ޚަބަރު / އަބްދުﷲ އަމީން، ކުރީގެ ހެލްތު މިނިސްޓަރު

އައިޖީއެމްއެޗުން ޚިދުމަތް ހޯދުމުގެ ތަކުލީފު ކުޑަކުރަނީ

މިނިސްޓަރު އަމީން "މިހާރު" އަށް ވާހަކަ ދައްކަވަނީ: ސިއްހީ ޚިދުމަތް ރަނގަޅު ކުރުމުގެ ވިސްނުންތަކަކާ އެކު ކަމާގުޅޭ އިދާރާތަކާ އެކު ގެންދަވަނީ މަސައްކަތް ކުރައްވަމުން. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އައިޖީއެމްއެޗުން ޚިދުމަތް ދިނުމުގައި މިހާރު ދިމާވާ މައްސަލަތައް ދެނެގަނެ، ޚިދުމަތް ހޯދަން އުފުލަން ޖެހޭ ތަކުލީފުތައް ކުޑަކުރުމުގެ ވިސްނުންތަކާ އެކު ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މައި ހޮސްޕިޓަލުން އާއްމުންނަށް ދިމާވާ އެންމެ ބޮޑު ދައްޗަަކީ ޚާއްސަ ޑޮކްޓަރުންނަށް ދައްކަން ނަމްބަރު ނުލިބުމެވެ. އެޕޮއިންޓްމެންޓު ކިޔޫގައި ބައެއް މީހުން މަހަކަށް ވުރެ ގިނަ ދުވަސް ހޭދަވެ އެވެ. މި މުއްދަތު ދިގުލައިގެން ގޮސް އަހަރަކަށް ވުރެ ގިނަ ދުވަސް ވެސް ހޭދަކުރަން ޖެހިފައި އެބަހުއްޓެވެ.

މިނިސްޓަރު އަމީން "މިހާރު" އަށް ވިދާޅުވީ އައިޖީއެމްއެޗުން ޚިދުމަތް ފޯރުކޮށްދިނުމުގައި ހުރި މައްސަލަތަކަށް "ވަށައި ޖެހޭ ހައްލެއް" ހޯދަން ޖެހިފައިވާ ކަމަށެވެ. ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުމުން، ބައެއް މައްސަލަތަކަށް ހައްލު ލިބޭނެ ކަން ފާހަގަކުރައްވައި، މި ވަގުތުގެ ގޮތުން ދިމާވަމުންދާ ގޮންޖެހުންތަކެއް ވެސް ހުރި ކަމަށް ވިދާޅުވި އެވެ.

އައިޖީއެމްއެޗުން ޚިދުމަތް ހޯދަން ބަޔަކު މަޑުކޮށްލައިގެން: ޚާއްސަ ޑޮކްޓަރުންނަށް ދައްކަން ނަމްބަރު ނުލިބޭ ކަމުގެ ޝަކުވާ ބޮޑު. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އައިޖީއެމްއެޗުގެ ޖާގައިގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުމުން، ބައެއް ޚިދުމަތްތައް ފަސޭހަވެގެންދާނެ ކަމަށް އަމީން ވިދާޅުވި އެވެ.

"ޑޮކްޓަރުން ލިބުމުގައި ދިމާވާ ގޮންޖެހުންތަކެއް ވެސް އެބަހުރި. މައްސަލަ އަށް ހައްލު ހޯދަން ސަރުކާރުގެ ތެރޭގައި ވާހަކަތައް ދެކެވެމުން އަންނަނީ،" އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެއް ގޮންޖެހުމަކީ ރާއްޖޭގައި ސްޕެޝަލިސްޓު ޑޮކްޓަރުން މަދުވުމެވެ. އެއާއެކު، އައިޖީއެމްއެޗުގައި ވެސް އެ މީހަކު އިޚްތިޔާރުކުރާ ވަކި ޑޮކްޓަރަކަށް ދައްކަން ބޭނުންވުން ވެސް އެ މައްސަލައިގެ ތެރޭގައި ހިމެނޭ ކަމަށް ވިދާޅުވި އެވެ.

