އައިފޯން ވިއްކުމުގައި އެޕަލް އަށް ދަތިތަކެއް، އާ މޮޑެލްތައް އުފެއްދާ މިންވަރު މަދުކުރަން ބުނެފި
10 ޖެނުއަރީ 2019 - 07:07
އެޕަލް އުޅެނީ އައިފޯނު ވިއްކަން އުނދަގޫވެގެންނެވެ. ވަރަށް ގިނަ މައްސަލަތަކަކާ ހެދި އެވެ. އެވްރެޖް މީހުންނަށް ގަނެވޭ ވަރަށް ވުރެ އައިފޯނުތަކުގެ އަގު ބޮޑުވުން ވެސް އެއީ މައްސަލައެކެވެ. އައިފޯނުތަކަށް، މި ހައިޓެކް ޒަމާނުގައި، އަންނަން ޖެހޭ ކަމަށް ގަބޫލުކުރެވޭ ފީޗާތައް ނައުން ވެސް ސަބަބެކަށް ވެ އެވެ. ދުނިޔޭގައި ވިޔަފާރި މަސްރަހު އެނބުރެމުން ސެނބުރެމުން ދާ ގޮތުން ވެސް އެޕަލް އަށް ނުރަނގަޅު އަސަރުތައް ދަނީ ކުރަމުންނެވެ.
"އައިފޯން އެކްސްއެސް"، "އައިފޯން އެކްސްއެސް މެކްސް" އަދި "އައިފޯން އެކްސްއާރު" ވިއްކުމުގައި އެޕަލް އިން އުންމީދުުކުރި ވަރަށް ކުރި އަށް ނުދާ ކަމަށް ލިޔުންތަކުން އެނގެ އެވެ. މިކަން މިހެން އޮއްވައި، އެ ފޯނުތައް އުފައްދާ މިންވަރު ދަށްކުރަން ބުނެ އެޕަލް އިން ސަޕްލަޔަރުންނަށް އެނގުން ވެފައި ވަނީ އެޕަލްގެ ހާލަތާ މެދު ކަންބޮޑުވާން ޖެހޭ ކަމަކަށެވެ.
މިދިޔަ އަހަރު ނިމެމުން އައިއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެޕަލް އަށް ހޯދޭނެ ފައިދާއާ މެދު، ކުންފުނި ތެރޭގައި ވަނީ ބަހުސްކުރެވިފަ އެވެ. ސްމާޓްފޯން މާކެޓްގައި ވާދަވެރިން ކުޅޭ ފެންވަރުގައި އެޕަލް އަށް ކުޅެން އުނދަގޫވާނެ ކަމަށް ވެސް ވަނީ ބެލެވިފަ އެވެ. އެހެންކަމުން، އައިފޯނު އުފައްދާ މިންވަރު ދަށްކުރަން ނިންމި ނިންމުމަކީ، ޚަރަދު ކުޑަކޮށް، ފައިދާ އެއް ވަރަކަށް ހިފެހެއްޓުމަށް ކުރި ކަމެއް ކަމަށް ބެލެވެ އެވެ.
މި އަހަރު އައިފޯނުގެ އާ މޮޑެލްތައް ނެރޭ ހިސާބަށް ދާއިރު، ކުންފުންޏަށް ގެއްލުން ނުވެ ދެމެހެއްޓިއްޖެ ނަމަ، އާ މޮޑެލްތައް ވިއްކުމަށް ބާރަކަށް ވެސް ވާނެ އެވެ. އެޕަލްއާ މެދު ބެލެވެނީ ހަރުދަނާ ރޭވުންތަކަކަށް އަމަލުކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެނޮނިމަސް
10 January 2019
އައިފޯން އިންނަ ޗިޕަކީ ދުނިޔޭގެ ސްމާޓް ފޯނެއްގަ އިންނަ އެންމެ ވަރުގަދަ ޗިޕް. އައި ފޯނަކީ ދުނިޔޭގެ އެންމެ އަވަސް ފޯނު. އައިފޯނުގައި ހުންނަނީ އެޕަލް ގެ އަމިއްލަ ސޮފްޓްވެއަރ އަދި ފާމްވެއަރ. އެހެެން ފޯނުތަކުގައި ހުންނާނީ އެންޑްރޮއިޑް އޯއެސް. މި ފޯނު ތަކުގެ އެފިށެންސީ ވަރަށް ދަށް. 8 ޖީބީ ރެމް އަކުންކިރިޔާ ފުދެނީ. އެހެންވީމަ ބުނެލަން އޮތީ އައި ފޯންގެ އަގު އެއާ ބަލާފަ އަސްލު ކުޑައޭ. --- އައިފޯން އަގު ބޮޑެއް ނޫން. ކައޭ ފަގީރީ. ---