ބިލަބޮންގް ދަރިވަރުން ހެދި ޕްރިންޓާއެއް: އާ ޕްރޮގްރާމުން ދަރިވަރުން އެހެން ހިސާބަކަށް ގެންގޮސްދޭނެ --ފޮޓޯ:އައިލެންޑާސް އެޑިއުކޭޝަން
22 އޯގަސްޓް 2016 - 08:19
ދަރިވަރުން ޓެކްނޮލޮޖީގެ ތެރެއަށް ވައްދަން ބިލަބޮންގް ސްކޫލުން ވަނީ ހާއްސަ ޕްރޮގްރާމެއް ފަަށައިފަ އެވެ. ސައިންސް، ޓެކްނޮލޮޖީ، އިންޖީނިއަރިން، އާޓްސް އަދި ހިސާބު އިލްމުގެ މައްޗަށް ހިންގާ މި ޕްރޮގްރާމްގެ ދަށުން ބިލަބޮންގް ސްކޫލުގެ ދަރިވަރުން ވަނީ ސައިންސާއި ޓެކްނޮލޮޖީއާ ގުޅޭ ތަފާތު އެކި އެއްޗެހި އުފައްދައިފަ އެވެ. އޭގެ ތެރޭގައި ޕްރިންޓަރާއި ދުވާ ވެހިކަލް ފަދަ އެއްޗެހި ވެސް ހިމެނެ އެވެ.
ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގެ ދިވެހި ދަރިވަރުން އުފެއްދުމުގެ މަގުސަދުގައި މި ޕްރޮގްރާމު ކުރިއަށްގެންދަނީ ޕްރޮފެސަރު ހަސަން އުގެއިލްއާ އެކުގަ އެވެ. ބިލަބޮންގް ސްކޫލާއި ކެންގަރޫ ކިޑްސް ހިންގަމުން އަންނަ އައިލެންޑާސް އެޑިއުކޭޝަން އިން ވަނީ މި ޕްރޮގްރާމް ފުޅާކޮށް މާލޭގެ އެހެން ސްކޫލުތަކަށް ދައުވަތު ދީގެން ވެސް ހަރަކާތްތައް ހިންގައިފަ އެވެ.
ބިލަބޮންގް ސްކޫލުގެ ދަރިވަރުން ޕްރޮފެސަރު އުގެއިލާ އެކު
އުގެއިލް ވިދާޅުވީ ދަރިވަރުން އަމިއްލަ އަށް ވިސްނާނެ ގޮތްތަކާއި ޕްރޮޖެކްޓުތައް މެނޭޖުކޮށްގެން ހިންގާނެ ގޮތްތައް ދަސްކޮށްދެއްވާނެ ކަމަށެވެ.
"ސްކޫލުތަކުގައި ވަރަށް ދަސްނުކޮށްދޭ ކަމެއް ސިކުނޑިން ވިސްނާނެ ގޮތް. ފޮތްތަކުގައި ހުންނަ އެއްޗެއް ގިނަ ފަހަރަށް މި ކިޔަވައިދެވެނީ. ޕްރޮޖޮކްޓް މެނޭޖުކުރާނެ ގޮތާއި މިކަހަލަ މުހިއްމު ބައިތައް ފުރަތަމަ މި ކިޔަވައިދެނީ. ދެން އޭގެ ފަހުން ޕްރޮޖެކްޓުގެ ހިޔާލުތައް އެ ކުދިން އަމިއްލައަށް މި ކިޔައިދެނީ،" އުގެއިލް ވިދާޅުވި އެވެ.
ޖަމާލުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލުގެ ކުދިން ވެސް ބައިވެރިކޮށްގެން އިއްޔެ ވަނީ ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން ސެޝަންނެއް ނަގައި ކުރިއަށް އޮތް ފަސް މަސް ދުވަހު ދަރިވަރުން ހަދާނެ ޕްރޮޖެކްޓުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ. އެ ޕްރޮޖެކްޓުތައް ހެދުމުގައި އުގެއިލްގެ އެހީތެރިކަން ވެސް ސްކައިޕް މެދުވެރިކޮށް ދަރިވަރުންނަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ސްޓްރީމުގެ ތެރޭގައި މުޅިން ވެސް ކުރިއަށްގެންދާނީ އާ ޕްރޮޖެކްޓުތައް ކަމަށް އުގެއިލް ފާހަގަކުރެއްވި އެވެ.