އައިޖީއެމްއެޗަށް އެކަނި ބާރުބޮޑުކުރުމުގެ ބަދަލުގައި ހައްލަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގެ ސިއްހީ ނިޒާމާ މެދު ވިސްނާފައި ބަދަލުތަކެއް ގެނައުމެވެ. އައިޖީއެމްއެޗަށް އެކަނި ބަދަލު ގެނައުމަކީ ދެމެހެއްޓެނިވި ހައްލަކަށް ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އައިޖީއެމްއެޗުގައި ހުރި މައްސަލަތައް ހައްލުކުރާއިރު، ވިސްނުން ގެންގުޅުއްވަނީ މުޅި މާލެ ސަރަހައްދަށެވެ. މައްސަލަތައް ދެނެގަނެ، އެ ތަފްސީލުތައް އާއްމުކުރަން އަދި ވަގުތުކޮޅެއް ހޭދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

31 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 56%
icon sad icon sad 8%
icon angry icon angry 36%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާރީ

06 January 2019

އޭޑީކޭ ގަ ތިބޭ ޓޮކުޓަރުން ދުވާލަކަށް 40 ހަށް ވުރެ މަތިން ބަލިމީހުން ބަލާ އައިޖީއެމްއެޗްގަ ތިބޭ ޑޮކުޓަރުންނަށް ނަށް 5 މީހުންވެސް ގިނަ ފަހަރަށް މިހެންވަނީ. އެމީހުން ކުލިނިކުތަކަށް އިސްކަންދޭތީ. ބަލި މީހާ ކުލިނިކަން ގޮސް ޑޮކުޓަރަށް ދަށްކަން ވަރަށް ބޮނޑަށް ބާރުވެސް އަޅާ އައިޖީއެމްގަ ތިބޭ ޑޮކުޓަރުން. އަޅުގަނޑް މިވެނި ކުލިނިކެއްގަ އިންނާނަމޭ ދުރުވާށޭ.

The name is already taken The name is available. Register?

ޒަންޖަބީލު

06 January 2019

މިނިސްޓަރު އަމީން ދިވެހި ރައްޔިތުންގެ ސިއްހީ ކަންކަން ރަނގަޅު ކުރުމަށްޓަކައި ތިޔަ ކުރައްވާ ކަންކަމަށް ސާބަސްދެން. ތި ގޮތަށް ކުރިއަށް ދެވިއްޖިއްޔާ ސިއްހީ ދާއިރާ ވެއްޓިފައި އޮތް ވަޅުގަނޑުން ނެގޭނެ. އެތަށް ޒަމާންވީ ދަތިތަކަށް ހައްލެއް ލިބޭނެ.

The name is already taken The name is available. Register?

ފެކްޓްސް

06 January 2019

އގމހ ގައި ވަޒީފާ އަދާކުރައްވާ ސްޕެޝަލިސްޓް ޑޮކްޓަރުންނަށް އެކަޝީގެންވާ މުސާރަ ނުދެވި އޮވެއްޖެއްނަމަ އެމުސާރައެއް ދީގެންނަމަވެސް އެބޭފުޅުން ތި ހޮސްޕިޓަލްގައި އެކަނި ވަޒީފާ އަދާކުރެވޭ ކަހަލަ އުސޫލެއް ހަމަޖެއްސެވުން ރަނގަޅުކަމަށް ފެނޭ.

The name is already taken The name is available. Register?

‫މުޙުއްމާ

06 January 2019

ކ‫ީއްވެތޯ މާލޭ ސަރަޙައްދަށް އެކަނި ވިސްނަނީ. ރާއްޖޭގެ އެހެން ސަރަޙައްދުގަ ތިބީ ސިއްޙީ ޚިދުމަތް ލިބެން ނުޖެހޭ މާ ފެންވަރު ދަށް ބަޔެެއްކަމަށް މިނިސްޓަރަށް ހީފުޅުވަނީތޯ? މިނިސްޓަރ އަވަހަށް އިސްތިޢުފާދެއްވާ.

The name is already taken The name is available. Register?

