22 ޑިސެމްބަރ 2018 - 08:07
ޑިޒްނީން ކުރިން ގެނެސް ދީފައިވާ ކާޓޫނު ފިލްމު "އަލާއްޑިން" އަސްލު އެކްޓަރުންނާ އެކު ގެނެސްދޭ އިރު، ގިނަ ބަޔަކު އެންމެ ބޮޑަށް ސުވާލު އުފައްދަނީ މި ފިލްމުން ވިލް ސްމިތު ފެންނާނެ ގޮތަކާ ދޭތެރޭގަ އެވެ. އޭނާ ފިލްމުގައި ކުޅެފައި ވަނީ "އަލައްދިން" ގައި ނޫކުލައިގެ ދުންގަނޑެއްހެން ފެންނަ ޖީނީގެ ރޯލެވެ.
ސުވާލަކީ ލައިވް-އެކްޝަން ފިލްމުގައި ވިލް ފެންނާނީ އެގޮތަށްތޯ އެވެ؟ "އަލާއްޑިން" ގެ ފަސްޓްލުކް ޕޯސްޓަރު ދައްކައިލި އިރު، އޭނާ ފެންނަނީ ނޫކުލައިގެ ކޮސްޓިއުމެއްގައި ހުންނަ ތަނެވެ. ނޫ ދުންގަނޑުގެ ކުލަވަރެއް ނެތެވެ.
މިކަމާ ހިތްހަމަނުޖެހިގެން ބައެއް މީހުން ވަނީ ޓްވިޓާގައި ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ގިނަ ބަޔަކު ބުނެފައި ވަނީ ޖީނީ "އަލާއްޑިން" ގެ ލައިވް-އެކްޝަން ފިލްމުގައި ވެސް ގެނެސް ދޭން ވާނީ މި ހިޔާލީ ވާހަކައިގެ ސިފަކޮށް ދީފައިވާ ގޮތަށް، އޭގެ އަސްލު ނުގެއްލޭ ގޮތަށް ކަމަށެވެ.
ވިލް ސުމިތުގެ ޕޯސްޓެއް.
އިންސްޓަގްރާމްގައި ވިލް ފިލްމުގެ ފަސްޓްލުކް ޕޯސްޓަރު ހިއްސާ ކުރަމުން ބުނެފައި ވަނީ އޭނާ ފިލްމުގައި ފެނިގެން ދާނީ "ބުލޫކޮށް" ކަމަށެވެ.
See exclusive first look photos from Disney’s live-action #Aladdin https://t.co/ilo8Io5Pnm
— Entertainment Weekly (@EW) December 19, 2018
ޑިޒްނީގެ ޓްވީޓެއް.
އެކަމަކު އެ ބުނާ އެއްޗެއްގެ މާނަ ގިނަ ބަޔަކަށް ރަނގަޅަކަށް ފަހުމެއް ނުވެ އެވެ. ހަމައެކަނި ނޫކުލައިގެ ކޮސްޓިއުމަކުން ޖީނީގެ ކެރެކްޓާ ފުރިހަމަ ނުވާނެ ކަމަށް "އަލާއްޑުން" އަށް ލޯބި ކުރާ މީހުން ދެކެ އެވެ.
ގައި ރިޗީ ޑައިރެކްޓްކޮށްފައިވާ "އަލާއްޑިން" ގެ ލައިވް-އެކްޝަން ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މެއި، 24، 2019 ގަ އެވެ. މި ފިލްމުގައި ޓައިޓްލް ރޯލް ކުޅެފައި ވަނީ މޭނާ މައްސޫދެވެ. ޕްރިންސެސް ޖޭސްމިންގެ ރޯލް ކުޅެފައި ވަނީ ނައޯމީ ސްކޮޓް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy