މޯލްޑިވްސް އިންސްޓިޓިއުޓް ފޯ ސައިކޮލޮޖިކަލް ސާވިސް ޓްރެއިނިން އެންޑް ރިސާޗް (މިޕްސްޓާ): ހެލްތު މިނިސްޓްރީގެ ނިންމުމާ އެކު، ނަފުސާނީ ބަލިތަކަށް ފަރުވާދޭ ކްލިނިކްތަކުގެ މަސައްކަތްތައް ވަނީ ހުއްޓިފައި.---މިހާރު ފޮޓޯ
26 މެއި 2016 - 22:46
އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީނުކޮށް އަދި ލައިސަންސް ނެތި މަސައްކަތް ކުރާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ ބިރާ ގުޅިގެން، ނަފްސާނީ ބައްޔަށް ފަރުވާ ދޭ ކްލިނިކްތައް މިރޭ ހުއްޓުމަކަށް އަތުވެއްޖެ އެވެ.
ހެލްތު މިނިސްޓްރީން ވަނީ އެލައިޑް ހެލްތު ކައުންސިލްގައި ބިހޭވިއަރަލް ސައިންސްގެ ސައިކޮލޮޖީގެ ދާއިރާއިން ރަޖިސްޓަރީކޮށްދޭ ދާއިރާތަކާއި ސައިކޮލޮޖިސްޓުންގެ ގޮތުގައި ރަޖިސްޓަރީކޮށްދޭ ޝަރުތުތައް ކަނޑައަޅައިފަ އެވެ. އަދި އެ ގަވާއިދު މިހާރު ވަނީ ގެޒެޓްކޮށްފަ އެވެ.
މިނިސްޓްރީގެ މި ނިންމުމާ ގުޅިގެން މޯލްޑިވްސް އިންސްޓިޓިއުޓް ފޯ ސައިކޮލޮޖިކަލް ސާވިސް ޓްރެއިނިން އެންޑް ރިސާޗް (މިޕްސްޓާ) އާއި އިންސްޓިޓިއުޓް ފޯ ކައުންސެލިން އެންޑް ސައިކޮތެރަޕީ (އައިސީޕީ) އިން ދެމުން ދިޔަ ހިދުމަތް ވަނީ މިރޭ ހުއްޓާލައިފަ އެވެ.
އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީކޮށްދޭ ޝަރުތުތަކުގެ ތެރޭގައި ސައިކޮލޮޖީ އިން ބެޗްލާސް ޑިގްރީއެއް އޮތުމާއި ސައިކޮލޮޖީގެ ރޮނގުން ކިޔެވި ދާއިރާއަކުން މާސްޓާސް ޑިގްރީއެއް އޮތުމާއި 500 ގަޑިއިރުގެ ކްލިނިކަލް ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.
ބިހޭވިއަރަލް އެނަލިސްޓް ސައިކޮލޮޖިސްޓެއްގެ ގޮތުގައި ރަޖިސްޓަރީ ވުމަށް ބޭނުންވާ ޝަރުތުތަކަކީ، އެ ދާއިރާއާ ގުޅުން ހުރި ދާއިރާއަކުން ބެޗްލާސް ޑިގްރީއެއް ހާސިލު ކޮށްފައިވުމާއި ބިހޭވިއަރަލް އެނަލިސިސް އިން މާސްޓާސް ޑިގްރީ އޮތުމާއި 500 ގަޑިއިރުގެ ކްލިނިކަލް ތަޖުރިބާ ލިބުމެވެ.
މިނިސްޓްރީގެ މި ނިންމުމާ ގުޅިގެން މޯލްޑިވްސް އިންސްޓިޓިއުޓް ފޯ ސައިކޮލޮޖިކަލް ސާވިސް ޓްރެއިނިން އެންޑް ރިސާޗް (މިޕްސްޓާ) އާއި އިންސްޓިޓިއުޓް ފޯ ކައުންސެލިން އެންޑް ސައިކޮތެރަޕީ (އައިސީޕީ) އިން ދެމުން ދިޔަ ހިދުމަތް ވަނީ މިރޭ ހުއްޓާލައިފަ އެވެ.
ޕްރޮފެޝަނަލް ކްލިނިކަލް، ޗައިލްޑް، ކައުންސެލިން، އެޕްލައިޑް ސައިކޮލޮޖިސްޓުންގެ ގޮތުގައި ރަޖިސްޓަރީކޮށްދޭ ޝަރުތުތަކަކީ PHD އާއި PsyD ހާސިލުކޮށްފައިވުމާއެކު 1000 ގަޑިއިރުގެ ކްލިނިކަލް ތަޖުރިބާ ލިބުމެވެ.
ހެލްތު މިނިސްޓްރީން ބުނީ ކައުންސިލުގައި ރަޖިސްޓަރީނުކޮށާއި ލައިސަންސް ނެތި ރާއްޖޭގައި މަސައްކަތް ކުރާ ކަމަށާއި ރަޖިސްޓްރީނުކޮށާއި ލައިސަންސް ނެތި މަސައްކަތް ކުރުމަކީ ކުށެއް ކަމަށެވެ. ރަޖިސްޓަރީނުކޮށް އަދި ލައިސަންސް ނެތި މަސައްކަތްކުރުމުގެ ކުށުގެ އަދަބަކީ ގިނަވެގެން ބައިލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރުމެވެ.
ރާއްޖޭގައި ސައިކޮލޮޖީ ދާއިރާއިން ބެޗްލާސް އާއި ޑިގްރީ ހާސިލް ކުރި ދިވެހިންގެ އަދަދު ވަރަށް މަދެވެ. އެގޮތުން މިޕްސްޓާ އާއި އައިސީޕީގައި ތިބީ ޑިގްރީ ހާސިލް ކުރި ފަސް މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޅޭ
28 May 2016
ލާރި މަދުވީ މަ ފެލާލަނީ
ދޮގެއްތަ؟
28 May 2016
ތިގޮތަށް ކުއްލި ކުއްލިއަށް ތިބާވަތުގެ ނިންމުމަކީވެސް މައްސަލައެއް. ހަމަ އެހެންމެ ތިބާވަތުގެ ކްލިނިކްތަކުން ނިކަމެތިން އަތުން ނުއެކަށޭނަ މިންވަރުގެ ފީ ނަގަައިގެން ކަމުގެ އެއްވެސް ތަޢުލީމެއް ނެތް ކުދިބަޔަކު ގޮވައިގެން މަސައްކަތް ކުރުމަކީވެސް ކުރެވިގެން ވާނެ ކަމެއް ނޫން. ތި ފާހަގަކުރި ދެތަނުންކުރެ އެއްތަނުން ކުއްޖަކަށް ފަރުވާ ހޯދަައި ތަޖްރިބާ ކޮށްފަވާ މީހެއްގެ ހައިސިއްޔަތުން ބުނާނީ ނަގާ ފީއާ އެކަށީގެން ނުވެއޭ ޚިދުމަތެއް.
އަކޯ
27 May 2016
ތިކަހަލަ ރައްޔިތުންނަށް ފައިދާހުރި ހުރިހާކަމެއް ސަރުކާރުމް ހުއްޓުވާނެ
ޝަނޫ
27 May 2016
ތިޔައީ ހަމަ ވަރަށް ރަނގަޅު ނިންމުމެއް. އަހަރެމެން ކަހަލަ އާދައިގެ ޓީޗަރުން ވެސް ތިޔަ ތަންތަނުގައި ސައިކޮލޮޖިސްޓުންނޭ ކިޔާ އެބަ އުޅޭ. އެއީ ވަރަށް ބިރުވެރި ކަމެއް.
މެންޓަލިސްޓް
27 May 2016
ނަފްސާނީ ބައްޔޭކިޔާފައި ދެނީ ބާޜުގަދަ ޑްރަގް ދެން ބަލިމީހުން އެއަށް ހޭނޭނީ ،، ދެންވާނީ ގޯސް ، ހަގީގަތުގައި އެންމެގިނަ ބައްޔަކީ އެންޒަޔަޓީ ކިޔާބައްޔެއް ، އެބައްޔަކީ އަމިއްލަޔަށް ސިކުނޑިން ކޮންޓްރޯލްކޮއްގެން ރަގަލުކުރެވޭ ކަމެށް ، ސެލްފް ކޮންފިޑެންސް ގަދަކޮށް ، ކަސްރަތުކޮށް ހަދައިގެން އެންޒަޔަޓީ ރަގަޅުކުރެވޭ ، އަދި ކޮއްފަހުރީވެސް ، ތިޔަކުލިނިކްތަކުން އަސްލު މީހުން ހަލާކުކުރަނީ
ާއިއްބެޗޫ
27 May 2016
ޕީޕީއެމް އަށް ކުދިން ކުދިން ސޮއި ޖަހާލާ. އޭރުން ހުއްދަވެސް ލިބޭނެ.
މިޝީ
26 May 2016
ސައިކޮލޮޖީ ކިޔަވާ ދަރިވަރެއްގެ ހައިސިއްޔަތުން މި ފީލްޑްގެ ކުރިމަގާ މެދު ވިސްނަލާއިރު މިއީ ވަރަށް އުފާވެރި ޚަބަރެއް...... އެކަމަކު ކުއްލިއަކަށް މިފަދަ ކަންކަން ނިންމުން މައްސަލަ އަކީ....
އަހުޔާން
26 May 2016
ދުނިޔޭގެ ތަރައްގީވެފާ ވާ ގައުމުތަކުގަ ގަވާއިދު ހަދާ ތަންފީޒު ކުރަނީ އެކަން ތަންފީޒު ކުރަން ޖެހޭ ބަޔަކަށް އެކަމަށް އަހުލުވެރި ވާން ވަގުތު ދީފަ. މިތާ މި އޮންނަނީ ގަވާއިދު ހަދާ ދުވަހު ނޫން ޖެހިގެން އަންނަ ދުވަހު އަމަލު ކުރަން ޖެހޭ އުސޫލު.