މަންތާ އެއާގެ ފުރަތަމަ މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. --ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
16 ޑިސެމްބަރ 2018 - 18:36
އާ ޑޮމެސްޓިކް އެއާލައިން، މަންތާ އެއާގެ ދެވަނަ މަތިންދާބޯޓު މިއަދު ހަވީރު ރާއްޖެ ގެނެސްފި އެވެ.
އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރަން މަންތާ އެއާއިން ގެނައި ދެ ވަނަ ބޯޓަކީ ވެސް އޭޓީއާރް 72-600 މަރުކާގެ ބޯޓެކެވެ.
އޮމާންގެ މަސްކަޓް އެއާޕޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި މަންތާ އެއާގެ 8Q-RAZ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސީ ހަވީރު 4:20 ކަންހާއިރު އެވެ.
މިދިޔަ ނޮވެމްބަރު މަހު 12 ގައި މަންތާ އެއާއިން އެންމެ ފުރަތަމަ ގެނައީ ވެސް އޭޓީއާރު 72-600 މަރުކައިގެ ބޯޓެކެވެ.
އެއާލައިންގެ ދަތުރުތައް ފަށަން ތިން މަތިންދާބޯޓު ގެންނަން ވަނީ ހަމަޖައްސައިފަ އެވެ.
މަންތާ އެއާއިން ބުނީ 2019 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެ އެއާލައިންގެ ތިން ވަނަ އޭޓީއާރް 72-600 މަރުކާގެ ބޯޓު ގެންނާނެ ކަމަށެވެ.
މަންތާ އެއާގެ ފުރަތަ މަތިންދާބޯޓު ރާއްޖެ ގެނެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި މަންތާ އެއާގެ ޗީފް އެގްޒްކެޓިވް އޮފިސަރު މުހައްމަދު ޚަލީލް ވިދާޅުވީ ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ލިބެން ޖެހޭ ހުުއްދަތައް ލިބުމާ އެކު ދަތުރުތައް ފަށާނެ ކަމަށެވެ.
މަންތާ އެއާއިން ފަސިންޖަރުންނަށް ދެ ކްލާހެއްގެ ޚިދުމަތް ދެ އެވެ. އެގޮތުން އެ ހިދުމަތަށް ނަން ދީފައި ވަނީ "ސެފަޔާ" ކްލާސް އާއި "ކޮމްފޯޓް" ކްލާހުގެ ނަމުންނެވެ.
ޚަލީލް ވިދާޅުވި ގޮތުގައި، އެ އެއާލައިނުން ފުރިހަމަ ޚިދުމަތްތަކާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަތަމަ އުދުހުންތައް ފަށާނީ ދ. ކުޑަހުވަދު އަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ބ. ދަރަވަންދޫ އަދި ތ. ތިމަރަފުށީ އެއާޕޯޓަށް ވެސް ދަތުރުތައް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަންދީ
16 December 2018
މިފަދަ ހުއްދަތަކަކީ ރާއްޖޭގެ އެތެރޭގައި ދުއްވާ ކަނޑުގެ އުޅަދަކައް ހުއްދަ ދޫކުރާ އުސޫލުން ދޫކުރާ ހުއްދައެއްނޫން
1828
16 December 2018
ސަރުކާރަށް ލާރި އެޅީމައި ހުއްދަ ދީފާނެ. ހުއްދަ ނުދީގެން އުޅޭ ސަބަބުވެސް 'މިހާރު' ނޫހުން ގެނެސްދިނުން އެދެން.