ކޮރަޕްޝަން ބަލާ ކޮމިޝަންގެ ފަސް މެމްބަރުންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ބައްދަލުކުރައްވާއިރު، އެ ކޮމިޝަނަށް އަލަށް އައްޔަން ކުރެއްވި އައިންތު (ވ).---ފޮޓޯ: ރައީސް އޮފީސް
04 ޑިސެމްބަރ 2018 - 13:38
ކޮރަޕްޝަންގެ މައްސަލަތައް ބަލައި، ދައުލަތަށް ގެއްލިފައިވާ ފައިސާތައް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމިޝަނަށް އާ މެމްބަރަކު އައްޔަން ކުރައްވައިފި އެވެ.
ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގެ މެމްބަރު ކަމަށް އާ ބޭފުޅަކު އިއްޔެ އައްޔަން ކުރެއްވީ އެ ކޮމިޝަންގެ މެމްބަރަކަށް ކުރިން ހުންނެވި އައިޝަތު ހަނާ ވަހީދު އެ މަގާމުން އިސްތިއުފާ ދެއްވާފައިވާތީ އެވެ. ހަނާ އިސްތިއުފާ ދެއްވީ އޭނާގެ މަސްލަހަތު ފުށުއަރާ ކަމެއް އޮތުމުގެ ފުރުސަތު އޮވެދާނެ ކަމަށް ވިދާޅުވެ އެވެ.
ހަނާ އިސްތިއުފާ ދެއްވުމުން ހުސްވި މަގާމަށް އައްޔަން ކުރައްވާފައިވަނީ މ. މިރުސްގަސްދޮށުގޭ އައިމިނަތު ހަސަން އެވެ. އޭނާއަކީ ކުރިން އާންމުންގެ ފަރާތުން މީޑިއާ ކައުންސިލްގެ މެމްބަރު ކަން ވެސް ކުރެއްވި ބޭފުޅެކެވެ. އަދި އޭނާ އަކީ އަމީނިއްޔާ ސްކޫލުގެ ތަޖުރިބާކާރު ޓީޗަރެއް ވެސް މެ އެވެ.
އައިމިނަތު ހަސަން
ކޮރަޕްޝަންގެ މައްސަލަތައް ބަލާ ކޮމިޝަންގެ އިތުރުން މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ކޮމިޝަނެއް އުފައްދަވައިފަ އެވެ.
އެ ދެ ކޮމިޝަނަށް ގާނޫނީ ބާރުތަކެއްް ދިނުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައިވާއިރު، އިދިކޮޅު ޕީޕީއެމުން ދަނީ އެ ބިލަށް ދެކޮޅު ހަދަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާރުކޭޓު
05 December 2018
ކޮރަޕްޝަންބަލާ ކޮމެޓީގަ ދިވެހި ތަރޖަމާ ހަދަން ރަނގަޅުވެދާނެ ތަހުގީގޭ ކިޔާފަ އަނގަ ހުޅުވަންވެސް ނޭނގޭނެ އަދި މީހުންނަށް އިޙްތިރާމްކޮށްގެން ވާހަކަ ދައްކާކަށް ނޭނގޭނެ ބާޒާރުމަތީ ބަހުރުވައަށް ފަރިތަވާނެ
ހާލުގެދުލުން
04 December 2018
ރަތްލާޖެހި އެމްޑީޕީ އެކްޓިވިސްޓެއް ދިވެހި ކިޔަވައިދޭ ޓީޗަރެއް
ޓިނަސް
04 December 2018
އަންހެނެއް އެއްވެސް ކަމަކަށް ގާބިލުވާނެކަމަށް ދިވެހި ފިރިހެނުންނަކަށް ގަބޫލެއް ނުކުރެވޭތި ދެރައީ. އައިމިނަތަކީ އެތައް އަހަރެއް ވަންދެން ކާމިޔާބު ޓީޗަރެއް. ޢަދި އާންމު ރައްޔިތުންގެ ފަރާތުން ވޯޓުލައިގެން މީޑިއާ ކައުންސިލަށް ހޮވިފަވާ ފިސާރި ކަނބަލެއް. މިއީ އިބޫގެ ރަގަޅު ހޮވުމެއް.
ނަސްރީނާ
04 December 2018
މޑޕގެ ކޮންމެ މުޒާހަރާއެއްގަ ހަރުކޮއް ބައިވެރިވާ މާފަންނު ކަންބަލުންގެ ތެރޭން އަރާހުންނެވި އެކްޓިވިސްޓެއް. މި މީހުންލައިގެންކޮމިސަނުން ކަމެއްބަލާ ރިޕޯޓެއް ނެރޭއިރު އެއޮންނާނެގޮތް ބަޔަކައްނޯޅޭނެ.
