މެމްބަރު ހުސައިން މުހައްމަދު ލަތީފް، ޖޭޕީއަށް ސޮއިކުރެއްވުމަށް ފަހު، އޭނާގެ ފޯމު ގާސިމްއާ ހަވާލުކުރައްވަނީ.---ފޮޓޯ: ޖޭޕީ
21 ނޮވެމްބަރ 2018 - 16:27
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް، މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ދެންމެ ސޮއިކުރައްވައިފި އެވެ.
ހުސައިން މުހައްމަދު ލަތީފްގެ އިތުރުން، ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވެސް ވަނީ ޖޭޕީއާ ދެންމެ ގުޅިވަޑައިގެންފަ އެވެ. ޖޭޕީގެ ޓިކެޓުގައި 2014 ގައި ރައްޔިތުންގެ މަޖިލިހަށް އިންތިޚާބުވެވަޑައިގަތުމަށް ފަހު، ވަކި ހިސާބަކުން ޕީޕީއެމަށް ސޮއިުރެއްވި އިލްހާމް މިއަދު ޖޭޕީއާ އަލުން ގުޅިވަޑައިގަތުމުން އޭނާ އަށް ވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރުކަން ދެއްވައިފަ އެވެ. މިއީ ގާސިމްގެ ހަތަރުވަނަ އެޑްވައިޒަރެވެ.
އެ ދެ މެމްބަރުން ޖޭޕީއާ ގުޅިވަޑައިގަތީ އެ ޕާޓީގެ އޮފީހުގައި މިހާރު ކުރިއަށް ގެންދާ ރަސްމިއްޔާތެއްގަ އެވެ. ދެ ބޭފުޅުންގެ ފޯމާ ހަވާލުވެވަޑައިގަތީ އެ ޕާޓީގެ ލީޑަރު ގާސިމެވެ.
ހުސައިން މުހައްމަދު ލަތީފްގެ އިތުރުން، ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި ކުރިން ތިއްބެވި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނާއި އިސްދޫ ދާއިރާގެ މެމްބަރު ގާރީ އަހުމަދު ރަޝީދު ވެސް ދާދި ފަހުން ވަނީ ޖޭޕީއާ ގުޅިވަޑައިގެންފަ އެވެ.
ޖޭޕީގެ ލީޑަރު ގާސިމް ވިދާޅުވެފައި ވަނީ އެއީ ހުރިހާ އެންމެންނަށް ވެސް މަރުހަބާ ކިޔާނެ ޕާޓީއެއް ކަމަށެވެ.
އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވެސް ރޭ ވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމީރު
22 November 2018
ބޯވާ ، ބޯވާ ، ބޯވާ
އެއްމިލިއަންދެރުފިޔާ
22 November 2018
ގަސިމު އެނެއް ބޮންޑިބޯން ތައްޔާރުވަނީ
މޫސާ ސާއިދު
22 November 2018
ހުރިހާ ކުނި ބުނި ލައްގަނީ
އަމީލް
22 November 2018
ޗީޑި .އަހަރުން ދުވަހަކު ވަޒީފާގަނޑެއް ނުލިބުނަސް ނުދާނަން.
ހަވާނާ
22 November 2018
ކަލޭ ނުދިޔަސް ދާނެ މީހަކުދާނެ ކަލެއަށް ކޮންކަމެއް ނުބެހޭ ކަންތަކާ ނުބެހި މަޑުންހުރޭ ތީ އަދި ކާކު ޗީޑި ކިޔާކަށް މާމޮޅު މީހަކަށްވެގެން ޗީޑި ތީކާކު؟
ބިޑުމޮހޮނު
22 November 2018
ކޯލިޝަންތެރޭގައި ބައިބައިވުން އުފެދެނީ ދަތުރައްފަށާ ރިޔަލުގައި ރަނގަޅަށް ވައި ނުހިފަނީސް ، އޮޔާ ވަޔާ އަންނަ އުކާލާފައި ހުންނަ އެއްޗެހި ފަޅުވެރިން ހޮވަންފެށީމި. ދެންވާނެ ގޮތަކީ ކައްޕިއަށް ނޭގި އުޅެނިކޮށް އިރުކޮޅަކުން އޮޑި ބަރުވެ އަޑިއަށްދާންހިފާނީ. އެހިސާބުން ކައްޕިއަށް މަޖުބޫރުވާނެ ކުނިތަކާއެއްކޮށް ފަޅުވެރިންކޮޅުވެސް ބާލަން.
ޝައުޤު
22 November 2018
ޙުސައިންގެ ތި ނިންމެވުމަށް ސާބަސް ބޭނުންވަނީ ދާއިރާ ތަރައްޤީ ކުރާނެ ދަރިއެއް. ދާއިރާ ދެކެލޯބިވާ ދަރިއެއް ފިޔޯރީ، ފަރެސްމާތޮޑާ އަށް ޔާމީން ސަރުކާރާއި ގުޅިގެން އަދި އަމިއްލަ ގޮތުން ކުރެއްވި މަސައްކަތްތަކަށް އައްސަރިބަހާއި ސާބަސް ދަންނަވަން. އަޅުގަނޑާ އަޅުގަނޑުގެ ފެމިލީ ވޯޓް ޙުސައިން މުޙައްމަދު ލަތީފަށް ޔަޤީން.
ޣަކަމަ
22 November 2018
ކޮރަޕްޝަން ނައްތާލަން އައި ވެރިކަމަށް ހުސްކޮރަޕްޓް މީހުންނާއި އެމީހުންގެ އާއިލާގެވމީހުންނާ ރައްޓެހިން، މީތި ކަޑަ މީއުންމީދު ކުރިގޮތެއްނޫން، ހުރިހާތަނަކުން ކާމީހުން ވަރަށްގިނަ
ނޫރާ
22 November 2018
އުއްމީދު ކުރާ ހުރިހާ ކަމެއްވޭތަ ކަޑަވެގެން ހުރޭދެން. ކުރެވޭނެ ކަމެއްނޯންނާނެ. ކަލޭމެން ގުބޯ ހައްދައިގެން ވޯޓް ހޯދައިގެން އެތިބީ ވެރިކަމަށް އައިސް ދެން. ލަލަ ލާާ
ކޯޑިނޭޓަރ
22 November 2018
ތި ޚަބަރު ކިޔާފައި މޭނުބައިކޮށް ހޮޑުލަވާތީ މި އުޅެނީ...
ނީނާ
22 November 2018
ދެން ކަލޭ ހޮޑުލާލާ ޢުމުރަށް ހުރޭ ކަލޭއަށް ސީނުލެވޭތަ..ހެހެހެ
ޣުގިލާ
22 November 2018
ޓަގޭމެން ދޯކާދޭ ވަރަކަށް ޕްރޮމޯޓްވަނީ، މިހާ ބޯބޮޑު ބައެއް ނުތިބޭނެ، ކޮންމެ ސަރުކާރެއްގެ ވެސް ބޮޑި ބޯޑު ކުރަމުންދަނީ،،،، ސޭޓްމެން ގުނބޯހައްދަން ހަމަ މިވަރެއްނޯންނާނެ،
އާދޭަް
22 November 2018
ލަދުން ބޯހަލާކު. ރައްޔިތުންނޭ ކޮންމެ ޕާޓީއަކުން ވ މިފަދަމީހުންނަށް ވޯޓް ނުދޭތި
ސީނާ
22 November 2018
ވޯޓް ދެންޔާ އެނގެނީ ކަލެއަށްތަ ކަލޭ ބުނާ ގޮތް ހަދާނީ ކަލޭގެ އަޅުން.
ސުހާނާ
22 November 2018
ކަލޭގެ ވޯޓެއް ބޭނުންވެގެން ނޫޅޭ މީހަކު ކަލޭ ބުނީމަ ވޯޓް ނާޅާނީ ކަލެއާއި ކަލޭގެ އައުވާނުން. އެހެންނު. ނުބެހޭކަންތަކާ ނުބެހި މަޑުން ހުރޭ. ތީ ދެންކާކު