އީދާ ދިމާކޮށް ގަމުން ކޮލޮމްބޯ އަށް ވެސް ދަތުރެއް ބާއްވާނެ. އެއީ ދެކޮޅަށް 199 ޑޮލަރަށް.
މޯލްޑިވިއަންގެ ފްލައިޓަކުން ގަމަށް ޕަސެންޖަރުން ފައިބަނީ: އީދާ ދިމާކޮށް ގަމުން ލަންކާ އަށް ދަތުރެއް ބާއްވާނެ.
18 އޯގަސްޓް 2016 - 20:11
ކުރިއަށް އޮތް ބޮޑު އީދާ ދިމާކޮށް، ގައުމީ އެއާލައިން މޯލްޑިވިއަނުން ހާއްސަ އަގުތަކެއްގައި ކޮލަމްބޯ އަށް ދަތުރުތަކެއް ބާއްވަން ނިންމައިފި އެވެ.
އެ ކުންފުނިން ބުނީ އީދު ބަންދުގައި މާލޭން ކޮލަމްބޯ އަށް އެއްކޮޅު ޓިކެޓެއް ވިއްކާނީ 99 ޑޮލަރު (1،521.63ރ.) އަށެވެ. ދެކޮޅު ޓިކެޓެއް ނަމަ 280 ޑޮލަރު (4،303.6ރ.) އަށެވެ.
މީގެ އިތުރުން ގަމާއި ކޮލަމްބޯ އާ ދޭތެރޭ ވެސް އީދާ ދިމާކޮށް ދަތުރުތަކެއް ބާއްވަން ވަނީ ނިންމައިފަ އެވެ. ގަމާއި ކޮލަމްބޯގެ ދެކޮޅު ޓިކެޓެއް ވިއްކަނީ 199 ޑޮލަރު (3،058.63ރ) އަށެވެ.
އީދާ ދިމާކޮށް ބާއްވާ ކޮލަމްބޯ އަށް ބާއްވާ ހާއްސަ ދަތުރު އޮންނާނީ އަންނަ މަހުގެ 8 ގަ އެވެ. އަދި އެނބުރި އަންނާނީ 17 ވަނަ ދުވަހު ކަމަށް ވެސް މޯލްޑިވިއަނުން ބުންޏެވެ.
މީގެ އިތުރުން ކޮލަމްބޯ އިން މާލެ އަށް ހާއްސަ ފެއާއެއްގައި އަންނަނީ ޓިކެޓް ވިއްކަމުންނެވެ. އެގޮތުން ކޮލަމްބޯ އިން މާލެ އަށް އެއްކޮޅު ޓިކެޓެއް ވިއްކަނީ 75 ޑޮލަރު (1،152.75ރ) ށެވެ. ދެކޮޅު ނަމަ 120 ޑޮލަރު (1،844.4ރ.) އަށެވެ
މޯލްޑިވިއަނުން 2014 ގައި ވެސް ގަމާއި ކޮލަމްބޯ އާ ދެމެދު ޝެޑިއުލް ދަތުރުތަކެއް ބޭއްވި އެވެ.
އެހެން ނަމަވެސް އެކަށީގެންވާ ވަރަށް ޕެސެންޖަރުން ނުލިބޭތީ ގެއްލުންވާ ކަމަށް ބުނެ، ފަހުން ވަނީ އެ ދަތުރުތައް ހުއްޓާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙްމަދު
20 August 2016
ރާއްޖޭގެ ގިނަރައްޔިތުންނަށް މޯލްޑިވިއަންގެ މިޚިދުމަތް ލިބުމަށް ޓަކައި ހަނިމާދޫ އިންޓަރނޭޝަނަލް އެއާރޕޯރޓްއިން ކޮލަމްބޯއަށް ދަތުރެއް ބޭއްވުން ކިހިނެތްތޯ.
މީ ބަދީއު ގޯތި މުހައްމަދު....
19 August 2016
ގަމާއި ކޮލޮމްބޯ ދޭތެރޭ 1151 ކިލޯމީޓަރު. މާލެ އާއި ކޮލޮމްބޯ ދޭތެރޭ 779 ކިލޯމީޓަރު. 4303.6 މާލެއިން ނަގާފަ، ގަމުން 3058.63 ކިހިނެން އަގުތައް ހަދަނީ؟ ނޫނީ 372 ކިލޯމީޓަރުގެ ދުރުމިން ހުރަސްކުރަނީ ފެނުން ދުއްވައިގެންތަ؟
ބޭނުމީ މިނިވަންނަން / އައްޑޫ ސިޓީ
18 August 2016
ކުންފުނި ދެމިއޮތުމަށް ފައިސާ ހޯދަނީ އައްޑޫ ހަނިމާދޫ އަދި ކާޑެއްދޫ އަށާއި ދަރަވަންދޫ އަށް އުދުހި އެރަށްރަށުގެ މީހުން އަތުން ފައިސާ ނަގައިގެން. . . . އެހެން ނަމަވެސް އީދު ޗުއްޓީ އަށާއި ބަންދުދުވަސްތަކަށް އަގުހެޔޮކޮށް މާލޭ މީހުންނަށް ޓިކެޓް ވިއްކުމަށް މިވެރިންނަށް ކަންތައް ކުރެވޭ. އަޖާއިބްއަންތަރީސް ނުވާނެތަ. / މިނިވަންކަން ، އައްޑޫ ސިޓީ
ހާދާލު
18 August 2016
ގެއްލުން ވާނަމަ ތި އަގަށް ވިއްކާނެ ބާ......މާލެ ހަނިމާދޫ 1500ރ އެއްކޮޅައް.......ބޮޑު ވަރު
ާއަހުމަދު
18 August 2016
އަޅެ ހަނިމާދޫ ކޮޅުންވެސް ލަންކާއަށް ދަތުރެއްބާއްވަ ދީބަލާ.
ވޯ
18 August 2016
ވާނުވާ ނޭނގޭ.