ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނަށް މިއަދު ވަނީ އިސްލާހު ގެނެސްފައި. - ފޮޓޯ: މަޖިލިސް
17 އޯގަސްޓް 2016 - 13:51
ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށް ގާނޫނުގައި ހިމަނަން، އެއްވެ އުޅުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މަޖިލިސް މެމްބަރުންގެ މެދުގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދުނު މި އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެމްބަރުންގެ ތެރެއިން 37 މެމްބަރުންގެ ވޯޓުންނެވެ. މި އިސްލާހާ ދެކޮޅަށް 26 މެމްބަރަކު ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެމްބަރަކު އިންނެވި އެވެ.
މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި މި އިސްލާހަށް ބަދަލު ނުގެނެސް، އިސްލާހު އޮތް ގޮތަށް ފާސް ކުރަން މިދިޔަ ހޯމަ ދުވަހު ގައުމީ ސަލާމަތުގެ ކޮމިޓީން ވެސް ވަނީ ނިންމައިފަ އެވެ.
މަޖިލީހުން ފާސްކުރި ހިޔާލުފާޅުކުރުން ހުއްޓުވުމުގެ ބިލާ ދެކޮޅަށް އަޑު އުފުލަނީ. މަޖިލީހުން ފާސްކުރި އިސްލާހުގެ ސަބަބުން ހުއްދަ ހޯދުމެއް ނެތި އެއްވެވޭނީ ވަކި ތަންތަނެއްގައި. -- ފޮޓޯ: މުހައްމަދު ޝަރުހާން
ރިފާއު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން ފުލުހުން ލިޔުމުން ދޭ ހުއްދައާއެކު ފިޔަވައި، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ އާންމުކޮށް އިއުލާންކޮށްފައިވާ ތަންތަނުގަ އެވެ. އަދި އިސްލާހު ގާނޫނަކަށް ވާތާ 30 ދުވަހުގެ ތެރޭގައި، އެއްވެ އުޅެވޭނެ ތަންތަނުގެ ލިސްޓެއް ހަދައި ގެޒެޓް ކުރަން ޖެހެ އެވެ.
މި އިސްލާހާ ދެކޮޅު ބައެއް މެމްބަރުން ވިދާޅުވީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގަކަށް މި އިސްލާހުން އަރައިގަނެވޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ރައްޔިތުންނަށް ހޯދައި ދީފައި އޮތް ހައްގެއް އިތުރަށް ހަނިކުރުމަކީ ކުރެވޭނެ ކަމެއް ވެސް ނޫން ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.
ބައެއް މެމްބަރުން ވިދާޅުވީ ދައުލަތުގެ ހުއްދައެއް ނެތި ކޮންމެ މީހަކަށް އެއްވެ އުޅުމުގެ ހައްގު ގާނޫނުއަސާސީން ލިބިދީފައި އޮތް އިރު، ގާނޫނުއަސާސީ އަށް ގޮން ޖަހައި ބިލުތަކަށާއި އިސްލާހުތަކަށް ވޯޓު ދޭ މެމްބަރުންނާ މެދު ފިޔަވަޅު އެޅޭނެ ދުވަހެއް އަންނާނެ ކަމަށެވެ.
ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ހައްގު ހަނިކުރަން މަސައްކަތް ނުކުރާ ކަމަށެވެ. އެއްވެ އުޅުމުގެ ގާނޫނުގައި މުޒާހަރާ ނުކުރެވޭ ތަންތަން ކަނޑައަޅާފައި އޮތްއިރު، މުޒާހަރާ ކުރެވޭ ތަންތަން ވެސް ގާނޫނުން ކަނޑައަޅަން ޖެހޭނެ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.
ސަރުކާރުން ހުށަހެޅި އިސްލާހަކީ އެއްވެ އުޅުމުގެ ހައްގު ކަށަވަރު ކުރަން ހުށަހެޅި އިސްލާހެއް ކަމަށާއި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދަން މެމްބަރުން މަސައްކަތް ކުރައްވާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށް ވެސް ސަރުކާރަށް ތާއީދު ކުރައްވާ ބައެއް މެމްބަރުން ވިދާޅުވި އެވެ.