ޕްރޮފެސަރު އުގެއިލް "މިހާރު"އަށް އިންޓަވިއު ދެއްވަނީ.--ފޮޓޯ:ނިޝާން އަލީ\މިހާރު
"ދުނިޔޭގައި އަދި ސޯލްް ނުކުރެވޭ ކަންތައްތައް [ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނޭނެ]. ފަހަރެއްގައި މިއިން ޕްރޮޖެކްޓެއް ފެއިލް ވެސް ވެދާނެ. އެއީ މައްސަލައެއް ނޫން. މީގެ ބޭނުމަކީ ދަރިވަރުން އެއްޗެހިތަކެއް ދަސްކުރުން. އެ މަސައްކަތް އަޅުގަނޑުމެން މި ކުރިއަށްގެންދަނީ،" އުގެއިލް ވިދާޅުވި އެވެ.
މިފަދަ ބޮޑު ޕްރޮގްރާމެއް ފެށީ އައިލެންޑާސް އެޑިއުކޭޝަންގެ ޑިރެކްޓަރު އަދްލީ ރަޝީދު ވިދާޅުވި ގޮތުގައި ދުނިޔެ ތަރައްގީވަމުން އަންނަ ވަރަކަށް ދަރިވަރުންނަށް ދެމުން އަންނަ ތައުލީމީ ފެންވަރު ވެސް ރަނގަޅު ކުރުމަށެވެ.
ބިލަބޮންގް ސްކޫލުގެ ދަރިވަރުންގެ ޕްރޮޖެކްޓެއް
"ސްކޫލްތަކުގައި މިހާރު ވެސް މި މާއްދާތައް ވަކިވަކިން އެބަ ކިޔަވައިދޭ. އެކަމަކު އަޅުގަނޑުމެން މި ކުރިއަށްގެންދަނީ އެ ހުރިހާ މާއްދާތަކެއް އެއްކޮށްގެން ޕްރޮޖެކްޓުތައް ހިންގަން. ދުނިޔޭގެ ފެންވަރުގެ ދަރިވަރުންތަކެއް އުފެއްދޭނެ ކަން ދެއްކުމަށް. އޭގެ އެއް ހެއްކަކީ ޕްރޮފެސަރު އުގެއިލް،" އަދްލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ވެސް ވަރަށް ހުނަރުވެރި ދަރިވަރުން އެބަތިބި ކަމަށާއި ސައިންސްގެ ދާއިރާއިން ކުރިއަށްދާން ގިނަ ފުރުސަތުތަކެއް ވެސް އެބަ ލިބޭ ކަމަށެވެ.
"ސައިންސްގެ ދާއިރާއިން ރާއްޖޭގައި ވަރަށް ޓެލެންޓެޑް ކުދިން އެބަ ތިބި. މިހާރަށް ބާލަ ނަމަ ގިނަ ކުދިން މި ކުރިއަށްދަނީ ބިޒްނަސް، އެކައުންޓިން ފަދަ ދާއިރާތަކުން. އެކަމަކު އަޅުގަނޑުމެން އަންގައިދޭން ބޭނުންވޭ މިކަމުން ވެސް ގިނަ ފުރުސަތުތަކެއް ލިބޭނެކަން ދަރިވަރުންނަށް،" އަދްލީ ވިދާޅުވި އެވެ.
ބިލަބޮންގް ދަރިވަރުންް ތައްޔާރުކުރި އައިފޯން އިން ކޮންޓްރޯލް ކުރެވޭ ކްރޭނެއް
ބިލަބޮންގުން މި ޕްރޮގްރާމް ކުރިއަށްގެންދަނީ ބެލެނިވެރިން ވެސް ބައިވެރިކޮށްގެންނެވެ. އެކަމަށް ބެލެނިވެރިންގެ ފަރާތުން ވެސް ވަރަށް ރަނގަޅު ތަރުހީބެއް ލިބޭ ކަން އައިލެންޑާސް އެޑިއުކޭޝަން އިން ފާހަގަކުރެ އެވެ.
