ވިރާޓާއި އަނުޝްކާ އަލުން ރައްޓެހިވީފަހުން އެކުގައި ރޭގަނޑުގެ ކެއުމަކަށްފަހު ރެސްޓޯރަންޓަކުން ނުކުންނަނީ
27 މެއި 2016 - 08:12
މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓު ކޯލީ އާއި ބޮލީވުޑް ތަރި އަނުޝްކާ ޝަރުމާ ދުވަސްކޮޅަކު ރުޅިވެގެން އުޅުމަށްފަހު އަނެއްކާވެސް ރައްޓެހިވެއްޖެ އެވެ.
މި ދެ ތަރިން އަލުން ސުލްހަވެރިވާން ނިންމީ ބެންގަލޯރުގައި ވަރަށް ސިއްރުން ބޭއްވި ބައްދަލުވުންތަކަކަށް ފަހުގަ އެވެ. ނަމަވެސް ކުރީ ފަހަރާ ޚިލާފަށް މިފަހަރު ވިރާޓު އާއި އަނުޝްކާ ގަސްތުކުރަނީ ވީވަރަކުން މީހުންގެ ތެރެއަށް އެކުގައި ނުކުމެ ނޫޅުމަށެވެ. އަދި ދެ މީހުންގެ ލޯބީގެ ވާހަކަ ސޯޝަލް މީޑިއާގައި ފާޅު ނުކުރުމަށެވެ.
އެގޮތުން ދާދިފަހުން ވިރާޓު ކުޅުނު އައިޕީއެލް ކްރިކެޓް މެޗު ބަލަން އަނުޝްކާ ދަނޑަށް ދާން ބޭނުން ވެގެން ބުނުން ވިރާޓު ވަނީ އެކަމަށް އިންކާރުކޮށް މެޗު ނިންމާފައި އޮންނަ ޕާޓީން އޭނާއާ ބައްދަލުކުރުމަށް އަނުޝްކާގެ ކިބައިން އެދިފަ އެވެ.
އެގޮތަށް ވިރާޓު ބޭނުންވީ އަނުޝްކާ ބަލަން އިންދާ އޭނާއަށް ރަނގަޅަށް ނުކުޅެވިއްޖެ ނަމަ ގިނަ ބަޔަކު އަނުޝްކާގެ ބޮލުގައި އޭގެ ޒިންމާ އަޅުވާތީ އާއި ދަނޑުން ނުފެނި ޕާޓީއަށް ސިއްރުސިއްރުން ދިއުމުން މީޑިއާއަށް ވެސް އެކަން މާބޮޑަށް ނޭނގޭނެ ކަމަށް ބަލާފަ އެވެ.
އަނުޝްކާ އާއި ވިރާޓު ކިތަންމެ ސިއްރުން އުޅުނަސް ދެ މީހުން އެއްކޮށް ރެސްޓޯރެންޓެއްގައި ކާން ތިއްބާ އެ ރެސްޓޯރަންޓުގައި އިން މީހަކު ނަގާފައިވާ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި ދައުރު ވެފައިވެ އެވެ.
ވިރާޓުގެ ގާތް މީހަކު ބުނި ގޮތުގައި އަނުޝްކާއާ އެކު ވިރާޓު ބޭރު ތެރޭން ދެން ވަރަށް ނުފެންނާނެ އެވެ. އަދި ސޯޝަލް މީޑިއާގައާއި އިންޓަވިއު ތަކުގައި ވެސް ދެ މީހުން އެކަކު އަނެކަކުގެ ވާހަކަ ދައްކައެއް ނުހަދާނެ އެވެ.
ކުރީ ފަހަރުވެސް ދެ މީހުންގެ މެދުގައި މައްސަލަތައް ޖެހުނީ މީޑިއާއަށް މާ ގިނަ ކަންތައްތައް އެނގި ތަފާތު ވާހަކަތައް ފަތުރާތީ ކަމަށް އެމީހުން ގަބޫލުކުރާ ކަމަށް އެކުވެރިޔާ ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަާކޭކޭ
30 May 2016
އެހެންތަ...