"ބީ" ގެ ޕޯސްޓަރެއް: މިއީ 2016 ގައި ލޯންޗް ކުރި ފިލްމެއް.
11 ނޮވެމްބަރ 2018 - 06:44
ފާތުމަތު ނަހުލާ މީގެ ދެ އަހަރު ކުރިން އިއުލާން ކުރި ލޯބީގެ ފިލްމު "ބީ" އަންނަ އަހަރު ސިނަމާ އަށް ގެންނަން ނިންމައިފި އެވެ.
ނަހުލާގެ ފިލްމު ކުންފުނި ކްރިސްޓަލް އެންޓަޓައިންމަންޓުން "ބީ" އިއުލާން ކުރީ ލީޑް ރޯލަށް މަރިޔަމް އައްޒަ އާއި ޖުމައްޔިލް (ޖުމަލް) ނިމާލު ހިމަނައިގެންނެވެ. އޭރު ވަނީ ފިލްމުގެ ޕޯސްޓަރެއް ވެސް ދައްކާލައިފަ އެވެ.
ނަހުލާ "މިހާރު" އަށް ބުނީ އަންނަ އަހަރު ބެލުންތެރިންނަށް "ބީ" ގެނެސް ދޭނީ ހަމަ އެ ދެ ތަރިންނާ އެކީގައި ކަމަށެވެ. ނަމަވެސް ފިލްމު ޑައިރެކްޓް ކުރާނެ މީހަކު އަދި ނުނިންމަ އެވެ. "ބީ" އަކީ އެ ފިލްމު އިއުލާން ކުރިތަނާހެން ނަމުގެ މިލްކުވެރިކަމުގެ މައްސަލަ ވެސް ވަރަށް ބޮޑަށް ހޫނުވި ފިލްމެކެވެ.
"ފިލްމުގެ ސްކްރީންޕްލޭ އޮތީ ނިމިފައި. އެކަމަކު އަލުން ޖެހޭނެ އޭތި ޕޮލިޝް ކުރަން. އިރާދަކުރެއްވިއްޔާ އަންނަ އަހަރު ބީ ބެލުންތެރިންނަށް ފެނިގެން ދާނެ،" ކާމިޔާބު ފިލްމުތަކެއް ގެނެސް ދީފައިނާ ނަހުލާ ބުންޏެވެ.
"ބީ" އަންނަ އަހަރު ސިނަމާ އަށް ގެންނަން ނިންމިކަން އޭނާ ކަށަވަރުކޮށް ދިން އިރު، ނަހުލާ ކުރިން ވަނީ އަންނަ އަހަރު އޭނާ ޑައިރެކްޓް ކުރާ ފިލްމެއް ވެސް ސްކްރީނަށް ގެންނާނެ ކަމަށް ބުނެފަ އެވެ.
Film "B" ge massalaaigai Nahula MVR 100,000 ge inaameh dheny
The most trusted news source in the Maldives
Mihaaru
"ބީ" އަކީ ނަމުގެ މައްސަލަ ހޫނުވި ފިލްމެއް.
"އެކަމަކު އަހަރެންގެ ޑައިރެކްޝަނެއް އަންނަ އަހަރު އައުމާ ދޭތެރޭ އެއްޗެއް ބުނަން މިހާރު ވަރަށް ދަތި،" މި ވަގުތު "ހުވާ" ކިޔާ ވެބް ސީރީޒެއްގެ މަސައްކަތް ކުރަމުން އަންނަ ޑައިރެކްޓަރު/ޕްރޮޑިއުސަރު ބުންޏެވެ. "އެއް ފަހަރާ ދެ ޕްރޮޖެކްޓެއްގައި މަސައްކަތް ކުރުމަކީ ތަންކޮޅެއް އުނދަގޫ ކަމަަކަށް ވާނެ."
ނަހުލާގެ އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ އަހުމަދު ޝިނާނާ ގުޅިގެން 2016 ގައި ރިލީޒް ކުރި ބިރުވެރި ފިލްމު "4426" އެވެ.
