ނަސީރުއްދީން،، ރާޖްކުމާރު އަދި އަމީތާބް.
26 ނޮވެމްބަރ 2018 - 07:44
ސައިފް އަލީ ހާން ދާދި ފަހުން އުފެއްދި ފިލްމު ކުންފުނި ބްލެކް ނައިޓް ފިލްމްސް އިން ހަދާ ފުރަތަމަ ފިލްމު "ޖަވާނި ޖާނެމަން" ގެ މަސައްކަތް ފަށަން މިހާރު އަންނަނީ އެންމެ ފަހުގެ ތައްޔާރީތައްވަމުންނެވެ.
އެ ފިލްމާ ބެހޭ އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސް ދޭން އިރޯސް އިން މިހާރު ވަނީ ސައިފްގެ ކުންފުންޏާ އަތުގުޅާލައިފަ އެވެ. ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި "ޖަވާނި ޖާނެމަން" ގެ ބޮޑު ބައި ޝޫޓް ކުރަން ހަމަޖެހިފައި ވަނީ ލަންޑަނުގަ އެވެ. ބައްޕައަކާއި އަންހެން ދަރިއަކާ ދެމެދު އޮންނަ ގުޅުމެއް މަޖާ ގޮތަކަށް ގެނެސްދޭ މި ފިލްމުގައި ސައިފުގެ ދަރިފުޅުގެ ރޯލް ކުޅެން ހަމަޖެހިފައި ވަނީ ކުރީގެ ބަތަލާ ޕޫޖާ ބޭދީގެ އަންހެން ދަރިފުޅު އާލިއާ ފަރުނީޗަރުވާލާ އެވެ.
"ޖަވާނި ޖާނެމަން" ގެ ޑައިރެކްޓަރކީ ފިލްމިސްތާން (2012) ގެނެސް ދިން ނިތިން ކައްކަރު އެވެ. ބެލެވޭ ގޮތުން "ޖަވާނި ޖާނެމަން" އަންނަ އަހަރު ސިނަމާތަކަށް އަންނާނެ އެވެ.
އޮގަސްޓް މަހު ރިލީޒް ކުރި "މުލްކު" އަށް ފަހު ޑައިރެކްޓަރު އަނޫބަވް ސިންހާ އަނެއްކާ ވެސް އާ ފިލްމެއް ގެނެސް ދިނުމުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.
"ތުމް ބިން" އާއި "ރާ.ވަން" ފަދަ ފިލްމުތައް ގެނެސް ދިން ޑައިރެކްޓަރުގެ އާ ފިލްމަށް ދީފައިވާ ނަމަކީ "ކާންޕޫރު ދެހާތު" އެވެ. އިޖުތިމާއި މައްސަލައަކަށް ބިނާކޮށް ހަދާ މި ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ފަށަން ނިންމާފައިވީ ނަމަވެސް، ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ނުލިބެ އެވެ.
އެކަމަކު ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ "ކާންޕޫރު ދެހާތު" ގައި ލީޑް ރޯލް ކުޅޭނީ އަޔޫޝްމަން ކުރާނާ ކަމަށާއި އޭނާ ފިލްމުން ފެނިގެން ދާނީ ފުލުހެއްގެ ރޯލުން ކަމަށެވެ. އަޔޫޝްގެ ދެ ފިލްމެއް މި އަހަރު ރިލީޒްކޮށް، އެ ފިލްމުތައް ހޯދި ބޮޑު ކާމިޔާބީއާ އެކު އޭނާ މިހާރު ހުރީ މެދުއުޑުގަ އެވެ. އެ ދެ ފިލްމަކީ "ބަދާއީ ހޯ" އާއި "އަންދާދުން" އެވެ.
ވަރުގަދަ އެކްޓަރުންތަކެއް އެއް ފިލްމަކަށް ގެނައުމަކީ އެއްގޮތަކަށް ވެސް ފަސޭހަ ކަމެއް ނޫނެވެ. އެއް ސަބަބަކީ ހަމަހަމަ ރޯލްތަކެއް ނުލިބޭ ނަމަ، ގިނަ ތަރިން ހިމެނޭ ފިލްމުތަކަށް އެއްބަސްވާ އޭ ލިސްޓް ގިނަ ތަރިން ގަބޫލު ނުވުމެވެ.
އަނޫބަވް: އޭނާ އަންނަނީ އާ ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުން.
ނަމަވެސް ފިލްމު މެކްސިމަމް (2012) އާއި ހަމް ތުމް އޯރް ގޯސްޓް (2010) ފަދަ ފިލްމުތައް ގެނެސް ދިން ކަބީރު ކޯޝިކްގެ އާ ފިލްމަށް މޮޅު ތިން އެކްޓަރަކު މިހާރު ސޮއިކޮށްފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ. އަދި ނަން އިއުލާންކޮށްފައި ނުވާ މި ފިލްމަށް ސޮއި ކުރި ތަރިންނަކީ އަމީތާބް ބައްޗަން އާއި ނަސީރުއްދީން ޝާހްގެ އިތުރުން ރާޖްކުމާރު ރާއޯ އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ކަބީރުގެ އާ ފިލްމުގެ ޝޫޓިން ފަށާނީ އަންނަ އަހަރު އެވެ.
