ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހަލީލް، ކުރީގެ ރައީސް ޔާމީނާއެކު-- ފޮޓޯ: ރައީސް އޮފީސް
08 ޖެނުއަރީ 2019 - 11:45
ޕީއެސްއެމްގެ ކުރީގެ މެނޭޖްމަންޓުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ 14 މައްސަލައެއް ބަލައިދިނުމަށް އެދި އެ ކުންފުނީގެ އާ މެނޭޖުމެންޓުން މިިދިޔަ ހަފްތާގައި އޭސީސީއަށް ހުށަހަޅައިފި އެވެ.
ދައުލަތުގެ މީޑިއާ ކުންފުނި، ޕީއެސްއެމް އާ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދު، "މިހާރު" އަށް ވިދާޅުވީ އޭސީސީއަށް ފޮނުވީ ޕްރޮކިއުމަންޓުގެ އިޖުރާއަތުން ބޭރުން ކޮށްފައިވާ މުއާމަލާތްތަކަކާ ބެހޭ 14 މައްސަލައެއް ކަމަށެވެ.
އެކަމަކު އެ މައްސަލަތައް ރައްދުވާ ފަރާތްތަކާއި މައްސަލަތަކުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
އެ މައްސަލަތަކުގެ ތަހުގީގާ ގުޅޭ ގޮތުން އޭސީސީގެ ބަހެއް ވެސް މިއަދު ލިބޭ ގޮތެއް ނުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި އެ ސަރުކާރު ނިސްބަތްވި ޕީޕީއެމްގެ ޕްރޮޕެގެންޑާ ފެތުރުމަށް ބޭނުންކުރި ޕީއެސްއެމާ ގުޅޭ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އަދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އިބްރާހިމް ހަލީލާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމަށް ކުރެވޭ ތުހުމަތުތައް ވެސް ގިނަ އެވެ.
މި ފަހުން ޕީއެސްއެމާ ގުޅޭ ގޮތުން ފެތުރުނު އެންމެ ހައިރާންކުރުވަނިވި ހަބަރަކީ 4 މިލިއަން ރުފިޔާ ހޭދަކޮށްގެން އެމްޑީގެ ހާއްސަ ބިއުރޯއެއް ހެދުމެވެ. މިއީ ރާއްޖޭގެ ބޮޑެތި ވިޔަފާރި ކުންފުނިތަކުގެ އެމްޑީގެ ހާއްސަ އޮފީސް ހަދަން ވެސް ހޭދަކޮށްފައި ނުވާ ވަރުގެ އަދަދެއް ކަމަށް ބެލެވެ އެވެ.
އޭގެ އިތުރުން ޕީއެސްއެމުން ހިންގާ ޓްރޭނިން އިންސްޓިޓިއުޓެއް ކަމަށްވާ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް (އެމްއެމްއައި)އަށް އިމާރާތެއް ހޯދުމުގައި ކޮރަޕްޝަންގެ ބޮޑު އަމަލެއް ހިންގާފައިވާ މައްސަލައެއް ވެސް އޭސީސީން އަންނަނީ ބަލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާމިދު ޝާހިދު
08 January 2019
5 އަހަރުގެ ދައުރެއް ނިންމާލާއިރު ތަނެއް ތަރައްގީކުރުމަށް ގިނަ އިންވެސްޓްމެންޓްތައް ކުރަން ހަދާނެކަމެއްނެތް. ހަމަ ތަހްގީގް ކޮށްލަކޮށްލާ ތިބޭ. ހަލީލް/އިކްރާމުގެ ޒައާމަތުގައި ޕީއެސްއެމްއިން މީންދުވަހަކު ނުފެންނަވަރުގެ ވިޔަފާރި ފައިދާތަކެއްވި. ބޮޑެތި ޕްރޮޑަކްޝަންތަކެއް ހިންގާ ރައްޔިތުން ހެއްވާލި. އައިޑަލް ފަަދަ ޕްރޮގްރާމްތައް. އަދި މުވައްޒަފުންނަށް 10 އަހަރު ވީއިރު ނުދީ ވާ ޕްރޮމޯޝަންތައް ވެސް ދިން. ހުރިހާކަމަކަށް 100 ނުދެވުނަސް، ޝުކުރިއްޔާ!
މަރީނާ777
08 January 2019
ތީން ކޮއްމެ ކުންފުންޏެއްގެ އެމްޑީކަން ހަވާލުމުގެ ކުރިން އޯޑިޓް އޮފީސް ލައްވާ ރަގަޅު އޯޑިޓެއް ހެދުން ބުއްދިވެރި.
