19 ޑިސެމްބަރ 2018 - 16:35
ސަރުކާރު ހިންގާ ކޯލިޝަންގެ ލީޑަރުން މާދަމާ ބައްލުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މަަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަން ނިންމައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ ކޯލިޝަނާ ދޭތެރޭގައި ޔަގީންކަން އެބަ އޮތް ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި ކޯލިޝަންގެ އެއްްބާރުލުން ލިބޭނެ ކަމަށެވެ.
"އަޅުގަނޑަށް ޔަގީންކަން އެބަ އޮތް ކޯލިޝަނާ ދޭތެރޭގައި އިރާދަކުރެއްވިއްޔާ. ކޯލިޝަނުގެ އެއްބާރުލުން އަޅުގަނޑުމެންނަށް ލިބޭނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު މި މޭރުމުން ވާހަކަފުޅު ދެއްކެވީ މަރުތަކާއި މީހުން ގެއްލުވައިލުމުގެ ހާދިސާތައް ބަލަން އުފެއްދި ކޮމިޝަނާއި ކޮރަޕްޝަން މައްސަލަތައް ބަލަން އުފެއްދި ކޮމިޝަނަށް ގާނޫނީ ބާރުދޭން ހުށަހެޅި ބިލް ފާސްނުކޮށް މަޖިލިސް ޗުއްޓީ އަށް ދިޔަ މައްސަލައިގައި ސުވާލު ކުރުމުންނެވެ. އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ ޗުއްޓީގެ ތެރޭގައި ޚާއްސަ ޖަލްސާއެއް ބާއްވައިގެން އެ ބިލްގެ މަސައްކަތް ކުރަން އެދިވަޑައިނުގަންނަވާ ކަމަށެވެ.
"ކޮންމެހެން މަޖިލީހުގެ ޗުއްޓީ ތެރޭގައި ޚާއްސަ ޖަލްސާއެއް ބާއްވައިގެން އެކަން ކުރުމުގެ ވިސްނުމެއް އަޅުގަނޑުގެ ނެތް. އެކަަމަކު އަޅުގަނޑަށް މި މަސައްކަތް ކުރިއަށް ގެންދެވޭނެ. އިރާދަކުރެއްވިއްޔާ މާދަމާ އަނެއްކާވެސް ހުރިހާ ލީޑަރުންގެ ބައްދަލުުވުމެއް ބާއްވަން މި ތައްޔާރުވަނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ބައްދަލުވުމުގައި މަޖިލިސް ކުރިއަށް ގެންދާނެ ގޮތުގެ އިތުރުން ގިނަ ކަންތައްތަކާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ކޯލިޝަނާ މެދު ޔަގީންކަން އެބަ އޮތް ކަމަށް ރައީސް ވިދާޅުވެފައި މިވަނީ އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީ އާއި ޖުމްހޫރީޕާޓީއާ ދެމެދު ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. އަންނަ އޭޕްރިލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުރިހާ ގޮނޑިއަކަށް ވާދަކުރަން އެމްޑީޕީން ނިންމާފައިވާ ނިންމުމާ މެދު ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ހޯމަ ދުވަހު ވަނީ ނުސީދާ ގޮތެއްގައި ނުރުހުން ފާޅުކުރައްވައިފަ އެވެ. މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރަން ޖޭޕީ އަށް ވެސް ކެރޭނެ ކަމަށް ގާސިމް ވަނީ ވިދާޅުވެފަ އެވެ. ހުރިހާ ގޮނޑިއަކަށް ވާދަކުރަން އެމްޑީޕީން ނިންމާފައި ވާއިރު އެ އިންތިހާބުގައި ބަހާލައިގެން ދާއިރާތަކަށް ކުރިމަތިލާން ޕާޓީތަކުން ކުރިން ވަނީ އެއްބަސްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިޔުންތެރި
20 December 2018
ރައްޔިތުންވޯޓެއް ނުދޭނެ ބާގީންނަކަށް
ޔާމީނު
20 December 2018
އަދާލާތާ ޖޭޕީ އާއި އެމްއާރު އެމް އެމްއާރު އެމް ކޯލިޝަނެއް ހަދަން ވީއެވެ. ނުވަތަ ޕީޕީއެމް އާއެކު މިބުނި މީހުން ކޯލިޝަނެއް ހަދަންވީ އެވެ.ހަމައެކަނި މަޖްލީސަ އިންތިޚާބަށް އެކަންޏެވެ.
އަނީ
20 December 2018
ރަޢީސް މީހާ ބުންޏަސް ގޮނޑިނުބެހޭނެ. ރައްޔިތުން އޭރުން ނުކުންނާނީ މަނިކުފާނާ ދެކޮޅަށް. ޤާސިމްވެސް ލާބަލަ 87 ދާއިރާއަށް، ވާގޮތް ބަލާލަން. އެމް. ޑީ.ޕީ ޢާއްމު މެމްބަރުން ތިބީ ނިކަން ބަދަހިކޮށް. .ބޭނުންހާ ގޮތަކަށް ގޮނޑިތައް ނުބެހޭނެ. އިންޝާﷲ.
ލާމު މީހެއް
20 December 2018
ޕާޓީ އަކަށް ވޯޓެއް ނުދޭނަމެވެ.ވޯޓް ދޭނީ މީހާއަށް ބަލާފައެވެ.
