ޔުނިވާސަލް އިން އަލަށް ހުޅުވާ ބ. މިލައިދޫގެ ހިތްގައިމު ވޯޓާ ވިލާއެއް: މި ރިސޯޓު އަންނަ ނޮވެމްބަރުގައި ހުޅުވާނެ. ފޮޓޯ: މިލައިދޫ ޑޮޓްކޮމް
19 އޯގަސްޓް 2016 - 17:18
ބ. އަތޮޅުގައި ޔުނިވާސަލް އެންޓަޕްރައިސަސް އިން އަލަށް ހުޅުވާ މިލައިދޫ އައިލެންޑް ރިސޯޓުގެ އެކި ވަޒީފާތަކަށް 200 އެއްހާ މީހުން ހޯދަން އެ ކުންފުނިން ނިންމައިފި އެވެ.
ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ އަދި އެންމެ ބޮޑު ޓޫރިޒަމް ކުންފުނި ކަމަށްވާ ޔުނިވާސަލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އަންނަ ނޮވެމްބަރު މަހު ހުޅުވަން ނިންމާފައިވާ ފަސް ތަރީގެ ރިސޯޓުގެ ޕްރީ އޮޕެނިން ޓީމުގެ ގޮތުގައި އެކި ވަޒީފާތަކަށް 200 އެއްހާ މީހުން ނަގަން ނިންމާފައިވާ ކަމަށެވެ. އަދި އެކަމަށް ހާއްސަކޮށްގެން މާދަމާ ހެނދުނު 10:00 އިން ފެށިގެން ރޭގަނޑު 8:00 އާ ހަމަޔަށް ސޯލްޓް ރެސްޓޯރަންޓް ހުންނަ ޝައިން ޓްރީ ބިލްޑިންގައި އޯޕަން ޑޭއެއް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މާދަމާ މިތަނުގައި އިންޓަވިއުކުރުމަށްފަހު ޝޯޓްލިސްޓްކުރިކަން އަންގާނަން. އަދި އޭގެ ފަހުން ވަޒީފާއަށް ހޮވުނުކަން އަންގާނީ. އިންޓަވިއުއަށް އަންނައިރު ސީވީ އާއި ފޮޓޯ އަދި ޕޮލިސް ރިޕޯޓް، އައިޑީ ކޮޕީ އަދި ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ ގެންނަންވާނެ،" އޭނާ ވިދާޅުވި އެވެ.
މިލައިދޫގައި ހަދާފައިވާ ބީޗް ވިލާއެއް: މިއީ ޔުނިވާސަލް ގްރޫޕުން 1992ގެ ފަހުން ހުޅުވާ ފުރަތަމަ ރިސޯޓް. ފޮޓޯ: މިލައިދޫ ޑޮޓްކޮމް
ޔުނިވާސަލްގެ އޮފިޝަލް ވިދާޅުވީ ރަށް ހުޅުވުމަށް ހޯދަން ނިންމާފައި ވަނީ ސެކްޝަންތަކުގެ ވެރިންގެ މަގާމަށާއި ސުޕަވައިޒަރުންގެ މަގާމަށާއި ޖުމުލަކޮށް ހުރިހާ ޑިޕާޓްމަންޓްތަކަށް ކަމަށެވެ.
މިލައިދޫ ރިސޯޓް ބީޗް ވިލާއެއް: ފަސް ތަރީގެ ފެންވަރަށް ހަދާފައިވާ މި ރިސޯޓުގައި 50 ވިލާ ހުރޭ. ފޮޓޯ: މިލައިދޫ ޑޮޓްކޮމް
"މިތަނުގެ ކޮންމެ މުވައްޒަފަކަށް ވެސް މުސާރައިގެ ގޮތުގައި ހިތްހަމަޖެހޭނެ ރަނގަޅު ޕެކޭޖެއް ލިބޭނެ. އަޅުގަނޑުމެން ބޭނުންވަނީ މުވައްޒަފުންނަށް ރަނގަޅު މުސާރައަކާއި އިނާޔަތްތަކެއް ދޭން،" އޭނާ ވިދާޅުވި އެވެ.
ސަތޭކަ އެނދުގެ މިލައިދޫއަކީ 1997 ވަނަ އަހަރުގެ ފަހުން ޔުނިވާސަލްއިން ހުޅުވާ ފުރަތަމަ ރިސޯޓެވެ. އަދި ކުންފުނީގެ ހިއްސާ އޮންނަ މަތީ ފެންވަރުގެ ނުވަ ރިސޯޓް ރާއްޖޭގައި ހިންގަ އެވެ. މީގެ ތެރޭގައި ބޭރުގެ މަޝްހޫރު ބްރޭންޑްތަކުން ހިންގާ ރިސޯޓްތަކެއް ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހަންމާ
21 August 2016
ކުންފުންޏަކުންވަޒީފާގެފުރުސަތު ހުޅުވާލީމާ ޝުކުރުވެރިކަމާއެކު ބަލައިގެންފަ އިންޓަވިއުއަށްދޭބަލަ އަހަރުންމެން ދިވެހިންގެކަންނެތްކަމުން މުޅިގައުމު ބޭރުމީހުންނާހެދި މިހާރުކަންބޮދުވާހިސާބައްމިދަނީ އަހަރުމެންލާރިބޭނުންވަނީ މަސައްކަތެއްނުކޮށް އެހެނެްްނުވާނެދޯ
ޔުނިވަރސަލް
20 August 2016
200ހާ މީހުން ނަގާނެ. ޢެކަމަކު ރިސޯޓުން ވަޒީފާލިބޭނީ ގިނައިން ބޭރުމީހުނަށް. ގިނަރިސޯރޓުތަކުގައި މިހާރުވެސް ވަޒީފާގައި ގިނަވާނީ ބޭރު މީހުން. މިކަމަށް ފިޔަވަޅެއް އަޅާކަށް ހިޔާލަށްވެސް ގެންނަން ނުކެރޭނެ.
ހޯންޓެޑް
20 August 2016
ތީ ކުރިން ފަޅަށް އޮތް އިރު ވަރަށް ބިރުވެތި ކަންތަށް ހިނގާ ރަށެއް ކަމަށް ވޭ. ޕްލީޒް ބީ ކެއާފުލް.
ޢަސްތާ
20 August 2016
ޥަރުވަައަށް ފަޅުރަށްތަށް ލިޔެގެން ރިސޯރޓް ތަށް ހިންގާތާ ޒަމާންތަކެއްވެދިޔައިރުވެސް ބުރަކޮށް މަސައްކަތް ކުރާ ދިވެހިންނަށް އެކަށީގގެންވާ މުސާރައެއް ނުދޭ
ށަރި
20 August 2016
ރަގަޅު މަގާމުތަކާއި ބޮޑެތި މުސާރަތައް ދެނީ ހުސް ބޭރު މީހުންނަށް. ތީ ހަމަ ދައްކާލާ ދަޅައަކަށް ވާނީ
ހަސަން ނިޔާ
20 August 2016
ތީނަމަކަށް، އިޝްތިހާރަކަށް ކުރާ ކަމެއް. އިސް މަގާމްތަކަށް ނަގާނީ މުޅިންވެސް ބިދޭސީން. އައުޓްސޯސް ކުރާ ކަމެއްނަމަ ކުރާނީ ބިދޭސީ ކުންފުނިތަކަށް.
މެންޓަލިސްޓް
19 August 2016
ދިވެހި މެނޭޖްމަންޓްއާޢި ބޭރުމެނޭޖްމެންޓްއާޢި ވަރަށް ބޮޑެތި ތަފާތުހުރޭ ސާރވިސް ޗާޖް ދިނުމުގައި ، ރާއްޖޭގެ އުޅޭ ބޭރުގެ މެނޭޖްމަންޓްތަށް ހުންނަރިސޯޓްތަކުން މުސާރައަށްވުރެ 2 ގުނަބޮޑުކޮށްވެސް ސާރވިސްޗާޖްލިބޭ ،، ނަމަވެސް ދިވެހިމެނޭޖްމަންޓްތަކުން މިކަންކަމުގައި މަކަރާއި ހީލަތްހަދާކަމަށް ވަރަށް ގިނަމުއައްޒަފުން ބުނޭ ، ،،، މިކަމާޢި ބެހޭގޮތުން "މިހާރު" ނޫޙުން އިންވެސްޓިގޭޓިވް އާރޓިކަލްއެއް ގެނެސްދިނުން ވަރަށް އެދެން ،،،
ބުރޭ
19 August 2016
ތިހާ ޒަމާންވި ބޮޑު ދިވެހިކުންފުންޏެއް ގައުމަށް ފައިދާހުރި ރައްޔަތުބްނަށް މަންފާކުރަނިވި މާގިނަކަނެއް ކޮށްދެވިފައިނުވާކަން ފާހަގަކުރެވޭ
މެންޓަލިސްޓް
19 August 2016
ނޫނޭ ރާއްޖޭގެ ވަރަށް ގިނަޑަކްޓަރުންނަށް ކިޔަވައިދީފައި ހުރީ ،، އަދި އައި.ޖީ.އެމް.އެޗް އަށް ވެސް މެޝީނަރީ ހަދިޔާކޮއްފައި ހުރީ ،،،
އލހ
20 August 2016
ބައެއް މީހުން ކުރާކަންކަން ކުރަނީ މާބޮޑަށް އިސްތިހާރުނުވެ. މިގޮތުން ޔުނިވާސަލް އިން މެޑިސިން ދާއިރާއިން ކިޔަވާކުދިންނަށް އެހީވާކަން އެގިފައިވޭ...
