އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ މިހާރު އަށް މިއަދު އިންޓަވިއު ދެއްވަނީ. އޭނާ ވިދާޅުވީ މައްސަލަތަކަށް އަވަސް ހައްލެއް ހޯދާނެ ކަމަށް.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
13 ޑިސެމްބަރ 2018 - 14:53
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިންގާ މާލޭ ވިޔަފާރި ބަނދަރުން ދޭ ހިދުމަތްތަކާ މެދު ރާއްޖޭގެ ވިޔަފާރިވެރިންގެ ކުރަނީ ހަގީގީ ޝަކުވާތަކެއް ކަމަށާއި މައްސަލަތަކަށް ހައްލު ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ އާ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ.
"މިހާރު" އަށް ޝާހިދު ވިދާޅުވީ ވިޔަފާރި ބަނދަރުގައި މިހާރު އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވަނީ ޚިދުމަތް އަވަސް ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކަމަށެވެ.
"ވިޔަފާރިވެރިން އެ ކުރަނީ ހަމަ ހަގީގީ ޝަކުވާތަކެއް. ބޯޓުފަހަރު ބަނދަރުގައި އެބަ ލަސްވޭ ބައެއް ފަހަރު 15 ދުވަހަށް ވެސް. އަޅުގަނޑުމެން އެކަން ގަބޫލުކުރަން،" އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ވިޔަފާރި ބަނދަރުގެ ހިދުމަތް އަވަސް ކުރުމަށްޓަކައި މިހާރުން މިހާރަށް ކުރެވެން ހުރި ކަންތައްތައް ބަލައި، އެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ހަލާކުވެފައި ހުރި ވެހިކަލްތަކާއި އިކްއިޕްމެންޓް މަރާމާތު ކުރަމުން އަންނަ ކަމަށާއި އިތުރު އިކްއިޕްމެންޓް ހޯދަން ވެސް މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ "މިހާރު" އަށް އިންޓަވިއު ދެއްވަނީ: ފޮޓޯ: ހުސައިން ވަހީދު/މިހާރު
"މިހާރުން މިހާރަށް ކުރެވެން އޮތް ކަމަކީ ލިބިފައި އޮތް ޖާގައިގައި އެންމެ އަވަހަށް ހިދުމަތް ދެވޭ ވަރަށް އިކްއިޕްމެންޓް ހަމަކުރުން. އެކަމަކު އެއީ މައްސަލަ މުޅިން ހައްލުވާނެ ކަމެއް ނޫން،" ޝާހިދު ވިދާޅުވި އެވެ.
ބަނދަރުގެ ހާލަތު މިހާރު އޮތް ވަރަށް ދަށަށް ދިޔަ ސަބަބެއް ކަމަށް ޝާހިދު ލަފާ ކުރައްވަނީ ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ހޭދަވި މުއްދަތުގެ ތެރޭގައި ކުންފުނީގެ ވެރިން ބައެއް ނިންމުންތައް ނިންމަން ފަސްޖެހުނު ފަސް ޖެހުން ކަމަށެވެ. ހަލާކުވެފައި ހުރި ތަކެތި މަރާމާތު ނުކުރެވި ހުރީ އެހެންވެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
އިކްއިޕްމެންޓް ހަމަކޮށްގެން ރަނގަޅަށް ހިނގައި ގަތުމުން، ވިޔަފާރި ބަނދަރަަށް އަންނަ ބޯޓްފަހަރު ހުސްކޮށްގެން ފުރަން ހޭދަވާ މުއްދަތު ބޮޑު ތަނުން ކުރުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރު މުއްދަތުގައި އަޅުގަނޑުމެންގެ އަމާޒަކީ މިހާރު ހުރި ވަސީލަތްތައް، މި ދެންނެވީ ޖާގައިގެ ވަސީލަތް ހުރި މިންވަރުން ކުރެވެން އޮތް އެންމެ އަވަހެއް ކުރުން. އެގޮތުން މުދާ ހުސްކުރަން ހޭދަވާ މުއްދަތު ފަސް ދުވަހަށް ކުރު ކުރެވޭނެ ކަމަށް މި ބަލަނީ،" އޭނާ ވިދާޅުވިއެވެ.
ޚިދުމަތް އަވަސް ކުރުމަށް ކުރެވެން އޮތް އަނެއް ކަަމަކީ ހުޅުމާލޭން އެމްޕީއެލް އަށް ލިބިފައި އޮތް ސަރަހައްދު މިހާރަށް ވުރެ ރަނގަޅަށް ބޭނުން ކުރެވޭނެ އިންތިޒާމް ހަަމަޖެއްސުމެވެ. މިހާރު އެތަނުގެ ބޭނުން އެންމެ ރަނގަޅަށް ނުކުރެވެނީ ތަޅުން ނާޅައި އޮތީމައެވެ.