ހުނަރުވެރި، ގާބިލް ދަރިވަރުންތަކެއް އުފައްދަން، ޕްރޮފެސަރު އުގައިލްގެ އެހީތެރިކަމާ އެކު، އައިލެންޑާސް އެޑިއުކޭޝަން އިން މިހާރު ފަށައިގެން އުޅެނީ މުހިންމު މަސައްކަތެކެވެ. ހަމައެކަނި ފޮތްތަކުން ހިތުދަސްކުރުމުގެ ބަދަލުގައި ޒަމާނީ އިލްމުގެ ތެރެއިން އެތައް ކަމެއް ހައްލުކޮށް، އާ އީޖާދުތައް ކުރިއަށް ގެންދާނެ ގޮތް ދަރިވަރުންނަށް އެނގޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެއްޔާ8
28 August 2016
މަޖުލީހުގައި ކަލޭމެން ކުދިން ތަމްސީލުކުރަން ތިބީ ކުރު ފިލްމު ކުޅޭ މީހުންނާއި ފިހާރަ ސޭޓުން.
ށީރީނު
24 August 2016
އުޤައިލުަައަކީ މޮލު ޑޮކްޓަރެއް އަދި ރާއްޖެއަށް ފައިިދާހުރި މޮޅުދަރިއެއް
ވަަ
23 August 2016
ތިކަން ޕޮލިޓެކްނިކް އިން ވެސް ވޭ
އަސޭލާ
23 August 2016
ޒާ ތިޔައީ ކިތައް މީހުންތަ؟އަހަރެމެން ވީމާ އެކަކަށް ވުރެ ގިނަ.
ކަލާ123
23 August 2016
ޕްރޮފެސަރ އުގެއިލަށާއި ބިލަބޮންގ އިސްކޫލުގެ ވެރިންނަށް ތަހުނިޔާ ދަންނަވަން. ރާއްޖޭގައި ސައިންސް ތައުލީމު ކުރިއެރުވުމަކީ ކޮންމެހެން ބޭނުންކަމެއް. ނަމަވެސް ކަމުގެ މުހިންމުކަން ރާއްޖޭގެ ތައުލީމީ ސިޔާސަތު ކަނޑައަޅުއްވަން ތިއްބެވި ގިނަ ފަރާތްތަކަށް މިހާތަނަށް ވިސްނިވަޑައިގަތް ހެނެއް ހިއެއް ނުވޭ! ކުރިޔަށް އޮތް ތާނގައި މިކަން ބަދަލުވާނެ ކަމަށް އުއްމީދުކުރަން!
ޒާ
22 August 2016
އަހަރެމެން ކިޔެވި އިރު ބައެއް މާއްދާތައް ކިޔަވައި ދޭ ބޭނުންވެސް އޭރު ނުވިސްނޭ. އެއިން ކުރާނެ ކަމެއް ކުރާނެ ފައިދާ އެއް އެއީ ކީއްކުރާ މާއްދާއެއްކަން ވެސް ނޭނގޭ. އެހާވެސް ކިޔަވައިދިން އެއްޗަކާއި ޢަމަލީ މައިދާ ދުރުކޮށް އޮތީ. އެކަމަކު ތަޢުލީމަކީ ދިރިއުޅުމުގެ ޢަމަލީ މަސައްކަތް އޭގައި ބޭނުން ހިފަން އެނގުން. ޢަމަލީ މައިދާނަކީ އެއްމެ މުހިއްމު ކަންތައް. މިހާރު އެބަ ރަނގަޅުވޭ. ރާއްޖެ ކުޑަޔަސް ވަރުގަދަ ދަރިން ތަކެއް އުފެއްދިދާނެ.
