އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓުގައި މަރާލި ނޫސްވެރިޔާ ޚާޝުގްޖީ. --ފޮޓޯ:އޭއެފްޕީ
16 ނޮވެމްބަރ 2018 - 12:30
ރިޔާޒް (ނޮވެމްބަރު 16) - ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލަން އެންގީ ކާކުކަން ސައުދީ ސަރުކާރުން ސާފުކޮށްދީފި އެވެ.
ރިޔާޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައުދީ ޕަބްލިކް ޕްރޮސެކިއުޓަރުގެ އޮފީހުން ބުނީ ޚާޝުގްޖީ މަރާލަން އަމުރުކުރީ އިންޓަލިޖެންސް އޮފިސަރެއް ކަމަށެވެ. އަދި އެއީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ ގުޅުމެއް ނެތް މަރެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ޕްރޮސެކިއުޓަރު ޝަލާން ބިން ރަަޖީހް ޝަލާން ވިދާޅުވީ ޚާާޝުގްޖީ މަރާލަން އެންގީ ނޫސްވެރިޔާއާ މަޝްވަރާ ކުރަން ފޮނުވި ޓީމުގެ ވެރިއަކަށް ހުރި މީހާ ކަމަށެވެ. އެ ޓީމު އިސްތަންބޫލް އަށް ފޮނުވީ ޑެޕިއުޓީ އިންޓަލިޖެންސް ޗީފް، ޖެނެރަލް އަހުމަދު އަލް އާސިރީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ވަލީ އަހުދަށް އެނގިވަޑައިގެންފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
ޑެޕިއުޓީ ޕްރޮސެކިއުޓަރު ޝަލާން ބިން ރަަޖީހް ޝަލާން ވިދާޅުވީ ޚާޝުގްޖީ މަރުވުމުން އޭނާގެ ހަށިގަނޑު ވަނީ ކޮންސިއުލޭޓް ތެރޭ ކޮށާލައިފައި ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ދެން ހަވާލުކުރީ ތުރުކީ މީހަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕްރޮސެކިއުޓަރުގެ އޮފީހުގެ ތަރުޖަމާން ވިދާޅުވީ އިންޓަލިޖެންސް އޮފިސަރަށް ހަވާލުކޮށްފައިވާ މަސައްކަތަކީ ނޫސްވެރިޔާއާ ވާހަކަ ދައްކައިގެން އޭނާ އަނބުރާ ސައުދީ އަށް ގެންދިއުން ކަމަށެވެ. ނަމަވެސް ޚާޝުގްޖީ އެކަމަށް އެއްބަސްނުވުމުން އޭނާ ގަޔަށް ވަނީ ވިހަ އިންޖެކްޝަނެއް ޖަހައިފައި ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.
ޚާޝުގްޖީގެ މަރުގެ މައްސަލާގައި ސައުދީން ވަނީ 11 މީހެއްގެ މައްޗަށް ދައުވާ ކުރަން ނިންމައިފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ފަސް މީހަކަށް މަރުގެ އަދަބު ދިނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ޕަބްލިކް ޕްރޮސެކިއުޓަރުގެ އޮފީހުން ބުނީ އެ ފަސް މީހުން ވަނީ ނޫސްވެރިޔާ މަރާލުމުގައި ބައިވެރިވި ކަމަށް އެއްބަސްވެފައި ކަމަށެވެ. އެ 11 މީހުންގެ ތަހުގީގު ނިންމައި މައްސަލަ ކޯޓަށް ފޮނުވާފައިވާ އިރު އިތުރު 10 މީހެއްގެ ތަހުގީގު ކުރިއަށް ދާ ކަމަށް ވެސް ބުނެފައިވެ އެވެ.
ސައުދީ ޕްރޮސެކިއުޓަރުގެ އޮފީހުން ބުނީ ޚާޝުގްޖީ މަރާލުމަށް ފަހު އޭނާގެ ހެދުމުގައި ބޭރަށް ނުކުމެގެން ދިޔަ މީހާ ވެސް ހޯދައިފައިވާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޤަބުރުސްތާނު
18 November 2018
ނިކަން ބަލާ ބަލާށެވެ. ޢެއްމެ ފަހުން މީހަކު މެރުމުގެ ޒިންމާ އުފުލަން މި ޖެހުނީ އިންޓަލްޖެންސީ އޮފްސަރުން ތަކެކެވެއެކަމަކު ނޫސް ވެރިޔާ މަރާލުމުގައި އިންޓެލެޖެންޓް އޮފީޝަރުގެ މަސްލަހަތީ ކޮބާ ބާއެވެ. ވަލީ އަހްދު މުހައްމަދުގެ ދިފާއު ގައި އެތަށް ބަޔަކު ޤުރުބާން ކޮށް މަރުގެ ހުކުމް އިއްވަނީ ތާއެވެހަމަ ކަށަވަރުން ﷲ އީ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ބައްލަވާ ވޮޑިގެންވާ އިލާހު އެވެ.
ޖަޒީރާ ކަމަނަ
18 November 2018
އިބޫ ރައީސް ، ނޫސްވެރިޔާ ރިޟްވާން އަށް ވީގޮތް ހޯދަދީ އަވަހަށް ...... އާދޭސްކުރަން..
ސޭޑް
17 November 2018
ހަނދާންވަނީ މިބިމުގައި ގެއްލިގެންދިޔަ ނޫސްވެރިޔާ ރިޟްވާން މަތިން. މިފަދަ ހިތާމަވެރި ކަންތައްތައް ތާރީޚުން ފިލައިގެންނުދާކަމީ ހާދަ ހިތްދަތިވާ ކަމެކޭ.
ޔާމިން
17 November 2018
ދެން ހަށިގަނޑައްވެސް ހެދިގޮތެއް ވީތަނެއް ހަވާލުކުރި މީހެއް ބުނަން ވީނު
ހައުސް އޮފް ސައުދު
17 November 2018
ތިވަރު ފޭކް ދޮގު ހަދާނެކަމެއްނެތް އެންމެނަށް އެނގޭ ވަލީއަހުދު އެމްބީއެސް ކުރުވިކަމެއްކަން. ކުރިންސުރެ ގަނޑުވަރުތެރޭގަ ރާވައިގެން ކުރިކަމެއް. ހެދި ހުރިހާ ދޮގުތައް ފަޅާއރަައި އަތަށް ގޮވައިފި މުޅިން. ނެގޯޝިއޭޓް ކުރަން ކީއްވެ 15 މީހުންގެ ޑެތް ސްކޮޑެއް އަންނަންވީ، އެމީހުން އަތުގަ ބ ކީހާ ލީތަލް އިންޖެކްޝަނާއި އެސިޑާއި އެހެނނިހެން އެބާވަތުގެ އެއްޗެހި ހުރީ ކީއްވެ. ހެކިނައްތާލީ ކީއްވެ، ހަށިގަނޑު ކޮބާ؟
އާލު ސޫދު އަލްކައްޒާބު
17 November 2018
ހުސްދޮގު ސައުދީ ސަރުކާރުން ފުރަތަމަ ދުވަހުފެށިގެންވެސް * ނޫސްވެރިޔާ ޖަމާލް ކޮންސިއުލޭޓަށް ވަދެފަ 20 މިނ ފަހުން ނުކުމެއްޖެ. * ކޮންސިއުލޭޓްގެ ސެކިއުރިޓީ ކެމެރާ ހަލާކުވެފަ * އުނހު ކެމެރާ ހަލާކުނުވޭ ވަގުތުން ހިނގާކަންތައް ބެލެނީ ، ރިކޯޑެއްނުވޭ ހަހަހަ * ފޭކުމީހެއްގެ ވީޑިއޯ ދެއްކީ ޚާޝޮގްޗީގެ ހެދުމުގަ، އެކަންވެސް ވަގުތުން ފަޅާއެރީ * ކޮންސިއުލޭޓްތެރޭ ތިކަހަލަ އެއްވެސް ކަމެއްނުހިނގާ ތީ ހުސް ފޭކްނިއުސް ހަސަދަވެރިން ފަތުރާ
އަބްދޫ
16 November 2018
ގަހްތާނީ ސައޫދީ ން އައި އިރުވެސް ވިހަ އިންޖެކްސަންވެސް ގެންއި .މިއީ ގަނޑުވަރުތެރޭން ރާވާ ހިންގި ޖަރީމާއެއް.
ގސގސގސ
16 November 2018
ގުދުރަތީ މަރެއް ނޫންބާ؟
ބޮކި ބޮކި
16 November 2018
ގޮތް ހުސްވީ ދޯ.......! ؟
ހަމް
16 November 2018
އެމެރިކާގެ ޖާސޫސީއެޖެންޓެއް ތީ އެހެންވެ ދޮންމީހުން މިވަރައް ތެޅިބާލަނީ
މިސްޓަ ބޯން ސޯ
17 November 2018
އެމެރިކާގެ ގޮނޑިކޮއްކޮތަކަކީ އާލު ސުއޫދުން.