ކ.ދިއްފުށީގެ ފެނާއި ނަރުދަމާގެ ނިޒާމު އިފްތިތާހުކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ނޭޝަނަލް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމު-ފޮޓޯ: ހުސައިން ވަހީދު/މިހާރު
01 ޑިސެމްބަރ 2018 - 15:07
މިނިސްޓަރުކަމާ ހަވާލުވެވަޑައިގެން މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ވެސް "އެއް ލައްކަ ޑޮލަރު"ގެ ހުށައެޅުމެއް އޭނާއަށް އައި ކަމަށާއި އެކަމަކު ކޮރަޕްޝަންގެ ތެރެއިން މަޝްރޫއުތައް ހަވާލުނުކުރައްވާނެ ކަމަށް، ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު، މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
ޗަމްޕާ އާއިލާގެ އަލިފުޅު ތުއްތު ފައުންޑޭޝަނާއި މީރުފެންފުށި އައިލެންޑް ރިސޯޓް ގުޅިގެން ދިއްފުށީގައި 4 މިލިއަން ޑޮލަރު (61 މިލިއަން ރުފިޔާ) ހޭދަކޮށްގެން ގާއިމްކުރި ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ އެގޮތަށް މެސެޖް ފޮނުވަނީ ސަރުކާރުގެ މަޝްރޫއުތައް ދިނުމުގައި ކޮރަޕްޝަން އޮންނާތީ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއް ލައްކަ ޑޮލަރު (1.5 މިލިއަން ރުފިޔާ) ހުށައެޅީ ސަރުކާރުން ކުރިއަށް ގެންދަން ނިންމައި އެކަމަކު އަދި ހަވާލުނުކުރެވި އޮތް މަޝްރޫއުއަކާ ގުޅިގެންނެވެ.
"މެސެޖު ފޮނުވި މީހާ ބުނަނީ މަސައްކަތް އަވަސްކޮށްލަ ދެވިދާނެހޭ. އެއް ލައްކަ ޑޮލަރު އަސްލަމަށޭ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ބައެއް އެހެން މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވި އެވެ.
"އަޅުގަނޑު އެރީ ރަތަށް. ދުވަހަކު ވެސް މީގެ ކުރިން އަޅުގަނޑު ކައިރީ ނުބުނާ ޒާތުގެ ވާހަކައެއް މިއީ."
އޭނާ ވިދާޅުވި ގޮތުގައި އެކަމުން އެނގެނީ ސަރުކާރުން ހިންގާ މަޝްރޫއުތަކުގައި ކޮރަޕްޝަން ހިމެނޭކަން އާންމުކޮށް ގަބޫލުކުރެވިފައި އޮތް މިންވަރެވެ. އަދި މިނިސްޓަރުންނަށް އެފަދަ މެސެޖުތައް ކުރަނީ ވެސް އެހެންވެގެން ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު އަސްލަމު ވިދާޅުވީ އެފަދަ ކަންކަމުން ދުރުވަން ޖެހޭ ކަމަށެވެ. އެގޮތުން ސަރުކާރުގެ މަޝްރޫއުތައް ހިންގުމުގައި ވަކި ތަރުތީބެއް ހާމަކުރެވެން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮރަޕްޝަނުގެ ތެރެއިން މަސައްކަތްތައް ހަވާލުކުރުމުގެ ބަދަލުގައި ރައްޔިތުންނަށް ކޮށްދޭ އެފަދަ ކަންކަން ކުރާނީ ހާމަކަން ބޮޑު ގޮތެއްގައި އަދި ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިންނެވެ.
"އަޅުގަނޑުމެން މިތިބީ އަޅުގަނޑުމެން ގޭގައި މަސައްކަތްތަކެއް ކުރާކަށް ނޫން. ރައްޔިތުންނަށް ވައުދުތަކެއް ވެގެން އިހްލާސްތެރިކަމާ އެކު މަސައްކަތްތަކެއް ކުރުމަށް. މީގެ ތެރެއިން ނެއްޓިގެންދާ ކަމުގައިވާ ނަމަ އެވާހަކަތައް ވިދާޅުވަން ޖެހޭނެ. އަޅުގަނޑުމެން ހަމަ މަގަށް އަޅުވަން މަސައްކަތް ކުރަން ޖެހޭނެ،" އަސްލަމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދާ
03 December 2018
އަސްލަމަކާ ނުކުޅެވޭނެ. މުއިއްޒުގެ ގްރޫޕުން އައީ ތިކަން ކުރަމުން. ސާބަހޭ އަސްލަމް
abdulla ali
03 December 2018
މިނިސްޓަރ އަސްލަމަށް
ރަން
03 December 2018
މިކަލޭގެ ދިންވަރު ކުޑައީ ކޮބައި714 ހަތްސަތޭކަ ސާދަ މިލިއަން ދައްލަތުން ހިޔާނާތެރިވި މިކަހަލަ މިނިސްޓަރުން މިއުޅެނީ
ޖަންބެ
03 December 2018
ތީ ދޮގު. ތިމާމެންގެ ނަޒާހަތްތެރިކަން ދެއްުމަސް އަރުވާލި އަޑު
ޢަހަންމާ
02 December 2018
އެހެން ވެއްޖެޔާ ކުރިން މަނިކުފާނު މިނިސްޓަރުކަން ކުރި އިރު ވަނުވާ ނޭނގޭ 714 މިލިޔަން ރުފިޔާ ވަނީ ކޮންތާކަށްތޯ. މައްޗަށް ތޯ. ތިރިޔަށްތޯ. ތީދެން މާހުދު ކާފޫރެއް ވިއްޔާ. 100000 ޑޮލަރު މަނިކުފާނަށް ތަންކޮޅެއް މަދުވިއްޔޭ ނުބުނާން ދޯ ތިހެން ބުނީ. 714 މިލިޔަނުން ކޭ މީހަކު ލައްކަޔެއް ދިނީމާ ވާނީ މަދެއްނުން.
