެއް ކަމަށް އަޅުގަނޑު ދެކެނީ. މާލޭގެ ޓްރެފިކަށް ފަހަކަށް އައިސް ކުރިމަތިި އެންމެ ބޮޑު ތާށި އެއީ، އެ ދެ މަގު ބަންދުކުރުމަކީ،" ޓެކްސީ ޑްރައިވަރެއް ކަމަށްވާ އަލީ މުހައްމަދު، 50، ބުންޏެވެ.
"އަޅުގަނޑުމެން މި ވާހަކަ އިބޫއަށް ވެސް ދަންނަވާނަން."
އެހެން ޑްރައިވަރެއް ކަމަށްވާ 32 އަހަރުގެ އާދަމް ނަޝީދު ބުނީ އެ ދެ މަގުގެ ބަދަލުގައި ބޭނުންކުރަން ޖެހެނީ ސްކޫލްތައް ގިނަ މަގުތަކެއް ކަމަށެވެ.
"ދެން ވަންނަން މިޖެހެނީ ލިލީ މަގަށް، އެއީ ސީއެޗްއެސްސީ އާއި އަމީނިއްޔާ ސްކޫލް ހުންނަ މަގު. އަނެއްކާ އިސްކަންދަރަށާއި އަރަބިއްޔައަށް ދާ ގިނަ ބަޔަކު ވެސް ދާނީ އެ މަގުން،" ނަޝީދު ބުންޏެވެ.
ޕިކަޕެއް ދުއްވާ ހަސަން އިބުރާހީމް ،36، ބުނީ އެ ދެ މަގު ބަންދުކޮށްފައި އޮތުމުން ދަތުރުތައް ދިގުވާ ކަމަށެވެ. އެހެންވެ މަގުމަތީގައި ހޭދަކުރަން ޖެހޭ ވަގުތު އިތުރުވެ، މުޅި މާލޭގެ ޓްރެފިކް ފްލޯއަށް ވެސް އެކަމުގެ އަސަރު ކުރާނެ ކަމަށް އޭނާ ދެކެ އެވެ.
"އެ ދެ މަގުން ކުރި ދަތުރު މިހާރު ކުރަން މިޖެހެނީ ހަނި މަގުތަކަށް ވަދެގެން، އެގޮތް މިގޮތުން. އެހެން ނޫނީ ދެން ޖެހޭނީ މަޖީދީ މަގަށް ނުކުންނަން. އެއީ ވެސް އެހާ ބާރު ބޮޑު މަގެއް،" ހަސަން ބުންޏެވެ.
ބޮޑު ޕިކަޕެއް ދުއްވާ އަބުދުﷲ ،40، ބުނި ގޮތުގައި ދެ މަގު ބަންދުކުރީ މާ މުހިއްމު ސަބަބުތަކެއް ވެސް އޮވެގެންނެއް ނޫނެވެ. އަދި ދެ މަގު ބަންދުކުރުމުން ވެދާނެ ފައިދާއަކަށް ވުރެ މާ ބޮޑު ގެއްލުމެއް ކުރިމަތިވާ ކަމަށް ވެސް އޭނާ ދެކެ އެވެ.
"އޭގެ ތެރެއިން އެއް މަގު ހުޅުވުނަސް ވަރަށް ބޮޑު ލުޔަކަށް ވާނެ،" އަބްދުﷲ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާރިޔާ
08 November 2018
ނުޖެހޭހުޅުވާކައް
އަހުމަދުބޭ
07 November 2018
މާލޭގެ މަގުތަށް ޖެހިފައިވާ ޓްރެފިކް މައްސަލަ ތިޔަދެމަގު ހުޅުވުމަކުން އަދި ހައްލެއްނާންނާނެ، އެހެންނަމަވެސް ތިޔަދެމަގު ކޮންމެވެސް ގޮތަކުން އެބަޖެހޭ މާލޭގެ ޓްރެފިކަށް ލުޔެއްދިނުމައްޓަކައި ހުޅުވަން، މާލޭގެ ޓްރެފިކަށް އޮޮތްއެންމެ ބޮޑުހައްލަކީ ވީއެންމެ އަވަހަކަށް ތިލަފުއްޓައި މާލޭ ބްރިޖަކުން ގުޅައިލައި، ކަސްޓަމާ އެމްޕީއެލް ތިލަފުއްޓަށް ބަދަލްކޮށް މާލޭގައި ހުރި ގުދަންތަކާ ވޯކްސޮޕްތަށް ތިލަފުއްޓަށް ބަދަލްކޮށް ހެވީވެހިކަލްތަކާ ލޮރީތަށް ޕާކްކުރުން ތިލަފު
ގޮޅެޔާ ބެއްޔާ
07 November 2018
ޑުރައިވަރުންތައް މަގުތައް ހުޅުވަން ވީ.... ތީ ހަމަ މި ގައުމަށް ޖެހިއޮތް ބޮޑު ރޯގާއެއް
ވަޙީދު
07 November 2018
ހުޅުމާލޭ ފެރީ ޓާރމިނަލް އިން ފެށިގެން ރައީސް އޮފީހާއި ހަމަޔަށް، އަނެއްކޮޅުން މަސްމާރުކޭޓުން ފެށިގެން ކަސްޓަމާއި ހަމަޔަށް ބޮޑުތަކުރުފާނު މަގު 4 ލޭނަށް ދުއްވޭގޮތަށް ފުޅާ ކުރަން ނިންމާފައި އޮތީ. އެ މަސައްކަތް އިބްރާހީމުގެ ސަރުކާރުން ކޮށްދެއްވުން އެދެން. ކުރިން ސަރުކާރުން މަސައްކަތް ކުރެވިފައި ހުރި ހިސާބުން ފެށީމަ ކުރިއަށްދާނީ. ކޮންމެ މީހަކު އައިސް އަލުންބަލުން ފެށިމަ ދުވަހަކު ވެސް ކުރިއަކަށް ނުދާނެ.