އެޕަލް
20 December 2018
ރައީސް ކެބިނެޓް ބައްދަލްވުމަށްވުރެ ގިނަ ތިޔަކިޔާ ލީޑަރުން ރުއްސަންބާއްވާ ބައްދަލްވުން ! ރައްޔިތުންނާ ގައުމާމެދު ވިސްނާނެ ވަގުތުވެބާ ކޯލިސަން ހަމަޔައް އެޅުމަށްފހު
.ނޫނޭ
20 December 2018
.ނުވާނޭކަން މުޅީންއެނގުނަސް މިކަންއެދެވޭ ގޮތެއްގާވެސް .ނުވާނޭ ދަންނަވާފާ ހުރެވުނީހީ ވައުދު ނުވި ނަމަތާ. .މިޅެން ބައިތުން ވެސް ދޭހަ ވަނީ ވައުދެއް ވެއްޖެއްޔާ އެ ވައުދެއް ފުއްދަން ޖެހޭނެކަން އިބޫރައީސޭ ވައުދުތައް ފުއްދާށޭ ފުއްދާށޭ ފުއްދާށޭ.
މައިޒާން
19 December 2018
ރައީސްގެ ވިސްނުން ރަގަޅު! ވާހަކަ ދައްކަވާ، އެންމެ ރަގަޅުގޮތަކީ ކޯލިޝަނަށް ދާއިރާތައް ބެހިގެން ކުރިއަށް ދިއުން. ސަރުކާރަށް %50 ނަންގަވާ، ދެން ހުރި ބައި އުޞޫލުގެ ތެރެއިން ބައްސަވާ، ގުޅިގެން ކުރިއަށް ދިއުމަކީ އުފާވާކަމެއްް.
ވަލުމައިޒާން
20 December 2018
ރައްޔިތުންގެ މަޖިލިހަކީ ކޯލިޝަންގެ ތަރިކަ މުދަލެއްބާ؟ ވާރުތަ މުދާ ބަހާހެން ރައްޔިތުންގެ މަޖިލިސް ބަހަން އެކަކުވެސް އުޅޭނެކަމެއްނެތް. ހެޔޮ ރައީސަކަސް އެހެންމީހަކަސް.
ސޫދު
19 December 2018
މީ ބޮޑަށް ވައްތަރީ އެމްޑިޕީ ތެރޭން ވަރަށް ދުރާލާ ރޭވިގެން ގެންދާކަމަކާ.. އެމްޑީޕީއިން ބޭނުންވަނީ ވީހާވެސް ގިނަދާއިރާއެއްގެ ގޮނޑި ނަގަން ސޯލިހް ކުރާނެ ކަމަކީ ކޯލިޝަން ކޮޅަށް ހުންނަކަމަށް ދެއްކުން.. އެމްޑީޕީއަށް މެޖޯރިޓީ ލިބިއްޖެނަމަ ތި ކޯލިޝަންގެ މީހުންތައް ބޭރުކޮއްލާނެ ސަރުކާރުން..
ރުއްކެނޑިޔާ
19 December 2018
އެއްބަސްވުމެއް އޮތިއްޔާ ޖެހޭނެ އެއައް ޢަމަލުކުރަން ޢަހުދެއް ވެއްޖެއްޔާ އެ ޢަހުދައް ކަމޭ ހިތަންޖެހޭނެ. ވަޢުދެއް ވެއްޖެއްޔާ އެވަޢުދު ފުއްދަންޖެހޭނެ. އަމާނާތެއް ޙަވާލުކޮއްފިއްޔާ އެއަމާނާތަކައް ވަފާތެރިވާންޖެހޭނެ. މީ މިއަދު އަހަރެމެން ދަސްކުރަންޖެހޭ ކަންތައްތައް. މި ސިފަ ކޮންމެހެންވެސް އެބަޖެހޭ އަހަރެމެންގައިގަ ހަރުލައްވަން
ޑރ.ނަޒުނާ އަހުމަދު/ހިތަދޫ/ޔޫކޭ
19 December 2018
ރައީސު އިބޫއަށް ވަރައް އަދަބުވެރިކަމާއި އެކު އެކައްޗެއް ދަންނަވަންބޭނުން.. އާދެ.! ޕޮލިޓިކަލް ރޮނގުން މަތީ ތަޢުލީމު ލިބިފައި ވިޔަކަސް ޕުރެޓިކަލް ތަޖުރިބާއަކީ މުހިއްމުކަމެއް. މަނިކުފާނު ވިސްނާވަޑައި ގަންނަވާނެކަމަށް އަޅުގަނޑު އުއްމީދުކުރަން... ހީފުޅުނުކުރައްވާ މަނިކުފާނައް ހެޔޮއެދޭ ކޯލިޝަނެއް އޮތްކަމަކަށް، ފުރުސަތުގެ ބޭނުންކުރީ އެއްމެ ބޮޑަށް އެކަމަށް ބޭނުންވަގުތު. އެމް ޑީ ޕީ އާއި އަދާލަތު ފިޔަވައި ރާއްޖޭގެ ހުރި ހުރިހާ ޕާޓީތައްއެތިބީކެތްމަދުވެފައި
ޔާމީނު
20 December 2018
އަދާލާތޭ...