ފަސީހު
23 August 2016
މި ގައުމުގެ ރައްޔިތުން މަގޫ ފަތްވެސް ކޭ. ދެން ބުނަންވީ މަގޫ ފަްތކާޏްޖެހުނީ މުހަންމަދަު އަމީންގެ ސަބަބުންހޭ؟ ނޫނީ އޭރުގެ މީހުން (ކާބަފައިން) ގެ ޖާހިލުކަމާއި އަތުންފައިން ކުރާނެ މަސައްކަތެއް ނޭގިގެންހޭ؟ ނޫނީ އެަކަހަިރވެފައިވާ ޖަޡިރާ ގައުމެއްގައި ތިބީމަހޭ؟ ނޫން ދަރުފުޅާ... ހަޔާތަކީ މަރުހަލާތަކެއް. މީހެއްގެ ހަޔާތަކީ މަރުހަލާތަކެއްގެ ތެރެއިން ފެށި ނިމިދާ އެއްޗަކަށްވާ ފަދައިން ގައުމެއްގެ ހަޔާތްވެސް ފެށި ނިމިދާނީ މަރުހަލާތަކަެއްގެ ތެރެއިން. ކޮންމެ މަރުހަލާއަކީ އަނެއް މަރުހަލާއިން ދަސްކުރާ މަރުހަލާއެއް. ކޮންމެ މަރުހަލާއެއްގައި ގައުމު ތަމްސީލް ކުރި ކާބަފައިންނަކީ ފިސާރި ބައެއް. އެބައިމީހުންނަށް ކުޑައިމީސް ބަހެއް ބުނެގެން ހަޔާތް އަޅުގަޑުމެންނަށް ހައްގުތޯ ސުވާލުކޮށްލަންޖެހޭ. ކޮންމެ މަރުހަލާއެްގެ ކާބަފައިން ކުރި މަސައްކަތުން މިއއަދު މިހާލަތުގައި މި ތިބީ. މާދަމާ މިއަށްވުރެް ރަގަޅަުވާނެ ކަމަށް މިތިބީ އެދިގެން.
އާދަނު
22 August 2016
އަސްތަައުލީމުއަކީ މީ. ޓެސްޓު ޕޭޕަރުން 100/100 ހޯދުމެއް ނޫން. ޢުގެއިލް ތިކުރާ ހިތްވަރަށް ހަމަ ސާބަސް.
ފ
22 August 2016
އަސްލު މީ ވަރަށް ބޭނުންތެރި ކަމެއް މިހާރު. ހުރިހާ ބެލެނިވެރިންގެ މިހާރުގެ އަމާޒަކަށްވެފަަ އޮންނަނީ ޕާސްޓް ޕޭޕަރު ގިރައިގެން ބޯންދީގެން ކުއްޖާ ލައްވާ އޭ ސެޓެއް ގެނުވުން. މިހެން ވުމުގެ ސަބަބުން ކުދިންނަށް ސިކުނޑި ބޭނުންކޮށް ކަންކަމާއި ވިސްނަން ދަހެއްނުވޭ. ބިލްބޮންގުން ހިންގާ ޕްރޮގްރާމްތަކުގެ ނަތީޖާ ރަނގަޅުވާނެ ކަމަށް ބެލެވެނީ އަދި އެޑިއުކޭޝަން މިނިސްޓްރީން މިކަމާއި ވިސްނައި ސަރުކާރު ސްކޫލުތަކަށްވެސް މިކަހަލަ ޕްރޮގްރާމް އިތުރުކުރުން މުހިއްމު ހަމައެކަނި އޭސެޓު ހޯދައިގެން އެއްވަނަ ދެވަނަ ދިނުމަށްވުރެ. އެއީ އޭސެޓު ހޯދައިގެން ވަޒީފާއަށް ވަންނަ ކުއްޖާއަށް ވުރެ އޭނޫނަސް ފާސްވެގެން އަދި އިތުރު ހަރަކާތްތަކުގަ ބައިވެރިވެ ސްކޫލް ނިންމާ ކުދިންގެ ފެންވަރު އަމަލީ މައިދާނުގަ ރަނގަޅު ވާހަކަ ވަޒީފާދޭމީހުން ކިޔާތީ އަބަދު އަޑުއިވޭ.
ިމުހައްމަދު
22 August 2016
ވަރަށް އިހްތިރާމާއެކު ދަންނަވަމެވެ. މިހާރު ނޫހުގެ ރިޕޯޓަރުން ތިޔަ ސްކޫލަށް ޒިޔާރަތްކުރައްވައި ކުދިންގެ ހާލަތު ބައްލަވައި ތަޢުލީމީ ހާލަތު ހުރިގޮތާއި ނަތީޖާތައް ބައްލަވައި ރިޕޯޓެއް ޝާއިޢުކުރައްވާނެ ދުވަހެއްގެ އިންތިޒާރުގައި ހުރީމެވެ. މިކަން ކޮށްދެއްވާނެ ކަމަށް އުންމީދު ކުރަމެވެ.
ސައީދް
22 August 2016
ތެންކިޔޫ