ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި ފްލެޓް އަޅަން ލަންކާ ކޮރަލް ހޯލްޑިންގްސްއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން: އަންމަޓީ (މ) މިހާރު އުޅެނީ ފިލައިގެން -- ފޮޓޯ: މިހާރު
29 ނޮވެމްބަރ 2018 - 10:25
ހުޅުމާލޭގައި ހައުސިން މަޝްރޫއުތަކެއް ހިންގަން ހަވާލުވި ސީ ލައިފަށް ފައިސާ ދެއްކިކަމުގެ ލިޔުން އޮތް ފަރާތްތަކުން ތަހުގީގަށް އެ ހުށައަޅަން ފުލުހުން މިއަދު އެދެފި އެވެ.
ބުކިން ފީ އާއި އެޕާޓްމަންޓްތަކުގެ އެޑްވާންސްގެ ގޮތުގައި އެތަައް ބައެއްގެ އަަތުން ފައިސާ ނެގުމަށް ފަހު ސީ ލައިފް ވަނީ "ގެއްލިފަ" އެވެ. އެހެންކަމުން އެ ފައިސާ ހޯދަން އޭގެ ތެރެއިން 180 އަށް ވުރެ ގިނަ މީހުން ވަނީ ކޯޓަށާއި ފުލުހުންނަށް މައްސަލަ ހުށައަޅައިފަ އެވެ.
ފުލުހުން ކުރި އިއުލާނެއްގައި ބުނީ މިހާތަނަށް މައްސަލަ ހުށަހަޅާފައިވާ މީހުންގެ އިތުރުން ވެސް އެހެން ބަޔަކަށް އެ މައްސަލަ ކުރިމަތިވެފައިވެދާނެ ކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
"އެޕާޓްމަންޓްތައް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް މިފަދަ މައްސަލައެއް ކުރިމަތިވެފައިވޭތޯ ބެލުމަށް ބޭނުންވާތީ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާއި އެ ފަރާތްތަކާ ދެމެދު ލިޔެކިޔުމުން ކުރެވިފައިވާ މުއާމަލާތްތަކާ އެކު، މި ސާވިސްއަށް މައްސަލަ ހުށަހެޅުމަށް އިލްތިމާސްކުރަން،" އިއުލާނުގައި ބުނެފައިވެ އެވެ.
ސީ ލައިފްއާ ހަވާލުކުރި ހައުސިން ޔުނިޓްތަކުގެ ބިންގާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަޅުއްވައިދެއްވަނީ: މިއީ ބޮޑު އޮޅުވާލުމެއް
ފުރަތަމަ ފިޔަވަހީގަައި ސީ ލައިފުން 300 އެޕާޓްމަންޓް ހަދަން ހުޅުވައިލުމުން 280 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 50،000ރ ވަނީ ދައްކައިފަ އެވެ. އޭގެ އިތުރުން ބައެއް މީހުން ޑައުންޕޭމަންޓްގެ ގޮތުގައި 20 ޕަސެންޓަށް ވާ ފައިސާ ވެސް ދައްކާފައިވާ ކަމަށްވެ އެވެ.
މިހާތަނަށް އެނގިފައިވާ ގޮތުގައި ސީ ލައިފުން އަނބުރާ ދައްކަން ޖެހޭ ފައިސާގެ މިންވަރު 20 މިލިއަން ރުފިޔާއަށް ވުރެ މަތިވާނެ އެވެ. މަސައްކަތް ކުރިއަށް ނުދާތީ ބައެއް ކަސްޓަމަރުން ސީލައިފްގެ ވެރިންގެ ފަހަތުން ދުވެގެން ފައިސާ ހޯދާފައިވެ އެވެ.
އެކުންފުނީގެ އޮފީހެއް ވެސް މިހާރު ނުހުރެ އެވެ. އަދި މެނޭޖިން ޑިރެކްޓަރު، ކުރިން ދިވެހި ބައެއް ލަވަތައް ޕްރޮޑިއުސްކޮށް، އަދި ބައެއް ލަވަތަކުގައި އެކްޓްކޮށްފައިވާ އަހުމަދު މޫސާ (އަންމަޓީ) މިހާރު ދިިރިއުޅެނީ ސްރީ ލަންކާގައި ކަމަށް ވެސް ވެ އެވެ.
ހުޅުމާލޭގައި ސީ ލައިފުން ފްލެޓް އަޅަން ދޫކޮށްފައިވާ ބިން .-- މިހާރު ފޮޓޯ
އޭނާ ކުރިން ބުނެފައި ވަނީ ރިފަންޑް ހޯދަން އެދުނު މީހުންގެ ތެރެއިން ގިނަ ބަޔަކަށް ފައިސާދީ ނިންމާފައިވާ ކަމަށެވެ. ފައިސާ ނުދެވި ވަނީ 47 މީހަކަށް ކަމަށާއި އެ މީހުންނަށް މިދިޔަ އޮގަސްޓު މަހުގެ ކުރިން އެކަން ހަމަޖައްސައިދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. އެކަމަކު 180 އަށް ވުރެ ގިނަ މީހުން މައްސަލަ ހުށަައެޅުމުން އޭނާގެ އެ ވާހަކައަކީ ދޮގެއްކަން އެނގެ އެވެ.
ސީ ލައިފުން ހުޅުމާލޭގައި ހަދާ އެޕާޓްމަންޓްތަކުގެ މަސައްކަތް ކުރިއަކަށް ނުދެ އެވެ. އެހެންކަމުން އެއީ އެފަދަ ކަމެއް ކުރުމުގެ ގާބިލްކަން ނެތް ބަޔަކު އޮޅުވާލައިގެން ބަޔަކު އަތުން ލާރި ހޯދަން ކުރި ކަމެއް ކަމަށް ވެސް ބައެއް މީހުން ތުހުމަތުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައްލާ ކުޑަ
23 March 2019
ޟމީނަ އަތުން ބިންނަގާ ވިއްކާލައިގެން ނަމަވެސް ފައިސާ ހޯދައި ދިނުމަކީ އިންސާފު ގާއިމު ކުރަން ވެރިކަމައް އެރި ބޭފުޅުންގެ ވާޖިބެއް ..ލަންކާގައި ތިކަހަލަ ދެރަ ރައްޔިތުންނައްދީފައި ހީވޭތަ ގިނަދުވަހު ލަންކާގައި ހުރެވިދާނެހެން އަންމަޑޭ.
ރަދީފް
29 November 2018
ރާޓޯ އަދިވެސް އަދާލަތަށް ފާޑުކިޔަން ނޫސްކޮންފަރެންސް ބާއްވަންވާނެ.
ހޭކެނޑޭ
29 November 2018
ރައްޔިތުންގެ ފައިސާ މަކަރާއި ހީލަތުން ފޭރިގަތުމަށްފަހު އެބަޔަކު ފިލައިގެން ރާއްޖެ ދޫކޮއް ބޭރުގެ ކޮންމެ ޤައުމެއްގައި ދިރި އުލުނަސް މި ސަރުކާރުން އެވެރިން ރާއްޖެ ގެނެސް އެވެރިންނާއި މެދު ޝަރިއްޔަތް ކުރެވި ޙައްގު އަދަބު ދެވެންޖެހޭނެ. ޤައުމުގެ ވެރިކަމަށް އަރާ ކޮންމެ ބަޔަކު ރައްޔިތުން ލޫޓުވާލައިފައި ފިލައިގެން ތިބެވިގެނެއް ނުވާނެ. މިކަމުގައި ރައްޔިތުން އަޑު އުފުލަންޖެހޭ.
ދަތްނެތްކުއްޖާ
29 November 2018
ތިޔަ ކުންފުނީގެ ވެރިންގެ މައްޗަށް މަކަރާއި ހީލަތް ވައްކަމާއި ދޮގު ހަދައިގެން ރައްޔިތުންގެ އަތުން ފައިސާ ތަކެއް ފޭރިގަނެފައި ވާތީ މި މީހުނާއި މެދު އިންސާފު ވެރި ކަމާއި އެކު ޝަރިއްޔަތް ކޮއް މި ވެރިންނަށް ޙައްގު ވެގެންވާ އެންމެ ބޮޑު އަދަބު ހަމަ މިހާރުން މިހާރަށް ދިނުމަށް މި ސަރުކާރަށް ރައްޔިތުން ގޮވާލަނމު. މި ކަމަކީ ނިމިދިޔަ ސަރުކާރުގެ އިޙުމާލުން ވެފައިވާ ކަމެއްކަމަށްވެސް މަމެން ދެކެން. މިހެންކަމުން އެފަރާތް ތަކާއި މެދުވެސް ފިޔަވަލު އަލަންޖެހޭ.
ބަކުރުބޭ
29 November 2018
ހައުސިންގ މިނިސްޓްރީގައި ހުރި ރައްޔިތުންގެ ލިޔުންތަކަށް ޚިޔާނާތްތެރި ނުވެ ދޫކޮށްދެއްވުން އެދެން.
ކެކެ
29 November 2018
ސީ ލޮލް
ނިޒް
29 November 2018
ނިމި ދިޔުަ ސަރުކަރުގެ ބޮޑުންގެ ހިއްސާ އޮތް ކޮމްޕެނީއެއް