ޚަބަރު / ލެފްޓިނަންޓް ޖެނެރަލް އަބްދުﷲ ޝަމާލް

ޗީފް އޮފް ޑިފެންސްގެ މަގާމަށް ޝަމާލް އައްޔަން ކުރައްވައިފި

ޗީފް އޮފް ޑިފެންސްގެ މަގާމަށް ޝަމާލް އައްޔަން ކުރައްވައި އޭނާއަށް މަގާމުގެ ލިޔުން ރައީސް މިއަދު ދެއްވަނީ.

11 ޑިސެމްބަރ 2018 - 19:52

77 comments

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުން މޭޖަ ޖެނެރަލް އަހުމަދު ޝިޔާމް ވަކިކުރައްވައި އެ މަގާމަށް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް އަދި ވައިސް ޗީފަކަށް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުން ޝިޔާމް ވަކިކުރެއްވުމުގެ އިތުރުން ވައިސް ޗީފްކަމުން ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދު ވެސް މިއަދު ވަކިކުރައްވާފައިވާ ކަމެވެ.

ސިފައިންގެ އާ ޗީފަކަށް ހަމަޖެއްސެވި ޝަމާލް، ސިފައިންގެ ވަޒީފާ އިން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އޭނާ އަށް އަލުން ވަޒީފާ ދޭން ހައި ކޯޓުން ހުކުމް ކުރީ މިއަދެވެ.

ނޮވެމްބަރު، 2013 ގައި ޝަމާލް ސިފައިންގެ އިން ވަކިކުރީ ސިފައިންގެ ތެރޭގައި ބައިބައިވުން އުފެދިފައިވާ ކަން ހާމަ ކުރުމުގެ ބޭނުމުގައި ލިޔުމެއް ސޯޝަލް މީޑިއާގައި އާންމުކޮށް، ސިފައިންގެ ތެރޭގައި ފިތުނަ އުފެދޭ ގޮތަށް މަސައްކަތް ކޮށް، މަސްލަހަތު ނަގާލަން އުޅުނު ކަމަށް ބުނެ އެވެ. އެ މައްސަލަ ޝަމާލްގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާ ކުރުމުން ސެޕްޓެމްބަރު، 2016 ގައި ހުކުމްކުރީ އޭނާ ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށެވެ.

ޝަމާލްގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ހުކުމްކުރީ ޝަމާލް ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށެވެ އެހެންވެ، އޭނާ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް 15 ދުވަސް ތެރޭގައި އަލުން ދިނުމަށް ވަނީ ހުކުމް ކޮށްފަ އެވެ. އަދި ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ދިނުމާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ވެސް 30 ދުވަސް ތެރޭގައި ޝަމާލަށް ދިނުމަށް ހުކުމުގައި އަންގާފައިވެ އެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ޝަމާލް އައްޔަން ކުރެއްވީ، ބްރިގޭޑިއާ ޖެނެރަލްކަމުން މޭޖަ ޖެނެރަލްގެ މަގާމަށް ޕްރޮމޯޓް ކުރުމަށް ފަހު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

77 ކޮމެންޓް, 271 ރިއެކްޝަންސް

icon happy icon happy 68%
icon sad icon sad 2%
icon angry icon angry 30%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިމކރޓ

12 December 2018

މިވަރުގެ ދައްޖާލު ސަރުކާރެއް އަހަރުމެންނެއް ނުދެކެން. ހާދަހާ ނުލަފާ ބައެކޭ ހިތަށްއަރާ. އެތަކެއް ދުވަސްވަންދެން ރައްޔިތުންނަށް ޚިދުމަތް ކުރުމެއްނެތި ރައްޔިތުންގެ ފައިސާއިން މުސާރަ ގަނޑުކޮށް ނަގަމުން މިދާ އާލާތުންނަށް އެހަލާލު ކުރެވޭނެ އެއްވެސް ހަމައެއް ނޯންނާނެ. އެކަމަކު އިބޫ އަދިވެސް ތިކުރަނީ ޑިމޮކްރެޓިކް ވެރިކަމެއްތަ؟

The name is already taken The name is available. Register?

ޢަލީބަލީ

13 December 2018

އިބޫގެ އޮތީކޮން ކުށެއްތޯ؟ އިބޫއާ ދިމާއަށް އެއްޗެއްނުބުނެ، ގަވައިދާ ހިލާފަށް އޭނާ ވަޒީފާއިން ވަކިކުރި މީހުންނަށް ތިހުރިހާ އެއްޗެއް ކިޔާބަލަ. އެމީހުންނާހެދި ދައުލަތަށް ލިބުނު ގެއްލުމުގެ ވާހަކަ ދައްކަބަލަ.

The name is already taken The name is available. Register?

ޙުއްތު

12 December 2018

ތިމަންނަ ބޭނުން މީހަކަށޭ ފްލެޓް ދޭނީ އަދި ބަނޑޭރިކޮށިން ގޮޅިދޭނީ މިހެން ބުނުއްވި ބޭފުޅާ މިހާރުކޮބާ، ތަނުގައި ތިބި ދުވަސްވީ މީހުން ތަންދެކެ ފޫހިވެ ތަންދޫކޮށް ދާންޖެހުނީ އެބޭފުޅާގެ ލިޑަރޝިޕް ރަނގަޅު ކަމުންނޭ ބުނެވޭނެބާ. ސިފައިންގެ މީހުން ހިތްހަމަޖެހިގެން ވަޒީފާ އަދާކުރާ ތަނަކަށް ވާނެކަމަށް އުންމީދު ކުރަން

The name is already taken The name is available. Register?

