ޚަބަރު / ޅ. މަޑިވަރު

ގަސް ގިނަ މަޑިވަރު ހަނަފަސް ކޮށްލައިފި!

އޭރުގެ މަޑިވަރާއި، ރުއް ގަސް ކަނޑަޅައި ހަނަފަސްކޮށްލާފައިވާ މަޑިވަރު--

މަތީގައި އެވާ ފޮޓޯއިން އެފެންނަނީ އެއާޕޯޓެއް ހެދުމަށް ގެނެސްފައިވާ ބަދަލާއި ކުރިން އެ ރަށް އޮތް ގޮތެވެ. އެއީ ރުއްގަހުން "ފުރިފައި" އޮތް ޅ. މަޑިވަރެވެ. ނަމަވެސް އެއާޕޯޓަކަށްޓަކައި އެރަށް މިހާރު ވަނީ ހަނަފަސްކޮށްލާފަ އެވެ.

މިއަހަރާ ހަމައަށް އެއީ ސިފައިންގެ ތަމްރީނު މަރުކަޒެކެވެ. އެމްއެންޑީއެފްގެ ނޮދަން އޭރިއާ ހެޑް ކުއާޓާ އެވެ. ޖަންގަލި ބޮޑު ރަށެކެވެ. އިމާރާތްކޮށްފައިވަނީ މަދު އިމާރާތެކެވެ. ދިގުމިނުގައި 1.5 މޭލް ހުންނަ އެރަށުގެ އެއްކޮޅުން އަނެއް ކޮޅަށް ގިނަ އަދަދެއްގެ ރުއްގަސް ހުރެ އެވެ. އޭގެ ތެރެއިންވެސް އެންމެ ގިނައީ ރުކެވެ. ރަށް ކިތަންމެ ހަނި ނަމަވެސް ރުއްގަސް ގިނަ ކަމުން ރަށުގެ އެއް ފަރާތުން އަނެއް ފަރާތެއް ނުފެނެ އެވެ.

ޅ. މަޑިވަރު ތަރައްގީ ކުރަން ނުފަށާއިރު ނަގާފައިވާ ފޮޓޯއެއް-- ފޮޓޯ: އަލީ ޝަރީފް

ޅ. އަތޮޅުގެ ރައްޔިތުންގެ ބޮޑު އުއްމީދަކަށް ވެފައިވާ އެއާޕޯޓް އެޅުމަށް މަޑިވަރު، މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ ކުންފުންޏެއް ކަމަށްވާ ކުރެއްދޫ ހޯލްޑިންގްސްއާ ހަވާލު ކުރީ މިދިޔަ މެއިމަހުގެ ފަހުކޮޅެވެ. ޑޮމެސްޓިކް އެއާޕޯޓެއް ހަދައި އަންނަ އަހަރު ހުޅުވާ ގޮތަށެވެ.

ފެހިކަން ގަދަ އެރަށް އެ ކުންފުންޏާ ހަވާލުކުރީ 1.2 ކިލޯމީޓަރުގެ ރަންވޭއަކާއެކު ސިޓީ ހޮޓަލެއް ހިންގުމަށެވެ. އެ މަސައްކަތް ފެށިތާ ހަތަރު ވަރަކަށް މަސްވެފައިވާއިރު މިއަދު އެއީ ކުރީގެ ރަށެއް ނޫނެވެ. ރަށުގެ މުޅި ވައު ކޮށާލައި މިއަދު އެއީ ހަނަފަސް ބިމެކެވެ. ކުރިން ރުއްގަހުން ފުރިފައިވާ އެ ރަށުގައި މިހާރު ރުއްގަސް ހުރީ ކުޑަ ސަރަހައްދެއްގައި އެކަންޏެވެ.

