ޖަލުތައް އޮޑިޓްކުރާ ކޮމިޝަންގެ ބައެއް މެމްބަރުން އިމްރާނާ އެކު: އެ ކޮމިޝަންގެ މަސައްކަތް އަވަސްކޮށްދޭން އިމްރާން އެދިވަޑައިގަތް. --ފޮޓޯ/ހޯމް މިނިސްޓްރީ
19 ޑިސެމްބަރ 2018 - 17:34
ރާއްޖޭގެ ޖަލުތަކުގެ ހާލަތު ބެލުމަށް ހޯމް މިނިސްޓްރީން އެކުލަވާލާފައިވާ ކޮމިޝަންގެ މަސައްކަތް އަވަހަށް ނިންމުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު އެދިވަޑައިގެންފި އެވެ.
ޖަލުތަކުގެ ހާލަތު ބެލުމަށް ހޯމް މިނިސްޓްރީން އިއްޔެ ވަނީ ޖަލުތަކުގެ އޮޑިޓް ކޮމިޝަންގެ ނަމުގައި ކޮމިޝަނެއް އުފައްދައި، އެ ކޮމިޝަނަށް ހަތް މެމްބަރަކު އައްޔަންކޮށްފަ އެވެ.
އެ ކޮމިޝަންގެ ބައެއް މެމްބަރުންނާ މިއަދު ބައްދަލު ކުރައްވައި، އިމްރާން ވަނީ ކޮމިޝަނާ ހަވާލުވެފައިވާ މަސައްކަތަކީ މުޅި މުޖްތަމައުގެ މަސްލަހަތު ހިމެނޭ ކަމަކަށް ވާތީ ވަރަށް ފަރުވާތެރިކަމާ އެކު އަދި އަވަހަށް އެ މަސައްކަތް ނިންމައިދޭން އެދިވަޑައިގެންފަ އެވެ. އަދި އެ ކޮމިޝަންގެ މެމްބަރުންނަކީ ގާބިލްކަން ހުރި އަދި ތަޖްރިބާ ލިބިފައިވާ ބޭފުޅުން ކަމަށްވާތީ އެ ބޭފުޅުންނާ މެދު ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވެސް އެ ބައްދަލުވުމުގައި އިމްރާން ވިދާޅުވި އެވެ.
ޖަލުތަކާއި ޕްރޯލްގެ ގާނޫނުގެ ދަށުން ތިން ބާވަތެއްގެ ޖަލުތައް ރާއްޖޭގައި ހުރެ އެވެ. އެއީ ކަރެކްޝަނަލް ސާވިސް އިން ބަލަހައްޓަމުންދާ އާންމު ޖަލުތަކާއި ރިމާންޑް ޖަލުތަކުގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށުން މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުގައި ހުންނަ ކަސްޓޯޑިއަލް ޖަލުތަކެވެ. ޖަލުތަކުގެ ހާލަތު ބަލައި، ޖަލުތަކުގެ ހާލަތު ބެލުމަކީ އާ ސަރުކާރުގެ ރިޔާސީ ވައުދެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޭޖޭޔޫ
02 January 2019
ޖަލާ ބެހެނީ ކީއްކުރަން
މުއައްސަސާތައްއިސްލާހުކުރަމާ
20 December 2018
ހިއުމަން ރައިޓްސް ކޮމިޝަނެއް އޮތްއިރު މި މަސައްކަތްކުރަން ވަކިން ކޮމިޝަނެއް އެކުލަވާލަންޖެހުނު ސަަބަބަކީ ކޮބާތޯ؟ ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުންނަށް އިތުބާރު ނުކުރެވޭތީބާ؟ ހިއުމަން ރައިޓްސް ކޮމިޝަނުން މީގެކުރިން ޖަލުތަކާ ގުޅިގެން އެކުލަވާލާ، އިދާރާތަކަށް ފޮނުވި ރިޕޯޓުތަކުގައި ފާހަގަކޮށްފައިހުރި ކަންކަން އިސްލާޙުނުކޮށް މިހާރު ތިއްބަވަނީ ކީއްވެތޯ؟
އިސްލާހު ޖާޑީގެ އެންމެ އަޑިން
20 December 2018
ހާހާހާ. ތީ ޔާމީނު ނުކުރި ކަމެއް. ދެން އަދިވެސް މިސަރުކާރު ދޯ ޒިންމާ ނަގަންވީ؟ ޔާމީނު ޝަރީއަތުގެ ކުރިމައްޗަށް ގެންގޮސް އޭނާ ވެފައިވާ އިހުމާލަށް ސުވާލުކޮށް އަދަބުދީ.