ހިނާޖް ޝަރީފް

13 December 2018

ނުވާނެ މާރިޔާ ހުރިހާ ހިނދަކު!

The name is already taken The name is available. Register?

ޚިޔާނާތް

12 December 2018

އިފް ހީ ޗީޓްސް އޮން ހިމް ވިތް ޔޫ، ހީ ވިލް ޗީޓް އޮން ޔޫ ވިތް ސަމްވަން އެލްސް. ޚިޔާނާތްތެރިންނާމެދު ވެސް އޮންނަނީ ހަމަ މި އުސޫލު. ވިސްނާލުން މުހިންމު.

The name is already taken The name is available. Register?

ހައި

12 December 2018

ސިފައިންގެ ކުންފުނިން ހިންގާ ފިހާރައިން އެތަނުގައި މަސައްކަތް ކުރާ މީހުން އެމީހުންގެ އަމިއްލަ ފިހާރަ ތަންތަނުގައި އަންބި ދަރިން ބަފައިބެ ، މައިންބަފައިން ނަންނަމުގައި ރަށްރަށުގައި ފިހާރަ ހުޅުވައިގެން ސިފޮކޯ ފހިރާއިން މުދާ ގެނެސްގެން ގަނޑުތަކެއް ހިންގާ ކަމަށް އެބަ ވާހަދެކެވޭ. އާ ޗީފް އެތަނުގައި ތިބި މީހުން ބަދަލް ކުރަން ފެނޭ

The name is already taken The name is available. Register?

20111

12 December 2018

މަގާމުގައި ހުރެ ، އެއްވެސް ސަރުކާރެއްގެ ކަމެއް ނުވަތަ ޕްރޮފެސަނަލް ސިސްޓަމެއްގައި ފިތުނަ އުފެއްދުމަކީ ދެން އަންނަ ސަރުކާރާރަކުން މަތީ ޖޮބެއް ދޭންވި ކަމެއް ބާ......؟ ސިފައިންނާއި ފުލުން ސިޔާސީ ކަންކަމުން ދުރުކޮށް ރައްޔިތުންނާ ގައުމުގެ ސަލާމަތަށް ތިބޭވޭނެ ގޮތް ހެދުން ވަރަށް މުހިއްމު ވެއްޖެ.

The name is already taken The name is available. Register?

ހިންނަވަރު މޯޑް

12 December 2018

ސަމާލުއަށް މަރުހަބާ. ރައީސް އިބޫއަށް ޝުކުރިޔާ. މިފަދަ މަގާމުތަކުގައާއި، ސަރުކާރުގެ އޮފީސްތަކުގެ އެންމެ އިސްމަގާމުތަކުގަޔާއި، ސެކްސަންތަކުގެ ހެޑުންނަށާއި، އަދި، މީގެއިތުރުން އޮފީސްތަކުގެ ސެކްސަންތަކުގެ ހެޑުންނަށާއި، އޮފީސްތަކުގެ އެޗްއާރުއެމްޑީ ކޮމިޓީއާއި، އެހެނިހެން ކޮމިޓީތަކުގައި ތިބެންޖެހޭނީ ސަރުކާރު ހިންގާ ޕާރޓީ، ޕާޓީތަކުގެ މީހުންނެވެ.

The name is already taken The name is available. Register?

77777

12 December 2018

ސަޅި! ރައީސް ބޭނުންވެގެން އައްޔަން ކުރާ މީޙުން ސަޅި. ސޭޓާ އެންޑީޕީ ބޭނުންވެގެން އައްޔަނު ކުރާ މީހުން ކުނި. ހުސް ކުނި އެއްކުރަނީ ސަރުކާރަށް ކަރަޕްޝަން ހިންގަން.

The name is already taken The name is available. Register?

ސޯލްޓް

12 December 2018

މަހުޖަނުން ގެ ގުރޫޕްތަށް ތިބޭނީ ދައުލަތުގެ ފައިސާ ތިގޮތަށް ދެތިން ފަރުދުންނަށް ދޭތަން ބަލަން. ފަހަތުން ވައްޓާލާނީ ހައެއްކަ ރިސޯޓް ދީފާ ނެގި މައްސަލައިގެ ބަދަލު، ނުވަތަ ނުކުރާ ކަންކަމަށް ހުކުމް ކޮއްގެން ދައުލަތުން ފައިސާނަގަން . މިކަހަލަ ލޯވަޅު ބައްދަން ވީ.

The name is already taken The name is available. Register?

ތެދު

12 December 2018

މިއީ ތެދު ބަހެއް

The name is already taken The name is available. Register?

ޕަހެލޭ ކިތާބު

12 December 2018

އެސަރުކާރުގެ ސިއްރެއް މިސަރުކާރަށް ލީކް ކޮށްލުމަކީ މިވަރުގެ މަޤާމެެއް ހައްޤްވާ ކަމެއް ނޫނެވެ.

The name is already taken The name is available. Register?

ބޯގޯސް ކިތާބު

12 December 2018

ބަލަ ހައިކޯޓުން މައްސަލަ އަޑުއަހާ ހެކިތައް ބަލާ އެއޮތީ ނިންމާފަ ތިޔަބުނި އެއްވެސް ކަމެއް އޭނާ ނުކުރާ ކަމަށް. ކަލޭ ހަމަ ގޭގަ ހުރެފަކޮށްލާ ކޮމެންޓަކުން ތިޔަ ކުށެއް ސާބިތު ކުރީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454