"މީޑިއަމް ޓާމްގައި އެއީ ވެސް ކުރެވެން ހުރި ކަންތައްތައް. އެ މަސަައްކަތް ވެސް އަޅުގަނޑުމެން ކުރާނަން."
ޝާހިދު ވިދާޅުވީ އާ ސަރުކާރުން އެމްޕީއެލް އަށް ފާހަގަ ކޮށްލެވޭ ފަދަ ހެޔޮ ބަދަލެއް ގެންނާނެ ކަމަަށެވެ. އެކަމަކު ބަނދަރުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބެން އޮތީ ސިނާއީ ރަށް ތިލަފުށީގައި ބޮޑު ސަރަަހައްދެއް ހަދައި، މައި ބަނދަރު އެތަނަށް ބަދަލުކޮށްގެންނެވެ. އެއީ އެއީ ދިގު މުއްދަތެއް ހޭދަވާނެ ކަމެއް ކަމަށާއި އެ މުއްދަތުގެ ތެރޭގައި ވެސް ވިޔަފާރިވެރިންނަށް ލުއިވާނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަދި ޖެހޭނީ ރަނގަޅު ސްޓަޑީއެއް ހަދަން ދެވެން ހުރީ ކޮންކޮން ލުއިތަކެއްތޯ ބަލަން. ނަގާ އަގުތައް ހަމަ ހަގީގަތުގައި ވެސް މާ ބޮޑުތޯ ނުވަތަ ނޫންތޯ ވެސް ބަލަން. އެކަމުގައި އަޅުގަނޑުމެން ވިޔަފާރިވެރިންނާ ވެސް ބައްދަލުކޮށް ޚިޔާލު ހޯދާނަން،" ޝާހިދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައީދުތުރީ
07 January 2019
ފަހު ޒަމާނުގެ އަލާމާތް ކުފޫހަމަނުވާ މީހުންނަށް ވަޒީފާ ދިނީމާވާގޮއް ކޮންމެހުން ނުޖެހޭ ޕާޓީގެ މީހަކަށް ވަޒީފާ ދޭކަށް ކޮންމެ މުއައްސަސާއެއްގައިވެސް ތިބޭނެ އެތަނެއް ހިންގޭވަރުގެ ގާބިލް ކިޔަވައިގެން ތިބޭ ތަނަށް ލޯބިޖެހިފައި ތިބޭޒުވާނުން އެކުދިންނަށް އެކަން ކުރެވޭނެ ކޮންމެހެން ޕާތީގެ އެކްޓިވިސްޓުން ރުއްސަން ވަޒީފާދރންޔާ ތިކަހަލަ ދެރަތަވާނެ ތީއަސްލުގާ ރަށްޔަތުންނަށާ ގައުމަށް ވާޙިޔާނަތް އެކްޓިވިސްޓުން ރުއްސަން ކޮންމެވެސް އާގޮތެއް ވިސްނާ ގައުމު އިސްކުރޭ
މުހައްމާ
06 January 2019
މުދާބޭލުން އަވަސް ކުރުމާބެހޭ ކޮމެޓީ އެއް ހައްދަވައި ކަންކަން އަސްކުރަން މަސައްކަތް ކުރަންފަށާ!!!!ސަރުކާރަށް ސަޕޯޓް ލިބޭނީ ހަރަކާތްތައް އަވަސްކޮށް ރައްޔިތުނަށް ފައިފާ ވާގޮތައް ކަންކަން ކޮތްގެން 100 ދުވަހަށް ވީގޮތް ނުވިއްޔާ ވަރަށް ރަގަޅު !!!!! ޏ
Fisaarikanbaleh
14 December 2018
މިދިޔަ ސަރުކާރުން ހެދިގޮތަކުން ކޮންޕެނީތަކަށް ބިދޭސީމަޖޫރީން ނެގުމުގެ ސަބަބުން އަދި ކޮންޓައިނަރ ކުލިޔާ ކުރާ އަގުދަށްވުމުގެ ސަބަބުން ދިވެހި މަޖޫރީންނަށް މަސައްކަތުގެ ހަމަ އަގުނުލިބޭ! މިހެންވުމުގެ ސަބަބުން ދިވެހިން މަދުވެ ބިދޭސީން އިތުރުވަނީ، އަގުވަނީ ކޮންޓްރޯލް ކޮށްފަ ސަރުކާރުން މިކަމާމެދު ވިސްނުން ރަގަޅު، މުޅގައުމުގައި ބިދޭސީން ވަކިހިއްޕާލައިފި
މުހައްމަދު ޝިޔާޒު އަޒީ
14 December 2018
ކުރީފަހަރު ކުރެއްވިގޮތަށް ނުކުރައްވާނެކަމަށް އުއްމީދުކުރަން.......
