އޮއިވާލި ކަނދުފަތި
31 ޑިސެމްބަރ 2018 - 12:49
މުނިފޫހި ފިލުވުމުގެ ގޮތުން މަސްވެރިކަންކުރާ ބައެއް މީހުން އޮއިވާލި ކަނދުފަތިތައް ކައިރީ ވަދު އަޅައިގެން މަސްވެރިކަންކުރުން އިތުރުވެފައި ވާތީ އެގޮތަށް އަމަލުކުރާ މީހުންނާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ފަށައިފި އެވެ.
މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ ދޮށީގެ މަސްވެރިކަމަށް ހާއްސަކޮށް އަޅާފައިވާ ކަނދުފަތިތަކުގެ ކައިރީގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރާކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް މުނިފޫހި ފިލުވުމަށް މަސްވެރިކަންކުރާ ކުދި އުޅަނދުފަހަރު އޮއިވާލި ކަނދުފަތިތަކުގެ ކައިރިން މަސްވެރިކަންކުރުން އިތުރުވަމުންދާކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށް އެމިނިސްޓީން ބުންޏެވެ.
މިނިސްޓްރީން ބުނީ މިފަދަ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ކޯސްޓް ގާޑާއި ފުލުހުންނާ ގުޅިގެން މަސައްކަތް ފަށާފައިވާ ކަމަށެވެ.
ސަރުކާރުން ރާއްޖޭގެ ކަނޑުގެ އެކި ސަރަހައްދުގައި އަޅާފައިވާ 55 އޮއިވާލި ކަނދުފަތީގެ ވިއުގަ އަކީ ދޮށީގެ މަސްވެރިކަންކުރާ އުޅަނދުފަހަރަށް ހާއްސަކޮށްފައިވާ އެއްޗިއްސެވެ. ކަނދުފަތީގެ ވިއުގަ ބަލަހައްޓަނީ ދައުލަތުން ބޮޑެތި ހަރަދުތަކެއް ކޮށްގެން ކަމަށް މިނިސްޓްރީން ބުންޏެވެ.
މަސްވެރިކަމުގެ ގަވާއިދުގައި ބުނާ ގޮތުން އޮއިވާލި ކަނދުފަތިތަކުގެ ތިން މޭލު ކައިރީގައި ދިރޭ އެން ޖަހައި އަޑިއަށް ފައްތައިގެން މަސްވެރިކަން ކުރުމާއި، ވަދު އަޅައިގެން މަސްވެރިކަން ކުރުމާއި ކަނދުފަތީގެ މަސްވެރިކަމަށް ގެއްލުން ލިބޭފަދަ އެއްވެސް އަމަލެއް ހިންގުމަކީ މަނާކަމެކެވެ.
މިނިސްޓްރީން ބުނީ ކަނދުފަތީގެ ސަރަހައްދުގައި ވަދު ދަމައިގެން ނުވަތަ ވަދު އުކައިގެން މަސްވެރިކަން ކުރުމުންނާއި ދިރޭ އެންޖަހައި ފައްތައިގެން މަސްވެރިކަން ކުރުމުން އެސަރަހައްދުގައި މަސް އައިން ތިލަވުމަށް އަދި ހިފެހެއްޓުމަށް ރަނގަޅު ނޫން އަސަރުކުރާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮއިފުޅު
31 December 2018
ސަރުކާރުން ކުރަންވީ ކަމަކީ ފަރުމަހަށް ހާއްސަކޮށްގެން ކާރީގައި ކަނދުފަތި އަޅަންވީއެވެ . ޢަދި ފަރުމަސް ބުރީޑް ކުރާ ތަންތަން އަތޮޅު ތަކުގައި ހަދާ އާންމު ރައްޔިތުންނަށް ފަރުމަށް ފާމު ތައްޔާރު ކޮށްދީ ފަރުމަސް ވެރިކަން ފުޅާކޮށް އެކުސްޕޯޓް ކޮށްގެން އާމްދަނީ ލިބޭނެ މަގު ހުޅުވާ ދޭންވީއެވެ. ޝިރިމްޕް ފަދަ ފާމްވެސް ކުރެވޭނެގޮށް ހަދާދޭންވީއެވެ. ކުރެވޭނެ ކިތަންމެ ކަމެއް އެބަހުއްޓެވެ. ދަނޑުވެރިކަންވެސް ފުޅާކުރަންވީއެވެ.
ހާދާލު
31 December 2018
ހދ ނާވައިދޫ މީހުންގެ އާންމު ކަމެއް އެދިމާލު ކަދުފަތި ކައިރީގަ ވަދު އެޅުމަކީ......މިކަން މިހާރުން މިހާރަށް ވެސް ހުއްޓުވަދީ.
ައަދުރޭ
31 December 2018
ކަނޑުމަސްވެރިކަން ކުރާ ފަރާތްތަކުން ފަރުމަސްވެރިކަންކުރާ ފަރުތަކުން ދިރޭއެން ނެގުން މަނާކުރަންޖެހޭނެ. އޭރުން ހަމަހަމަ ވާނީ. ހިސާބްޖަހާފަ މިބުނީ
އެއްލޯކަނު މިތުރު
31 December 2018
އެކި މީހުންނަށް އެކި ގޮތަށް ޤާނޫނު ތަންފީޒު ކުރީމާ ގައުމު ފާލުން ނެއްޓިގެން މިދަނީއޭ ! ކުޑަ ކެކުރި އާއި ބޮޑު ކެކުރީ ގެ އުސޫލުން ކަންކަން ރަނގަޅު ނުކުރެވެނޭއެވެ.
