އެމްއެފްއޭގެ އާ ބޯޑްގެ ޗެއާ އަށް ކުރިމަތިލި ސީޒަނާއި ވައިސް ޗެއާއަކަށް ކުރިމަތިލި މުއާ ފިލްމީ އިވެންޓެއްގެ ތެރޭގައި.
19 ޑިސެމްބަރ 2018 - 23:31
މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) ގެ އާ ބޯޑަށް މެމްބަރުން ހޮވަން އިންތިހާބަށް ހުޅުވާލައި، ވާދަކުރަން ދިން ސުންގަޑި ހަމަވި އިރު އެކްޓަރު އަލީ ސީޒަނާއި ކެމެރާމަން ޝިވާޒް (މާސްކޭ) އަބްދުﷲ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައިފި އެވެ.
ވައިސް ޗެއާޕާސަންގެ މަގާމަށް ވެސް ދެ މީހަކު ކުރިމަތިލައިފައިވާ އިރު، އޭގެ ތެރެއިން އެކަކީ ދައުރުވި ހަމަވި ބޯޑުގެ ވައިސް ޗެއާގެ މަގާމުގައި ހުރި އެކްޓަރު އަބްދުﷲ (މުއާ) މުއާޒާއި ކުރިން ވައިސް ޗެއާގެ މަގާމުގައި ހުރުމަށް ފަހު، ވަގުތު ދެވެން ނެތިގެން މަގާމުން އިސްތިއުފާ ދިން މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދެވެ.
އެމްއެފްއޭގެ ބޯޑުގެ ވައިސް ޗެއާއަކަށް މުއާ އޭރު އިންތިހާބުވީ މިދިޔަ އަހަރު ނިއުމާ މަގާމުން އިސްތިއުފާ ދިނުމުން މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަން ނިންމައި ކުރިމަތިލާން ހުޅުވައިލުމުން މުއާ އާއި ޕްރޮޑިއުސަރު/ޑައިރެކްޓަރު ފާތުމަތު ނަހުލާ ނަން ހުށަހެޅުމަށް ފަހު، ނަހުލާ ނަން ނެގުމާ ގުޅިގެންނެވެ.
އާ ބޯޑްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލާފައި ވަނީ އެންމެ މީހެކެވެ. އެއީ މަޝްހޫރު އެކްޓަރު (ޔޫއްޕެ) ޝަފީއު އެވެ. އެ މަގާމަށް އޭނާ އެކަނި ކުރިމަތިލާފައިވާތީ އިންތިހާބަކާ ނުލައި ޔޫއްޕެ އަށް މިހާރު ވެސް ވަނީ އެ މަގާމު ކަށަވަރުވެފަ އެވެ.
ޔޫއްޕެ ވަނީ އެމްއެފްއޭގެ އާ ބޯޑްގެ އެސްޖީއަކަށް އިންތިހާބުވެފައި.
ބޯޑްގެ އިތުރު މަގާމުތަކަށް ބަލާ އިރު ހަޒާންދާރުގެ މަގާމަށް ވެސް ދެ މީހަކު ވަނީ ކުރިމަތިލައިފަ އެވެ. އެއީ ކުރީގެ ބޯޑްގެ ބޯޑް މެމްބަރުންގެ މަގާމު އަދާކުރި އެކްޓަރު/ފެޝަން ޑިޒައިނަރު ޖާދުﷲ (ޖާދު) އިސްމާއީލާއި އިބްރާހީމް (ރިޔާ) ރިޔާޒް އެވެ.
ބޯޑު މެމްބަރުންނަށް މި ފަހަރު ކުރިމަތިލާފައިވާ މެމްބަރުންނަކީ އެކްޓަރު އަހުމަދު ޒިޔާ، ކުރީގެ ބަތަލާ ވަލީދާ ވަލީދު، ކުރިން ވެސް ބޯޑު މެމްބަރުންގެ ތެރޭގައި ހިމެނުނު އެކްޓަރު މުހައްމަދު މަނިކުގެ އިތުރުން އަލީ ޝާނީޒް އެވެ.
