ކުރީގެ ނައިބު ރައީސް އަދީބު: --މިހާރު ފޮޓޯ/ނިޝާން އަލީ
03 ޖެނުއަރީ 2019 - 10:27
ސިއްހީ ސަބަބުތަކަށްޓަކައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލުގައި ނުބަހައްޓާ ގޭބަންދަށް ބަދަލުކުރުމަށް ފަހު އަނބުރާ ގެންދިޔައީ ގޭގައި ބަހައްޓަން ޑޮކްޓަރު އިތުރަށް ލަފާ ދެއްވާފައިވާ ނުވާތީ ކަމަށާއި ޖަލަށް ގެންދިޔަ ނަމަވެސް ފަރުވާގެ ކަންކަން ބަލަހައްޓާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ޓެރަރިޒަމާއި ހިޔާނާތުގެ ކުށްތައް ސާބިތުވެ، ކްރިމިނަލް ކޯޓުން 33 އަހަރުގެ ހުކުމެއް އިއްވާފައިވާ އަދީބު ދެ މަހަށް "ހޯމްލީ އެންވަޔަރްމަންޓް" އެއްގައި ބަހައްޓަން ޑޮކްޓަރު ލަފާދެއްވީ އޮކްޓޯބަރު 24، 2018 ގަ އެވެ. ނަމަވެސް މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ފަހުން އެގޮތަށް ޑޮކްޓަރު ލަފާ ނުދެއްވާ ކަމަށް އިމްރާން ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ.
އެހެންވެ ދީފައިވާ މުއްދަތަށް ވުރެ ނުވަ ދުވަސް ފަހުން ރޭ އަދީބު ވަނީ މާފުށީ ޖަލަށް ބަދަލުކޮށްފަ އެވެ. އޭނާ ބަހައްޓާފައި ހުންނަނީ، އެކަށީގެންވާ ތަނެއްގައި ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ.
ހޯމް މިނިސްޓަރު ވިދާޅުވި ގޮތުގައި މި ސަރުކާރުން އެއްވެސް މީހެއްގެ އިންސާނީ ހައްގު ގާނޫނާ ހިލާފަށް ނުހިފައްޓާނެ އެވެ.
"ހަމަޖެހިފައިވާ އުސޫލުން ދައުލަތުން ފަރުވާގެ ކަންކަން ބަލަހައްޓާނެ،" އިމްރާންގެ ޓްވީޓުގައި ވެ އެވެ.
Ex VP Adeeb 2mahah "homely environment" ehga bahattan Doctor lafaadhevvee 24/10/18 ga. 24/12/18 ge fahun egothah lafaanudhevvaa.
— Imran Abdulla (@ShimranAb) January 3, 2019
Hamajehifaivaa usoolun dhaulathun faruvaagekankan balahattaane. Evves meehehge asaasee insaanee haqqu qaanoonaa khilaafah mi sarukaarun nuhifahattaane.
އިމްރާންގެ ޓްވީޓް
ހާލު ސީރިއަސްވެ އައިޖީއެމްއެޗްގެ އިމަޖެންސީގައި އަދީބަށް ފަރުވާ ދޭން ފެށީ ނޮވެމްބަރު 9، 2018ގަ އެވެ. އެއަށްފަހު އެ މަހުގެ 27 ވަނަ ދުވަހު ވަނީ އޭނާ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.
ޖަލަށް ބަދަލުކުރުމުން އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވީ އަދީބު ގޭ ބަންދަށް ބަދަލުކުރީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުނުކޮށް، މުއްދަތު ހަމަވުމުގެ ކުރިން އަދީބު ގެންދިއުމަކީ ދެފުށް ފެންނަ ސަރުކާރުން ކުރި ވަރަށް ޒާތީ، ލާއިންސާނީ އަދި އަނިޔާވެރި އަމަލެއް ކަމަށް ވިދާޅުވި އެވެ.
Mi photo in Adeeb geybandhah badhalukuran jehunu haalathu saafuvaane. Adeeb geybandhah badhalukurevunee 28 January ge niyalah. Mudhathu hamavumuge kurin, RY hayyaru nukoh Adeeb hayyaru kurumakee dhefuh fenna sarukaarun kuri v zaathee, laa’insaanee adhi aniyaaveri amaleh. pic.twitter.com/rZY5dLRMLs
— Nash (@maryam_nashwa) January 2, 2019
ނަޝްވާގެ ޓްވީޓް
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ހިޔާނާތް ހިންގުމުގައި އިސްކޮށް ހުންނެވި އެއް ވެރިޔާ ކަމަށް ތުހުމަތުކުރެވޭ އަދީބު ގެޔަށް ބަދަލުކުރުމާ އެކު ވަނީ އޭނާ އިސްވެ ހުންނަވައި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުފައްދަވައިފަ އެވެ. އަދި އެ ޕާޓީގެ ރައީސަކަށް އޭނާ ވަނީ އައްޔަންކޮށްފަ އެވެ.
ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އަންގާފައި ވަނީ، ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅަކަށް ވާތީ، ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނޫން އެހެން މަގާމެއް އަދާނުކުރެއްވޭނެ ކަމަށެވެ.
ހޯމް މިނިސްޓްރީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ގޭގައި ބަހައްޓަން ޑޮކްޓަރުން ދީފައިވާ މުއްދަތު ހަމަވުމުން، އަދީބު އަނބުރާ ޖަލަށް ގެންދާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެކްސްޓް
03 January 2019
އަދީބަކީ ގައުމަށް ގައްދާރުވި ބޮޑު މުޖުރިމެއް. ޔާމީނުއާއި އަދީބުވަނީ ރައްޔިތުންގެ ފައިސާ ލޫޓުވައިގެން ނުހައްގުން މުއްސަދިކަން ހޯދާފައި މިމައްސަލަތައް ތަހިގީގުކޮށް ވައްކަމުގެ ފައިސާ ސަރުކާރަށް ނަގަންޖެހޭ. ޢަބިކަބަލުންގެ އެއްވެސް ލަދެއްހުރުނަމަ ދެންވެސް ރައްޔިތުން ކިބައިން މައާފަށް އެދެން ޖެހޭ. އަދީބަކީ މާމޮޅުމޫހެއްނޫން އޭނަކޮއްފަހުރި ކަންކަން ބަލާ ތަހިގީގުކުރަން ޖެހޭ. މަރުގެ މައްސަލަތަކުގެ އަޑީގައިވެސް އަދީބުގެ ބައިވެރިވުން ވާކަމަށް ސައްކުކުރެވޭ.
ހވ ސަން
03 January 2019
އަނިޔާ ވެރިސަރުކާރެއް..
ސާއިދު
03 January 2019
ރައްޔިތުންގެ ފައިސާ ކަމަނާގެ އެހީތެރިކަމާއި އެކު ޕާޓީ ނަހަދައި ދެންވެސް ދަވްލަތަށް ދެއްކޭނެގޮތެއް ހަަމަޖައްސަބަލަ
މަންޑޭލާ
03 January 2019
އަދީބަ ރާއްޖެން ދެވޭނެ އެމްމެ ބޮޑުއަދަބު ދިނުމަ ގޮވާލަން.
ޝޮކްތެރަޕީ
03 January 2019
އަދީބު ހީކުރަނީ ކޮލަމްބިޔާގެ ޕަބްލޯ އޮސްކަމާ އުޅުނުގޮތަ އުޅެވިދާނެކަމަ. އެހެންހީކުރުމަކީ މޮޔަކަމެ.
ކަރީމުއްދީން ބާޝާ
03 January 2019
އަދީބަށް ވަކި ޚާއްސަގޮތެއް ހުރެގެންނުވާނެ. ހުރިހާ ކުއްވެރިންވެސް ހަމަހަމަ.
ޙުޒާމް
03 January 2019
އަދީބު ރައްޔިތުންގެ ލާރިކޮޅު ކަމުންދިޔައިރު އޭނާގެ އަނބިކަބަލުން ހިތަށްނާރާދޯ ކަހަރުވަކެކޭވެސް
ޔާމީނު
03 January 2019
މާލިއްޔަތު ދޮވެ ޚަލާސް ކުރި އިރު 2 ފުށުގެ ވާހަކަ އެއް ނެތް
ޝާއިރާ
03 January 2019
ރައީސް ޔާމީން ވެސް އިމްރާނާއި މައުމޫނާއި ދެން ވެސް ހައްޔަރު ކުރި މީހަކު ހައްޔަރުގައި ބެހެއްޓީ ގާނޫނުގެ ތެރެއިން. އެކަމަކު އެހުރިހާ ހައްޔަރު ކުރުމެއްވީ އަނިޔާއަކަށް، މަގުމަތިންނާއި މަޖްލިސް ތެރެއިންނާއި ކޯޓުތެރެއިން ވެރިކަން ބަދަލުކޮށްލަން ކުރި މަސައްކަތަކީ ބަޢާވާތަކަށްނުވި.
ގުރައިދޫ
03 January 2019
ކަލޭ ތިބުނި މީހުން ހައްޔަރު ކުރީ ކޮންކަމެއް ކޮންގޮތަކަށް ސާބިތުކޮށް ކޮންކަލަ ޝަރީއަތްތަކެއް ކޮށްގެން. ކޮސް ނުގޮވާ ހުރެބަލަ
ޒިލޭބި
03 January 2019
ތިބުނާ އެންމެ އަނިޔާވެރި ރައީސްވެސް މަނިކުފާނު ބެހެއްޓީ ގޭ ބަންދުގާ... އަދީބަށް ކުރާ އަނިޔާ ހުއްޓާލާ