ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
23 ޑިސެމްބަރ 2018 - 09:31
ކާޑިފް، ވޭލްސް (ޑިސެމްބަރު 23) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ޗެލްސީ ބަލިވިއިރު، އާ ކޯޗު އޮލެ ގުނަ ސޯލްޝެއާގެ ކޯޗުކަމުގައި ކުޅުނު ފުރަތަމަ މެޗުން މެންޗެސްޓާ ޔުނައިޓެޑުން ބޮޑު މޮޅެއް ހޯދައިފި އެވެ.
ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ސިޓީ ވަނީ ކްރިސްޓަލް ޕެލަސް އަތުން 3-2 އިން ބަލިވެފަ އެވެ. ލެސްޓާ ސިޓީ އަތުން 1-0 އިން ޗެލްސީ ބަލިވިއިރު، ޔުނައިޓެޑް ވަނީ ރަށުންބޭރުގައި 5-1 އިން ކާޑިސް ސިޓީ އަތުން މޮޅުވެފަ އެވެ.
ރޭގެ މެޗަށް ސިޓީ ނުކުތްއިރު ހުކުރު ދުވަހުގެރޭ ލިވަޕޫލުން ވަނީ ވުލްވްސް ބަލިކޮށް ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ރޭގެ މެޗުން ބަލިވުމުން ސިޓީ އަށް އެ ލީޑުކުޑަކުރަން ލިބުނު ފުރުސަތު ވަނީ ގެއްލިފަ އެވެ. ލިވަޕޫލް އެއް ވަނައިގައި އޮތީ 18 މެޗުން 48 ޕޮއިންޓް ހޯދައިގެންނެވެ. ސިޓީ ދެ ވަނައިގައި އޮތީ 18 މެޗުން 44 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ޓޮޓެންހަމް މިރޭ ކުޅޭނީ އެވަޓަންއާ އެވެ. ޓޮޓެންހަމް މޮޅުވެއްޖެނަމަ ސިޓީއާ ދެ ޕޮއިންޓަށް ގާތްކުރާނެ އެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން 27 ވަނަ މިނިޓްގައި އިލްކާއި ގުންޑޮގާން ޖެހި ގޯލުން ސިޓީން ލީޑުނެގި އެވެ. މެޗުގެ 33 ވަނަ މިނިޓްގައި ކްރިސްޓަލް ޕެލަސް އަށް ނަތީޖާ ހަމަހަމަކޮށްދިނީ ޖެފްރޭ ޝްލުޕް އެވެ، އޭގެ ދެ މިނިޓް ފަހުން އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން އަންޑްރެސް ޓައުންސެންޑް ޖެހި ގޯލުން ޕެލަސް ވަނީ ސިޓީ ސިއްސުވާލުމަށް ފަހު ލީޑުނަގައިފަ އެވެ.
ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ހަ ވަނަ މިނިޓްގައި ޕެލަސްގެ ތިން ވަނަ ލަނޑު ޖެހީ ޕެނަލްޓީ އަކުން ލޫކަ މިލިވޯޔެވިޗް އެވެ. މި ޕެނަލްޓީ އަކީ އޭރިއާ ތެރެއިން ސިޓީގެ ކައިލް ވޯކާ ޕެލަސްގެ މެކްސް މާޔާ އަށް ފައުލުކުރުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ.
ސިޓީން ނަތީޖާ ހަމަހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެ ޓީމަށް އިތުރަށް ޖެހުނީ އެންމެ ލަނޑެކެވެ. މި ލަނޑު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކެވިން ޑިބްރޭނާ އެވެ.
މިއީ މި އަހަރު އޭޕްރީލް މަހަށް ފަހު ލީގުގައި ސިޓީ އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ މެޗެވެ. އަދި ގަދަ ހަ ޓީމު ނޫން ޓީމެއް އަތުން 2016 ވަނަ އަހަރަށް ފަހު ސިޓީ ބަލިވި ފުރަތަމަ ފަހަރެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މިއީ ޕެލަސް އިން ވަރަށް ރަނގަޅަށް ކުޅެގެން ސިޓީގެ މައްޗަށް ހޯދި މޮޅެއް ކަމަށާއި ސިޓީ އަށް މެޗު ގެއްލުނީ ސަމާލުކަން ދޭން ޖެހޭ ވަރަށް ނުދީ ކުޅުމުން ކަމަށެވެ.
