ކޯލިޝަންގެ ލީޑަރުން ކަމުގައިވާ ޝެއިހް އިމްރާނާއި ރައީސް ނަޝީދުގެ އިތުރުން އިންތިޚާބީ ނައިބު ރައީސް ފައިސަލް އާއި އިންތިޚާބީ ރައީސް އިބޫ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
13 ނޮވެމްބަރ 2018 - 13:34
އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، އަންނަ ހޮނިހިރު ދުވަހު އުފައްދަވާ ސަރުކާރުގައި މިހާރުގެ ސަރުކާރާ އަޅައިބަލާއިރު ސިޔާސީ މަގާމުތައް 20-30 ޕަސެންޓަށް ދަށްވާނެ ކަމަށް ޓްރާންސިޝަން ކޮމެޓީން މިއަދު ބުނެފި އެވެ.
ޓްރާންސިޝަން މާލީ ކޮމެޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސިޔާސީ މަގާމުތައް މަދުކުރުމަކީ މި ސަރުކާރުގެ ވައުދެއްކަން ފާހަގަ ކުރައްވައި އެ ކޮމެޓީގެ ކޯޗެއާ އިބްރާހިމް އަމީރު ވިދާޅުވީ ސިޔާސީ މަގާމުތަކުގައި މިހާރު ތިއްބެވި ބޭފުޅުންގެ މުސާރަ އާއި އިނާޔަތަށް ހޭދަ ކުރާ މިންވަރަށް ބަލާއިރު، އާ ސަރުކާރުގައި އެ އަދަދު 20-30 ޕަސެންޓަށް ކުޑަ ކުރެވިގެން ދާނެ ކަމަށެވެ.
އާ ސަރުކާރުން ކިހާ ސިޔާސީ މަގާމެއް އުފައްދާނެތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ އަދަދު ހާމަކުރެވޭނީ މިނިސްޓްރީތައް ކަނޑައެޅި ސިޔާސީ މަގާމުތައް ކަނޑައެޅުނީމާ ކަމަށެވެ. ނަމަވެސް ސިޔާސީ މަގާމުތައް އިތުރުނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަރަދު ކުޑަކުރެވޭ ގޮތަށް އަޅުގަނޑުމެންގެ ސިޔާސަތުތައް އެކުލަވާލާފައި ވާނީ،" އަމީރު ވިދާޅުވި އެވެ.
މި ސަރުކާރުގައި 14 މިނިސްޓްރީއެއް ހުންނަ އިރު އިބޫގެ ސަރުކާރުގައި އުފައްދަވާނެ ކަމަށް ވަނީ 19 މިނިސްޓްރީއެކެވެ.
އަމީރު ވިދާޅުވީ މިނިސްޓްރީގެ އަދަދު އިތުރުވި ނަމަވެސް ސިޔާސީ މަގާމުތައް އިތުރުނުވާނެ ކަމަށެވެ. އަލަށް އިތުރުވާ މިނިސްޓްރީތަކަކީ މިހާރު އެކި ނަންނަމުގައި ހިންގަމުން އަންނަ އިދާރާތައް ކަމަށާއި އެ ތަންތަނަށް އަލުން މުވައްޒަފުން ނަގަން ނުޖެހޭނެ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.
"މިސާލަކަށް އަލަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓެއް އަޅުގަނޑުމެން އެބަ ހަދަން. އެއީ މިހާރު ވެސް ސަރުކާރުގެ އޮނިގަނޑު ތެރޭގައި ހިމެނޭ ތަންތަން. އެހެންވީމަ އެއްގޮތަކަށް ވެސް އަޅުގަނޑުމެން ލަފައެއް ނުކުރަން މިހާރަށް ވުރެ އިތުރަށް މުވައްޒަފުން ނަގަން ޖެހޭނެ ކަމަކަށް،"
މިހާރު ބައެއް މިނިސްޓްރީތަކުގައި ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ އިތުރުން ކޯޑިނޭޓަރުންގެ ގޮތުގައި ގިނަ އަދަދެއްގެ ބަޔަކު ތިބި ނަމަވެސް، އާ ސަރުކާރުން އެގޮތަށް އަމަލު ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ވަޒީރުން ކަނޑައެޅުމާ މެދު ކޯލިޝަންގެ ތެރޭގައި ވާދަވެރިކަން ބޮޑުވެފައިވީ ނަމަވެސް އަލަށް އުފައްދަނީ ކޮންކޮން މިނިސްޓްރީތަކެއް ކަމެއް އަދި ހާމައެއްނުކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިލް
13 November 2018
ސިޔާސީ މަގާމް މަދުވިޔަސްސިޔާސީ ދަމާކަޑާ މަގާމް ތައް މާގިނަވާނެ އެއިރުން ރައީސް ޔާމިން ގެ ކޯޑިނޭޓަރުން ނައް ވުރެވެސް ގިނަވާނެ
މަނާން
13 November 2018
ހަނާން, ތީ ކޮންތާކުންހޯދި ސްޓެޓިސްޓިކްސް ތަކެއްހެއްޔެވެ؟ ނޫނީ ގަސްދުގައި ކިތައް ސަތޭކަ ޕަސެންޓް އެކްސަޖަރޭޓްކޮއްލާފަހެއްޔެވެ؟
ކިއްލިބާޝާ
13 November 2018
އެހެންކަމަށްވާނަމަ ކޭކުގެ ރަހަނުލާ ހާދަބަޔަކު އުޅޭނެޔޭ. ދެން އޭރުން......
އެމަންޖެ
13 November 2018
ސިޔާސީ ކިޔައިގެން އުޅޭ ގިނަ މީހުންނަކީ ތަޢުލީމެއް ގޮތެއް ފޮތެއް ނެތް މީހުންނެވެ. ވީމާ, ތިޔަ އުޅެނީ ކޯންޗެއް އޮޅުވާލަންހެއްޔެވެ. ނިމޭ ސަރުކާރުގައި ހުރީ 14 މިނިސްޓްރީ އެވެ. ފެށޭ ސަރުކާރުގައި 19 މިނިސްޓްރީއެވެ. 37.7 ޕަސެންޓް އިތުރެވެ. އިތުރުވި 5 މިނިސްޓަރުންގެ އުޖޫރައާ, ޚަރަދުތަކާ, މުވައްޒަފުންގެ މުސާރައާ އަދި ޚަރަދުތަކަށް އިތުރުވާބަޔާ, މަދުކުރާ ސިޔާސީ މަގާމުތަކުގެ ޚަރަދުތަކާ އަޅުވާ ކެނޑީމާ ބޮޑުވާނީ ހަމަ 5 މިނިސްޓްރީ އުފެއްދި ބައި ނޫންހެއްޔެވެ؟
ހަނާން
13 November 2018
ޔާމީނު ރޯމާ ދުވާލު 600 ކޯޑިނޭޓަރުން ކެމްޕޭން ކުރަން ސޮއި ޖަހާފަ ދާގޮތަށް ވަޒީފާ ދިނަސް އެންމެނެއް ވެރިކަން ކުރާނީ އެހެނެއް ނޫން
ދދދދދދދ
13 November 2018
ސިޔާސީ މަގާމެއް ނުހުންނާނޭ ބުނީމަ ނިމުނީނު. ގަބޫލު ކުރާ ކޮހުން ތިބޭނެ ވިއްޔަ.
ޝޮކްތެރަޕީ
13 November 2018
ރޯމާދުވާލު އަންނަން ހުރިސަރުކާރު ދޮގުހަދަނީ.
ޔަމް ޔަމް
13 November 2018
ކޯޑިނޭޓަރ މަގާމަކި ހޭވި ހަޑި އެއް. އިންސާފްވެރިކަމާއެކު ކިޔަވައިގެން ތިބޭ ކުދިންނަށް ވަޒީފާގެ ފުރުސަތު ދޭނެ ކަމަށް އުއްމީދު ކުރަނީ