މަވެސްސް
31 December 2018
ރަނގަޅުކަމެއް. މަވެސްމީ މުނިފޫހި ފިލުވަން މަހަށްގޮސް އުޅޭމީހެއް، އެހެންނަމަވެސް ކަނދުފައްޗަށް މަސްބާނަން ދިއުމާ މަވެސް ދެކޮޅު! ކަނދުފަތި ހެދީކީ އަހަރެމެނަކަށް ނޫން، އެއީ ބަޔަކު ކާންބޯންކުރާ މަސައްކަތް. އަސްލު ހުސްއަތާ އަންނަންޖެހުނަސް މި އެކްސްޕީރިއެންސް އިން އުފާ ހޯދަންކަންނޭގެ އަހަމެން ދަސްކުރަންވީ، އަދި ގެސްޓުންނަށްވެސް ދަސްކޮށްދޭންވީ. މަޖުބޫރެއްނޫން ކަން ގިނައިން ބޭނުން، އަދި ކާމިޔާބު ޓްރިޕަކަށް ވަނީ ހަމައެކަނި ގިނައިންބޭނޭ ޓްރިޕް ނޫންކަން.
އަލީ ނިޒާރު
31 December 2018
ވަރައް ރަނަގަޅު ވިސްނުމެއް. އައްޑޫ ހިތަދޫގެ 21 މޭލުބޭރުގައި އަޅާފައި އެވާ ކަނދުފަތިބުޑުންވަދުއަލައިގެން މަޖަލަކަށް ނޫންމަސްވެރިކަން އެކުރަނީކީ. ދުވާލަކު 2 ނުވަތަ 3 ފަހަރު ހައިސުޕީޑު ޕެޓުރޯލް ލޯންޗުތަކުގައި ގޮސް މަސް ބާނައިގެން އައިސް އެވިޔަފާރީން މުއްސަނދި ވާއިރު 30 މިލިއަން ޚަރަދުކޮށްގެ މަސްވެރިކަމަށް ނިކުންނަ ދޯނިފަހަރު އެއަންނަންޖެހެނީ ހުހަށް. ސިފައިން މިކަމާއި ދޭތެރޭގައި ވިސްނައި މިފަދަ އަމަލު ކުރުމުން ބޮޑެތ ޖޫރިމައިނާކުރުމަސް އެދެން.
އަލިބެއްޔާ
31 December 2018
އެހެން މުސްސަދިވަންޏާ 30 މިލިއަން އިންވެސްޓް ކާގޯ އޮނޑިއަކަށް ބަދަލުކޮށް ހައިސްޕީޑް ލޯންޗްގަ މަސްވެރިކަން ކޮއްގެން މުސްސަދިވާންވީ ނުންތޯ..ކީއްވެ ގޮތްހުސްވެގެން ތިއުޅެނީ.. އަދި ބުނަން ތިޔާބުނާ ކަނދުފަތި ސަރުކާރުން އަޅަނީ އަހަރަމެންގެ ޓެކްސް ފައިސާއިން. މިކަމަށް އިތުރަށް މަސްއޮޑި އޯނަރުން ނުވަތަ މަސްވެރިން އިންވެސްޓްކުރޭތޯ. މަސްއޮޑިތަކުން ކަނދުފަތި ޓެކްސްއެއް ނަގާ އޭރުން ނުދާނަން.
ޅަބޭ
31 December 2018
ހެއްހެއްހެއް. ފުލުހުންނާއި އެމްއެންޑީއެފާ ހަވާލުކުރީއޭ... އޯ ކަމޯން. ގިވް މީ އަ ބްރޭކް. އެމީހުން އެއުޅެނީ އެއްގަމުތެރޭ ހިނގާ ކުދިކުދިކަންތައްވެސް ނުބެލިގެން. ދެން ކޮން ކަނޑެއް ބެލޭނީ....
ބުރޭކް
31 December 2018
އޯ ކަމޯން...ޓޭކް އަ ބުރޭކް މޭން....
1828
31 December 2018
ސީސީޓީވީ ކެމެރާ ހަރުކުރަން ޖެހޭނީ ނުވަތަ ސްޓެޓިކް ޕޮއިންޓެއް ޖަހަން ޖެހޭނީ.
ދެކަފި
31 December 2018
ގަވާއިދާއި ހިލާފަށް މަސްވެރިކަން ކުރަނީ ރިސޯޓް އޯނަރެއްނަމަ އަމަލު ކުރާނީ ކޮންގޮތަކޮށްތޯއެވެ؟ ޖެހިގެން އޮންނަ ރިސޯޓް ޤާނޫނާއި ހިލާފަށް ހިންގާތީ ކޯސްޓްގާޑު ނުފޮނުވެންވީ ކީއްވެތޯ؟ ހަމަ އޮންނަނީ އެބޭފުޅުންވީ ޤާނޫނާއި އެއްގޮތަށް އަމަލު ކޮށްފިއްޔާ ޓެކުސް ކުޑަކުރުންތޯ ؟
އަންވޫ
31 December 2018
ވަރަށް ރަގަޅުކަމެއް.