ކުޅިވަރު / މެންޗެސްޓާ ޔުނައިޓެޑް

ޔުވެންޓަސް ދޫކޮށްލެވުނީތީ ހިތާމަނުކުރަން: ޕޮގްބާ

ޔުނައިޓެޑްގެ މެޗެއްގެ ތެރެއިން ޕޮގްބާ.-- ފޮޓޯ: އޭއެފްޕީ

07 ނޮވެމްބަރ 2018 - 09:51

ޓިއުރިން (ނޮވެމްބަރު 7) - މީގެ ދެ އަހަރު ކުރިން އޭރު ދުނިޔޭގެ ރެކޯޑް އަގަކަށް ޔުވެންޓަސް ދޫކޮށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެވުނީތީވެ އެކަމާ ހިތާމަނުކުރާ ކަމަށް ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ބުނެފި އެވެ.

ޔުނައިޓެޑުން އެކަށީގެންވާ ފުރުސަތެއް ނުލިބި ހުރި ޕޮގްބާ 2012 ވަނަ އަހަރު ގެނެސް ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއަކަށް ބަދަލުކުރީ ޔުވެންޓަސް އިންނެވެ. އޭގެ ފަހުން ޔުނައިޓެޑުން އޭނާ އަނބުރާ ގެންދިޔައީ 2016 ވަނަ އަހަރު 105 މިލިއަން ޔޫރޯ އަށެވެ. ޕޮގްބާ އަލުން ޔުވެންޓަސް އަށް ބަދަލުވާނެ ކަމަށް މީޑިއާގައި އަޑުފެތުރިފައިވީ ނަމަވެސް އެކަމުގައި ހަގީގަތެއް ނެތް ކަަމަށް އޭނާ ވަނީ ދާދި ފަހުން ބުނެފަ އެވެ.

ޗެމްޕިއަންސް ލީގުގައި މިރޭ ޔުވެންޓަސް ދަނޑުގައި ޔުނައިޓެޑާ ދެކޮޅަށް ކުޅޭއިރު، މި މެޗު ޕޮގްބާ އަށް ހާއްސަވާ ސަބަބެއް އެބައޮތެވެ. އެއީ އޭނާ ޔުނައިޓެޑަށް ބަދަލުވި ފަހުން ޔުވެންޓަސް ދަނޑުގައި ކުޅޭ ފުރަތަމަ މެޗަށްވާތީ އެވެ.

"ޔުނައިޓެޑަށް އަލުން އަންނަން ނިންމީ އަހަރެން. އޭރު ޔުވެންޓަސް އޮތީ ޗެމްޕިއަންސް ލީގުގައި. ޔުނައިޓެޑް އޮތީ ޔޫރޮޕާ ލީގުގައި. އަހަރެންގެ ނިންމުމާ މެދު ހިތާމައެއް ނުކުރަން. އެއީ ފުރަތަމަ ސީޒަނުގައި އަހަރެމެން ވަރަށް ކާމިޔާބު ދެ ވަނަ ސީޒަނުގައި ކޮންމެ ގޮތަކަށް ދިޔަސް އަހަރެން މިހުރީ އުފަލުންމ" މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮގްބާ ބުންޏެވެ.

ޔުނައިޓެޑުން ޕޮގްބާ ދާން އުޅެނީ އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯއާ އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ ސަބަބުން ކަމަށް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ. މިދިޔަ ސީޒަނުން ފެށިގެން މޮރީނިއޯ އާއި ޕޮގްބާއާ ދެމެދު މައްސަލަ ޖެހިފައިވާ ކަމަށް އިނގިރޭސި މީޑިއާ އިން ރިޕޯޓްކުރަމުންދަނިކޮށް އޭގެ އަށް އެންމެ ބޮޑަށް ބާރުލިބުނީ ޕޮގްބާ އަތުން ޔުނައިޓެޑްގެ ވައިސް ކެޕްޓަންކަން ނަގަން މޮރީނިއޯ ނިންމުމުންނެވެ.

ޕޮގްބާ ބުނީ ވައިސް ކެޕްޓަންކަން އޭނާ އަތުން ނެގިޔަސް އޭގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާ ކަމަށެވެ.

"ކޯޗު އަހަރެން އަތުން ވައިސް ކެޕްޓަންކަން ނެގިޔަސް އޭގެއިން އެއްވެސް ކަމެއް ބަދަލެއް ނުވޭ. އަހަންނަށް އެކަމުން އެއްވެސް އަސަރެއް ވެސް ނުކުރޭ. އަހަރެން މި ހުރީ މި ކްލަބްގައި އުފަލުން. އަހަރެން ކޯޗު ބުނާގޮތް ހަދައިގެން މި ކްލަބްގައި މޮޅަށް ކުޅެން ބޭނުންވަނީ. އަހަރެން ކޯޗު ބުނާގޮތް ހަދަނީ އުފަލުން ހުރެ،" ޕޮގްބާ ބުންޏެވެ.

މޮރީނިއޯ ބުނީ އޭނާ އާއި ޕޮގްބާއާ ދެމެދު މައްސަަލަ ގޯސްވާ ގޮތެއް ވާހަކަ ފަތުރަނީ މީޑިއާ އިން ކަމަށާއި ހަގީގަތުގައި އެ ދެ މީހުންގެ މެދުގައި އޮންނަނީ ވަރަށް ރަނގަޅު ގުޅުމެއް ކަމަށެވެ.

މިރޭގެ މެޗާ ބެހޭގޮތުން މޮރީނިއޯ ބުނީ ވާދަކުރަން މި ޖެހެނީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ "ސުޕަ ފޭވަރިޓް" އާ ކަމަށާއި އަމިއްލަ ދަނޑުގައި ޔުނައިޓެޑުން ދެއްކި ކުޅުމަށް ވުރެން ހުރިހާ ގޮތަކުން ރަނގަޅު ކުޅުމެއް މި މެޗުގައި ދައްކަން ޖެހޭނެ ކަމަށެވެ. ޔުވެންޓަސްގެ ކޯޗު މަސިމޯ އަލެގްރީ ބުނީ މި މެޗުން މޮޅުވެގެން ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރަން ބޭނުންވާ ކަމަށެވެ.

ޔުނައިޓެޑާއި ޔުވެންޓަސް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.

0 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 86%
icon sad icon sad 0%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454