ޕުތަރަދީފް
07 November 2018
އަމީރު އަހުމަދު މަގު އަދި މެދުޒިޔާރަތް މަގު އާންމު ޓްރެފިކަށް ހުޅުވާލަންޖެހޭ، އިސްލާމީމަރުކަޒު ހިމެނޭ ހިސާބުން މިދެމަގު ބަންދުކުރުމަކީ މާލޭގެ މަގުތަކުގެ ޓްރެފިކް ބާރުބޮޑުވުމަށް މެދުވެރިވާ ސަބަބެއް، މިދެމަގުގެ ބަންދުކޮށްފައި އޮތުމުގެ ސަބަބުންނާއި ލިލީމަގާއި ޗާންދަނީމަގު ގުޅޭ ހިސާބު ސްކޫލް ފަށްޓާ އަދި ނިމޭ ވަގުތުގަ ބަންދުކުރާތީ މިސަރަހައްދު ހުރަސްކޮށް އެހެން މަންޒިލް ތަކަށް ދަތުރުކުރާ މީހުން ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހޭ.
ޢީސަދަރި
07 November 2018
3 ވަނަ ދުނިޔޭގެ ޤައުމުތަކުގެ ޕޮލިޓިކްސްގައި އެކަކު ކުރާ ކެމއް އަނެކަކަށް ކަމަކުނުދާނެ. މިހާރު އެމަގު ހަލާކު ކޮއްލަންވެގެން ބަޔަކު ލައްވައި ކޮމެންޓް ކޮއްގެން އެމީހުން ބުނި ގޮތަކަށް ކަން ކުރުމުގެ ނަމުގައި އެމަގު ހަލާކު ކޮއްލަން ތިޔަ އުޅެނީ. ތިޔަ ކުރާ ކަންކަން މަމެން ވަރަށް ގާތުން އެބަބަލަމޭ! އެމީހެއްގެ ރޮނޑެއްގެ ހަންދަމާނީ އެމީހަކު ދަމާނެ ގޮތަކަށް! އަންނި ބަރުލަމާނީ ގެނެސްގެން ޙައްދެއްނެތް މުއްދަތަކަށް ވެރިކަން ކުރަން ރާވާކަންވެސް އެނގޭ
ރޯނުއެދުރުބެ
06 November 2018
ދުއްވާ އެއްޗިހީގަ އުޅެން މާލެ މީ އަދި ކުޑަ ތަނެއް، ބޭރު މަގާ މަޖީދީމަގުގަ ބަސް ސުޓޮޕްތަކެއް ބަހަޓާފަ ބަސް ދަތުރު ފަށާފަ ދެން ހަފްތާ ގެ ވަކި ދުވަސް ތަކުގަ ޓެކްސީ ވެސް ސައިކަލް ވަކި މަގު ތަކު ގަ ދުވުން މަނާ ކުރަންވީ....
ޕޮކަޑި
07 November 2018
ކަލޭ ފައިމަގުގަ އުޅުނީމަވީނު
ބުއްފުޅި
06 November 2018
މި މިނީ ބަސް ދުއްވާ ޑްރައިވަރުންއަށް އެވެސް ޤަވާއިދެއް ނޯވޭދޯ؟ މި މީހުން ބޭނުން ވާތާކަށް ބޭނުން ވާ ވަގުތަކު ފަސިންޖަރުން ދާން މިޖެހެނީ! ޓެކްސީ ސެންޓަރ ވެސް އެއީ ނަމުގަ އޮންނަ ތަނެއް! ޑްރައިވަރުންގެ އަހުލާޤީ ފެން ވަރުވެސް ވަރަށް ދަށް. ޓެކްސީ ވެސް ސައިކަލް ވެސް މަދުކުރަންވީ ވީހަވެސް ހިނގާފަ އުޅެން ކަސްރަތުވެސް ލިބޭނެ. ވާނެ ވަރެއް ވީމަ ވަގުތު ހޯދައިގެން ކަސްރަތު ކުރަން އުޅުނަސް ގިނަފަހަރު އޮންނާނީ ނުވެފަ.
އެނގޭ
06 November 2018
ބޭނުންތާކަށް ހުއްޓައި ބޭނުންތާކުން ފަސިންޖަރުން އަރުވައި ބާލައި ބޭނުންތާކު ޕާކްކޮށް ތިމާނޫން އެހެން ކޮންމެ މީހަަކަށް ޖެއްސުން ކޮށްލެވުނީމަ ހުންނާނީ ޑްރައިވަރު ބޭނުންވާގޮތަށް މަގުމަތި އަމާންވެފަ. ހަޔާތްނެތް ބައެއް.
ނާނާާނާނާ
06 November 2018
މާލެ އަނެއްފުށުން ޖަހާބަލަ.!