ބަގްލިއޯނީ ރިސޯޓްގެ ޕޫލް | ފޮޓޯ: ބަގްލިއޯނީ ރިސޯޓް
19 ޑިސެމްބަރ 2018 - 10:51
ބަގްލިއޯނީ ހޮޓެލްސް އިން ދ. އަތޮޅުގައި ތަރައްގީ ކުރަމުން އަންނަ ރިސޯޓް އަންނަ އަހަރުގެ މާޗް މަހު ހުޅުވަން ނިންމައިފި އެވެ.
ދ. މާގައުގައި ތަރައްގީކޮށް ހުޅުވާ ރިސޯޓަކީ ގާޑަން، ބީޗް، އަދި އޮވާ ވޯޓާ ވިލާތަކާ އެކު ޖުމްލަ 96 ވިލާ ހިމެނޭ ރިސޯޓެކެވެ. އޭގެ އިތުރުން އާއިލާތަކަށް، ފެމިލީ ވިލާ އަކާއި 1،230 އަކަ މީޓަރުގެ ބޮޑު، އެންމެ މަތީ ފެންފަރުގެ ޕްރެޒިޑެންޝަލް ވޯޓަ ވިލާއެއް ވެސް ހިމެނެ އެވެ.
ބަގްލިއޯނީ ރިސޯޓްގެ ބީޗް ވިލާ | ފޮޓޯ: ބަގްލިއޯނީ ރިސޯޓް
ބަގްލިއޯނީ ރިސޯޓުގައި މަތީ ފެންވަރުގެ ވިލާތަކުގެ އިތުރުން ޓޫރިސްޓުންނަށް ވޯޓަ ސްޕޯޓްސް އާއި ތައިލެންޑްގެ މޮޅު ތެރަޕީތައް ލިބޭ އާޔުރްވެދިކް ގާޑަން ސްޕާއަކާއި ކަނޑުގެ އެންމެ ރީތި ހިސާބުތަކުގައި ޑައިވިން ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އިޓަލީގެ މީރު ކެއުންތައް ރަހަބަލާލުމުގެ ފުރުސަަތު ލިބޭ ތިން ރެސްޓޯރަންޓެއް ވަނީ ހުޅުވަން ހަމަޖެހިފަ އެވެ.
ހަމަ އެހެންމެ ދަރިންނާ އެކު ދަތުރުކުރާ ފަރާތްތަކަށް ހާއްސަކޮށްގެން އިންޑޯ އަދި އައުޓްޑޯ ކުޅިވަރުތަކާއި އެކު، 3 އަހަރާއި 12 އަހަރުގެ ކުދިން ބަލައިދިނުމަށް ކިޑްސް ކްލަބެއް އެ ރިސޯޓުގައި ހުންނާނެ އެވެ. އެތަނުގައި ކުދިން މުނިފޫހިފިލުވައިދިނުމަށް ޕިއްޒާ އަދި އައިސް ކްރީމް ހަދަން ދަސްކޮށްދޭ ކައްކާ ކްލާސްތައް ވެސް ހިންގަން ވަނީ ހަމަޖެހިފަ އެވެ.
ބަގްލިއޯނީ ރިސޯޓްގެ، ދ. މާގައު | ފޮޓޯ: ބަގްލިއޯނީ ރިސޯޓް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީޕްލޭންގައި 40 މިނެޓުން ދެވޭ ދުރުގައިވާ އޮންނަ މި ރިސޯޓް އަންނަ އަހަރު ހުޅުވުމުން ވެގެންދާނީ ރާއްޖޭގައި އިޓަލީގެ ކުންފުންޏަކުން ހުޅުވާ އެންމެ ފުރަތަމަ ފަސް ތަރީގެ ރިސޯޓަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢައިޝާ އއއ
19 December 2018
ދ.އަތޮޅު ވެގެން މިދަަނީ ފަތުރުވެރިކަމުގެ ވަރުގަދަ އަތޮޅަކަށް
އޭނަހެންމީހާ
19 December 2018
މާރިޗު 2019 ގައި ހުޅުވާފިއްޔާ ވަރަށް ރަނގަޅު. މިހާރުވެސް އެތައް ފަހަރަކު ޑިލޭ ކޮށްފި....