އިލެކްޝަންސް ކޮމިޝަންގެ ފަސް މެމްބަރުން. އަންނަ އަހަރުގެ ބަޖެޓުގައި މަޖިލިސް އިންތިޚާބު ބޭއްވުމަށް ހިމަނާފައި އޮތީ 80 މިލިއަން ރުފިޔާ. އެކަމަކު، އީސީން ބޭނުންވަނީ 123 މިލިއަން ރުފިޔާ. ---ފޮޓޯ: ހުސައިން ވަހީދު/މިހާރު
15 ނޮވެމްބަރ 2018 - 11:00
އަންނަ އަހަރު ބާއްވާ އާންމު އިންތިޚާބަށް 80 މިލިއަން ބަޖެޓު ކުރި ނަމަވެސް، އެ އަދަދު ލިބިގެން އިންތިޚާބު ބާއްވަން އުނދަގޫވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް "މިހާރު" އަށް ވިދާޅުވީ މަޖިލިސް އިންތިޚާބަށް ހަރަދުވާނެ ކަމަށް ބެލެވެނީ 123 މިލިއަން ރުފިޔާ ކަމަށެވެ. އެހެންވެ، އެ އަދަދު ދިނުމަށް ފިނޭންސް މިނިސްޓްރީގައި އެދިފައި އޮއްވާ، އެއަށްވުރެ މަދުން ދޭ ސަބަބު އެނގިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީން އަންނަ އަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހެޅީ އިލެކްޝަންސް ކޮމިޝަނާ މަޝްވަރާކޮށްފަ އެވެ. އަދި އެ ބައްދަލުވުންތަކުގައި އިންތިޚާބުގެ ހަރަދުތައް ދާނެ ގޮތުގެ ތަފްސީލްތައް އީސީން ހިއްސާ ކުރި އެވެ.
"ބަޖެޓު މަޖިލީހަށް ފޮނުވި އިރު، 43 މިލިއަން ރުފިޔާ މަދު. އެކަމަކު އެ ފަރަގު އައި ސަބަބެއް މިހާތަނަށް އެނގިފައި ނެތް،" އަކްރަމް ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވި ގޮތުގައި މަޖިލިސް އިންތިޚާބަށް 80 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައި މަޖިލީހުން ބަޖެޓު ފާސްކޮށްފިނަމަ، އިންތިޚާބުގެ ކަންކަން ތަރުތީބުކޮށްފައިވާ ގޮތަށް ކުރިއަށް ގެންދަން ވަރަށް ބޮޑަށް އުނދަގޫވާނެ އެވެ. އެހެންވެ، އެކަމަށް ހައްލެއް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އީސީން ބޭނުންވާ ބަޖެޓު ނުލިބިއްޖެނަމަ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންތިޚާބާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް އުނދަގޫވާނެ ކަމަށެވެ.
މަޖިލީހުގައި މިހާރު ތިއްބެވި 85 މެމްބަރުންގެ ބަދަލުގައި، މާލޭގެ އާބާދީ އިތުރުވި ނިސްބަތަށް ބަލައި، މައްޗަންގޮޅީ މެދު ދާއިރާގެ ނަމުގަ އާއި ހެންވޭރު ހުޅަނގު ދާއިރާގެ ނަމުގައި ދެ އިންތިހާބީ ދާއިރާ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
އެހެންކަމުން، މަޖިލިސް އިންތިޚާބުގައި 87 މެމްބަރުން އިންތިޚާބު ކުރާނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން އެގޮތަށް ނިންމާފައި ވަނިކޮށް، މަޖިލީހުގައި މެންބަރުން މިހާރު ތިބި އަދަދަށް ވުރެ އިތުރު ނުކުރުމަށްޓަކައި ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ.
މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ސިޔާސީ ޕާޓީތަކުގެ މެމްބަރުންނާއި އާންމުން ފަށާފައި ވާއިރު، އެ އިންތިޚާބު ވެގެންދާނީ އާންމުންގެ މެދުގައި ވަރަށް ވާދަވެރި އިންތިޚާބަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކުނިބޯ
15 November 2018
ވަރަށް ހޭލުންތެރި ކުރެވިއޖއެއްނު ނިމި މިދިޔައީވެސް އިންތިހާބެއް ފަހުވަގުތު ނޫނީ ވޯޓު ބާތިލްވާގޮތްތަށްވެސް ކަށްވަރުނުވޭ ވީ މާ އަގަފުޅަކޮށްފަ ހޭލުންތެރި ކުރަނޝޭކިޔާފަ ބަޖެޓް ބޮޑުކޮށް ހަރަދުބޮޑުކުރަން ހަދާނެކަމއްނެތް އޯކޭ
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
15 November 2018
ބަޖޭޓްއިތުރުކޮށް “އިސްރާފުކުރުމުގެ ބަދަލުގައި” ލާމަރުކަޒީނިޒާމްވަރުގަދަކޮށް އިޤުތިސޯދުކުރުމުން ދައުލަތަށްމަންފާކުރާނެ. . . ނިޒާމްއޮތްގޮތުންނާއި ސަރުކާރުސިޔާސަތަށްބަލާއިރު “މަޖިލިސްއިންތިހާބާއި ކައުންސިލްއިންތިހާބުތަކުގައި ހޮވޭމީހުން ތަމްސީލުކުރާންޖެހެނީ ދާއިރާގައި ރަށްވެހިވެގެންއުޅޭ ރައްޔިތުންކަން އިގޭއިރު” ދާއިރާފިޔަވާ އިތުރުސަރަހައްދުގައި ވޯޓް ފޮށިތައްބެހެއްޓުމާއި ވޯޓްލެވޭނެ އިންތިޒާމް އުވާލާންޖެހޭ. ދާއިރާއަށް ވޯޓްލާން ޖެހޭނީ ދާއިރާއަށް ދާން.
