ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ.--ފޮޓޯ/މިހާރު
22 ނޮވެމްބަރ 2018 - 12:54
ޓެރަރިޒަމްގެ ކުށުގައި ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްޗަށް އިއްވި 12 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލަ ސުޕްރީމް ކޯޓުން މިއަދު ނިންމަން ތާވަލުކޮށްފި އެވެ.
އިމްރާންގެ މައްޗަށް ޖަލު ހުކުމް އިއްވީ މެއި 1، 2015 ގައި، ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް ބޭއްވި ބޮޑު މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ދެއްވައި ވާހަކަ ދެއްކި ކަމަށް ބުނެ އެވެ.
އެ މައްސަލައިގައި އިއްވި ޖަލު ހުކުމަށް ހައި ކޯޓުން ތާއީދު ކުރުމުން އެ މައްސަލަ އިމްރާންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައިނުގަތުމަށް އޭރު އެ ކޯޓުން އޮތީ ނިންމައިފަ އެވެ.
އެކަމަކު، ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ނާކާމިޔާބުވުމާ އެކު، ހުކުމް ރިވިއުކުރަން އިމްރާންގެ ފަރާތުން ހުށަހެޅުމުން ސުޕްރީމް ކޯޓުން މައްސަލަ ބަލައިގަނެ، އިމްރާންގެ މައްޗަށް އިއްވި 12 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުން ވަނީ ފަސްކޮށްފަ އެވެ.
މިދިޔަ ހޯމަ ދުވަހު ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފް އަޑުއެހުންތައް ނިންމާލައިފަ އެވެ. އަދި އިތުރު ކަމެއް ސާފު ކުރަން ނުޖެހޭ ނަމަ، ދެން އަންނަ އަޑުއެހުމެއްގައި ހުކުމް އިއްވާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރި އެވެ. އެހެންވެ، ބެލެވޭ ގޮތުގައި މިއަދު އޮތީ ހުކުމް އިއްވުމެވެ.
އިސްތިއުނާފް އަޑުއެހުމުގައި އިމްރާންގެ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވަނީ އިމްރާންގެ މައްޗަށް އިއްވި ޖަލު ހުކުމް ބާތިލް ކުރުމަށް 12 ނުކުތާއެއް ފާހަގަ ކުރައްވައިފަ އެވެ.
އެންމެ މުހިންމު ނުކުތާއެއްގެ ގޮތުގައި ނޫރު ފާހަގަ ކުރެއްވީ އިމްރާންގެ މައްޗަށް ދައުވާ އުފުލައި، ހުކުމް އިއްވީ ޓެރަރިޒަމްގެ ގާނޫނުގައި ބަޔާންކޮށްފައިނުވާ ކުށަކާ ގުޅިގެން ކަމެވެ. އެހެންވެ، ދައުވާ އުފުލީ ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް މިހާތަނަށް ބޭއްވި އެންމެ ބޮޑު މުޒާހަރާ ކަމަށްވާ މޭ 1 ގެ އެއްވުން ރޭއްވެވުމުގައި އެންމެ އިސްކޮށް އުޅުއްވި އިމްރާނަށް ޓެރަރިޒަމްގެ ދައުވާކޮށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ 2015 ގަ އެވެ. އަދި އެ ހުކުމަށް 2016 ގައި ހައި ކޯޓުން ވެސް ތާއީދުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
22 November 2018
ހޯމް މިނިސްޓަރު ޖަލަށްލާން ހުކުމް ކޮށްފިއްޔާ އޭނާ ޖަލަށްލާނީ ކާކު؟؟
އާދީ
22 November 2018
ތި ހުކުމް ނިމޭނެ ގޮތް އެނގޭ
ވޯރކްޝޮޕް
22 November 2018
އިމްރާނުގެ ޙުކުމް ތަންފީޒު ކުރުމާއި ނުކުރުން ގުޅިފަ އޮތީ ޔާމީނުގެ އަނިޔާ ވެރިކަމާ ޔާމީނުގެ އަނިޔާވެރިކަން ދެމި އޮތް ހުރިހާ ދުވަހު އިމްރާނުގެ މައްޗަށް ޙުކުމް ދެމި އޮންނަން ޖެހޭ ޔާމީނު ވެރިކަން ނެތުމުން ޙުކުމް ދެމި އޮންނާކަށް ނުޖެހުނު މިއީ ރައްޔިތުންނަށް ޔާމީނު ހިންގި ވަރަށް ފާލުކަން ބޮޑު އަނިޔާވެރިކަމެއް
ޑީސީ
22 November 2018
ގައުމައްޓަކާ ދީނައްޓަކާ ގެނައިވެރިކަމުން ލިބުނު އަނިޔާގެ ހަނދާން ހުންނާނެ ކަމަށް ހީކުރަން....
ތިމާ
22 November 2018
މީގައި ދެކޮޅުވެސް އެބަ އޮންނަން ޖެހޭ އިމްރާނަން ދިނީ ހައްގު އަދަބަށް ނުވާނަމަ އަދަބު ދެއްވި ފަރާތައް ވެސް އެބަޖެހޭ އަދަބު ލިބެން ނޫނީ ތިނުވޭ އިންސާފަކަށް
މަރޭމިތުރާ
22 November 2018
ބޭނުންގޮތަކަށް ބަޔަކަށް އިމްރާނެއް ހައްލާނުލެވޭނެ! ބޭނުންވެގެނެއް ކަމަކަށް ވަކިކޮޅަކަށްވެސް ނުޖެހޭނެ!
ކަރީމުއްދީން ބާޝާ
22 November 2018
ހުކުމް ވަރަށް ސާފް.
ފަހަރި
22 November 2018
މީ ދެން ކާކުތަ މާ މޮޅު ސިޔާސީ މުފައްކިރަކަށްވެގެން މި އުޅެނީކީ އެއް!
ވެލިދޫ މީހާ
22 November 2018
ކަޑަވާނެ ކަމެއް ނެތް ، ހަމަ ޔަގީނުން ވެސް އިމްރާން ބައިތުލް މާލު ދަވާ ނުލާ