ސައުދީ އަރަބިއާގެ ޚާރިޖީ ވަޒީރު އަލް ޖުބައިރު. --ފޮޓޯ:އޭއެފްޕީ
10 ޑިސެމްބަރ 2018 - 16:21
ރިޔާޒް (ޑިސެމްބަރު 10) - ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހުން ތުރުކީ އަށް ހަވާލު ކުރުމަކީ ވާނެ ކަމެއް ނޫން ކަމަށް ސައުދީ އަރަބިއާގެ ޚާރިޖީ ވަޒީރު އާދިލް އަލް ޖުބައިރު ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑުމެންގެ ރައްޔިތުން އެހެން ގައުމުތަކަށް ހަވާލެއް ނުކުރަން،" ޖުބައިރު ވިދާޅުވި އެވެ.
މީގެ ހަފުތާއެއްހާ ދުވަސްކުރިން ވެސް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ނޫސްވެރިޔާގެ މަރުގެ ތުހުމަތު ކުރެވޭ ސައުދީ މީހުން ތުރުކީ އަށް ހަވާލު ކުރަން ގޮވާލައިފަ އެވެ. އަދި ތުރުކީގެ ކޯޓަކުން މިދިޔަ ބުދަ ދުވަހު ވަނީ ސައުދީ މީހުން ތުރުކީއާ ހަވާލު ކުރަން އަމުރު ވެސް ނެރެފަ އެވެ. އޭގެ ތެރޭގައި އިންޓަލިޖެންސްގެ ވެރިޔާ އަހުމަދު އަލް އާސިރީ އާއި ޝާހީ އާއިލާގެ މުޝީރު ސައުދު އަލް ގަހުތާނީ ހިމެނެ އެވެ.
ނޫސްވެރިޔާގެ މަރާ ގުޅިގެން ސައުދީން ވަނީ 11 މީހެއްގެ މައްޗަށް ދައުވާ ކޮށްފަ އެވެ.
"ކޯޓުގައި ބޭނުން ކުރެވޭނެ ހެކި ހުރިއްޔާ ހުށަހަޅަން ތުރުކީގައި ވާނީ އެދިފައި. އެކަމަކު ތުރުކީން އެއްވެސް އެދެވޭ ޖަވާބެއް އަދި ލިބިފައެއް ނުވޭ،" އަލް ޖުބައިރު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދުންނ
11 December 2018
ސައުދީ އަކީ މިމައްސަލަ ފެށުނީއްސުރެ އަތްއަޅަން ފެށި ޤައުމު، ވެރންގެ ދިފާއުގައި ދަށަށް ތިބި މީހުން ކަތިލާކަށްވެސް ފަހަކަށް ނުޖެހުނު.
ޚަދީޖާކަނބާ
11 December 2018
ދެން ފެންނާނީ ސައުދީގެ މަދަދުގައި އެމެރިކާ ތުރުކީއަށް އަރާތަން.