މަޑިވަރުން ރުއް ގަސް ކަނޑަޅައި ހަނަފަސްކޮށްލާފައި-- ފޮޓޯ: އަދިއްޔު

އެރަށް ކައިރީގައިވާ ޅ. ނައިފަރު މީހަކު ބުނިގޮތުގައި މަޑިވަރުން ގިނަ އަދަދެއްގެ ރުއް ގަސް ނަގައި އެއްބައި ގަސް އަންދާފައިވެ އެވެ. އަދި ގިނަ އަދަދެއްގެ ރުއްގަސް އަލަށް ހަދާ ބައެއް ރިސޯޓްތަކަށް ގެންގޮސް ފައިވާ ކަމަށް އޭނާ ބުންޏެވެ.

"މިހާރު ގަސް ހުރީ އެތަނުގައި މަސައްކަތް ކުރާ މީހުން ތިބޭ ސަރަހައްދާއި ތުނޑީގައި ހުރި ރުއްތަކެއް އެކަނި. ކިތަންމެ ހަނި ރަށަކަށް ވިޔަސް ކުރިން އެއީ އެއްކޮޅުން އަނެއް ކޮޅު ނުފެންނަ ރަށެއް. ރުއްގަސް ގިނަކަމުން،" އޭނާ ބުންޏެވެ.

"މިހާރުވެސް އެބަހުރި ކަނޑާފައި ހުރި ރުއް ބުރިތަކެއް އެކި ހިސާބުތަކުގައި ބަހައްޓާފައި. އެކަމަކު އެއީ އެރަށުގައި ހުރި ރުކާ ބަލާއިރު މަދު އަދަދެއް. އަނެއް ބައި ރުއްގަސް ގެންދިޔައީ ކަމަށް މީހުން ބުނަނީ."

އެއާޕޯޓެއް އަޅަން އެ ފެހި ރަށް ހަނަފަސް ކޮށްލުމުން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާއްސަކޮށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެކަން ނުހުއްޓުވާ ވަނިކޮށް އެރަށް "ހަލާކު" ކޮށްލުމުން ކިޔާ ފާޑުކިޔުން އިތުރެވެ.

އީޕީއޭގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ އެކަމާ ގުޅޭގޮތުން އެއްވެސް އިންސްޕެކްޝަންއެއް ހަދާފައިނުވާ ކަމަށެވެ. އިތުރު ތަފްސީލެއްނުދެ އެވެ. އެހެންކަމުން އެއީ އީއައިއޭ ހަދައިގެން ކުރަމުން ގެންދާ މަސައްކަތެއްކަން ނުވަތަ ނޫންކަންވެސް އެނގޭގޮތެއްނުވި އެވެ. އެ ސުވާލުތަކަށް އީޕީއޭއިން ޖަވާބެއް ނުދިނެވެ.

ރުއްގަސް ނެގުމާ ބެހޭ ގޮތުން ހަދާފައިވާ ގަވާއިދު ބުނާ ގޮތުން 10 ރުކަށް ވުރެ ގިނައިން ރުއް ކަނޑަން ނުވަތަ އުފުރާ ނަމަ އީޕީއޭގެ ހުއްދައެއް ނަގަން ޖެހެ އެވެ. އަދި 200 ރުކަށް ވުރެ ގިނައިން އެއް ފަހަރާ ރުއް ނަގާ ނަމަ އީއައިއޭ ރިޕޯޓް ހަދަން ޖެހެ އެވެ. ނަމަވެސް ޓޫރިޒަމް މަސައްކަތްތަކަށް ހުއްދަ ދެނީ ޓޫރިޒަމް މިނިސްޓްރީންނެވެ.

މަޑިވަރުގައިި އެއާޕޯޓެއް ހެދުމަށް އެރަށް ހަނަފަސް ކޮށްލާފައިވާއިރު ތިމާވެށީގެ ތަޖުރިބާކާރުން ބުނަނީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ. ސޯޝަލް މީޑިއާގައި އަޑުއުފުލަމުން އަންނަ ތިމާވެށީގެ އެކްޓިވިސްޓެއް ކަމަށްވާ އަބްދުﷲ އާދަމް (އެޑަމް) ބުނާގޮތުގައި ވަކި މަޝްރޫއެއް ހިންގުމަށް ކަމަށް ބުނެ ރަށްރަށް ފިނޮޅަކަށް ހެދިގެން ނުވާނެ ކަމަށެވެ.

