ހެންވޭރު އާޓިފިޝަލް ބީޗް--
06 ޖެނުއަރީ 2019 - 12:42
ޒަމާނީ ފެންވަރަށް އާޓިފިޝަލް ބީޗް ތަރައްގީކުރަން 13 މިލިއަން ރުފިޔާއަށް އެމްޓީސީސީއަށް ދީފައިވާ ޕްރޮޖެކްޓް ކުރިއަށް ނުދަނީ އެ ކުންފުނިން ހުށަހެޅި ޑިޒައިން ކުރީގެ ސަރުކާރަށް ކަމުނުދާތީ އަލުން ޑިޒައިންކުރަން ޖެހި އަދި އާ ސަރުކާރުން އެ ޕްރޮޖެކްޓް ރިވައިޒްކުރާތީ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.
އެ ޕްރޮޖެކްޓް މިދިޔަ އަހަރުގެ މޭ މަހު އެމްޓީސީސީއާ ހަވާލުކުރީ ފަސް މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އާޓިފިޝަލް ބީޗްގައި ހަދާފައިހުރި ސްޓޭޖް ތަޅާލައި އެ ސަރަހައްދުގައި ހިންގަމުން ދިޔަ ދެ ކެފޭތައް ބަންދުކުރި ނަމަވެސް މިހާތަނަށް ޕްރޮޖެކްޓްގެ މަސައްކަތެއް ނުފަށަ އެވެ.
އެ ސަރަހައްދު މިހާރު އޮތީ ހަތަރު ފުރޮޅީ އުޅަނދުތައް ޕާކް ކޮށް ފުރާލައިފަ އެވެ.
އާޓިފިޝަލް ބީޗް ސަރަހައްދުގައި ގިނަ އަދަދެއްގެ ވެހިކަލް ޕާކްކޮށްފައި. އެތަނުގެ ހިތްފަސޭހަކަން ވަނީ ގެއްލިފައި: ފޮޓޯ: ނިޝާން އަލީ/މިހާރު
އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު މުހައްމަދު ހުޝާމް ވިދާޅުވީ ބީޗް ތަރައްގީކުރަން ޑިޒައިންކޮށް ކުރީގެ ހައުސިން މިނިސްޓްރީއަށް ހުށަހެޅުމުން އެ ޑިޒައިން ބަދަލުކުރަން އޭރު އެންގި ކަމަށެވެ. އާ ސަރުކާރާއެކު އެ ޕްރޮޖެކްޓް ޕްލޭނިން މިނިސްޓްރީއަށް ވަނީ ބަދަލުކޮށްފަ އެވެ. އެ މިނިސްޓްރީން އަންނަނީ ކުރީގެ ސަރުކާރުން ހަވާލުކޮށްފައިވާ ޕްރޮޖެކްޓްތައް ރިވައިޒް ކުރަމުންނެވެ.
ހުޝާމް ވިދާޅުވީ އެ ޕްރޮޖެކްޓް ރިވައިޒްކޮށް އެންގުމުން އެ ކުންފުނިން މަސައްކަތް ފަށާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ދީފައިވާ ފަސް މަހުގެ މުއްދަތު ގުނަން ފެށޭނީ ކޮންސެޕްޓް ފައިނަލްވުމުން. އެހެންވީމަ އަދި ޕްރޮޖެކްޓް މުއްދަތު ގުނަން ނުފެށޭނެ. ޕްލޭނިން އިން [ކުރިއަށް ދާން] އެންގުމުން އަޅުގަނޑުމެން ޕްރޮޖެކްޓް ފަށާނަން،" ހުޝާމް ވިދާޅުވި އެވެ.
Artificial beach parking zone akah vefai
The most trusted news source in the Maldives
Mihaaru
ބީޗް ޕާކިން ޒޯނަކަށް ވުން--
މާފަންނުގައި ހަދާފައިވާ ރަސްފަންނު ގޮތަށް ހެންވޭރު ބީޗް ތަރައްގީކުރަން ހަވާލުކުރީ ކުޑަ ޖަހައި ހޮޅުއައްޓާއި އުނދޯލި ވެސް ބަހައްޓާ ގޮތަށެވެ. މޫދަށް އެރޭ ސަރަހައްދު ކޮނެ، އިތުރަށް ބޮޑުކުރާނެ ކަމަށް އޭރު ހައުސިން މިނިސްޓްރީން ބުންޏެވެ. އޭގެ އިތުރުން އައުޓްޑޯ ޖިމަކާއި ކެފޭ އާއި އޯޕަން ޝަވާ ވެސް ބަހައްޓާނެ ކަމަށް ބުނެފައިވެ އެވެ.