އޭނާ އެންމެ ފަހުން ސްކްރީނަށް ގެނައި ފިލްމަކީ އައިޝަތު ރިޝްމީ މިދިޔަ އަހަރު ޑައިރެކްޓް ކުރި "ބޮސް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބްދޮ
12 November 2018
ތިޔަ ހަދާ ފިލްމުތަކަކީ ސްކްރީންގައި ދެތިން ފަހަރު އަޅުވާލާފައި ބޮޑު ފޮއްޓަށް ލާ ބަންދުކޮށްފައި ބާއްވަން ހަދާ ފިލްމުތަކެއް. ދުވަހަކު ނުކެރޭ ތިޔައިން ފިލްމެއް މާކެޓަށް ރިލީސްކޮށްލަން. 4426 ވީތަނެއް ނޭނގެ. ޔޫސުފް ފިލްމު ނަސީބަކުން ލީކުވީ. މިހުރިހާ ގޮތަކުންވެސް އެންމެ ސަޅީ ޑާކް ރެއިން އެންޓަޓެއިމެންޓްގެ ފިލްމުތައް. އާއްމުންނާ ހަމައަށް ރިލީސްކުރާނެ.
ފާތުން އަލީ
16 November 2018
ބަލަ ޔޫސުފްވެސް ނުނިކުމެ ލަސްވީ ލީކުކޮށްލި ވަރުން.. 4426 ނަސީބަކުން ކަންނޭނގެ ލީކުނުވީ.. ނޫންނަމަ އޭގެއިން އޭނައަށް ލާރިކޮޅެއްވެސް ނުހޯދުނީސް.. ޔޫސުފްގެ ރިކޯޑް ހަޖަމުނުވެގެން ލީކުކޮށްލީ.. އެވަރުންވެސް އޭގެ އޮރިޖިނަލް ނެރެފިތާ..
ރަނިޔަން
11 November 2018
އަންނަ އަހަރު އަންނާނޭ ބުންޏަސް ރާއްޖޭގެ ފިލްމު އިންޑަސްޓްރީ އަކަށް އިތުބާރެއް ނުކުރަން!!
ހހހހހހ
11 November 2018
"ބީ" ??????
ރިޝްވާން
11 November 2018
ކޮޕީ ފިލްމް ބަލައެއް ނޫޅެން. މާވަރަކަށް އިސްތިހާރުކޮއްލި ބޮސް ބަލާގެންވެސް އެނގުނީ ބަލާފަ އޮތް ތަމަލް ފިލްމެއްގެ ދިވެހި ފިލްމްކަން
ފާތުން އަލީ
16 November 2018
ތިޔަ ކޮޕީ ނޫން ފިލްމެއް ދައްކަންޏާ ފަތިސް ހަނދުވަރު އެކަނި ކަންނޭނގެ ދައްކަން ޖެހޭނީ.. އެތައް ހާސް ފިލްމެއް މުޅި ދުނިޔޭގައި ކޮންމެ އަހަރަކު އަޅުވާއިރު ކޮންމެސް ތަންކޮޅެއް ނޫނީ ކޮންމެސް ހިސާބެއް ކޮޕީނުވާ ގޮތަކަށް ފިލްމެއް ނުހެދޭނެކަން އެބަ ޖެހޭ ދޯ ތިޔަ ދޯދިޔާ ސިކުނޑިތަކުން ވިސްނަންވެސް.. ބޯހަލާކު
ޒާލިމު
11 November 2018
ފިލްމުގެ ނަމަކަށް ކިޔާފައިވާ ނަމަކީ ފިލްމު ޕްރޮމޯޓު ކުރުމުގެ ގޮތުން ކިޔާފައިވާ ނަމަކާއި ވަރަށް ވައްތަރު.
ކާނިމާ
11 November 2018
ނަހުލާގެ "ބީ". ސަޕްރައިޒް.
ނިއުމާާ
11 November 2018
އޯހ ނޯ!
ޚޮންމެސް މީހެއް
11 November 2018
ޢިބްތިޝާމް ވާހަކަ ކޮބާ ވަރަށް ލިސްޓް ދިގުވާނެ
ނަފްސާނާ އަފްސާނާ
11 November 2018
ލޮލް. އިބްތިހާލް. ނަން ވެސް ކިޔަން ނޭނގޭ އިރު ކޮން ލިސްޓެއް ދިގު ކުރެވޭނި.. މާ ރޯނުއެދުރު ވެގެން ތަނެއް އޮތިއްޔާ މީހުންނާ ގެޅޭ ހިތުން ކޮމެންޓު ކުރާތި.