މުޙައްމަދު ފިކުރީ
15 November 2018
ތިޔަ ޚަރަދު ޤައުމުގެ ޅަދަރިން ތަރުބިއްޔަތުކުރާ މީހުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނަން ބޭނުންކުރިއްޔާ މާ ފައިދާވާނެ
ޝާއިރާ
15 November 2018
ޝަރީފަކީ އިތުބާރު ކުރެވޭ މީހެއްނޫން. ތިހާ ބޮޑު އަދަދެއް އެންމެ ދުވަހަކު ބާއްވާ އިވެންޓަކަށް ޚަރަދު ކުރަން ހެޔޮނުވާނެ. ލިސްޓު ތައްޔާރުކޮށްފައި ރަށު ސްކޫލާއި ނޫނީ ކައުންސިލާއި ހަވާލު ކޮށްބަލަ. މައްސަލައެއް ނުޖެހި ތިކަން ކޮށްދޭނެ. ފޮއްޓެއް ވެސް ކަރުދާހެއް ވެސް ފުނުވާނެ ކަމެއް ނެތް. ހެނދުނު އެންމެންގެ ކުރިމަތީގައި ޕްރިންޓް ކުރާނީ ވެސް، ވޯޓުއަޅާނީ ވެސް، ގުނާނީ ވެސް، ނަތީޖާ ދައްކާނީ ވެސް. އިއުލާން ކުރާކަށް ނުޖެހޭނެ ވޯޓު ކަރުދާސް ދައްކާނީ ގުނާއިރު.
ބޮސާޑް
15 November 2018
ރައީސަކުހޮވަން ބޭއްވި އިންތިޚާބުން ކެވުނުވަރު މަދީތަ!!
މަހުމާ
15 November 2018
ކޮންމެ އަތޮޅަކަށް މިލިއަނުކުންވާނެ .ގެރެންޓީ
ޤަމާރޭ
15 November 2018
80 މިލިއަން މ7 އާއި ހަވާލުކޮށްލާފަ ކަލޭމެން ދޭ ލަންކާ އަށް އޭރުން އެކަން ކަލޭމެން ބޭނުންވާ ގޮތަށް ނިމިދާނެ، މ7 އން ޖަހާ އޮޅުވާލާ ސެކިއުރިޓީ ފިއުޗާސްތަކށް ދާ ބައި އެކަން ކުރަން ބުނާ ފަރާތުން ދޭނެ. ޢެނބުރި އައިސް ނިއުސް ބްރީފިންގަ ޓްރާސްޕޭރެންޓް އިންތިހާބެކޭ ބުނީމަ ނިމުނީ
ރަނާ
15 November 2018
ޓެކްނޮލޮޖީގެ ޒަމާނުގަ ވަރަށް ފަސޭހަވާނެ ތިޔަފަދަ ޕްރޮގްރާމްތަްް ހިންގަން
އެޔާމީނު
15 November 2018
ކޮންމެ ރަށެއްގެ ރަށު ކައުންސިލުގެ ދަށުން ވޯޓު ނަގާ ގޮތަށް ހަދާބަލަ. ލިސްޓުތައްޔާރު ކުރާނީ ތިމީހުން. 2 ޕާޓީގެ ސަޕޯޓަރުން ތިއްބަސް ވަރަށް އުނދަގޫ ވާނެ މަކަރެއް ހަދަން. އެއްވެސް މައްސަލައެއް ނުޖެހި ނަތީޖާ ނެރެ ދައްކާލާނެ. އެކަމަކު ވަކި ބަޔަކަށް ފައިދާ ވާގޮތަށް އިންތިޚާބު ބާއްވަން އުޅެންޏާ ޚަރަދު ވެސް ބޮޑުވާނެ، އިންސާފު ވެރިއެއް ވެސް ނުވާނެ.
ދުންބާ
15 November 2018
ކަލޭމެން ޖަހާހާ އަދަދެއް ދޭން ނުޖެހޭ، 80 މިލިއަން ރުފިޔާ ހަރަދުވާނެގޮތް ކިޔާދީބަލަ، ވޯޓްފޮށި އަލުން ހަދަން ނުޖެހޭނެ، ވޯޓްލާ މަރުކަޒަށް ފައިސާ ދައްކަން ނުޖެހޭނެ، ކަމިޝަނުގެ މުއައްޒަފުންނަށް ފައިސާތީގައި ހިމަނަން ނުޖެހޭނެ އެއީ ތިޔަ ތަނުގެ ބަޖެޓުގައި އެމުސާރަ ހިމެނޭތީ، ކީއްވެގެން ވޮލަންޓިއަރުން ނުހޯދަނީ؟ ތިޔަ ކަމުގައި މަސައްކަތްކުރާނެ ވޮލަންޓިއަރުންތިބޭނެ، އަދި ކުރިއާލައި ފޮށިތަށް ޓްރާންފާކުރެވޭނެ، ވޯޓްލާ މަރުކަޒުތަކުގައި އެތަކެތި ރައްކާކުރެވޭނެ