އަލީޝާކިރު
19 August 2016
ރަނގަޅު މުސާރަދޭން ކޮންމެ ބަޔަކުވެސް ރިސޯޓު ހުޅުވާއިރު ބުނޭ ނަމަވެސް ތިޔަބުނާ ރަނގަޅު މުސާރަޔަކީ 4000 ރުފިޔާއާ 200 ވަރަކައް ޑޮލަރު މަހަކު އެއީ ދެންކޯޗެއް ރާއްޖޭގެ ވަޒީފާގެ ބާޒާރުގަ އެންމެ ހާލުގަ އަނބިދަރިންނާ ވަކިން ވަޒީފާ އަދާކުރާ ބަޔަކީ ރިސޯޓު މުވައްޒަފުން ރާއްޖެޔައް ވައްދާހާ ބޭރުފައިސާ ރާއްޖެޔައް ވައްދައިދެނީ ރިސޯޓު މުވައްޒަފުންގެ ދިޔަފެލައިގެން ކޮންމެ ސަރުކާރެއް އަޔަސް ރިސޯޓު މުވައްޒަފުންގެ ދިރިއުޅުން މޮނިޓަކޮއް އެއްވެސް ސާވޭއެއް ކޮއްލާފަކާ ނުވޭ މަޖިލީހުގެ ތެރެއިންވެސް ރަނގަޅު ގާނޫނެއް ފާސްކޮއް ރިސޯޓު މުވައްޒަފަކައް މަދުވެގެން 600 ޑޮލަރު ދެވޭވަރުގެ ގާނޫނެއް ފާސްކޮއްދީބަލަ ގައިމު ހުކުރެއް ހޮނިހިރެއް އީދެއް ހައްޖެއް ނުލިބި ބުރަމަސަތްކަތުގަ އާއިލާޔައް ބަނޑުފުރާ މުއްތިކުރާނެ ގޮތެއް ހޯދޭތޯ އުޅޭކިތައް މުވައްޒަފުން ތޯ އެތިބީ
ޢަބްޅޯ
20 August 2016
ޤާނޫނު ހަދާމަޖްލިސް ޔަޤީނުންވެސް ފާސްކޮށްދޭނެ ޤާނޫނަކީ ކޮންމެ ރިޒޯޓު މުވައްޒަފަކީ އެރިޒޯޓެއްގެ ހިއްސާދާރެއް ކަމަށް. ( މަޢުލޫމާތު ހޯދީ ޕީޕީއެމް ސަރުކާރު މެނިފެސްޓޯ)
ލާމް
19 August 2016
ޓޫރިޒަމް ދާއިރާގައި 16 އަހަރު މަސައްކަތް ކުރެވުނުއިރުވެސް ހިތާމަޔަކީ ހުރިހާ ގޮތަކުންސް ދިވެހިންނާއި ބޭރުމީހުން ތަފާތުކުރާ ކަން. އެއް މަގާމެއްގައި ތިބޭ ދިވެހިންނާ ބޭރުމީހުންނަށް މުސާރަ ތަފާތުވުން އެކަމަޑޭޝަން ދިނުމުގައި ވެސް ތަފާތު ހުރުން މިއީ ހައްތަހާވެސް ފުންނަ މަންޒަރު....
ހވޖސހ
19 August 2016
ދިވެހިން މަސައްކަތައް ކެރަވަޅުވާނެ ބޭރުމީހުން ބުނާވަރަކަށް ހަބޭހަށް މަސައްކަތް ކުރާނެ
ތުއްތޮންބެ
19 August 2016
ދިވެހިންނާއި ބޭރުމީހުން ތަފާތުކުރަނީ ގިނަ ރިސޯޓް ތަކާ މާލޭ އޮފީސް ތަކުގަ އިސް ހުރިހާ މަގާމުތަކެއްގަހެން ބިދޭސީން ތިބޭތީ. ދިވެހިން ތިއްބަސް ތިބޭނީ ހަމަ ނަމަކަށް ބާރެއް ނޯންނާނެ. ރާއްޖޭގެ ފަތުރުވެރިކަމުން ރާއްޖެއަށް ލިބެނީ އެންމެ %12 އޭ ބުނެފިނަމަ އެކަން ގަބޫލުކުރަން ގިނަމީހުންނަށް ދަތިވާނެތީ އެހެން ބުނާކަށްނެތިން.