ސާދާތު
04 December 2018
ވަކިކޮޅަކަށް އައިންތު ގުޑުވައެއް ނުލެވޭނެ. ގައުމައިގެން ކުރިޔަށް
އަލީ ސިޔާން
04 December 2018
ރަގަޅު ހޮވުމެއް. ޥަކި ޕާޓީއެއްގެ ކުލަނުޖެހި އާންމުންގެ މަސްލަހަތު ހިމާޔަތްކުރާނެ ގާބިލް ފިސާރި ކަނބަލެއް. ޢިތުބާރުކުރެވޭ މުދައްރަސެއް. ދައުލަތަށް އިންސާފު ހޯދައިދިނުމުގަ ކާމިޔާބަށް އެދެން.
އެކްޓިވިސްޓް
04 December 2018
އެމްޑީޕީގެ އެކްޓިވިސްޓެކޯ. ވަކިފަރާތަކަށް ގުޑުވާނުލެވޭނެ މިންވަރު ދެން ވަޒަންކޮށްލައްވާ.
ނުކިޔަވާ
04 December 2018
ރައްޔިތުންނަށް ދޭނޭ އެއްޗެއް ބައިތުލްމާލުގަ އޮންނާނެބާ ތިޔަކޭކު ފަޅާ ނިމޭއިރު؟؟؟؟
ލިއުފ
04 December 2018
އައިންތު މިސް އަކީ އަބަދުވެސް ވަކި ފަރާތަކަށް ނުޖެހި ކަންކަން ނިންމަވާ އިންސާފަށް ލޯބިކުރާ ހިންގުންތެރިއެއް. މަރުހަބާ
ސުވާލު
04 December 2018
އެމްޑީޕީގެ މުޒާހަރާތަކުގެ ކުރީގައި ހުންނަ އެކްޓިވިސްޓެއްކަމަށްބުނަނީ. ދެން ކިހިނެއް ވަކި ފަރާތަކަށްނުޖެހި ކަމެއްނިމިދާނެކަމަށް ގަބޫލުކުރެވޭނީ؟
ގަގަ
05 December 2018
ހަނާ ކޮމިޓީއަށް ލީމަވެސް އުޅުނު ތިޔަ ގޮތަށް އޭނަގެ އަގުވައްޓާލަން. ބޭނުމަކީ ޔާމީނުގެ ސަރުކާރުގެ ކޮރަޕްޝަން ބެލިޔަ ނުދިނުން. ޔޯލައަކަށް އެމްޑީޕީގެ އެކްޓިވިސްޓެކޭ ތިކިޔަނީ. އެހެން ނޫނަސް އެމްޑީޕީ އެކްޓިވިސްޓަކު މިއޮއް ހުރިހާ ދުވަހު ސަރުކާރު ވަޒީފާއެއްގަ ހުރެފާނެކަމަކަށް ގަބޫލެއް ނުކުރެވޭ. ޔާމީނުގެ އަނިޔާއާ ބިރު ދެއްކުމުން މިންޖުވިތާ އަދި މިއުޅެނީ މަހެއް ނުވެގެން. ހާދަ ހަދާން ބައްޔޭ
ތަމަންނާ
04 December 2018
ކޮމިޝަނަކަށްލާން އެއްވެސް ގޮތަކުން ޝަރްޠު ހަމަނުވާ މީހަކު ކޮމިޝަނަށް ލެވުނީ ކަމަށް ބަލާށެވެ ތިޔަ އެޅުއްވީ ޅައިހަލަކުންނެވެ މިފަދަ ކޮމިޝަނެއްގަ ފަށަމުންވެސް ނިންމަންވެސް ކިޔަންވީ އެއްޗެއް މި މަންޖެ އަކަށް ނޭނގޭނެއެވެ
ޕިސްޕިސް
04 December 2018
ކަމާ ގުޅުންހުރި އެއްޗެއް ކިޔަވައިގެން ހުރި މީހަކު ހަމަ ނުވީތަ އިބޫ؟ ތިޔަތަނަށް ލާނެ ލޯޔަރުގަނޑެއް ނޫނީ އެކައުންޓްސް ކިޔަވައިގެން ހުރި މީހަކު މުޅި ރާއްޖޭގަވެސް ނެތީތަ؟ ތިޔަކަހަލަ މައްސަލަ ބަލަން އެސިސްޓަންޓް އިންވެސްޓިގޭޓަރަކަށްވެސް ވެވެނީ އެކައުންޓިންގ ނޫނީ ލޯ އިން ޑިގްރީ ނަގައިގެން. މީ ދެން ކޮން ބަޔެއްތަ؟
ޢައިޝްނަހޫ
04 December 2018
ކީއްކުރާނީ. ގައުމުގެ ހާލަތު! އާދައިގެ ނިކަމެތި ރައްޔިތުން އުޅެން މިޖެހެނީ މާސްޓާރސް ފެންވަރަށް ތައުލީމު ހާސިލުކޮށްގެންވެސް ވަޒީފާގަޑެއް ނުލިބިގެން!