ފައިސަލް ނަސީމް މިއަދު ނުކުޅެދުންތެރިކަން ހުންނަ ކުދިންތަކަކާއެކު ފޮޓޯ ނަންގަވަނީ.
09 ނޮވެމްބަރ 2018 - 22:06
ކެއާ ސޮސައިޓީގެ 20 ވަނަ އަހަރީ ދުވަސް، އިންތިހާބީ ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއެކު މިއަދު ފާހަގަކޮށްފި އެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވާ ކެއާ ސޮސައިޓީގެ އޮފިޝަލަކު މިރޭ ވިދާޅުވީ އެތަނުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ފައިސަލް ބައިވެރިވެވަޑައިގެން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއެކު ވަގުތުކޮޅެއް ހޭދަ ކުރައްވާފައިވާ ކަމަށެވެ.
ފައިސަލް ނަސީމް މިއަދު ކުޑަ ކުއްޖަކާ ސަލާމް ކުރައްވަނީ. --
މި ރަސްމިއްޔާތުގައި، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި އެކުދިންގެ އާއިލާތަކުގެ މެމްބަރުންނާއި ކެއާ ސޮސައިޓީގައި މަސައްކަތްކުރާ ސްޓާފުން ބައިވެރިވި ކަމަށް އޭނާ ވިދާޅުވި އެވެ.
"ފައިސަލް ވަނީ އެ ކުދިންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވައި، އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ކޭކެއް ވެސް ފަޅާފައި. ވަރަށް އުފާވެރި ވަގުތުކޮޅެއް ހޭދަކުރީ،" އޮފިޝަލް ވިދާޅުވި އެވެ.
ފައިސަލް ނަސީމް މިއަދު ދަރުބާރުގޭގައި.
ކެއާ ސޮސައިޓީން، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށާއި މީހުންނަށް ތައުލީމީ އަދި އެހެނިހެން ރިހިބިލިޓޭޝަން ހުނަރުތައް ދަސްކޮށްދިނުމަށް ކްލާސްތައް އަންނަނީ ހިންގަމުންނެވެ.
ފައިސަލަކީ މަޖިލީހުގައި ހޭދަކުރެއްވި ކުރު މުއްދަތުގެ ތެރޭގައި، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހައްގުގައި ވަރަށް ބޮޑަށް ވަކާލާތު ކުރެއްވި މެމްބަރެވެ. ފައިސަލް ވަނީ މެމްބަރު ކަމަށް ވަޑައިގަތުމުގެ ކުރިން ވެސް އެ ކުދިންގެ ހައްގުތައް ހޯއްދެވުމަށް މަސައްކަތް ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލިޝާމު
10 November 2018
ނައިބު ރައީސު ފައިޒަލް އަށް، އަޅުގަނޑު މީ އައްޑުއަށް ނިސްބައްވާ ޒުވާނެއް، އަޅުގަނޑު ޕާެސުނަލީ ފައިޒަލް ނުދަންނަން، ނަމަވެސް ވަރައްގިނަ ޒުވާނުންގެ ފަރާތުން ފައިޒަލްގެ ޚަބަރު ލިބިފައިވޭ.. ވަރައް ތެދުވެރި ވަކިމީހަކަށް ބެލުމެއްނެތި ކަންތައްކުރައްވާކަމުގެ ޚަބަރު ލިބިފައިވޭ އެކަމާއި އުފާކުރަން. އަދި ފައިޒަލް ހަމަލޮލަށް ނުވެސްދެކެން. އަޅުގަނޑުމެން ވޯޓު ދިނީ އިބޫއަށާއި ފައިޒަލް އަށް، 789 އަހަރުގެ އަނިޔާއިން މިންޖުވުމަށް ސަޕޯރޓުކރަނީ ތިޔަ 2 ބޭފުޅުންނައް
ފައިސަލަ
10 November 2018
ސާބަހޭ ނރ
ތުނިޔަ
09 November 2018
ފައިސަލް އަކީ ވަރަށް ހިތްތިރި އޯގާތެރި ބޭފުޅެއް!