ރާޖްކުމާރު ރާއޯ އާއި މޯނީ ރޯއީ ލީޑް ރޯލް ކުޅޭ ފިލްމު "މޭޑް އިން ޗައިނާ" ގެ ޗައިނާގެ ޝޫޓިން ނިންމާލައިފި އެވެ.
Schedule wrap for #MadeinChina. What a fun shoot, can’t wait to share it with you guys on the big screen. #DineshVijan @MusaleMikhil @MaddockFilms @Roymouni @bomanirani @AmyraDastur93 @vyas_sumeet @PVijan #AnujDhawan pic.twitter.com/tzULOUFa0a
— Rajkummar Rao (@RajkummarRao) November 21, 2018
ރާޖްގެ ޓްވީޓް.
ރާޖް ކުރި ޓްވީޓެއްގައި އެކަން ހިއްސާކޮށްފައިވާ އިރު، އޭނާ ބުނީ މި ފިލްމު ބެލުންތެރިންނަށް ދައްކައިލަން ކެތްމަދުވެފައިވާ ކަމަށެވެ. "މެޑް އިން ޗައިނާ" އަކީ ދިނޭޝް ވިޖަން ޕްރޮޑިއުސްކޮށް، މުސާލޭ މިޙިލް ޑައިރެކްޓް ކުރާ ފިލްމެކެވެ. ފިލްމުގެ މުހިއްމު ރޯލަކުން ބޮމަން އިރާނީ ވެސް ފެނިގެން ދާނެ އެވެ.
"މޭޑް އިން ޗައިނާ" ސިނަމާތަކަށް އަންނާނީ އޮގަސްޓް، 15، 2019 ގަ އެވެ. މި ފިލްމުވެގެން ދާނީ މި އަހަރު ރިލީޒް ކުރި "ގޯލްޑް" އިން ބޮލީވުޑަށް ނުކުތް ޓީވީ ބަތަލާ މޯނީ ފެނިގެންދާ ދެވަނަ ފިލްމަށެވެ.
އަކްޝޭ ކުމާރާ ކައިވެނިކޮށް ފިލްމު ކުޅުން ހުއްޓާލާފައިވާ ކުރީގެ ބަތަލާ ޓްވިންކަލް ކަންނާ ފިރިމީހާއާ އެކު ޓީވީ އިޝްތިހާރެއް ކުޅެފި އެވެ.
ދެމަފިރިން އެކުގައި ފެނިގެންދާ މި އިޝްތިހާރަކީ ބިރިޔާނީ ކައްކަން ހާއްސަ ހަނޑުލެއް ކަމަށްވާ ފޯޗުން ރައިސްގެ އިޝްތިހާރެކެވެ. ބެލުންތެރިންނަށް މިހާރު ދައްކާ ވެސް ލައިފައިވާ މި އިޝްތިހާރު ޑައިރެކްޓްކޮށްފައި ވަނީ ކަރަން ޖޯހަރު އެވެ.
https://t.co/eIxMllgVA4@akshaykumar and @mrsfunnybones are the epitome of an unbreakable bond. Had a blast shooting with these two, @punitdmalhotra and @DharmaTwoPointO
— Karan Johar (@karanjohar) November 24, 2018
Take a look at what we created together along with @FortuneFoods #AtootPyaarParose #BiryaniNation
އަކްޝޭ އާއި ޓްވިންކަލްގެ އިޝްތިހާރު.
މިއީ މިފަދަ މަސައްކަތެއްގައި އަކްޝޭ އާއި ޓްވިންކަލްއާ އެކު ކަރަން ކުރި ފުރަތަމަ މަސައްކަތެވެ. އޭނާ އަދި ވަނީ ޓްވިންކަލް ޑައިރެކްޓްކޮށްލަން ލިބުމަކީ ޒަމާންވީ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށް ބުނެ، މި އިޝްތިހާރު ޝޫޓްކޮށް ނިންމާލައި ކުރިން ޓްވީޓެއް ވެސް ކޮށްފަ އެވެ.
ޓްވިންކަލް ފާހަގަ ކުރެވެނީ ކަރަންގެ އަލަތު ޑައިރެކްޝަން ކުޗް ކުޗް ހޯތާ ހޭ (1998) ގެ ޓީނާގެ ރޯލް ކުޅެން ހުށަހެޅުމުން ގަބޫލު ނުކުރި ބަތަލާއެއްގެ ގޮތުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy