"ޒީރޯ" ގެ ޕޯސްޓަރެއް.
23 ޑިސެމްބަރ 2018 - 07:14
މި މަހުގެ 28 ގައު ރިލީޒްކުރާ، ރަންވީރު ސިންގްގެ ފިލްމު "ސިމްބާ" ގެ ޓައިޓްލް ލަވަ "އާލާ ރޭ އާލާ" ދައްކާލައިފި އެވެ.
ތަނިޝްގް ބަގްޗީގެ މިއުޒިކަށް ހަދާފައިވާ މި ލަވަ ކިޔާފައި ވަނީ ދޭވް ނެގީ އާއި ގޯލްޑީ އެވެ. ލަވައިގެ ކޮރިއޯ ހަދާފައި ވަނީ ގަނޭޝް އަޗަރިއާ އެވެ. ވަރަށް ވެސް ފޯރި ގަދަ އަދި ކުލަގަނޑު ގަދަކޮށް ފެންނަ ލަވައިގައި ރަންވީރާ އެކު 1،800 ބެކް ޑާންސަރުން ބައިވެރިވެފައިވެ އެވެ. ލަވައިން ވަރަށް ކެޗީ ސްޓެޕްތަކެއް ފެނިގެން ދެ އެވެ.
"އާލާ ރޭ އާލާ" ގެ ކުރިން "ސިމްބާ" ގެ ލަވަތަކުގެ ތެރެއިން ދެ ލަވައެއް ވަނީ ދައްކާލައިފަ އެވެ. އެއީ "އާކް މާރޭ" އާއި "ތެރެ ބިން" އެވެ.
The energetic, the vivacious SIMMBA is here with another heart track! #AalaReAala https://t.co/DaQoMM6ceg@RanveerOfficial #SaraAliKhan #RohitShetty @apoorvamehta18 @rspicturez
— Karan Johar (@karanjohar) December 20, 2018
ރަންވީރު ފުލުހެއްގެ ރޯލުން ފެނިގެންދާ "ސިމްބާ" އަކީ ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، ރޯހިތު ޝެޓީ ޑައިރެކްޓްކޮށްފައިވާ ފިމްކެވެ. ފިލްމުގެ ބަތަލާއަކީ ސާރާ އަލީ ހާނެވެ.
"ރަގް ދަ ބަސަންތީ" އާއި "ބާގް މިލްކާ ބާގް" ފަދަ ކާމިޔާބު ފިލްމުތައް ބެލުންތެރިންނަށް ގެނެސް ދީފައިވާ ޑައިރެކްޓަރު/ޕްރޮޑިއުސަރު އޯމް ޕްރަކާޝް މެހެރާގެ އާ ފިލްމު "މޭރޭ ޕިޔާރޭ ޕްރައިމް މިނިސްޓާ" ރިލީޒް ކުރާ ތާރީހު އިއުލާންކޮށްފި އެވެ.
Date: 8th March 2019
— Rakeysh Mehra (@RakeyshOmMehra) December 20, 2018
Arzi to,
Mere Pyare Prime Minister
Regards,@ROMPPictures @PenMovies @jayantilalgada #Gulzar @OmKanojiya1 @AnjaliPOfficial @ShankarEhsanLoy #MerePyarePM pic.twitter.com/WMZvBT1b8h
ފިލްމުގެ ފުރަތަމަ ޕޯސްޓަރާ އެކު ބުނެފައި ވަނީ ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ މާޗް މަހުގެ 8 ގައި ކަމަށެވެ. ހުސައިން ދަލާލު އާއި މަނޯޖް މައިތުރާގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ "މޭރޭ ޕިޔާރޭ ޕްރައިމް މިނިސްޓާ" އަކީ ހާމަ ތަންތަނަށް ބޮޑުކަމުދިއުމާއި ސާފު ތާހިރުގެ މައްސަލަތަކަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.
މި ފިލްމުން މަޝްހޫރު ތަރިންތަކެއް ނުފެންނާނެ އެވެ.