އެ ޕްރޮޖެކްޓާ ގުޅޭގޮތުން ޕްލޭނިން މިނިސްޓްރީގެ ބަހެއް ނުލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ސަލީމް
07 January 2019
ސަރުކާރުން ޑިޒައިން ފާސްކުރަނީއޭ ވިދާޅުވުމުގެ ބޭނުމެއް ނެތް. ތިޔަކަން މިހާރު ދެން ނިމޭނީ އަސްލަންޓޭ އަށް ކަމުދިޔައިމަ. އޭނަ ހަމަ ބުނެލަންވީ ކަރުދާސް ފެންނަންނެތަސް އެތަން އެހެން މިތަން މިހެން ކަހާފަ އެފަރާތް އެއަތައް މިފަރާތް މިއަތައް ޖައްސާލާށޭ ދެން އެހެރީ ޑިޒައިން ފައިނަލް ވެފަ. މިގައުމުގަ ކަންހިންގާ މަގަކީ އެއީ. ކަމާއިބެހޭ ތަޖުރިބާތަކަކާއި ހަމަތަކަކަށް ވިސްނާ ޑިޒައިން ކުރުމުގެ ތައުލީމީ ގާބިލުކަންހުރި ފާރމްތަކާއި ހަވާލުކޮށް ޑިޒައިން ކުރީމަ ދޯ
ކަޑަބައި
06 January 2019
"އަޅުގަނޑުމެންނަށް ދީފައިވާ ފަސް މަހުގެ މުއްދަތު ގުނަން ފެށޭނީ ކޮންސެޕްޓް ފައިނަލްވުމުން. އެހެންވީމަ އަދި ޕްރޮޖެކްޓް މުއްދަތު ގުނަން ނުފެށޭނެ. ޕްލޭނިން އިން [ކުރިއަށް ދާން] އެންގުމުން އަޅުގަނޑުމެން ޕްރޮޖެކްޓް ފަށާނަން،" ވާހަކަ ވަރަށް ސަޅި. ކޮންސެޕްޓް ފައިނަލް ނުވަނީސް މުއްދަތު އެގުމަކީ ވަރަށް ސަޅި ކަމެއް.
ެއހމ45
06 January 2019
ރައީސް ޔާމިނު ދެކެ ބަޔަކު އަދި ކިތަންމެ ރުޅިއެއްއަޔަސް އޭނަޔަކީ ވަރަށް ހިންގުންތެރިއެއް.. ޕްލޭނެއް އޮންނަކަން ހާމަވަނީ އޭގެތެރެއިން ބައެއްކަންކަން އެކްސެކުއުޓު ކުރެވުނަސް...
އަލީ އަލީ
06 January 2019
ޖަޒީރާ ވަންތަކޮށް ތަރައްގީކޮށްލާފަ ދެއްތޯ ތިޔަ އެޮތީ!
ދޮންބެދައްތަ
06 January 2019
މަގުތަކާ ގޯޅިތަކެއް ނޫން ހުކުރުދުވަހު ބަންދުކުރަންވީ... މިތަން ހުސްކޮށްދޭންވީ...
ބީޗު
06 January 2019
ޢަހަރެން ބޭނުމީ ބޮޑެތި ހިޔާވާ ގަސްތަޖަހާ ވަރަށް ފެހިކޮ އެތަން އޮންނަން. މިހާރު ހުރި ބެންޗުތަ ބެލީމަވެސް އިގޭނެ ހިޔާނެތިއްޔާ މީހުންނެ ބޭނުމެއް ނުކުރާކަން. ރަސްފަންފު ހުރިހާ ގޮތަކަ ބެލިޔަަސް އެތަނުގަ ޑިޒައިނު ކަމަކުނުދޭ. ގަޑިޔެއް ހުރުން މުހިއްމު. ޑިޒައިނު ނުމުނީމަ އަހަރުންނަ ދައްކައްޗޭ އަހަރުން ފާޑުކިޔަން. ފައިނަލް ކުރާނީ އޭގެ ފަހުން.
ސައިޒް
06 January 2019
ތިއީކުޑަކުދިން ވަރަށް ދާތަނަކަށް ވާތީ ތިކަމާމެދު ކުޑަކުދިންނާ މަޝްވަރާކުރަނީ ކަންކޭނގެ.
ސައިް
06 January 2019
ތިކަމަށް ވައްމޭޒު ޖަލްސާއެއް ބާއްވާ 3 އަހަރުގެ މަހާސިންތާއެއް ބާއްވާ.
އަހުމަދު ސާން
06 January 2019
ތިތަން ތިހުރީ ރަން ގަނޅަ އިތުރަށް ކުރަންވީކަމަކީ އިތުރު ގަސް އިންދާފަ ދުވާ އެއްޗިސަނުވަދެވޭގޮތަށް ހަދަންވީ. ކުރަންޖެހޭމާމުހިންމުކަންތައްތައް އެބަހުރި
ފޫހި
06 January 2019
ހެޔޮޮނުވާނެ ހުރިހާތަނަކު ކެފޭނުހަދާތި. މުޅި މާލޭގައި އޮތީ ކެފޭ އަދިވެސް އެތާގައިވެސް ތިޔަ އުޅެނީ ކެފޭ ހަދަންތަ. ތިޔަ ކާނިވާ ސަރަހައްދުގައިވެސް ހުސް ކެފޭ ހުޅުމާލެ ގޮޑުދޮށުގައިވެސް ހުސްކެފޭ. އެކަމަކު ރާއްޖެއަކީ ވަރަށް ކުޑަ ޤައުމެއް ގޭންނުކުމެގެން 10 ވަރަކަށް މިނިޓުން ދެވޭތަންތަނަށް ގޮސްފަ ވެސް ހަމަ ކާންތަވީ. މާލެއަށް ހުސް ބިން ވަރަށް މުހިންމު ވީމާ ކާނިވާ ސަރަހައްދު އެއްކޮށް ހުސްކޮށްފަ ރޭގަނޑު ޕާކިން ޒޯނަކަށް ހަދާ. އެތާގައިވެސްހުސް ބަންގާޅީކެފޭ.