ކުދި ބޯވަ ދިޔަ މަސްތަކެއް--
12 ޑިސެމްބަރ 2018 - 21:57
ކުދި ބޯވަދިލަ މަހުގެ މަސްވެރިކަން ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ފެށުމަށް މި ސަރުކާރުން ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މިއަދު ފާހަގަ ކުރާ 38 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ގއ. ގެމަނަފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ ރާއްޖެއަށް މުޅިން އަލަށް ފަށަން ނިންމާފައިވާ ކުދި ބޯވަދިލަ މަހުގެ މަސްވެރިކަމަކީ ބޮޑު ނަފާއެއް ލިބޭނެ ކަމެއް ކަމަށެވެ.
ދުނިޔޭގެ ބާޒާރުގައި ކުދި ބޯވަދިލަ މަހުގެ ކިލޯއެއްގެ އަގު އުޅެނީ 15 ޑޮލަރަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެ މަސްވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ތަމްރީނުދެވި އެ މަސްވެރިކަން މާކެޓު ކުރުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދެވޭނެ. ކުދި ބޯވަދިލަ މަހަކީ ދުނިޔޭގެ ބާޒާރުގައި ބޮޑު އަގެއް ލިބޭ ބާވަތެއް،" ޒުވާން މަސްވެރިން އުޅޭ ގެމަނަފުށީގައި ހުންނަވައި މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ޒަހާ ވަހީދު--
ރާއްޖޭގައި މެރިކަލްޗާ ސިނާއަތެއް ގާއިމްކުރުމަށް މަސައްކަތްތަކެއް ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ކ. މަނިޔަފުށީގައި ތަފާތު މަސް ވިއްސާ އާލާ ކުރަން ދަސްކޮށްދޭނެ ސެންޓަރެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. ކުރިއަށް އޮތް ދޮޅު އަހަރުގެ ތެރޭގައި އެ ސެންޓަރުން ހިދުމަތް ދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މަސްވެރިކަމުގެ ގާނޫނީ އޮނިގަނޑު މުރާޖައާކޮށް ޒަމާނީ މަސްވެރިކަމަކަށް އަމާޒުކޮށްގެން ވަރަށް އަވަހަށް އެކުލަވާލެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ބައެއް ބިލްތައް އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު އަހްމަދު
30 January 2019
ތުތިބޯވަދިލަމަސް ކުދިބޯވަދިލަމަހެއްނުން
ގުޑާކު
15 December 2018
ޝައިނީ އަކީ ކީއްކުރި މީހެއް..ފަޅުރަޢްތަކުން ވެސް ފައިދާއެއްނަގަން އެގު ު މީހެއް ނޫނެވެ.ދަނޑުވެރި ކަމަށް ފަޅުރަށެއް ދިނީ ވެސް އެ ހިފާ މީހަކު ބަގުރޫޓް ކޮށްލަން ރާވާފައެވެ.
ސުމެއް
15 December 2018
ތިހެން ކިޔާތާ އެތަށް ޒަމާނެކެވެ. ތިއީ 90% ކަނޑު އޮންނަ ޤައިމަކަށް މޮހާރު ސުމެއްގެ ވާހަކައެކެވެ
ކޮމެންޓޭ1
13 December 2018
މެރިކަލްޗަރ ރާއްޖޭގައި ކުރަންވީތާ ކިތަންމެ ދުވަހެއް
ތިމާވެށި
13 December 2018
އިހްލާސްތެރި ވެއްޖެނަމަ މެރިކަލްޗާއިން ރާއްޖެ އަށް ބޮޑު މަންފާ އެއް ލިބޭނެއެވެ. ވެރިންގެ ފައިދާ އަށް ވުރެ ބޮޑަށް މަސްވެރީންގެ ފައިދާ އަށް ވިސްނަން ވީއެވެ. ސަރުކާރުން މަންފާ ހޯދަން މަސައްކަތް ކުރުމުގެ ބަދަލުގައި ރައްޔިތުން މަސައްކަތް ކުރީމަ ސަރުކާރުން މަންފާ ހޯދަން ވީއެވެ. ކަންކަން ރައްޔިތުން އަތް މައްޗަށް ދޫކޮށްލަންވީއެވެ. ފަސޭހައިން މައުލޫމާތުލިބޭ ނެ ވިއުގައެއް ހަދަން ވީއެވެ. ހިލޭ ތަމްރީން ދޭން ވީއެވެ.
