ރައީސް އޮފީސް: ރައީސްގެ އިސް ނެންގެވުމުގައި އަދަބު ލުއިކޮށް ދިނުމާ ބެހޭ ގަވާއިދު ވަނީ އުވާލާފައި-- ފޮޓޯ/މިހާރު
23 ޑިސެމްބަރ 2018 - 12:58
މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ ދަށުން ރައީސްގެ އިސް ނެންގެވުމަށް އަދަބު ލުއިކުރުމުގައި އަމަލު ކުރަމުން އައި ގަވާއިދު އުވާލައިފި އެވެ.
މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ 29 ވަނަ މާއްްދާގެ ދަށުން ވަކި ހާލަތެއްގައި ކުށްވެރިންގެ އަދަބު ރައީސްގެ އިސް ނެންގެވުމަށް އަދަބު ލުއިކޮށް ދިނުމުގެ ބާރު ރައީސަށް އޮވެ އެވެ. އެކަމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދު އެކުލަވާލީ 2016 ވަނަ އަހަރު ރައީސް އޮފީހުންނެވެ.
ރައީސް އޮފީހުން ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައި ވަނީ މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުން ހާސިލް ކުރަން ބޭނުންވާ މަގްސަދު އެ ގަވާއިދުން ހާސިލް ނުވާތީ އެ ދުވަހުން ފެށިގެން އެ ގަވާއިދު އުވާލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވީ ކަމަށެވެ.
މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ ދަށުން ރައީސްގެ އިސް ނެންގެވުމުގައި އަދަބު ލުއިކޮށް ދިނުމުގެ އިތުރުން ކުށްވެރިޔާ އެދިގެން ވެސް ރައީސަށް އަދަބު ލުއިކޮށް ދެވޭނެ އެވެ. ކުށްވެރިޔާ އެދިގެން އަދަބު ލުއިކޮށް ދެވޭނީ ހުކުމުގެ މުއްދަތުގެ ވަކި ބައެއް ތަންފީޒުކޮށް ނިމުމުން ކްލެމެންސީ ބޯޑަށް ހުށަހަޅައިގެންނެވެ. ކުށްވެރިޔާ އެދިގެން އަދަބު ލުއިކޮށް ދިނުމުގައި އަމަލު ކުރަނީ ކްލެމެންސީ ބޯޑުން ހަދާފައިވާ ގަވާއިދަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާންމު އާދުމީ
24 December 2018
ކުޑަކުދިންނާ ބެހޭ މީހުން ދޫކޮށްލާފަ ރިހާކުރު ފުޅި ވަގަށްނެގި މީހާ ދޫކޮށްލަންވީމާ ގަވާއިދު އުވާލީމަ ވަރަށް އިންސާފު ލިބިއްޖެދޯ ރައްޔިތުންނަށް؟
ޑޭންބާ
24 December 2018
ނޫނޭ، ތިޔަ ގަވައިދުން ރައީސް ސޯލިހުއަށް ވެސް ހާސިލްކުރަން ބޭނުން ކަންކަން ކުރެވިއްޖެ. ހޯރަ އިއްބެ ހުރީ މިހާރު ގޭގަ.
ވިލްސް
24 December 2018
އިންސާނުން ކުށް ކުރާނެ. ނަރަކަ އާއި ސުވަރުގެ ހެއްދެވީ އެހެންވީމަ. މައާފް ކުރުމަކީ ރިވެތި ސިފައެއް. ﷲ ސުބުހާނަހޫ ވަތައާލާ ވެސް މައާފް ކޮށްދެއްވާ. އަހަރެމެން ކީއްވެ ނުކުރަންވީ؟ އަދި ބުނަން؟ މުސްލިމުންގެ އަބުރަކީވެސް ރައްކާތެރި ކުރައްވާފައި ވާ އެއްޗެއް. އެކަމަކު ވަރަށްފަހުން އެ ގާނޫނުވެސް އުވާލެވިއްޖެ. އެބަޔަކު ހިތުހުރި ގޮތަކަށް އެބަޔަކު ހަދަމުންދަނީ. ކީއްކުރާނީ؟
ޙިމާރުލް ވަތަން
24 December 2018
ރަނގަޅު ނިންމެވުމެއް. ދެރައީ ވަކި މީހަކު އެކަނި މަައާފު ދީ މިނިވަން ކުރެއްވެވިކަން. ޢަދި އެއީ ކޮންމެހެން މަޖުބޫރުން ކުރެއްވެވި ކަމެއްކަމަށް ފެންނަނީ. ޢެއްފަހަރާ ދެ ރައީސުން ތިބެ ރައީސަށްވުރެ ރައީސް ބާރުގަދަކަން ސަޕޯޓަރުންނަށް ދަައްކަންވީމާ ވާނީވެސް އެހެން.
ފަޅުވެރިޔާ
23 December 2018
ތިޔަ ގަވާއިދެއް ހެދީ ރ.ޔާމީނުގެ ވެރިކަމުގައި ޖަލުން ނެރެން ބޭނުންވާ މީހުން ނެރުމަށް. ވޯޓު ހޯދުމަށް ގިނަ މީހުން ނެރުމަށް މި ގަވާއިދަށް 4 އިޞްލާޙުގެނެސް ފަހުވަގުތު ގެޒެޓްކޮށްފައިވޭ. އެންމެ ފަހުވަގުތު ޣައިރު ޙާޟިރުގައި ޙުކުމް ކޮށްފައި ތިބި މީހުނަށްވެސް މަޢާފުދިިން. ހެކިވެރިޔާ
ދޮންނޭ
23 December 2018
އެ ގަވައިދަކުން ކުޑަކުދިންނާ ބެހޭ މީހުން ދޫކޮށްލެވޭނެ ގޮތެއް ހަމަޖެހިފައެއް ނެތް. އެކަމަކު އެކަންވެސް ކުރަނީތާ. ޗާޓުން ބޭރުން ކަންކަން ކުރާ ބަޔަކަށް ގަވައިދެއް ގާނޫނެއް ބޭނުމެއް ނުވާނެ. ހުރިހާ ގަވާއިދަކާ ގާނޫނެއް އުވާލިޔަސް ނޫނީ ގަވާއިދު ތަކާއި ގާނޫނުތައް މަތިމައްޗަށް ހެދިޔަސް އެއަކަށް ބަލާނެ ބަޔަކު މިހާރު ވެރިކަމުގެ ތެރެއަކު ނެތް.
ޕިލް
23 December 2018
ދޫކޮށްލަން ބޭނުންވި މީހާ މިހާރު ފްރީއެއްނު.
އޭނަ
23 December 2018
ޖަލުން ނެރެން ބޭނުންވި އެންމެން ނެރެވިއްޖެ. ދެން ގާނޫނު އުވާލީމަ އިންސާފެއްތޯ އެއީ. ދެންތިބި މީހުންގެ ހައްގު ކޮބާތަ،،،،،
މަންމަ
23 December 2018
ހާދަ ހެއްވައޭދޯ ރައްޔިތުންނަށް ރަނގަޅުގޮތް ހަދައިދޭނެކަމަށް ހީކޮއް ހޮވި ރައީސް މިވީގޯސް
ރަނިކަމަނަ
23 December 2018
ބަލަ ބޭނުންވާ މީހުނަށް ލުއި ދީފަ ނިންމާލީތަ؟ އެތާ އެބަތިއްބޭ އާދައިގެ ކުށް ތަކުގަ އެހެން މީހުންގެ ފިރިންވެސް ،ކުދިންގެ ބައްޕަ ވެސް،،،،،ކީއްވެ އެމީހުނަށް ލުއި ނުލިބޭންވީ،،، ގައިމު ޖަލުތަކުގަ ތިބި މީހުން އިބޫ އަށް ވޯޓް ދިނީ ވަރަށް އުއްމީދާއި އެކު....މި އުއްމީދު ތަށް ފުޑުފުޑު ވީ ނުން...
ޓަކިބެ
23 December 2018
ވަރަށް ޒާތީ .... ހަމަ ހޯރައިއްބެ ނޫނަސް ނިކަމެތިރައްޔިތުން އެތުބީ ތޭރިތަކުބިއްދޮށު ރޯލަރޯލަ