ޗެލްސީ ދަނޑުގައި ރޭ ކުޅުނު މެޗުގައި ލެސްޓާ މޮޅުކޮށްދިން ލަނޑު ޖެހީ އިނގިރޭސި ފޯވާޑް ޖޭމީ ވާޑީ އެވެ. ޗެލްސީ އަށް މޮޅުނުވެވުމުގެ ފައިދާ ލިބުނީ އާސެނަލް އަށެވެ. އާސެނަލް ވަނީ އިއްޔެ އަމިއްލަ ދަނޑުގައި 3-1 އިން ބާންލީ ބަލިކޮށް ހަތަރު ވަނައިގައި އޮތް ޗެލްސީއާ ޕޮއިންޓުގެ ގޮތުން ހަމަކޮށްފަ އެވެ. ދެ ޓީމަށް ވެސް 18 މެޗުން ވަނީ 37 ޕޮއިންޓް ލިބިފަ އެވެ. ޗެލްސީ އަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ.
ސޯލްޝެއާގެ ކޯޗުކަމުގައި ކުޅުނު ފުރަތަމަ މެޗުގައި އޭނާ ކުރިން އިރުޝާދުދިން ކާޑިފާ ދެކޮޅަށް ޔުނައިޓެޑުން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޔުނައިޓެޑްގެ ޖެސޭ ލިންގާޑް ދެ ގޯލު ޖެހިއިރު މާކަސް ރެޝްފޯޑާއި އެންތަނީ މާޝިއަލް އަދި އެންޑަ ހެރޭރާ ގޯލް ޖެހި އެވެ. ކާޑިފަށް ލިބުނު ޕެނަލްޓީ އަކުން އެ ޓީމުގެ ހަމައެކަނި ލަނޑު ޖެހީ ވިކްޓަ ކަމަރާސާ އެވެ.
މި މޮޅާ އެކު ޔުނައިޓެޑް ލީގުގެ ހަ ވަނައިގައި އޮތީ 18 މެޗުން 29 ޕޮއިންޓާ އެކު އެވެ. ރޭގެ މެޗަށް ފަހު ސޯލްޝެއާ ބުނީ ފެންވަރު ރަނގަޅު ކުޅުންތެރިންނާ އެކު ފުޓްބޯޅައިގައި ރަނގަޅަށް މަސައްކަތްކޮށްފިނަމަ ނަތީޖާ ނެރެން ފަސޭހަވެގެންދާނެ ކަމަށާއި މި މެޗުގައި ވެސް ފެނިގެންދިޔައީ އެކަން ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަސް ޕާރކް
23 December 2018
ރޭގަ އެފެނުނީ ހަގީގީ ޔުނައިޓެޑް. ފާރސްޓް އެޓޭކިންގް އަދި ބަލާލަން ރީތި ފުޓްބޯޅައެއް ފެނިގެންދިޔަ. ރޭގަ މާސިޔާލް ޖެހި ގޯލަކީ ހިތްގައިމު މެންޔޫ ސްޓައިލްގެ ރީތި ފުޓްބޯޅައެއް ކުޅިގެން ޖެހި ގޯލެެއް. މޮރީނިޔޯހުރިއިރު މިއިން ހަޔާތަކުވެސް އެކަހަލަ ގޯލެއް ނުފެނޭ. ޖެނުއަރީ ޓްރާންސްފާރގައި މެންޔޫ ރީއިންފީސް ކޮށްގެން ވަރުގަދަކޮށް މިސީޒަން ނިންމާލާނެކަމަށް އުންމީދުކުރަން. ހަމަގައިމުވެސް ދެން މެން ޔޫއަކީ ފިއާރފުލް އޮޕޯރނަންޓަކަށް ވާނެކަން ޔަޤީން.ވަރަށް ވެދުން
މަހަށް ދޭބަލަ.
23 December 2018
މަމެންގެ ލިވަޕޫލް މިފަހަރު އިންވިންސިބަލް.އެހެން ޓީމްތައް ދޭބަލަ މަހަށް.
ރޯކް
23 December 2018
އަދި ސީޒަން ނިމެންދެން އިންވިންސިބަލް އޭ ބުނަން މަޑުކޮށްލާ. ލިވަރޕޫލް ތަށިލިބުނު ހަނދާނެއް މިހާރަކު ނެތް އެހެންވެ މަހާރު އޮތް މަގާމަކީ ލިވަރޕޫލް ފޭނުންނަށް އުފާވެރިކަމެއް ލިބޭނެ ކަމެއް. ނަމަވެސް ދެން ތިބި މީހުންގެ ގަދަރުކުޑަކުރުމަކީ އެއީ ކުޅިވަރުގެ ރޫހާވެސް ޚިލާފުކަމެއް. އަދި ވަރަށް ނާތަހުޒީބުކަމެއް.
ޔޫ ވިލް ނެވާރބީ އިންވިންސިބަލް
23 December 2018
ތިޔަ ހެނެއް ނުވާނެ .. އާއްމުކޮށް މަސްބާނާ ޓީމެއް ލިވާޕޫލް އެއީ .. ނިކަން ޖެރާރޑް ކައިރީ އަހާލަބަލަ .. ކީއްވެގެންހޭ ކައްސާލީ ... މަހައް ގޮސްގެންހޭ ؟؟؟
ރޮކްގެ ބަފާ
23 December 2018
ލިވަޕޫލް އެއީ ބީޕީއެލްގެ އެންމެ ކާމިޔާބް ޓީމްކަން ރޮކްއަށް އިނގޭތަ؟
ނޯ ބީޕީއެލް އެވަރ
23 December 2018
ރޮކްގެ ބަފާ އަށް ވެދުން ސަލާމަށްފަހު ދަންނަވަން، ލިވަޕޫލް އެއީ ބީޕީއެލްގެ އެންމެ ކާމިޔާބް ޓީމެއް ނޫން، ބާކްލޭސް ޕްރެމިއާ ލީގް (ބީޕީއެލް)ގެ ނަމަށް ބަދަލުކުރިފަހުން ލިވަޕޫލަށް އަދި ބީޕީއެލް ކާމިޔާބެއް ނުކުރެވޭ. ބީޕީއެލްގެ އެންމެ ކާމިޔާބު ޓީމަކީ 13ބީޕީއެލް ޓްރޮފީ އާ އިނގެރޭސި ލީގް 7ޓްރޮފީ އާއެކު ޖުމްލަ 20 ފަހަރު ލީގު ކާމިޔާބުކޮށްފައިވާ މެންޗެސްޓަރ ޔުނައިޓެޑް، ލިވަޕޫލް އަށް މިހާތަނަށް ކާމިޔާބުކުރެވިފައިވަނީ 18 ލީގު ޓައިޓަލް (ނޯ ބީޕީއެލް އެވަރ)
ރަދީފް
23 December 2018
މަމެންގެ އާސެނަލް އަތުގަ ދޯ އަދި މިވަގުތު އެ ރެކޯޑް އޮތީ.ނަމަވެސް މިފަހަރު ހީވޭ ލިވަޕޫލް ވެސް އެޝަރަފް ހާސިލްކުރާނެހެން.ގުޑް ލަކް.
ރަދީފް
23 December 2018
މަރުހަބާ ޔުނައިޓެޑް.ރެލިގޭޝަންގެ އަނގަމަތީގަ އޮތް ޓީމް ކާޑިފް ސިޓީގެ މައްޗަށް ޔުނައިޓެޑް 5 ލަނޑު 1 ލަނޑުން މޮޅުވުން އެއީ ނުހަނު ބޮޑު އުފާވެރިކަމެއް ލިބޭކަމެއް.މަރުހަބާ އޮލެ ގުނަ ސޯލްޝެއާ.
manu manu
23 December 2018
ތި ކޮމެންޓުން މެސީ ކަށިމަތި ބިންދައިގެން ހިނގައްޖެ
ހަމްބޭޭ
23 December 2018
މިދިޔަ ހަފްތާގައި ރެލިގޭޝަން ޒޯންގަ އޮތް ސައުތުހެމްޓަން އަތުން އާސެނަލް ބަލިވެ މިހަފްތާގަ ރެލިގޭޝަން ޒޯނުގަ އޮތް ބާންލީ އަތުން 3ލަނޑު 1ލަނޑުން މޮޅުވުން އެއީ ވަރަށް ބޮޑަށް ރަދީފު އުފާ ފާޅުކޮށް އެހެން ޓީމުތަކަށް މަލާމާތް ކުރަންޖެހޭވަރު ކަމެއް. މަރުހަބާ ރޯނުއެދުރު ރަދީފް. އެހެން ޓީމުތަކަށް ފަށުއި އިބާރާތުން މަލާމަތް ކުރާއިރު ތިމާ ސަޕޯޓް ކުރާ ޓީމުގެ ހާލު ވަކި ރަނގަޅު ނޫންކަންވެސް ދަންނަންޖެހޭ. ގާޑިއާބެގެ ސިޓީ ބަލިވީ ލީގު 16ވަނާގަ އޮތް ޓީމެއް އަތުން
އައްމަޓި
23 December 2018
ކޮށްމެ މެޗެއްގަ ގޯލެއް ނޫނީ ދެގޯލް މެސީ ޖެހުމަކީ މެސީގެ ހަސަދަވެރިންގެ ކަށިމަތި ބިންދައިގެން ދާވަރުގެ ކަމެއް ދޯ ރަދީފޫ
ރަދީފް
23 December 2018
ހަމްބޭ.ސައުތުހެމްޓަން އަދި ސޭފް ދޯ.ކަލޭ 02 ޓީމްގެ ފެންވަރު އަދި ކާމިޔާބީތައް ބަލާބަލަ.ލަދު ކޮބާ؟؟