"މިއީ ވަރަށް ރައްކާތެރިކަން ކުޑަ އަދި ގެއްލުންހުރި ގޮތެއް. ގަހަކީ ފަސްގަނޑު ހިފަހައްޓާ ރަށް ގިރުން ކުޑަ ކޮށްދޭ ވަސީލަތް. އޭގެ ސަބަބުން އުދައެރުން ކުޑަކޮށްދޭ. މިއީ އެކަންކަމަށް ހުރި ނުރައްކަލެއް،" އެޑަމް ބުންޏެވެ.

ރާއްޖޭގެ ފަޅު ރަށްތަކާއި މީހުން ދިރިއުޅޭ ރަށްރަށުން ގިނަ އަދަދަކަށް ރުއް އުފުރައިގެން ގެންދާ މައްސަލަ މިހާރު ވަނީ ވަރަށް ބޮޑުވެފަ އެވެ. އެއީ ފަޅު ހިއްކައިގެން ހިއްކާ ރިސޯޓްތަކާއި ހަދާފައިވާ ބައެއް ރިސޯޓްތައް ފެހިކުރުމަށް ކުރާ ވިޔަފާރިއަކަށް ވަނީ ވެފަ އެވެ. އެއީ ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް އޮތް ބޮޑު ގޮންޖެހުންތަކެއް ކަމަށް ތިމާވެށީގެ ތަޖުރިބާކާރުން ބުނެ އެވެ.

91 ކޮމެންޓް, 291 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 19%
icon angry icon angry 72%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހދގަ

11 November 2018

މިކަން ކުރިބަޔކު ކޮއްފަ ވަނީ ގަސްވިއްކައިގނ ވަރށ ބޮޑު ނަފާ ހޯދަންކަމަށް ގަބޫލުކުރަނީ. ފިޔަވަޅު އަޅަން ޖެހޭކަމެއް މީ

The name is already taken The name is available. Register?

އަނދިރި އަނދިރިން

09 November 2018

ސޭޓުންނާއި މުދިމުން ކުރާ ކަންކަމާއި ނުބެހި މަޑުން ތިބޭ. ރާއްޖޭގެ ތަޚްތަށް ވެސް މީހުން އިސްކުރަނީ އެމީހުން.

The name is already taken The name is available. Register?

The next week

09 November 2018

އެއާރޕޯރޓު ނޭޅީމަވެސް މައްސަލައެއް އަޅަން ފެށީމަވސް މައްސަލައެއް. ޓިޕިކަލް މޯލްޑިވިއަންސް

The name is already taken The name is available. Register?

ކެމެލް

09 November 2018

ފޮޓޯ އިން އެބަފެނޭ ރަންވޭ ސަރަހައްދު! އެހެންނަމަވެސް މުޅިރަށް އެއްކޮށް ނޮޅާލަންޖެހޭ ސަބަބެއް ނުވިސްނޭ! ވަރަށް އެކަށީގެންވޭ ޗާންސްގެ ބޭނުންހިފައިގެން އަލަށްހަދާ ކޮންމެވެސް ރިސޯރޓްއަކަށް ރުއްގަސްކޮޅު ގެންދިޔައީ ކަމަށްވެސް!

The name is already taken The name is available. Register?

ދަންނަ ވަހީދު

09 November 2018

ރަންވޭގެ އިތުރުން ދެފަރާތަށް ވެސް ޖާގަ ދޫކުރަން ޖެހޭ، އެބައި ވެސް ވަރަށް ސާފުކޮށް އެބަފެނޭ ފޮޓޯއިން. އެބައި ދޫކުރީމަ ބާކީ ހުރި ސްޕޭސްވެސް ފެންނަ އެބަހުރި. ތިބުނާ ވަރުގެ ޖާގައެއް ނެތް.

The name is already taken The name is available. Register?

