15 ނޮވެމްބަރ 2018 - 20:04
ހައްޖަށް ދިއުމަށް، އެއްކޮށް ފައިސާ ދައްކާފައި ވަނީ 1،817 މީހުން ކަމަށާއި އެ މީހުން ހައްޖަށް ގެންދާނެ ފައިސާ ހައްޖު ކޯޕަރޭޝަންގައި އެބަހުރި ކަމަށް އެ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
އާ ސަރުކާރުން ވެރިކަމާ ހަވާލުވުމަށް އެކުލަވާލި ޓްރާންސިޝަން ކޮމިޓީން މިއަދު ބުނީ 300 އެއްހާ މީހުން ހައްޖަށް ދާން ދެއްކި ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ އެހެން ކަންކަމަށް އެ ކޯޕަރޭޝަނުން ބޭނުންކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ މީހުން ގެންދާނެ ފައިސާ އެ ކޯޕަރޭޝަންގައި ނެތް ކަމަށް އެ ކޮމެޓީގެ މެމްބަރުން މިއަދު ވަނީ ވިދާޅުވެފަ އެވެ.
އެކަން ދޮގުކޮށް، ހައްޖު ކޯޕަރޭޝަނުން ނެރުނު ބަޔާނުގައި ބުނީ ހައްޖަށް ދާން އެ ކޯޕަރޭޝަނަށް ދައްކާ ފައިސާ ބަހައްޓަނީ ވަކި އެކައުންޓެއްގައި ކަމަށާއި މީހުން ހައްޖަށް ފޮނުވުން ނޫން ކަންކަމުގައި އެ ފައިސާ ބޭނުން ނުކުރާ ކަމަށެވެ.
"މިކުންފުނި މެދުވެރިކޮށް ހައްޖަށް ދިއުމަށް ފައިސާ ދެއްކި އެއްވެސް ފަރާތަކުން އެ ފަރާތަކަށް ހައްޖަށް ވަޑައިނުގެންނެވޭނެ ކަމަށް ހީފުޅު ކުރައްވައި ކަންބޮޑުވެވަޑައި ނުގެންނެވުމަށް ދަންނަވަން،" ބަޔާނުގައި ބުނެފައިވެ އެވެ.
އެ ކުންފުނިން ހައްޖަށް ގެންދިޔަ މީހުންގެ ތެރެއިން ފައިސާ ނުލިބި ވަނީ މަލީޝާ ޖަމާއަތުގެ މަކަރުގައި ޖެހުނު މީހުންގެ ތެރެއިން ސަރުކާރުން އަންގައިގެން ގެންދިޔަ މީހުންނަށް ސަރުކާރުން ދައްކަން ޖެހޭ ފައިސާ އާއި ސަރުކާރުގެ ކުންފުނިތަކަކުން ފައިސާ ދައްކާ ގޮތަށް ހައްޖަށް ގެންދިޔަ ބަޔަކަށް އެ ކުންފުނިތަކުން ދައްކަން ޖެހޭ ފައިސާތައް އެކަނި ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
އެއީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އަދި ފައިސާ ނުދައްކާ ވަނީ ކޮން ކުންފުނިތަކަކުން ކަމެއް އެ ކޯޕަރޭޝަންގެ ބަޔާނުގައި ބުނެފައެއް ނުވެ އެވެ.
ހައްޖަށް މީހުން ގެންދިއުމުގެ އަގު ބޮޑުވެފައިވީ ނަމަވެސް އެ ކޯޕަރޭޝަނުން އަގު ބޮޑު ނުކުރާ ކަމަށާއި އަދި ހައްޖަށް މީހުން ގެންދަނީ އެކަން ކުރެވޭނެ އަގުގައި ނޫން ކަމަށް ހައްޖު ކޯޕަރޭޝަންގެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.
ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ހައްޖު ކޯޕަރޭޝަން އުފެއްދީ ހައްޖަށް ގެންދާނެ ކަމަށް ބުނެ ބައެއް ޖަމާއަތްތަކުން އާންމުންނަށް މަކަރު ހެދުން ބޮޑުވެގެން އެކަން ހުއްޓުވުމާއި ހެޔޮ އަގުގައި އާންމުންނަށް ހައްޖަށް ދެވޭނެ ގޮތް ހެދުމަށެވެ. ރާއްޖެ އަށް ކަނޑައަޅާ ހައްޖު ކޯޓާގެ ބޮޑުބައެއް ދޭ، އެ ކުންފުންޏަށް މަހުން މަހަށް ފައިސާ ދައްކާ ހަމަކޮށްގެން ހައްޖަށް ދިއުމުގެ ފުރުސަތު ލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާމިލު
16 November 2018
އެހެންކަމަށްވާނަމަ ތިޔަ ކޯޕަރޭޝަނުގެ ހެޑް އޮފް ފައިނޭންސް އަމިއްލައަށް އިސްތިއުފާ ދީފައި ވަޑައިގެންނެވީ ކީއްވެތޯ؟ އަޑުއަހާފައިވާ ގޮތުގައި ކުންފުނީގެ ކޮރަޕްޝަން ފޮރުވަން މަތިން ޕްރެޝަރު ކުރާތީ. ކިހާވަރެއްގެ ހަގީގަތެއްތޯ؟
އާއިލާ މީހެއް
16 November 2018
ޢެކައްޗެއްވެސް ނޭންގޭތީ. ޢެކަށްޗެކޭ މިބުނީ އޭނައަށް ހީވާކަހަލަ 14 މީހުނަށް 1 ކުކުޅަކީ ވެސް ގިނަ އަދަދެކޭ! ޢެހެންނުވާނީ އޭނަގެ އާއިލާއިން ކައި އުޅެނީ އަހަރަކު އެންމެ 2 ކުކުޅު ވިއްޔާ!
ޙައްޖު ޖަރީމާ
15 November 2018
ބާއަޅާގެން ކާފަ ހުރީ. ތިތަނުގެ ބޯޑު އެއްކޮށް ބަދަލު ކުރަންޖެހޭ
ދދދދދ
16 November 2018
އެހެންތަ؟ ހިސާބު ޖެހީ ހުސެން ޝަމީމުތަ؟
ޢަބޭ
15 November 2018
ކަމެއް ދަމެއް ނެތް ތަނެއް ދޮރެއް ނުދަންނަ ބަޔަކު ގޮސްކުންފުނިތައް ބެލިޔަސް ވާނުވާނޭނގޭނެދޯ. ފުރަތަމަވެސް ސަރަކާރު ހިއްސާވާ ކުންފުނިތައް މިބަލަނި ކާނިލާރި ހުރީކޮންދިމާލެއްގަތޯ ބަލަންބާ؟
އަބްދުﷲނާފިޒް
16 November 2018
ނޫން, އެއްހޮތަކަށްވެސް ތިޔާހެނެއް ނޫން, ވާގިތަކީ ރ ޔާމިންގެ ވެރިކަމުގަ ކޮރަޕްޝަން އެއްމެބޮޑީ ކުންފުނިތަކުގަ, ކެންޕޭނަށްވެސް ހަރަދުކުރިކަން އޮތީ ހާމަވެފަ, އެހެންވެ އެދިމާތައް އަވަހަށް ބަލަނީ އެތާތިބި ބަޔަކު ފިލާނުބަޗަނީސް, ދެން އެހެން ނޫނަސް ދެން އެހެން ނޫނަސް ކުރިންބަލާނެތަނެކާ ފަހުންބަލާނެ ތަނެއް އަހުންނަށާ ކަލެއަކަށް ނޭގޭނެދޯ.
މަކަރުވަގު
16 November 2018
ވަރަށް ބޮޑު ތެދެއް. ކާނެ ލާރި ހުރިތޯ މި ބަލަނީ.
