ސަނާޔާ: ވިކްރަމްގެ ބިރުވެރި ފިލްމު "ގޯސްޓް" އިން ފެންނާނެ.
19 ނޮވެމްބަރ 2018 - 07:23
ކުރީގެ މަޝްހޫރު ޓީވީ ސިލްސިލާ "އިސް ޕިޔާރު ކޯ ކިޔާ ނާމް ދޫ" ގެ ބަތަލާ ސަނާޔާ އިރާނީއަކީ އެއްގޮތަކަށް ވެސް ބޮލީވުޑްގެ ފިލްމުތަކަށް އާ މީހެއް މީހެއް ނޫނެވެ. އޭނާ މިހާރު ވަނީ އަނެއްކާ ވެސް އާ ފިލްމަކަށް ސޮއިކޮށްފަ އެވެ.
އެކަމަކު މި ފަހަރު ތަފާތަކީ ފިލްމެއްގެ ލީޑް ރޯލުން އޭނާ ފެނިގެން ދާނެތީ އެވެ. ސަނާޔާ ކުރިން ވަނީ ކާޖޮލް އާއި އާމިރު ހާން ކުޅުނު ފިލްމު ފަނާ (2006) ގައި ސަޕޯޓިން ރޯލެއް ކުޅެފަ އެވެ. އެއީ ކާޖޮލްގެ ރައްޓެއްސެއްގެ ރޯލެވެ.
ނަމަވެސް އޭނާ އަލަށް ސޮއިކޮށް، މިހާރު ލަންޑަނުގައި ޝޫޓްކުރަމުން އަންނަ ފިލްމު "ގޯސްޓް" ގައި ފެންނާނީ ލީޑިން ބަތަލާއެއްގެ ރޯލުންނެވެ.
"ގޯސް" ގެ ޝޫޓިންގެ ތެރެއިން.
މި ފިލްމަކީ ދާދި ފަހުން ސްޓްރީމް ކުރި ސަނާޔާގެ ވެބް ސީރީޒް "ޒިންދާބާދު" ވެސް ގެނެސްދިން މަޝްހޫރު ޑައިރެކްޓަރު ވިކްރަމް ބަޓް ޑައިރެކްޓް ކުރާ ފީޗާ ފިލްމެކެވެ.
"ރާޒް" އާއި "ހޯންޓެޑް" ފަދަ ކާމިޔާބު ބިރުވެރި ފިލްމުތައް ގެނެސް ދިން ވިކްރަމްގެ "ގޯސްޓް" ގެ ކާސްޓުން ސަނާޔާއާ އެކު ޕްރިޔަލް ގޯރް، ބަރްކާ ބިޝްޓް ސެންގުޕްތާ އަދި އަނިރިދު ޑޭވް ފެނިގެން ދާނެ އެވެ.
"ގޯސްޓް" ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. ވިކްރަމް އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި ބިރުވެރި ފިލްމު "1921" އެވެ.
އެ ފިލްމުގެ ތަރިންނަކީ ޒަރީން ހާނާއި ކަރަން ކުންދުރާ އެވެ.
Annekka ves Sanaya Irani loabeege silsilaa akah
The most trusted news source in the Maldives
Mihaaru
ސަނާޔާ ވަނީ އާ ސިލްސިލާއަކަށް ވެސް ސޮއިކޮށްފައި.
ވިކްރަމްގެ "ގޯސްޓް" ގެ އިތުރުން ސަނާޔާ، 35، ގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "އިސް ޕިޔާރު ކޯ ކިޔާ ނާމް ދޫ" ގެނެސް ދިން ޓީމުގެ އާ ސިލްސިލާއެއް ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހޮއްކޮ
19 November 2018
ކޮއްކޮ ބުނީ މީ ޑުރާމާގަ އުޅޭ ހުޝީ ހެއްޔޯ؟؟؟؟؟