އަހަހަހަ
08 January 2019
ކޮބާތަ ނަސްރީން
ސުލްތާން
08 January 2019
މިކަހަލަ ކަންކަން ހިންގައިފަ ހުރީމަތަ އިކުރާމު ކަރުގެ ނާރުތައް ބުރިވާވަރަށް ހަޅޭލަވަމުން ފުންމަމުން ޕީޕީއެމް ޖަލްސާތަކުގަ އުޅުނީ. މަހަމަ ހައިރާންވެ އަންތަރީސްވެއްޖެ.
ހިންނަވަރު މޯޑް
08 January 2019
ތިޔަ، ފޮނުވި މައްސަލަތައް ބަލާ ނިންމަން 14 އަހަރު ނަގާނެކަމަށް ބެލެވޭ.
މަސީހު
08 January 2019
ވަގުން ދޫކޮއްފައި ނުބައިތިއްބާ!
އަލިބެ
08 January 2019
ކޮބާ ޚަލީލް އާއި, އިކްރާމް ގެއިތުރުން ހެޑް އޮފް ޑިޕާރޓްމެންޓްސް ... އަދި ޖަރީމާގަ ބައިވެރިވާ އިތުރު ވެރިން އަދިވެސް އެބަތިބި .. ސިޔާސީގޮތުންނާ, ފައިސާގެ ގޮތުން ބޮޑެތި ނަފާތައް ލިބި, ކާރުތަކާ, އެޕާރޓްމެންޓް ތައް ލިބުނު ވެރިން އަދިވެސް އެބަތިބި ... ނަންތައްވެސް އިނގޭ ... އެމީހުން ބޭރުކޮށްގެން ނޫނީ ތިތަނެއް ރަނގަޅެއްނުވާނެ.
ހިންދު
08 January 2019
ތިހުރިހާކަމެއް ބަލަބަލާ 5އަހަރުގެ ދައުރު ނިންމާލާ އިތުރު ކަމެއް ރައްޔަތުން ނައްޓަކައި ކުރާނެ ކަމެއް ނެއް
ފާއިޒާ
08 January 2019
ދެން ކޮންއިރަކުތޯ މީރާގެ މައްސަލަތަށް ހުށަހަޅަނީ
ސީއީއޯސައީދު
08 January 2019
ކޮބާއަދި މުވައްޒަފުންގެ ކަންކަމުގައި ވީ ހިޔާނާތްތައް. މާކެޓިންގ މެނޭޖަރަކަށް މިހާރުވެސް އެމްޑީ ހަލީލް ގުޅުން ބޭއްވި އަންހެނަކަށް ބޮޑުދައިތަ ކިޔާތީ ވަޒީފާ ދިން މަންޖެއެއް. އެމަންޖެ ދާއިމީ ކުރެވޭތޯވެސް ހަލީލް ވަކިވުމުގެ ކުރިން ތެޅިފޮޅުނު. ކޮބައި އިންތިހާބަށް ކައިރިވީމަ ދިން ޕްރަމޯޝަންތައް. އިއުލާނެއް އިންޓަވިއުއެއް ނެތި ބައިކުޅަދު އުނި މީހުންނަށްދިން ޑިރެކްޓަރުކަމާއި، މެނޭޖަރުކަންވެސް ބަލަންޖެހޭ. 90 މެނޭޖަރުން ތިބޭ ޑިގްރީއޮތީ 25 މީހުންގެ. މީޖަރީމާ
ބަދީއު
08 January 2019
ބުނެވޭ ކޮންމެ ދޮގަކަށް ޒިންމާ އުފުލަން ޖެހޭނެ. ރަނގަޅަށް ނޭގި ދައްކާ ވާހަކަތަކަށް ވެސް މާދަމާ ޒިންމާ އުފުލަން ޖެހޭން. ދޫ ރައްކާތެރި ކުރައްވާ.
ޖަމީލުބެ
08 January 2019
އޭސީސީން ފިޔަވަޅު އަޅާނެތޯ؟
އަޙުމަދު
08 January 2019
ފިޔަވަޅު އަޅައިފިއްޔާ އެޅީ، ތިތާންގެ ހަސަން ލުތުފީއަކީ މަޤާމުގެ ދަހިވެތިކަމުގައި ދުނިޔެ ރަންވެފަ ހުރިމީހެއް، ކުރީގެ ސަރުކާރާ ބެހޭގޮތުން ހުށަހެޅިފަ ހުރި ގިނަ މައްސަލަތަށް މޭޒުމަތީގައި ހިފަހައްޓައިގެން ގެންގުޅުނު މީހެއް، ހަމަ މިހާރު އެކޮމިޝަނުން ލުތުފީ ބޭރުކުރަން ގޮވާލަން.