ރައީސް އޮފީހުގައި މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުން. --- ފޮޓޯ: ރައީސް އޮފީސް
04 ޑިސެމްބަރ 2018 - 19:20
ހދ. ކޭލަކުނާއި ހދ. ނޭކުރެންދު އާއި ހއ. ބާރަށުގެ ކުޅި ހިމެނޭ ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ގޮތުގައި ކަނޑައެޅުމަށް ކެބިނެޓުގައި މިއަދު މަޝްވަރާކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ އެންވަޔަރަމަންޓް މިނިސްޓްރީން ހުށަހެޅި ކަރުދާހާ އެއްގޮތަށް ކޭލަކުނުގެ ވަށައިގެންވާ ފަރާއި ފަޅުގެ ސަރަހައްދާއި ނޭކުރެންދޫ އާއި ބާރަށުގެ ކުޅި، ފާ އަދި ޗަސްބިން ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅުމާ ބެހޭ ގޮތުން ކެބިނެޓުގައި މަޝްވަރާ ކުރި ކަމަށެވެ.
ހދ.ގެ ފަޅުރަށެއް ކަމަށްވާ ކޭލަކުނު: މި ރަށުގެ ގުދުރަތީ ރީތިކަން ވަރަށް ބޮޑު --ފޮޓޯ/ބްލޫޕީސް މޯލްޑިވްސްރަތ
ކޭލަކުނުގެ ވަށައިގެންވާ ފަރާއި ފަޅުގެ ސަރަހައްދު ހިމާޔަތް ކުރުމާ ބެހޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރިއިރު، އެ ރަށުގައި ވަނީ ރިސޯޓެއް ހަދަން ހުޅުވާލައިފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ 100 ދުވަހުގެ އެޖެންޑާގެ ތެރޭގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގެ މަދުވެގެން، ރަށަކާއި ފަރަކާއި ކަނޑޫފާ ރައްކާތެރި ކުރުމަކީ އަމާޒެކެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ކެބިނެޓް ބައްދަލުވުމުގައި ވަޒީރުން ވަނީ ތިމާވެށީގެ ހާއްސަ މާހައުލުތައް އެކުލެވޭ ރަށްތަކާއި ސަރަހައްދުތައް އަންނަން އޮތް ޖީލުތަކަށް ހިމާޔަތް ކުރެވި، ފޯރުކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަ ކުރައްވައިފަ އެވެ.
މީގެއިތުރުން ހއ. އަދި ހދ. އަތޮޅަކީ ތިމާވެށީގެ ގޮތުން މުއްސަނދި މާހައުލުތަކެއް އެކުލެވިގެންވާ ސަރަހައްދެއް ކަމަށާއި، ތިމާވެށި ގާނޫނުގެ ދަށުން މި ދެ އަތޮޅުގައި މިހާތަނަށް އެއްވެސް ސަރަހައްދެއް ނުވަތަ ތަނެއް ޙިމާޔަތް ކުރެވިފައި ނުވާކަން ވެސް ވަޒީރުން ފާހަގަ ކުރެއްވި އެވެ.
ކޭލަކުނާއި، ނޭކުރެންދޫ އަދި ބާރަށުގެ ކުޅި ހިމެނޭ ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަމަށް ކަނޑައެޅުމަކީ، ރާއްޖޭގެ ތިމާވެށީގެ ތަރިކަ ރައްކާތެރި ކުރުމަށްޓައި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅާފައިވާ ވައުދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާރަނގާ - އައްޑޫ ސިޓީ
05 December 2018
ޖަޒީރާ މިރާއްޖޭގެރަށްރަށާއި ފަޅުގިރި ފަރުތަކާއިކަނޑުގެދިރުމުގެ ހިމާޔަތަށް ގޮވާލާއިރު ދުނިޔެހިގާގޮތަށްވިސްނާލަންޖެހޭ. * * އިންސާނާގެ ބަނޑުފުރާނަމުއްތިކުރާން އޭނާހުރިހާކަމެއްވެސްކުރާނެ. އެއީ ދުނިޔެސާބިތުކޮށްދީފައިވާކަމެއް. * * ރާއްޖޭގެ ތިމާވެށިހިމާޔަށްކުރުމުގެ ވާހަކައާއިމަސައްކަތާއިއެކުއެކީ “މުޅިރާއްޖެއަށް ތުރާކުނުން އައްޑުއަށް ޓްއަރިޒަމް ފަތުރާ ތިމާވެށި ހިމާޔަތް ކުރުމަކީ މުހިންމުކަމެއްކަން ސީދާ ރައްޔިތުންނަށް އިޙްސާސްކޮށްދެއްވާ” ކާމިޔާބު ވާނެ.