އެމްއެފްއޭގެ އާ ބޯޑަށް މެމްބަރުން ހޮވަން ބާއްވާ އިންތިހާބު އޮންނާނީ މި މަހުގެ 27 ވަނަ ދުވަހުގެ ރޭގަ އެވެ. އިންތިހާބުގައި ވާދަ ކުރަން މި މަހުގެ 5 ގައި ހުޅުވާލައި، ކުރިމަތިލާން ދިން މުއްދަތު ހަމަވީ މި މަހުގެ 15 ވަނަ ދުވަހު އެވެ.
MFA ge inthihaabah kurimathi laan hulhuvaalaifi
The most trusted news source in the Maldives
Mihaaru
އެމްއެފްއޭގެ އާ ބޯޑަށް ކުރިމަތިލާން ހުޅުވައިލީ މި މަހުގެ 5 ވަނަ ދުވަހު.
އެމްއެފްއޭގެ އިންތިހާބު މި ފަހަރު ބާއްވަނީ އެކަމަށް އެކުލަވައިލި ފަސް މެމްބަރުންގެ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ.
އެ ކޮމިޓީގައި ހިމެނެނީ ފިލްމީ ތަރި މުހައްމަދު (ދަރާ) ރަޝީދު އާއި މަޝްހޫރު ކެމެރާމަން ހަސަން (ކޮކޯ) ހަލީމާއި އިބްރާހީމް (ބުރޯ) ރަޝީދު އާއި މަޝްހޫރު ފޮޓޯގްރާފަރު ނިޝާން (މިލްޒީރޯ) އަދި ކަޅުއޮށް ނަސީރެވެ.
ދައުރު ހަމަވި ބޯޑްގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު (މުހައްމާ) އަބްދުﷲ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެސީ
21 December 2018
މި ރާއްޖޭގަ ހުރިހާކަމަކަށް އެކްޓަރުން، ޕްރޮޑިއުސް ވެސް އެމީހުން ކޮށްފަ، ޑައިރެކްޓް ވެސް އެމީހުން ކޮށްފަ، ކެމެރާވެސް އެމީހުން ކޮށްފަ، މަގާމުތަކުގަ ވެސް އެމީހުން، ފިލްމު އަޅުވަން ވެސް އެމީހުން، ބަލަނީ ވެސް އެމީހުން.
އަދީބު
20 December 2018
ނަމުގެ މެދަށް ވަނަން މި ލަނީ ކޮން އުސޫލަކުންބާ؟
އަލ/ި
21 December 2018
ރާއްޖޭގެ ހާލަތު ތީ، ނޫސްވެރިންނަށް ހީވާކަހަލަ އަސްލު ނަން ބޭނުން ކުރީމަ ދިވެހިންނަކަށް ނޭނގޭނޭ، ދަނޑުމަތީގަ ވެސް އުޅޭނެ ދަނގަޑޭ އަކާ އަޑުބަރޭ އަކާ ބޮކުރީ އަކާ،
ހުސޭނުބޭ
20 December 2018
މާސްކޭ އަކީ ސުމެއްގެ މީހެއް. ހާދަރު ބަލާލީމަ އިނގޭނެ އެންމެނަށްވެސް.
ކޯކު
20 December 2018
ކޮންމެހެން ހިދުމަތެއް ކޮށްދޭކަށް ނޫނެވެ..އެ މަގާމުތަކަށް ދޭ ބޮޑު ސެލަރީ ފެނިފަ މޮޔަވަނީ އެވެ...ހެހެހެ..
ކަރީމުއްދީން ބާޝާ
20 December 2018
މީ ދިވެހިރާއްޖޭގެ ހިއުމަންރައިޓަށް ލަންކާގާ ހިނގާ ސީޒަންދޯ. ވަރަށް ފޫހިވޭ.