ޕޮކަޑިމޭން

06 January 2019

އައިޖީއެމްއެޗުން ހާއްސަ ޑޮކްޓަރުންނަށް ދެއްކުމަށް ހައެކަ އަށެކަމަސް ކިއުގަ ތިބެންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ، ހާއްސަ ޑޮކްޓަރުންނަށް ދައްކާ ކިއު އަތްނުފޯރާފަށަށް ދިގުވެގެން އުޅެނީ އައިޖީއެމްއެޗުގެ ހިންގުމުގެ ހަރުދަނާކަމެއް ނެތީމަ، ރާއްޖޭގަ މިވަގުތު ތިބި އެންމެ މޮޅު ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަ އަބްދުﷲ ނިޔާފް އަށާއި ނާރުގެ ޑޮކްޓަރ ޢަލީ ނިޔާފަށް ދައްކަން އޭޑީކޭގައި ކިއު ހަދައިގެން އެތައް ދުވަހަކު އިންތިޒާރުގަ ތިބޭކަށް ނުޖެހޭ، ވިސްނާ

The name is already taken The name is available. Register?

ބައިސަމ

06 January 2019

ދުވާލަކު އެއް ޑިޔުޓީ ކުރާ އޮޕަރޭޝަން ޑަކްޓަރުންގެ ކިހުގަ 3 ނުވަތަ 400 މީހުން ސްކޭނެއް ހަދާލަން 30 ދުވަސް ކީއްތަވާނި އޕޕަރޭޝަން ޑަކްޓަރުންގެ ޑިޔުޓީ ދެބޑިޔުޓީއަށް ހެދުން ޑަކްޓަރުންވެސް މިހާރު އެބަތިބި

The name is already taken The name is available. Register?

ފިރާޤު

06 January 2019

ވަށާޖެހިފައިވާ ވިސްނުމާއި ހިކުމަތްތެރި ކަމަކީ ކޮންމެ މީހަކަށް ލިބޭނެ އެއްޗެއް ނޫން. ދިވެހިންގެ ނަސީބު ސިއްހަތު ވަޒީރަކީ.

The name is already taken The name is available. Register?

ޒާހިރު ޢަލީ

06 January 2019

އަމީންއަށް ކަންކަން ހައްލުކުރެވޭނެކަން އަޅުގަނޑުމެންނަށް އިނގެނީ އަމީންގެ އިހްލާސްތެރިކަން ފެނިފައި. އެއްވެސް ކަމެއްގައި އޮޅުވާލުމެއްނެތި އެ ދަނީ ވިދާޅުވަމުން ކަންތައްތައް އޮތްގޮތް. ބައެއް ވަޒީރުން މަޤާމުން ވަކިވާއިރުވެސް ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވާ ކަންކަން މަތިޖަހާފައިވާތީ މިފަދަ ކަންކަން ބޮއްުސުންލައިގެން ގޮސްފައި އޮންނަނީ. އަމީން ރަނގަޅު. ރައްޔިތުންނަށް ވާނުވާ ކިޔައި ދެމުން ހަގީގަތް ގަބޫލުކޮށްހުރެ ކުރިއަށް ވަޑައިގަންނަވާ.

The name is already taken The name is available. Register?

ސަކީނާ

06 January 2019

ދަރިފުޅާ އަމީނޫ.. ތިޔަ ހޮސްޕޮޓަލްގެ ސްޕެޝަލިސްޓުންގެ ކަންތައް ހައްލުކުރަން ބޭނުންނަމަ ޕްރައިވެޓް ހޮސްޕިޓަލްތަކުން ދޭވަރުގެ މުސާރައެއްދީފައި، ބަލިމީހުން ބަލާވަރު ގިނަކޮށް އެމީހުން އެހެން ކްލިނިކްތަކާއި ހޮސްޕިޓަލްތަކުގައި ނުބެލޭގޮތަށް ހަދަންވީ.. މީ ހައްލަކީ..

The name is already taken The name is available. Register?

ކަނބިލި

06 January 2019

ކުރާނަމޭ ނުބުނެ ކަން ކޮށްފާ ތަފާތު ދަައްކާ.އޭރުން ކަމެއް ކުރެވުނު ކަމަށްވާނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454