ހުސެން

08 November 2018

ބަލަ އެއާޕޯޓްއެޅޭނީ ރުއްގަސް ކަނޑައިގެންދޯ! ރުއްގަސް ވިއްކާ މައްސަލަތީ ވަކި މައްސަލައެއް، ތިޔަކަންކަމާ ބެހޭ އިދާރާތަކުން ޒިންމާ އަދާނުކުރާތީ ތިޔަފާޑުކަންކަން ތިހިނގަނީ، ހުޅުމާލޭ ބުރިޖްގެ ޓެރެފިކް ބަލަހައްޓާހެން ކޮންމެކަމެއްވެސް މިދަނީ، ބުރިޖްފެށޭކޮޅުގަ މީހެއް، ހުޅުމާލޭކޮޅުގަ މީހެއް، އަދި ތިބެނީވެސް ފޯނާކުޅެން، ބޮޑުމުސާރަ ދީފަ ތިބޭބަޔަކު ރައްޔިތުންނަށް ހިދުމަތްދޭންޖެހޭ ފެންވަރަކީ މީތޯ؟

The name is already taken The name is available. Register?

ލުއްޗު

08 November 2018

ޗަމްޕާއާއި ގާސިމްމެންނަށް މުޅި ގައުމުގައި ހުރި ހުރިހާ ފަޅުރަށެއް ދޭންވީ. ބަލަގަ ތިޔަ ގޮތަށް ގަސްތައް ކަނޑަންޏާ ބިންގަނޑު ހަލާކުވާނެ. ތިފަދަ މުއްސަނދިން ވެއްޖެއެއްނު އެއަރޕޯޓް އަޅަންޏާ ރަށެއްހިއްކަން. ޢަދިވެސް ލާރި ލިބޭވަރު މަދީތަ.

The name is already taken The name is available. Register?

ޗުއްޕު

11 November 2018

ބައްލަވާ ރަށްހިއްކީމަ ލިބޭ ގެއްލުން 100 ގުނަ ބޮޑުވޭ ގަސް ކެނޑުމަށްވުރެ!!

The name is already taken The name is available. Register?

ށަލި

08 November 2018

ލާރިއަށް ދެވިހިފައިފާވާ ހިތްތައްވެސް ހުންނާނީ މިހެން. އުޖާލަކަމެއްނެތް ހަނަފަސް ވެލިގަޑެއް.

The name is already taken The name is available. Register?

ރިނީ

08 November 2018

ނ.މާފަރު މިހާރުއޮތްގޮތް ފެނުނީމަވެސް ހަގީގަތުގަ ރޮވުނު. ހީކުރެވުނީ ރަށުތެރެ އޮތްގޮތަށް ބާއްވަނެކަމަށް. އެކަމަކު ކަންކުރީ އެހެނެއްނޫން.

The name is already taken The name is available. Register?

ރާބޮޑޭ

08 November 2018

އަހަރެމެން ކުޑައިރު އަޑުއިވޭ ވަރަށް މަޝްހޫރު އިބްރަތްތެރި ޅެމެއްއޮވެއެވެ ޅެންފަށާފަ އޮންނަނީ '' މުސްކުޅި މުދާވެރިއެއްގެ ގާތަށް މަރުއައޭ ހުސްވީފަހުން އޭނާގެ ޢުމުރު ބަލާއަޔޭ '' މިޅެމުގައި އެބުނާ މުސްކުޅިމުދާ ވެރިއަކީ އުއްޗުކަން މިހާރު ޔަގީންވެ އެގިއްޖެއެވެ އެއީ އޭނާގެ ޢަމަލުތަކާ މި ޅެމާ ގުޅޭލެއް ވަރަށް ބޮޑެވެ

The name is already taken The name is available. Register?

ޓަކި މޫނާ

08 November 2018

އެޔޮތީ ތަރައްގީ ގެނެއްސަ ! ޙަހަހަހާ

The name is already taken The name is available. Register?

އައިސް

08 November 2018

އެދިޔައީ ރުއްގަސްތައްވެސް ދޮވެލައިގެން އަހަރެމެންގޭ ގަސްކޮޅުއެބަހުރިބާ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454