ޑިފެންސް މިނިސްޓަރު މާރިޔާ، ހެލިކޮޕްޓަރުގައި ދޯސްތީގެ ތަމްރީނުތައް ކުރިއަށްގެންދާ ގޮތް ބައްލަވާލައްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
27 ނޮވެމްބަރ 2018 - 16:20
އިންޑިޔާ އާއި ސްރީލަންކާއާ ގުޅިގެން "ދޯސްތީ"ގެ ނަމުގައި ރާއްޖޭގައި ބާއްވާ އަސްކަރީ ތަމްރީނުތައް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ބައްލަވާލައްވައިފި އެވެ.
މިއަދު ހެނދުނުން ފެށިގެން ކަނޑުމަތީގައި ކުރި އަށް ދާ ފަރިތަކުރުންތައް ބައްލަވާލެއްވުމަށް މިނިސްޓަރު ވަޑައިގަތީ އިންޑިއާގެ ކޯސްޓް ގާޑް ހެލިކޮޕްޓަރެއްގަ އެވެ.
ދޯސްތީގެ ތަމްރީނުތަކުގެ ތެރެއިން، މީހަކު ކަނޑަށް ފުންމާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ދޯސްތީ ތަމްރީނުތަކުގެ ތެރެއިން ހިންގާ ބާއްވާ ފަރިތަކުރުންތަކުގައި ރެސްކިއު އޮޕަރޭޝަނާއި ކަނޑުމަތިން ހާލުގައި ޖެހޭ މީހުން ސަލާމަތްކޮށް، ފުރަތަމަ އެހީ ދޭނެ ގޮތްތަކާއި ހާލު ދެރަވެފައިވާ މީހުން އަވަސް ގޮތަކަށް އެންމެ ކައިރި ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ކަންކަން ކުރާނެ ގޮތްތައް ފަރިތަކޮށްފައިވެ އެވެ. އަދި ހެލިކޮޕްޓަރުގެ އެހީގައި ކަނޑުމަތިން މީހުން ސަލާމަތްކުރާނެ ގޮތްތައް ވެސް ފަރިތަކޮށްފައިވެ އެވެ.
ދޯސްތީގެ ތަމްރީނުގައި ބައިވެރިވި މަނަވަރެއް-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ދޯސްތީގެ ނަމުގައި ބާއްވާ ތަމްރީނުތައް 1992 ވަނަ އަހަރު ފެށީ އިންޑިޔާ އާއި ރާއްޖެ އެވެ. ލަންކާ އިން ދޯސްތީގައި ބައިވެރިވާން ފެށީ 2012 ވަނަ އަހަރުން ފެށިގެންނެވެ. މިއީ އެ ގޮތަށް ކުރި އަށް ގެންދާ 14 ވަނަ ތަމްރީނު ޕްރޮގްރާމެވެ.
މާދަމާގެ ނިޔަލަށް ކުރި އަށް ގެންދާ ތަމްރީނުތަކުގައި ތިން ގައުމުން 200 އެއްހާ ސިފައިން ބައިވެރިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންްނި
28 November 2018
އާޓު ނުދައްކާ ހެލިކޮޕްޓަރު ދުއްވަން ޕައިލޮޓުން ތަމްރީނުކޮށްބަލަ. އެހެން ނޫނީ ހެލިކޮޕްޓަރާއެކު މާރިޔާ އިންޑިޔާއަށް ފޮނުވާލަބަލަ
އައްޑޫސިޓީ
27 November 2018
ގުޅިގެން ދޯސްތީދޯ ވާއެއްޗެއް ބަލަން މިތިބީ ކިހާދުވަހަކު ހިފެހެތްޓޭނެތޯ!
މަޝްހޫދު
27 November 2018
ކޮން ދޯސްތީ އެއް؟ ދުޝްމަނީ ކިއްޔާ މާ ރަނގަޅުވާނެ. ތި ކުރަން އުޅޭ ކަންތައް ވަރައް ސާފު