ހަބީބާ
05 December 2018
ކޮބާތޯ ސަރުކާރުން އަޑަށް ބާރުލާފަ ބުނާ ރައްޔިތުންނާ މަޝްވަރާކޮށްގެން ކަންކަން ނިންމާނަމޭ ބުނި ބުނުން؟ ހދ އަތޮޅު ރައްޔިތުންނާ މަޝްވަރާ ކުރިންތޯ މިކަމުގަ
ކުޅުދުއްފުށީ އެއަޕޯޓް ޓަވަރު
05 December 2018
ކަލޯގަޔާ. ރަށުގައި ރަގަޅަށް ގެސްޓް ހައުސް ހަދާލާފަިއ މާރކެޓް ކޮށްލާ. ކައިވެނިތަކަށްވެސް ހަޑި މާލޭގައި ކުރުމަށްވުރެ ކުޅި ފެންނަ ގޮތަށް ކުރިއްޔާ ފޮޓޯ މާ ސަޅިވާނެ. ޑެސްޓިނޭޝާން ވެޑިން ހަދާލާ. އޭރުން ލޯކަލް ޓުއަރިސްޓުްނވެސް އަންނާނެ. މި ފުރުސަތުގައި. ކުޅުދުއްފުއްޓަށް އަޅުގަނޑުގެ ވަރަށް ވެދުން. އެއަރޕޯޓްގައި ބާރަށް ބައްދައިގެން ތިބޭ!
ފޫހި
04 December 2018
އާޅެ ތަކަންދޫ ކުޅިވެސް ހިމާޔަތްކޮށްދީބަލަ.
އަލީ ރާޖާ
04 December 2018
އައްޑޫ ކުޅި ހިމާޔަތް ކުރަން ހަދައިގެން ދަރުބާރުގެ އެއް އެޅުނީ ކުޅި މެދުގައި.
ނެތީމޭ
04 December 2018
ކޭލަކުނު ގައި ރިސޯރޓެއް ހެދުމުން ނޫންތޭ ތިޔާ ކޭލަކުނު ކުޅި ރަނގަޅަށް ހިމާޔަތް ކުރެވޭނީ ތަމެން ތިމާވެއްޓޭ ތިމާވެއްޓޭ ކިޔާ ފެލުނު ނަމަވެސް ތިމާވެށި ހިމާޔަތް ކުރެވޭނީ ސީދާ ރިސޯރޓްސް ތައް ހަދައިގެންނޭ މަމެން ބުނަން ނެތީމު ދޯ...
ނޮޅިވަރަމުން
04 December 2018
ނޮޅިވަރަމުގައި އޮތީ ހިމާޔަތް ކުރަން ނުޖެހޭ ކުޅިއަކީބާ! އަޅެ ޗާޓުން ބަލާލަބަލަ!
އައްޑޫސިޓީ
04 December 2018
ކޮންމެބަޔަކު ވެރިކަމަށް އަޔަސް މިބަލަނީ ކޮންމެވެސްކުޅިއަކާ ފަރެއް ހިމާޔައް ކުރެވޭތޯ! ކޮބާތަ ރައްޔެތުމީހާގެ ހިމާޔަތަކީ؟
ޟިލި
04 December 2018
ފަރުތަކާއި އެއްޗެހި ހިމާޔަތްކުރުމީ ރައްޔިތުން ހިމާޔަތްކުރުން. ރާއްޖެއަކު ނޫޅޭނެ ފަރާއި މި މާހައުލުން ފައިދާ ނުލިބޭ މީހެއް. ފަރުތައް ނެތިއްޔާ ޓުއަރިޒަމެއް ނޯންނާނެ ދެން ވަރަށް އުފަލުގަ ދޯ ރައްޔިތުން އުޅޭނީ
އެއްމިލިއަންދެރުފިޔާ
04 December 2018
ހިމާޔަތް ކޮށްފަ ރަށު ރައްޔިތުން ހޭލުންތެރިކުރުންވެސް މުހިންމު، ނޫނީ ކުޅީމެދުގަ އެއާޕޯޓެއް އަޅާފާނެ އެނެއްކާވެސް.
އަލީ ރާޖާ
04 December 2018
އެއަރޕޯޓު ސަކަރާތް ދަރުބާގެ ބަރާބަރުދޯ. އައިމީން އައްޑޫ ހިތަދޫ ކުޅި ހަލާކުކޮށްގެން ސާކުސަމިޓު ބާއްވަން އެޅި ދަރުބާރުގެ އެޅީ ރައީސް ނަޝީދު.
ސަކީނާއްތަ
04 December 2018
ތިވަރަށް މަޝަވަރާ ކުރެވޭކަމުގައި ވާނަމަ ކަންކަން ހިގަންވާނީ ރަގަޅަށް. ވަރަށް އުފާވޭ ނާއިބްރައީސް ވެސް ކަމބިނެޓް ގެ ޖަލްސާއިން ފެންނާތީ.
އައްޑޫސިޓީ
04 December 2018
ސަކީނާއްތަ ހީކުރީ މީގެކުރިން ނައިބުރައީސް ކެބިނެޓްގަ ނުހިމެނޭކަމަށްތަ؟