ސޭޓުގެ އަނބިމީހާގެ ފިރިމީހާ
13 December 2018
ހަޖޫޖެހިދާނެއެވެ. އަދި އެއްޗެތި ކިއިދާނެއެވެ. އެކަމަކު ބޯވަދިލަމަހަކީ އެއިން ފައިދާނެގިދާނެ މަސްވެރިކަމެއްގޮތުގައި ދެކެމެވެ.
ސަމޭދާން
13 December 2018
ތިބޯވާދިލަމައްވުރެއް ރަންގަޅުވާނެ މާވަހަރާ ހުދަންބަރު ލިބޭ އަމްބަރީ މަސް ރާއްޖޭގެ ކަނޑުތަކުގަ އާލާކޮއް ލެވިއްޖެޔާ މަސްވެރިންނައް މާފައިދާ ބޮޑުވާނެ ސަރުކާރައް ކުރާ ތާއިދުވެސް ބޮޑުވާނެ
އެނގޭ މީހާ
13 December 2018
އަޅެ ކީއްތަވާނީ ސަރުކާރުން އަމިއްލަކަމެއް ކުރަން ފެށިއްޔާ، ހައްތަހާވެސް ކުރީގެ ސަރުކާރުން ކުރަންފަށާފަ ހުރި ކަންތަކާ ނިންމާފަ އެކަން ފާހަގަނުކޮށްހުރި ކަންތައް ފާހަގަކޮށްފައި އެމީހުންނަށް އެއްޗިހިކިޔުމޭ ތިއޮންނަނީ. އަމިއްލަ ޕްރޮޑަކްޓެއް ނެރެ ރައްޔިތުންގެ ރުހުމާއި ލޯބި ހޯއްދަވާބައްލަވާ.
އެނގޭ މީހާ
13 December 2018
ތިޔަ މިނިސްޓަރަށް އެނގިނުލައްވާތޯ މިރާއްޖޭގައި ބޯވަދިލަމަސް ލިބެން ހުންނަ އަގު. 15 ޑޮލަރަށްވުރެ މާބޮޑުތަނުން އަގު ބޮޑުއެއްޗެއް ތިޔައި މިރާޢްޖޭގައި. ފުރަތަމަ ރާއްޖޭގައި ބޭނުންކުރަން އޮންނަ ޑިމާންޑާޢި އެއްވަރަށް ސަޕްލައިކޮށް އަގު ދައްކުރަން މަސައްކަތްކުރަށްވާ.
ހޮޓްކިންގ
13 December 2018
ކޮންމެ މީހަކު މިނިސްޓަރު ކަމަންލިބުނީމާ މޮޅެތިވާހަކަ ދައްކާނެ. ރައްޔިތުން ކުރިއަށް ދިއުމަށް ދެއްކޭ މަގެއް ކޮށްދޭކަމެއް ނެތް. ދަނޑުވެރިކަންވެސް ކުރަނީ ރައްޔިތުން އަމިއްލައަށް ވަގަށް އެތެރެކުރި މުޑުވަކުންނޭވެސް ބުނެވިދާނެ. ޒަމާނީ ފަޅޮލާއި، ބަރަބޮލާއި، ކަރަޔާއި ދޮންކޭލާއި ޖަނބުރޯލާއި އަނބުފަދަ ތަކެތީގެ މުޑުވަށް އެތެރެކުރީ ރައްޔިތުން އަމިއްލައަށް. ދަނޑުވެރިކަން ކުރިއެރީމާ އެއީވެސް ތިމަންމެން ކޮށްދިންކަމެކޭ މިނިސްޓަރު ބުނަނީ.