ރިޔާސީ އިންތިޚާބުގައި އޮފިޝަލުން ވޯޓު ގުނަނީ: މަޖިލިސް އިންތިޚާބަށް ފޯކަލް ޕޮއިންޓުން ހޯދަން ވަނީ އިއުލާން ކޮށްފައި --ފޮޓޯ/މިހާރު
25 ޑިސެމްބަރ 2018 - 11:58
އަންނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ފޯކަލް ޕޮއިންޓުން ހޯދަން އިލެކްޝަންސް ކޮމިޝަނުން އިއްޔެ އިއުލާންކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ 199 ފޯކަލް ޕޮއިންޓުން ހޯދަން އިއުލާނުކޮށްފަ އެވެ. އެއީ ރަށު ފޯކަލް ޕޮއިންޓުންގެ ގޮތުގައި 179 މީހަކާއި އަތޮޅު ފޯކަލް ޕޮއިންޓުންގެ ގޮތުގައި 18 މީހެއްގެ އިތުރުން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީއަށް ދެ ފޯކަލް ޕޮއިންޓުންނެވެ. އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.
ފޯކަލް ޕޮއިންޓަކަށް އައްޔަންކުރާނީ އަތޮޅު ކައުންސިލް ނުވަތަ ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލް އިދާރާއެއްގައި އިސްކޮށް މަސައްކަތްކުރާ މީހުންނެވެ. އަދި އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވުމާއި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕެއިންގައި ހަރަކާތްތެރި ނުވުމާއި ކެންޑިޑޭޓެއްގެ އާއިލީ މެމްބަރަކަށް ނުވުމާއި އިންތިޚާބީ އޭޖެންޓަކަށް ނުވުމަކީ ވެސް އެ މަގާމުގެ ޝަރުތެކެވެ.
ފޯކަލް ޕޮއިންޓުންނަކީ އިންތިޚާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަނާއި ކައުންސިލް އިދާރާތަކާ ދެމެދު ހިންގާ މުއާމަލާތްތަކުގައި މެދުވެރިއެއްގެ ރޯލް އަދާކުރާ އަދި ރަށުގައި ނުވަތަ އަތޮޅުގައި އިންތިޚާބާ ބެހޭ މަސައްކަތްތައް ކޮމިޝަންގެ ލަފައާ އެކު ރާވައި ހިންގާ މީހުންނެވެ.
ފޯކަލް ޕޮއިންޓުން ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް މުސާރައިގެ ގޮތުގައި 200ރ. އަދި ކަނޑައެޅިފައިވާ އުސޫލުން ފޯން އެލަވަންސްގެ ގޮތުގައި މަހަކު 150ރ. ދޭނެ އެވެ.
މަޖިލިސް އިންތިޚާބު ބާއްވަން ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހު އެވެ. އެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖެނުއަރީ މަހު ފަހުކޮޅު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަލަރޯޅި
25 December 2018
އަހަރުތަކެއް ކުރިން ފޯކަލްނޕޮއިންޓަށް ދެނީ 250 ދުވާލަކަށް މިހާރު އޭގެ ފަހުން ތަކެތި އެތައް ގުނަ ޔާމީނު ބޮޑުކުރިފަހުން މި ދެނީ 200 މިވެސް ޔާމީނަށް ވީފަހުން ހެދި ގޮތް އެކަމަކު މިފަހަރު އިލެކްޝަންސް ކޮމިޝަނަށް ދޭ ބަޖެޓް ބޮޑު ތަނުން ވީ އިތުރު
ޝާމް
25 December 2018
ރިޔާސީ އިންތިހާބުގައި ތިޔަ ފޯކަލް ޕޮއިންޓުންގެ ގޮތުގައި މަސައްކަތްކުރި މީހުން ޕީޕީއެމްގެ މީހުން ފޮށިދަށަށް ނުގަވާއިދުން ނެގި މައްސަލަނުބަލައި އަނެއްކާ އެމީހުންނަގަން ތިޔަ އިއުލާނުކުރީ. ރައްޔިތުން ނިކުމެ އޮފީސްތައް ބަންދުކުރަންވީތޯ؟ އިންސާފަކީ ކޮބައިތޯ؟ މިއީ ބޮޑު ޖަރީމާއެއް ނޫންތޯ؟