ޝާހްރުކް ހާނާ އެކު މަސައްކަތްކޮށްލަން ބޭނުންވާ ކަމަށް މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ ސަސްޕެންސް ތުރިލާ "އަންދާދުން" ގެނެސް ދިން ޑައިރެކްޓަރު ސްރީރާމް ރަގަވަން ބުނެފި އެވެ.
އޭނާ ބުނީ މީގެ ކުރިން ވެސް ހިޔާލުގައި ޝާހްރުކް ބައިންދައިގެން ފިލްމެއްގެ ސްކްރީންޕްލޭ ލިޔުނު ކަމަށެވެ. އެކަމަކު އެ ފިލްމަކަށް ބިނާކޮށް ޝާހްރުކްގެ "ބާޒީގާރު" ވެސް ހެދި "އަ ކިސް ބިފޯ ޑައިން" އިން އިންސްޕިރޭޝަން ހޯދައިގެން ލިޔުނު ފިލްމު ފަހުން ހުއްޓައިލީ ކަމަށް ބުންޏެވެ. އައްބާސް-މަސްތާން ޑައިރެކްޓް ކުރި "ބާޒީގަރު" އަކީ 1993 ގައި ރިލީޒް ކުރި ފިލްމެކެވެ.
ސްރީރާމް: ސަސްޕެންސު ތުރިލާތައް ހަދަން މޮޅު ޑައިރެކްޓަރެއް.
ސްރީރާމް ބުނީ އޭނާގެ އެންމެ ބޮޑު އެއް ހުވަފެނަކީ ކޮންމެވެސް ދުވަހަކުން ޝާހްރުކްއާ އެކު މަސައްކަތް ކުރުން ކަމަށެވެ.
ދާދި ފަހުން ސްރީރާމް ބުނި ގޮތުގައި އޭނާ ވަނީ ދެ ފިލްމެއްގެ ސްކްރީންލޭ ސައިފް އަލީ ހާނާ ހިއްސާކޮށްފަ އެވެ. އަދި ވަރަށް އަވަށް އާ ފިލްމެއްގެ މަސައްކަތް ފަށާނެ ކަމަށް ބުންޏެވެ.
ސަލްމާން ހާންގެ ކުރިއަށް އޮތް ފިލްމު "ބާރަތު" ގެ ޝޫޓިން މި ވަގުތަށް މެދުކަނޑާލާފައިވާ ކަމަށް ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ބުނެފި އެވެ.
އޭނާ ކުރި ޓްވީޓެއްގައި ބުނީ ސަލްމާންގެ އުފަން ދުވަސް ފާހަގަ ކުރާ މަހުގެ ތެރޭގައި ޝޫޓިން ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށެވެ. އެހެންވެ މުޅި ޓީމް "ބާރަތު" ގެ މަސައްކަތުން ދުރުވެލާފައިވާ ކަމަށް ބުންޏެވެ. އަލީ ބުނީ ފިލްމުގެ ޝޫޓިން އަލުން ފަށާނީ އާ އަހަރު ކަމަށެވެ.
ސަލްމާނަށް 53 އަހަރު ފުރޭނީ މި މަހުގެ 27 ވަނަ ދުވަހު އެވެ.
Finished with Delhi & Punjab schedules of @Bharat_TheFilm , last schedule will start in new year ...bhai ke birthday wale month mein kaun kaam karta hai ...😉 par hum edit mein lage hue hain ....
— ali abbas zafar (@aliabbaszafar) December 15, 2018
އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ "ބާރަތު" ގެ ޝޫޓިން މި މަހުގެ ނިޔަލަށް މެދުކަނޑާލި އިރު މޯލްޓާ އާއި އަބޫދާބީ އަދި އިންޑިއާގެ ޕަންޖާބާއި ނިއު ދިއްލީގައި ވަނީ ފިލްމުގެ މަންޒަރުތައް ނަގައިފަ އެވެ.
މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ކެޓްރީނާ ކެއިފް، ޖެކީ ޝްރޮފް، ތައްބޫ، ސުނިލް ގްރޯވާ، ޑިޝާ ޕަޓްނީ އަދި ނޯރާ ފަތެހީ ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy