26 ޑިސެމްބަރ 2018 - 08:40
ސްޕިނެޗް ފަތުގެ ފައިދާ އެންމެ ފުރިހަމަ އަށް ހޯދަން ބޭނުންވާ ނަމަ އެންމެ ރަނގަޅީ ސްމޫތީ ހަދައިގެން ބުއިން ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ފުޑް ޖާނަލް ކެމިސްޓްރީގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނި ގޮތުގައި ސްޕިިނެޗްގެ ތާޒާކަން ގެއްލޭ ގޮތަށް، އެ ފަތް ކައްކައިގެން ފަދަ ގޮތްގޮތަށް ބޭނުން ކުރުމުން އޭގައި އެކުލެވޭ މުހިއްމު މާއްދާތައް އުނިވެ އެވެ. އެކަމަކު ތާޒާ ފަތުގެ ތެރެއަށް ކިރު، ޔޯގަޓް ނުވަތަ ކްރީމް އަޅާލައިގެން އޮލަ ސްމޫތީއެއް ތައްޔާރުކޮށްލައިގެން ބޯ ނަމަ ލިބޭ އެތައް ގުނަ އިތުރު ކަމަށް ބުންޏެވެ.
މީގެ ސަބަބުން ސްޕިނެޗްގައި އެކުލެވޭ ފައިދާ ހުރި ނިއުޓްރިއަންޓެއް ކަމަށްވާ ލޫޓިންގެ ފައިދާ އެތައް ގުނަ އިތުކޮށްދޭ ކަމަށް ވެސް ދިރާސާގައި ބުންޏެވެ. ލޫޓިންއަކީ ނާރުތައް ދުޅަވެ ފުއްޕުން ކަހަލަ މައްސަލަތަކުން ދުރުކޮށްދޭ، ލޭދައުރުވުން ފަސޭހަކޮށްދޭން ބާރު އަޅާ މާއްދާއެކެވެ. އަދި ހިތުގެ އެކި މައްސަލަތައް ހުންނަ މީހުންނަށް ލޫޓިންއަކީ މުހިއްމު މާއްދާއެކެވެ.
ލޫޓިންއަކީ "ލޮލުގެ ވިޓަމިން" އެއްގެ ގޮތުގައި ވެސް ސިފަ ކުރާ މާއްދާއެކެވެ. އެއީ އަވިން ލޮލަށް ލިބޭ ގެއްލުންތަކުން ވެސް ރައްކާތެރިކޮށް ދޭތީ އެވެ.
"މީގައި އެންމެ މުހިއްމު ކަމަކީ ވީހާ ވެސް ތާޒާކޮށް ސްޕިނެޗް ބޭނުން ކުރުން،" ދިރާސާގައި ބުންޏެވެ. "އެހެންވެ ފެނު ކައްކައިގެންނާއި ފްރައިކޮށްގެން ކަހަލަ ގޮތްގޮތަށް ބޭނުން ކުރުމުގެ ބަދަލުގައި ސްޕިނެޗްގެ ފައިދާ އެންމެ އެންމެ ބޮޑަށް ލިބޭނީ ތާޒާ ސްމޫތީއެއް ހަދާލައިގެން."
ދިރާސާ ހެދި ޓީމްގައި ބައިވެރިވި ރޮޒާނާ ޗަންގް ވިދާޅުވި ގޮތުގައި ސްޕިނެޗް އެއްވެސް ގޮތަކަށް ކެއްކުމަކީ އޭގެ ފައިދާތައް އުނިކޮށްލާނެ ކަމެކެވެ.
"ގިނަ އިރުތަކެއް ވަންދެން ސްޕިނެޗް ކެއްކުން މިސާލަކަށް މައިކްރޮވޭވް ކުރުމުން އޭގައި އެކުލެވޭ ފައިދާ ހުރި އެތައް މާއްދާއެއް ނެތިކޮށްލާ،" އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކްރޯޑް
26 December 2018
ސްޕިނެޗގެ ވަރަށް ގިނަ ވައްތަރުހުރޭ ރާއްޖޭގަ ހެދެނީ އެއިން އެއްވައްތަރު އެއީ އަހަރެމެން މިކިޔާ ބޯވެލިފަތް އަހުން އެކަނީ ނުކައްކާ ރޮލަށް އެއްވެސް ރަހައެއް ނުހުރޭ މިހެން ކޭމަ ނޫންބާ ފައިދާ ބޮޑުވާނީ
ޛިކްލާ
26 December 2018
ސްޕަރނެޗް ކޮޅެއް ކޮންތާކުން ލިބޭނީ. ތީގެ އެއްޗެއް ބޯލަން ކަމަށް. ކުލި ދައްކަމުން ކިހިނެއް ރަނގަޅު އެއްޗެއް ކަނީވެސް.
ރާވެރިބެ
26 December 2018
ތިޔަ ފަތަށް ކިޔާ ދިވެހިނަމެއް ނޯވޭތަ ... އޮތަސް އެނގޭނީ މަދު މީހަކަށް ... ބޯވެލިފަތޭ ކިޔާއަޑުއަހަން...
ސާސް
26 December 2018
ސްޕިނެޗުގެ ދިވެހި ނަމަކީ ބޯވެލިފަތްތަ