އިންޑިޔާ އާއި ލަންކާ ގުޅިގެން ރާއްޖޭގައި ފަށާ "ދޯސްތީ" ތަމްރީނުތައް ފެށުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ ބައިވެރިވެވަޑައިގަންނަވަނީ.--ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
26 ނޮވެމްބަރ 2018 - 12:46
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެންމެ ބޮޑު ސަމާލުކަން ދޭނީ އަވައްޓެރި ގައުމުތަކާ އެކު ގުޅުން ބަދަހިކުރަން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިޔާ އާއި ސްރީލަންކާގެ ކޯސްޓްގާޑާ ގުޅިގެން "ދޯސްތީ"ގެ ނަމުގައި ބާއްވާ އަސްކަރީ ތަމްރީނުތައް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަަވަމުން މާރިޔާ ވިދާޅުވީ މި މަހުގެ 17 ވަނަ ދުވަހު ރައީސްކަމުގެ ހުވާކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރާއްޖެ ހިމެނޭ ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުން ގާއިމްކުރުމަށް ސަމާލުކަން ދޭނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ގުޅިގެން ހިންގާ މިފަދަ ތަމްރީނުތަކުން ފައިދާ ކުރާނެ ކަމަށެވެ. ހާއްސަކޮށް ރާއްޖެ ފަދަ ކުޑަ ގައުމަކަށް އެ ކަމުގެ މުހިއްމުކަން ބޮޑުވެގެން ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ދޯސްތީ" ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ސިފައިން. --ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
ދޯސްތީގެ ނަމުގައި ބާއްވާ ތަމްރީނުތައް 1992 ވަނަ އަހަރު ފެށީ އިންޑިޔާ އާއި ރާއްޖެ އެވެ. ނަމަވެސް އެ ތަމްރީނުތަކުގައި ލަންކާ ބައިވެރިވުމަކީ، އެކަމަށް ލިބުނު ކުރިއެރުމެއްކަން އޭނާ ފާހަގަކުރެއްވި އެވެ. މިއީ އެގޮތަށް ކުރިއަށްގެންދާ 14 ވަނަ ތަމްރީނު ޕްރޮގްރާމެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންޑިޔާ ކޯސްޓް ގާޑުގެ ޑިރެކްޓާ ޖެނެރަލް ރަޖެންދްރަ ސިންހް ވިދާޅުވީ ދޯސްތީގެ ތަމްރީނުތައް ވަރަށް ކައިރިން ބަލާފައިވާ ކަމަށާއި އެ ހަރަކާތަކީ ސަލާމަތާއި ރައްކާތެރިކަމަށް އެޅިގެންދާ ރަނގަޅު ފިޔަވަޅެއް ކަމަށެވެ.
"ދޯސްތީ" ނަމުގައި ބާއްވާ ތަމްރީނުތައް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ބައެއް އޮފިޝަލުން.--ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
މިއަދު ތަމްރީނުތައް ފެށިކަމުގައި ވިއަސް މައިގަނޑު ހަރަކާތް އޮންނާނީ މާދަމާ ހުޅުލޭގެ އިރުމަތީ ފަރާތުގަ އެވެ. އެ ތަމްރީނު އޮންނާނީ ކަނޑުފޭރުމުގެ ހާދިސާތަކާއި މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ފަދަ ކަންތައްތަކަށެވެ.
މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ ތަމްރީނުތަކުގައި ތިން ގައުމުން 200 އެއްހާ ސިފައިން ބައިވެރިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަޝީރު
27 November 2018
އަވައްޓެރިންގެ ތެރޭގައި ޕާކިސްތާނާއި ޗައިނާއެއް ނުހިމެނޭތަ؟
އާވަރާ
26 November 2018
ހަކުރު ދޭތީއޭ.. އެނުން ދެވަނަ ސަބަބެއް އޮންނާނެތަ. އެއޮތީއެއްނުން ލަންކާވެސް.. އަދި ޕާކިސްތާނުވެސް.. އެއިން ބަޔަކު ގާތައް ދާތަނެއް ނުފެނެއެއްނުން.. އަވައްޓެރީންނައް ވަނީ ހަމައެކަނި އިންޑިޔާއެއްނުން.
ޝޮކްތެރަޕީ
26 November 2018
ސަރުކާރުން އެމްމެބޮޑަ ސަމާލުކަން ދެނީ މި ޤައުމު އިންޑިޔާގެ މުށުތެރެޔަ ލަން.
އައްޓަމަސް
26 November 2018
ބޭރުގެސިފައިންގެމަރުކަޒެއް ރާއްޖޭގައެޅުމަށްހުއްދައެއްނުދޭނަމޭ ބުނާއިރު އިންޑިޔާސިފައިންތިބޭތަން އެއީމަރުކަޒެއްނޫންތަ؟! މަރުކަޒުގެމާނަޔަކަށް ރަދީފުގައިއޮންނަނީ ވަކިކަމަކަށްޚާއްސަކޮށްހަދާފައި ހުންނަތަންތަންކަމަށް! ވީމައިދިވެހިރާއްޖޭގައިހުރީ އިންޑިޔާސިފައިންގެ މަރުކަޒެއް، އެމަރުކަޒު ހެދީ އެމްޑީޕީގެ ވެރިކަމުގައި،ޔާމީނުއަށް އެވެރިންގެ ގޮތްއެނގުނީމައި ހެލިކޮޕްޓަރާއި ސިފައިން ގެންދަންބުނީ، ނަމަވެސް ގަދަހަދާފައިތިބީ މިތަނުގެ ގާނޫނާއި ގަވައިދައި ޚިލާފަށް
ކިއްލިބާޝާ
26 November 2018
އަވައްޓެރިންނަށްފަހު ދެން އެޖެންޑާގާ އޮތީ އިޒުރޭލު އުތަ؟
މަރޭ
26 November 2018
ހޫހޫން ތިދެން މާއިންޑިޔާ އަޅުވެތިކަމަށް ދާންބޭނުންވާބައެއްނު އެހެންވީމަ ބުނާނެދޯތިޔަހެން ދިވެހިންގެ ބޯކާން . ވަރަށް ކުޅަދާނަ ދިވެހިންގެ ބޯކެއުމަށް. ތިބުނަނަނީ އަދިވެސް މިގައުމުގައި އިންޑިޔާ ސިފައިން ތިބޭނެޔޭ. ޕައިިލެޓެއްތަމްދީނުކުރަން އެހެންގައުމަކަށް އަވަހަށް ދިވެހިން ފޮނުވައިގެންވެސް ތިކަން ހަމަސްދުވަހުންކޮށްލެވިދާނެ. އަދިވެސް އިންޑިޔާގެ އަޅުވެތިކަމުގައި. އިންޑިޔާގެ ބަދަރެއް ހަދައިގެން މިހާރުތިތިބީ.
ފަޔާ
26 November 2018
އަވައްޓެރިންނޭ ކިޔައިގެން މާ އިންޑިއާއާ ކައިރިވެގަނެގެން ނުނެއްޓެވިގެން ތިއުޅެނީ ކިހިނެއްވެގެން.
މޯޑް
26 November 2018
އިންޑިޔާގެ ދަށުގަ އޮންނަ ބަޔަކަށްވާން ބޭނުންވާނީ. އެހެންބަޔަކު ރުއްސާކަށް ނޫން ތިޔައުޅެނީ! ދަބަރުޖަހާފަ އޮތް 2 ހެލިކޮޕްޓަރާ 70 ޖާސޫސުން މިހާރުވެސް އެތިބީ ތިޔަބުނާ ގުޅުން ބަދަހިކުރަން ބައިތިއްބާފަ!
ޚެންދީ
28 November 2018
5 އަހަރު ލިބުނުއިރުވެސް ތިކަން ހައްލު ނުކުރެވުނު މީހުން މަޑުންތިބެން ވެއްޖެނު؟ މިސަރުކާރަށް 10 ދުވަހޭ އަދިވީ.
ގުރާމް
26 November 2018
އެއީ މާބޮޑުކަމެއްނޫން..އެއަރޕޯޓް އަދި ޓާޓާފްލެޓް ހަދަން ދިންގޮތައް ކަމެއް ހަމަޖެއްސުން ލަސްވާނީ ގުޅުން އޮންނާނީ ބަދަހިވެފަ.
ފާނު
26 November 2018
އަބަދު ހިނިއައިސްފަ ހުންނާތީ ހައިބަތެއް ނުހުރޭ...