ޑިޕްރެޝަންގެ އަސަރުކޮށްފައިވާ ކުއްޖެއް--
18 ނޮވެމްބަރ 2018 - 16:29
ނަފްސާނީ ބަލިތަކަށް ފަރުުވާ ދޭ މަރުކަޒެއް 90 ދުވަހުގެ ތެރޭގައި ގާއިމްކޮށް އެ ބަލިތަކަށް އާސަންދަ ލިބޭނެ އިންތިޒާމު ހަމަޖައްސަން ސަރުކާރުން ނިންމައިފި އެވެ.
ރައީސް ކަމުގެ މަގާމުގެ ހުވާ އިއްޔެ ކުރެއްވުމަށް ފަހު، އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރޭގައި ވަނީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ ކަންތައްތަކެއް އިއުލާނުކޮށްފަ އެވެ. އޭގެ ތެރޭގައި ނަފްސާނީ ބަލިތަކާ ބެހޭ ގޮތުން ކުރާނެ ކަންތައްތައް ހިމެނެ އެވެ.
ސައިކޮލަޖިސްޓް މުސްތަފާ ފާރޫގު ވިދާޅުވި ގޮތުގައި ރާއްޖޭގެ ނަފްސާނީ ހާލަތު ކަންބޮޑުވާ ދަރަޖައެއްގައި އޮއްވަ އެ ބަލިތަކަށް ފަރުވާ ދޭނެ ވަކި މަރުކަޒެއް ގާއިމްކުރުމަކީ ވަރަށް ރަނގަޅުކަމެއް ކަމަށެވެ. އަދި އާސަންދައިގެ ދަށުން ފަރުވާ ލިބުމަކީ ވެސް، އެ ދާއިރާ އިން ލިބޭނެ ކުރިއެރުމެއްކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ ހޮސްޕިޓަލްތަކުގައި އެކަށީގެންވާ ގޮތެއްގައި ނަސްފާނީ ބައްޔަށް ފަރުވާދެވޭނެ ގޮތެއް ނެތެވެ. އެ ނިޒާމު ރަނގަޅަށް ލިބެމުންދަނީ އަމިއްލަ ކްލިނިކްތަކުގައި ކަމަށާއި ނަމަވެސް އެއީ ގިނަ މީހުންނަށް އަތްފޯރާ އަގުތަކެއް ނޫންކަން އޭނާ ފާހަގަކުރެއްވި އެވެ.
"ވަރަށް މުހިއްމު ބޭނުންތެރިކަމެއް އެއީ. ރާއްޖޭގެ އެންމެ ބޮޑު އެއް މައްސަލައަކަށް ވަނީ، ސަރުކާރުގެ ހިދުމަތްތަކަށް ވުރެ އަމިއްލަ ކްލިނިކަލްތަކުގައި އެ ފަރުވާ އެކަށީގެންވާ ގޮތެއްގައި މި ދެވެނީ. އެހެންވެ ފަރުވާ ހޯދަން ފަށާފައި ވެސް ގިނަ ބަޔަކު ހުއްޓާލަނީ،" ސައިކޮލޮޖީ ދާއިރާއިން މާސްޓާޒް ހައްދަވާފައިވާ މުސްތަފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ނަފްސާނީ ބަލިތަކަށް ހާއްސަ މަރުކަޒެއް ހަދާއިރު ކްލިނިކްތަކާ ހިލާފަށް އެތަނަކީ ބަލި މީހުންނަށް އެކަށީގެންވާ މާހައުލަކަށް ވާންޖެހެ އެވެ. އެގޮތުން އެންޒައިޓީ ފަދަ ކަންތައް ހުންނަ މީހުންނަށް ހިތްހަމަޖެހިލައިގެން ވާހަކަދެއްކޭނެ ގޮތަކަށް ރާވަންޖެހޭކަމަށް ވިދާޅުވި އެވެ.
"ބުއްދި ފިލައިދިއުމުގެ ކުރިން ބައްޔަށް ފަރުވާދޭން ޖެހޭ. މިއީ މުހިއްމު ކަމެއް،" މުސްތަފާ ވިދާޅުވި އެވެ.
ނަފްސާނީ ބައްޔޭ ބުނުމުން ގިނަ ބަޔަކަށް އެއީ ހަމައެކަނި ޑިޕްރެޝަން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެކަމަކު އެއީ އެއަށް ވުރެ ބޮޑަށް ގިނަ ކެޓަގަރީތައް ހިމެނޭ ކަމެއް ކަމަށް މުސްތަފާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމާ
19 November 2018
ތީ ރަނގަޅުކަމެއް ކަމަކަށް ނުދެކެން. ވަކި މަރުކަޒެއް ގާއިމުކުރީމަ އެތަނަށް ދާ މީހުންނަށް މާބޮޑަށްވެސް ހީވާނީ އެއީ އެކަހެރި ވެފަތިބޭ ބައެކޭ. ފުރަތަމަ ޖެހޭ، ނަފްސާނީ ބައްޔަކީވެސް ހަމަ އެހެން ބަލިތަކެކޭ އެއްފަދައިން ކޮންމެ މީހަކަށްވެސް ޖެހިދާނެ ބައްޔެއްކަމުގެ ވިސްނުން މުޖްތަމައުގައި ޤާއިމުކުރަން. އަދި މިބަލިތަކަށް ފަރުވާ ހޯދަން ދާ މީހުން ވަކި ގޮތަކަށް ފާހަގަނުވާނެ ގޮތަކަށް ފަރުވާ ލިބެން ހުރުން. އެހެން ނޫނީ ތި މަރުކަޒަށް ދާނީ ވަރަށް މަދު މީހެއް.
ޢޯމޖީ
19 November 2018
ޢައްޑޫ ކަހަލަ ބިންބޮޑު ސަރަހައްދެއްގައި ތިކަން ކުރަންފެނޭ. ޢެއުރުން ރަށްރަށުންގޮސް ތިބޭ މީހުންނަށްވެސް ތަންކޮޅެއް އަގު ހެޔޮކޮށް ތިބެވޭނެ. މާލެއަށް މީހުން ތޮއްޖެއްސުމުގެ ވިސްނުން ދޫކޮށްލަންޖެގޭ އެބަ.
އެއްމިލިއަންދެރުފިޔާ
18 November 2018
ރަނގަޅު ނިންމުމެއް، ނަފްސާނީ ބަލި ހުންނަމީހާއާއި ނުހުންނަމީހާ ބައެއްފަހަރު ވަކި ކުރަން އުނދަގޫ، ބައެއްމީހުން ދޮގުހަދައިގެން ވެސް އުޅޭނެ، މިކަހަލަ ކަންތަކަށް ވެސް ސަމާލުވުން ބުއްދުވެރި.
ސޯލްޓް
18 November 2018
ކޮއްމެ 4 މީހަކުން 1 އަކީ ނަފްސާނީ ބަލި ތހައްމަލުކުރާމީހުން. އެމީހުންނަށް ބޭސްފަރުވާކުރުމުން ރަގަޅުވޭ. އެހެންވީމާ އެބަޖެހޭ މިރާއްޖެވެސް ތަހްޒީބީގައުމުތަކުގެ އިސްސަފަށް ނުކުއްނަން.
ޙިސްނާ
18 November 2018
އިސްލާމް ދީނަށް ފުރައްސާރަ ކުރާމީހުންނާށް ފަރުވާދޭން އަޅާ ތަނެއްބާ؟ ފަރުވާދީގެން ވެސް ދީނަށް ރުޖޫޢަ ވެޖެއްޔާ ކިތައްމެހާވެސް ރަނގަޅު.