އެއްވެ އުޅުމުގެ ހައްގު އިތުރަށް ހަނިކުރަން އިސްލާހު ހުށަހަޅައި ފާސްކުރިއިރު، މިހާރު ވެސް ފުލުހުން ދަނީ އެއްވުންތަކަށް ހުރަސް އަޅަމުންނެވެ. އެ ގޮތުން، އާޓިފިޝަލް ބީޗުގައި އެއްވެ އުޅުން މަނާ ކޮށްފައި ވާއިރު، މަގުމަތީގައި އެއްވާ ނަމަ އެކަން ވެސް ފުލުހުން ހުއްޓުވަ އެވެ. ފުލުހުން ބުނެފައި ވަނީ އެކަން ކުރަނީ މަދު ބައެއްގެ ސަބަބުން ގިނަ ބައެއްގެ ހައްގު ގެއްލޭތީ ކަމަށެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. މަޖިލީހުގައި މިހާރު ތިއްބަވަނީ 85 މެމްބަރުން. - ފޮޓޯ: މަޖިލިސް
މީގެ އިތުރުން ސިޔާސީ ޕާޓީގެ ގާނޫނު އައުމުގެ ކުރިން އިނގިލީގެ ނިޝާން ހުށަނާޅާ މެމްބަރުން ޕާޓީތަކުން ވަކިވާނެ ކަމަށް ބުނެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި އިސްލާހު ވެސް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ. މި އިސްލާހު ފާސްކުރަން ވޯޓު ދެއްވީ 40 މެމްބަރެކެވެ. އިސްލާހާ ދެކޮޅަށް 25 މެމްބަރަކު ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.
އެ އިސްލާހުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީގެ ގާނޫނަށް އަމަލު ކުރަން ފެށުމަށްފަހު ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބި މީހުންނަށް، އިނގިލީގެ ނިޝާން ހުށަހަޅަން އެއް މަސް ދުވަހުގެ މުއްދަތެއް ދޭންޖެހޭނެ ކަމަށާއި އެ މުއްދަތުގައި އިނގިލީގެ ނިޝާން ހުށަނާޅައިފި ނަމަ ޕާޓީގެ މެމްބަރު ކަމުން ވަކިވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދުރޭ
17 August 2016
ގާނޫނު ފާސްކުރެވިދާނެ ކިތަންމެ ވަރަކަށްވެސް ސުވާލަކީ ތި ހުރިހާ ގާނޫނަށް ތަބާވާ ކިތައް ރައްޔިތުން އެބަތިބިހޭ؟
އައި
17 August 2016
އެއްވެ އުޅުމާއި ބެހޭ ބިލަށް ގެނައި އިސްލާހަކީ އެއީ ގާނޫނު އަސާސީ އާއި ޚިލާފު ގާނޫނެއް ނޫން ކަން މަޖްލީހުގެ ނައިބް ރައީސް ވަނީ ވަރަށް ތަފްސީލް ކޮށް ގާނޫނު އަސާސީ ބައްލަވައިގެން އިންނަވައިގެން ފޮޅުވަތަކުން ފޮޅުވަތަކުން އާންމު ރައްޔިތުންނަށް އޮޅުން ފިލުވާދީފައި ޓީވީއެމްގެ ޕްރޮގްރާމްއަކުން.
ވެލް
17 August 2016
އެއްވެ އުޅުން ހަނިކުރާ އިސްލާހު މަޖްލީހުން ފާސް ކުރުމުން ދެން މާލޭގެ މަގުތައް ފެންވަރު ރަނގަޅު ކޮށް ހަދާ ނިންމުމުން މާލޭގެ މަގުތައް މަތި ރީތި ކޮށް ބޭއްވޭނެ އެއީ ނެވަރލޭންޑް ގާރޑްން އޮންނަ އުސޫލުން. އެއިރުން މާލޭގައި ދިރިއުޅޭ ކުދިން ތައް ހަވީރު ފިންނަށް މަންމަ އާއި އަދި ދޮންތަ އާއި އެކު ހިނގާލަން ދާއިރު ތިކް ކްރައުޑެއް ނާންނާނެ ވައިލްޑް އުސޫލުން މުޒާހަރާ ކުރަމުން މާލޭގެ މަގުމަތިން. އެއިރުން މާލޭގެ މަޖީދީ މަގުން ކުޑަ ކުދިން ފަރިކޮށް ދޮންތަ އަތުގައި ހިފައިގެން ހިނގާފައި ދާނެ މަޖާކުރަމުން އުފާ ކުރަމުން މަގުމަތީގައި ޑާންސް ކުރަމުން. މަމެން އުފާ ކުރަން، މަމެން ނަށް ހިތްމަހަމަ ޖެހުން ލިބޭ މިއިސްލާހު ފާސް ވުމުން. ވެލް އޯލް ދަ ބާރޑްސް އާރ ސިންގިންގް އިން ދަ އެއާރ.
ޖަަމަލު
17 August 2016
އާނ ކަލޭ ވާނެ މެދު އޫޑުގަ ލަވަ ކިޔަން.. ކުދިން ކޮޅު އެއްކޮއްގެން... އާނ މި ހީވަނީ މުޒާހަރާކުރާތީހެން މާލެ ހަޑިވަނީ
ވަޓް
17 August 2016
އެންމެން ގޭގައި ބައިތިއްބައި ގެންވެސް މީނާ އަށް ވެރިކަން ކުރެވިއްޖިއްޔާ ރަނގަޅު!
ޏޯ
17 August 2016
ޕޮލިސް ސްޓޭޓް އަކަށް މިހާރު މިބަދަލުވީ!
ދިސްވޭ
17 August 2016
އެއްވެ އުޅުން ހަަނިކުރަން މަޖްލީހުން ބިލެއް ފާސް ކުރުން އެއީ އަންނަން އޮތް ޖީލު ތަކަށް ދެވުުނު ވަރަށް ރަނގަޅު ހަދިޔާ އެކެވެ. އަދި ވެސް އެބަޖެހޭ ހަމަ ސޯޝަލް މީޑިއާ ސިޔާސީ ކަންކަމަށް ބޭނުން ކުރެވޭނެ ގައިޑް ލައިނެއް ހަދައިގެން އެގައިޑް ލައިންގެ ދަށުން ސޯޝަލް މީޑިއާ ދިވެހިން ސިޔާސީ ކަންކަމަށް ބޭނުން ކުރެވޭގޮތް ހަދަން. އަދި ރާއްޖޭގެ ސިޔާސީ ކަންކަމަށް ސޯޝަލް މީޑިއާ ބޭނުން ކުރާއިރު އެކަން ސްޓޭންޑަރޑް ޕްރޮސީޖަރ ތަކާއި އެއް ގޮތަށް ކުރަން މަޖްބޫރު ވެގެން ވެސް ދާނެއެވެ.
ދެޓްވޭ
17 August 2016
ސޯޝަލްމީޑިއާ ވެސް ފުލުހުންގެ ހުއްދަ ލިއުމަކުން ދެވޭ ފަރާތަކަށްމެނުވީ ބޭނުން ކުރުން މަނާކުރަންވީ. ހުއްދަނުހޯދާ ބޭނުންކޮށްފިއްޔާ 6 މަސް ދުވަހަށް އިންޓަރނެޓަށް ނުވަދެވޭގޮތަށް ހުކުމެއް އިއްވަންވީ. މިޔާ ޚިލާފްވެއްޖެއްޔާ 6 މަހާ 12 މަސް ދުވަހަށް ޖަލަށް.
ސިންތިލީ ވޫމް
17 August 2016
ވަރެއްގެ މަޖިލީހެއްމީ!!!
ނެކްސްޓް
17 August 2016
އެއްވެ އުޅުން ހަނިކުރަން މަޖްލީހުން ފާސް ކުރި ގާނޫނުގެ ސަބަބުން ދެން ރާއްޖެ ބަދަލުވެގެން ދާނީ ސާރކް ސަރަހައްދުގައި އޮންނަ ލިޓިލް ސިންގަޕޯރ އަށެވެ. އެއިރުން ދެން ހަމަ ސިޔާސީ ޕާރޓީ އެއްގެ ބޮޑުން ތަކެއް އެކުވެލައިގެން މާލޭގައި މުޒާހަރާ ކުރަން އެވެރިން ބޭނުންވީމާ މުޒާހަރާ ނުކުރެވޭނެއެވެ. ހަމަ އެގޮތަށް އެބަޖެހޭ އަދި އިސްލާމީ މަރުކަޒަކީ އެއީ ރާއްޖޭގެ ގްރީން ޒޯން ކަމަށް ނިންމާ އެތަނަށް ކޮންމެ ހުކުރު ދުވަހަކު އެއްވެ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން އެގޮތަށް ދުއާ ނުކުރެވޭނެ އުސޫލުން ވެސް ގާނޫނެއް ފާސް ކޮށް ދެއްވަން މަޖްލީހުން.
ޙުސް
17 August 2016
ދެން ވާ ގޮތް ދެކޭނެވެ ލިޓްލް ސިންގަޕޫޜޫ ތޯ ލިޓްލް ސީރިޔާ ތޯ ވެދުން
ކޮބާނަން
17 August 2016
ވަކި ކޮޅަކަށް ވޯޓު ނުދޭ މެމްބަރުން ތިބިކަން އިނގޭ. ވޯޓު ނުދޭ މެމްބަރުން ތިބިކަންވެސް އިނގޭ. އެކަމަކު ކޮންބައެއްކަން ނޭނގޭ. އަބުރާ ބެހޭ ބިލާ ޚިލާފު ވަނީތަ؟
ހުސޭނުބެ
17 August 2016
ރަގަނޅު ނިންމުމެއް!! އާޓިފިޝަލް ބީޗްގައި އެއްވެސް ސިޔާސީ ޙަރަކާތެއް ހިންގަން އެއްވެސް ބަޔަކަށް ހުއްދަ ނުދޭނެކަމަށް ހައުސިންއިން ކޮށްފައިވޭ!! ފުލުހުން މަނާކުރަނީ އެހެންވެ!! މަގުމަތީގައި ޢާންމު ދަތުފަތުރުކުރުމަށާއި ހިނގާ ބިނގާވެ އުޅޭ މީހުންނަށް ދަތިވެ ޢާންމު ވިޔަފާރިތަކަށް ހުރަސް އެޅޭތީ މަގުމަތީގައި އެކަން ކުރުން ހުއްޓުވަނީ!! ކޮންމެ ބަޔަކުވެސް އެބަޔަކަށް ދީފައިވާ ގޯތިތެރޭ އެހެން މީހުންނަށް އުދަނގޫ ނުވާގޮތަށް މުޒާހަރާކޮށް ޚިޔާލު ފާޅުކުރަންވީ!! އެހެން ނޫނިއްޔާ ހުއްދަ ހޯދަންޖެހޭ ފަރާތްތަކުން ހުއްދަ ހޯދައިގެން ގާނޫނީ އިމުގެތެރެއިން ކުރަންވީ!! އޭރުން ރަގަނޅުވާނެ!!
ޢަބްދުﷲނާފިޒު
18 August 2016
މުޒާހަރާ ކުރުމާ އެއްވެ އުޅުމަށް އެއްވެސް ފަރާތެއްގެ ހުއްދަ ހޯދަން ޖެހޭނެކަމަށް އެއްވެސް ޤާނޫނެއް ޤަވާއިދެއްގަނެތް ވާހަކަ ބުނެދެން، މިހާރު އެނގިދާނެކަމަށް ހީކުރަން.