ހުއްތޭ
16 November 2018
ހުސެން ޝަމީމު ހިސާބު ޖަހަން ދަސްކުރަން ކުރާ ކަމެއް ނޫނޯ. އޭނަގެ ހިސާބު ފައްކާ ވާނެޔޯ. ފްލެޓްތަކުގެ ހިސާބު ކޮންކަހަލަ ސަޅި. ދުނިޔޭގެ އެކަކަށްވެސް އެގޮތަށް ހިސާބު ހަދާކަށް ނޭނގޭނެ. ކެކެކެ
ާދމރލ
15 November 2018
ކޯޕަރޭޝަނުން ހަދަނީ ދޮގު، އާސަރުކާރާއި އެކު މި ބަޔާން ދިންމީހަކުވެސް ނުފެންނާނެ، ކުރީގެ އެތައްވެރިއެއްގެ މައްސަލަ އޭސީސީގައި އެބަ ހިނގާ، 2018 ގައިވެސް ދިޔައީ ސަރުކާރުން އިތުރު ފައިސާ ދީގެން.
ނާޒިމްބެ
16 November 2018
ޢޭސީސީއަށް ލާފަހުރީ ހުސް ކޫސަނި މައްސަލަ. ޢެއްވެސް ކޮޅެއްގަ ނުޖެހޭނެ އެއްޗެހި. ޢެއިންވެސް ދޭހަވަނީ މައްސަލަ އެޅި 2 މީހުންގެ ގަޅިކަން.. އެންމެ ފަހުން އެ 2 މީހުން ކެނޑިގެން ދާންޖެހުނީ.
އަފި
15 November 2018
..ސަރުކާރުން އަންގައިގެން ގެންދިޔަ މީހުންނަށް ފައިސާ ހަރަދުކުރީ ކޮންތާކުން. ސަރުކާރުގެ ކުންފުނިތަކަކުން ފައިސާ ދައްކާ ގޮތަށް ގެންދިޔަ މީހުންނަށް ހަރަދުކުރީ ކޮންތާކުން. އެއީބާ އެބުނާ ފައިސާ އަކީ..
ޙުސެއިން
15 November 2018
ތި ޓުރާންމިޟަން ކޮމިޓީން ހެދީ ބުހުތާނު ދޮގުކަން މާދަމާ ބެއްޔަސް އެނގޭނެ.
Solah
15 November 2018
އެމް.ޑީ.ޕީގެ ފަހަތުގައި އުޅޭ ބަޔަކު ތެދެއް ނުބުނާނެ.
ޑާޑާޑާޑާޑާ
16 November 2018
ނިހާނުބުނީ އެއްމިލިއަން ޑޮލަރުހުރީ އޭސީސީގަ ކަމަށް, އޭސީސީ ބުނީ އެމީހުން އަތަކު ނެތޯ, ހުދުކާފޫރަށް ވާހެންވީދޯ, ތެދު ހަދާ މީހުން ސާފުވެއްޖެތޭ ސޮލާހޫ
ރާއްޖެ
15 November 2018
ތަނެއް ދޮރެއް ނޭނގޭ މީހުން ކޮމެޓީ ހަދައިގެން ގޮސް އޮފީސްތަަކަށް ވަނަސް އެތާ ހުންނަ ފޮތް ތަކުގެ ހުންނަ އެއްޗެހި ދޭހައެއް ނުވާނެ، ދޮގު ނޫން އެއްޗެއް މި ޓްރާންސިޝަން ކޮމިޓީން ނުކިޔާ. ހުސް ރޯނު އެދުރުން.
މަގުފުޅާޓިނު
16 November 2018
ރޯނު އެދުރުންތޯ ނޫނީ އެދުރު ރޯނުތޯ ކުރިއަށް މިއޮތް ދުވަސްތަކުގަ ހާމަވެގެންދާނެ, އިންތިޒާރު ކޮށްލަމާ ބަހީ ދެއްތޮ, ކެޔޮކޭވަރު އެނގޭނެ.