ގަރުދިޔަ އަހަންމާމަ
03 December 2018
ކަލޭ ތިޔަބުނާ 714 މިލިޔަން ކޭ ކަމުގެ ހެއްކެއް ނުދެއްކިޔަސް ކޭ ގޮތަކާއި ދުވަހެއް އަދި އެ ފައިސާ ދިން ފަރާތެއް ބުނެބަލަ ހަމަ ތިގަޓުގަ.. ކަލޭގެ ތި އިލްޒާމް އަށް ބާރުދޭ ކުޑަވެސް ޤަރީނާއެއް ދައްކައިފިއްޔާ ކަލެއަށް މަ ދޭނަން އުމުރުދުވަހު ލިބޭ ހުރިހާ އާމްދަނީއެއް..އަނގައެއް އޮތީމަ މީހެއްގެ އަގުވައްޓާލަން ތި މަސައްކަތްކުރަނީ ކޮންމެހެން ރައްޔިތުންނަށް ހެޔޮއެދޭތީކީ ނޫން..ކަލެއަށް ނުހައްގުން ލިބެމުންދިޔަ އެއްޗެއް މިހާރު ނުލިބޭތީހެން ހާދަ ހީވެޔޭ.. ލަލަލާ
ޤާދިރު
02 December 2018
އެއްލައްކަ ޑޮލަރު ދީފިނަމަ ޕްރޮޖެކް އަވަސްކޮށް ދޭނެކަމަށް ބުނީމާ ކުންފުނިން އެކަމަށް އެއްބަސްނުވި. އެހެންވެ އެކަމުގެ މަތިއަޅަން ވެގެން މާރީތި ވާހަކައެއް ކަމަށް ހިތައި އެ ވާހަކަ އެދައްކަނީ.. ލަދެއްނުގަންނާނެ ވިއްޔާ..
ވަހުމް
03 December 2018
ކަލޭތަ ތިބުނާ އެއްބަސް ނުވާން ނިންމި ކުންފުނީގެ ވެރިމީހާ އަކީ؟ މުސްކުޅިން ބުނެއުޅެނީ ހަމަ ތެދަށް.. ވަގަކަށް ހީވާނީ ފުޅަށް ބުޑުން ހިނގާފަ ދިޔަސް އެއުޅެނީ ކެޔޮގަނޑު ގެންދަން ވެގެންނޭ... ލަދުހަޔާތް ހުރިމީހުން ޑޮލަރުގޯނިތައް ބެހިއިރު ޤާދިރަކަށް ކޮމެންޓުކުރާކަށް ނުކެރުނީބާ؟ ނޫނީ ބައި ލިބޭތީ އެއްޗަކޭ ނުބުނީބާ؟
ރަށުމީހާ1
02 December 2018
އެއްލައްކަ މަދުވީ ކަންނޭގެ، ތަންކޮޅެއް ބޮޑުކޮށް ހުށައެޅި ނަމަތާ
ސާދާ
02 December 2018
ސާދާ ވާހަކަޔަކުން ކެއްކޭނެ ރިހައެއްނޯންނާނެ!!!! ރައްޔިތުންނަކީ ''ސްމާޓް" ބައެއް އެކަންއޮންނާނީ 2018 ގައިދައްކާދީފައި، އަމަލުން ކަމެއްދައްކަވާ ؟؟؟؟ ވަރައްއާދައިގެ ކަމަކުން ދެއްކެވުމުން މެނުވީ އާދައިގެ ރައްޔިތުންނައް ފަހުމެއްނުވާނެ،،، މަނިކްފާނުގެ މިނިސްޓްރީންކުރާ އެއްވެސް މަސައްކަތެއްގައި " ވެލިޑް" ވިޒާކާރޑެއްނެތް "ބަންޤާޅިން" ލައްވާ މަސައްކަތްކުރުވުން "ވަގުތުން" މަނާކުރައްވާ މިއީ ރާއްޖޭގެ އިޤްތިސާދު ހަލާކްވުމުގެ އަސްލު؟؟؟
ސޭކުބެ
02 December 2018
ރިޝްވަތު ހުށައެޅުމަކީ ކުށެއްނޫންބާވައެވެ. އެހެންވެއްޖިއްޔާ އެކަންކުރަން ހުށައެޅިފަރާތުގެ މައުލޫމާތު ކަމާބެހޭފަރާތަށް ހުށައަޅަންވާނެކަމަށް ފެނެއެވެ. އަދި ޚާއްސަކޮއް ސަރުކާރުގެ ވަޒީރަކަށް ހުންނެވި ބޭފުޅަކަށްވީތީ މިއީ އާދައިގެ ކަމަކަށް ހަދައިގެންވެސް ނުވާނެއެވެ.
ވަހީދު
02 December 2018
1 ލައްކަ ވީމަ ރަތަށް ތި އެރީ. 1 މިލިއަން ޑޮލަރު ނަމަ ނޭގެ ކޮން ކުލައެއްކަން އަރާނީ. ތީ އަހަރުން ނުދަންނަ ބައެއް ނޫން