ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އައްޔަންކުރި ދެ ބޭފުޅުން ރައީސާ އެކު ބައްދަލު ކުރައްވަނީ --ފޮޓޯ/ރައީސް އޮފީސް
08 ޖެނުއަރީ 2019 - 15:54
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމަށް ދެ ބޭފުޅަކު މިއަދު އައްޔަންކޮށްފި އެވެ.
ވަޒީފާއާބެހޭ ގާނޫނުގެ ދަށުން އުފެދިފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރެއްވީ މއ. އާޕިއާ، މުހައްމަދު ޒާހިރާއި ހ. އެލިއަތުވިލާ މަރިޔަމް ޝަމްއާ އިބްރާހިމެވެ.
ރައީސް އޮފީހުގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ ބޭފުޅުންނަށް މަގާމުގެ ހުވައި ލައި ދެއްވީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމެވެ. އެ ދެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އެރުއްވީ ރައީސެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެމްބަރު ކަމަށް އައްޔަން ކުރެއްވި ދެ ބޭފުޅުންގެ ތެރެއިން ޝަމްއާ އަކީ ކުރިން ވެސް އެ ޓްރައިބިއުނަލްގެ މެމްބަރެކެވެ. ޝަމްއާ ދެވަނަ ފަހަރަށް އެ މަގާމަށް އައްޔަން ކުރެއްވީ އޭނާގެ މެމްބަރު ކަމުގެ ދައުރު އިއްޔެ ހަމަވުމުންނެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލަކީ ވަޒީފާއާބެހޭ މައްސަލަތައް ބެލުމަށް ވަޒީފާއާބެހޭ ގާނޫނުގެ ދަށުން އުފެދިފައިވާ މުއައްސަސާ އެވެ. ފަސް އަހަރުގެ މުއްދަތަށް އެ ޓްރައިބިއުނަލަށް މެމްބަރުން އައްޔަންކޮށް، ވަކި ކުރާނީ ރައީސެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލަކީމިއީ
11 January 2019
ޒުވާން ކިޔާ ކިޔާ މާޒުވާން މީހުން މިލަނީ މާ ބޮޑެތި ހަރުދަނާ ކަންކަމަށް. ކަންކަން ރަނގަޅު ނުކުރެވޭނެ އަދި ތިހެނެއް. ނައިބުންނަށްވެސް ލަނީ މާ ޒުވާން ކުދިން.
އަލީ އަހްމަދު
09 January 2019
މި ޝަމްޢާ އަކީ މައްސަލަތައް ނިންމާއިރު ޤާނޫނީގޮތުން ކަން އޮންނަގޮތް އިނގޭ މީހެއްނޫން. ދެން ކިހިނެތް އިންސާފު ލިބޭނީ!
ޅިޔަނާ
08 January 2019
ހެޔޮ ނުވާނެ ސައްމަމެން ލައިގެން. މި އޮތް ތައުލީމީ ޒަމާނު
ހަޒްބަންޑް
09 January 2019
މީހުންނާ ނުބެހުމައް ނަސޭހައް ދެން. ޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭ އެއީ އަހަރެންގެ ވައިފް
ހަންދަރު ޙަސަން
08 January 2019
ނިމިދިޔަ 5 އަހަރު އެންމެ ސަލާމަތުން އިންޞާފް މަތީ ދެމި އޮތް ތަނަކީ ހަމައެކަނި ވަޒީފާއާ ބެހޭ ޓްރައިބިއުނަލް
ޖުލައި
08 January 2019
ކޮން ބޭފުޅުންނެއްތަ. ދެމީހުން އައްޔަން ކޮށްފި ބަހުގެ ދަރަޖަ އުވާލަން ޖެހޭ.
ތިމަންނާ
08 January 2019
ބޭކާރު ތަނެއްތީ!! ކިތައްތަނުންތޯ މުއައްޒަފުންނައް ލިބޭ ސަރވިސްޗާޖްކޮޅު ކާލަނީ. ޤާނޫނުގަ 10%. ލިބެނި 1%. ސަރުކާރުގެ ކޮންއިދާރާ އަކުންތޯ އެކަން ބަލަނީ؟؟ މީހަކު މައްސަލަޖެއްސިޔަސް އެމީހާގެ ވަޒީފާ ގެއްލެނީ. މިކާމާއުޅޭނެބަޔަކުނެއްތަ؟
ހުއްޓޭ/ބ.ހިތާދޫ
08 January 2019
100 ދުވަސް މިއޮއްގެން ހަމަވަނީ. އަދިވެސް ކުޅިބައި އަތުރާނުލެވޭ.