އެއްމިލިއަންދެރުފިޔާ
14 December 2018
ތިބުނުއްވީ ދެން ކުރާ ޝަކުވާތަކަކީ ހަގީގަތާ ހިލާފް އޮޅުވާލުމެކޭތޯ؟
ބަނދަރުން ކެތްނުކުރެވިގެން ސިންގަޕޯރގައިވަޒީފާއެއްގައި
14 December 2018
އެއްމެ ފުރަތަމަ އެބަޖެހޭ ތިޔަ ބަނދަރުން 78 މިލިއަން ޑޮލަރ ގޭދެކުރިގޮތް ކޮން އިކުއިޕުމެންޓެއްތޯ ޖނައިދު ގަތީ، މީނާ ވަނީ އެތަކެއް ބޮޑެތި ޑީލްތަކެއް ހަދައިފައި
ބުހުތާނުދޮގު
14 December 2018
ތިތަން ބޮށްސުންލާފަ އޮންތާ މިހާރު ކިތައްމެ ދުވަހެއް. ކުރީގެ ސީއީއޯ އުޅުނޫ އައްޑޫގަ ކޭންޕޭންކުރަން، ދެންއުޅުނޫ ބަސްދުއްވަން، ޕޯރޓްއަކަށް އަޅާނުލާ. ޖުނައިދު ގެނައި ބަނދަރާ ކޮންޕެޓަބަލް ނޫން ވެހިކަލް، މިހާރު އެތަކެތީގަ ހުރި ގަސްފަޅާފަ. ތިތަނުގެ ގިނަވެރިން މިއަހަރު ފެށުނީއްސުރެ އުޅުނީ ރަށްރަށުގަ ކޭންޕޭންކުރަން.
އަލިހަންޖާ
14 December 2018
މިހާރުގެ ސީއީއޯވެސް މަޖިލިސް އިންތިހާބާ ކައިރިކޮށް އުޅޭނީ ތި މަސައްކަތުގަ... ބަލާތި!
ޅޮސްކުރި
13 December 2018
ސާހިދުއަކީ އެސްޓީއޯގަ އެމްޑީ ކަންކޮއްފަ ހުރިމީހެއް، ތައުލީމީފެންވަރު ހުރި މީހެއް އެކައުންޓިން ޑިގްރީނަގާފަ، މެނާޖްމެންޓު ދާއިރާއިންވެސް ޑިގްރީ ހަދާފަ ހުރި މީހެއް! ޢެމްޕީއެލް ސިޔާސީ ކުރަން ނިމިދިޔަ ސަރުކާރުން 28 އެޗްއޯޑީ ލާފަހުރިތަނެއްތީ، ތިތާގަ މަސައްކަތަކީ މުދާކުލިއަރ ކުރުން! ތިޔައްވުރެ ބޮޑުކުންފުނެއް އެސްޓީއޯއަކީވެސް އެތާވެސް ހުންނަނީ 15 އެޗްއޯޑީއިން، ސާހިދު އެމްޕީއެލް ރިސުޓްރަކްޗަރ އެބަކުރަންޖެހޭ! ސާހިދުއައް ތިކަންވާނެ!
ޙުސްދޮގު
13 December 2018
ސުޓަޑީ ނުހަދައި ތިއަ ބުނީ ހަގީގަތުގައިވެސް ވިޔަފާރި ވެރިން ބުނަނީ ތެދުކަމައް..މިހާރުވެސް ޝާޑުއައް ތި އޮތީތިކަން ވެފައި..
Fisaarikanbaleh
13 December 2018
މުޅި ހުޅުމާލެ ކޮންޓްރޯލް ކުރަމުންދަނީ ރެޑްވޭވް މިއީ ސަރުކާރުން ވިސްނަނޖެހޭ ކަމެއް، ކިހިނެއްވާނެތޯ އެސްޓިއޯ ސްޕަމާކެޓެއް އެތަނުގަ ހެދިއްޖިއްޔާ، އަދި ރަގަޅު ހެޔޮއަގުގައި ތަކެތި ލިބޭނެ ގޮތް ހެދިއްޖިއްޔާ