އިންޑޮނީޝިއާ އަށް އޮކްޓޯބަރު މަހު އައި ބިންހެލުމެއްގައި އިމާރާތްތައް ވެއްޓިފައި. --ފޮޓޯ:އޭއެފްޕީ
01 ޑިސެމްބަރ 2018 - 20:51
ޖަކާޓާ (ޑިސެމްބަރު 1) - އިންޑޮނީޝިއާގެ އިރުމަތީގެ ހިސާބަކަށް ރިކްޓާ މިންގަނޑުން 6.3 ގެ ބާރުމިނުގައި މިރޭ ބިންހެލުމެއް އަތުވެއްޖެ އެވެ.
ޔޫއެސް ޖިއޮލޮޖިކަލް ސާވޭ އިން ބުނެފައި ވަނީ ބިންހެލުން އައިސްފައި ވަނީ ޓިއަކޫރް ސިޓީގެ ހުޅަނގުދެކުނުން 130 ކިލޯ މީޓަރު (80 މޭލު) ދުރުގައިވާ ސަރަހައްދެއްގެ ކަނޑުގެ 140 ކިލޯ މީޓަރު އަޑިއަށް ކަމަށެވެ.
ނޭޝަނަލް ޑިޒާސްޓާ ސެންޓަރުން ބުނެފައި ވަނީ ބިންހެލުމުގައި އެއްވެސް މީހަކު މަރުވި ކަމެއް އަދި އިމާރާތަކަށް ގެއްލުން ލިބުނުކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.
އިންޑޮނީޝއާގެ ހުޅަނގުގެ އަސޭ ޕްރޮވިންސަށް ޑިސެމްބަރު 2016 ގައި އައި ބިންހެލުމެއްގައި ވަނީ 100 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. މިދިޔަ ސެޕްޓެމްބަރު މަހު ރިކްޓާ މިންގަނޑުން 7.5 ގެ ބާރު މިނުގައި އައި ބިންހެލުމެއްގައި ވަނީ 2،200 މީހުން މަރުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy